ހުމާމްއަށް އިންސާފުވެރި ޝަރީއަތެއް ހޯދައިދިނުމަށް އާއިލާއިން މުއިއްޒުއަށް ގޮވާލައިފި

ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައިގައި މަރަން ހުކުމްކޮށްފައިވާ ހުސައިން ހުމާމް އަހްމަދުގެ ބޭބެ -- ފޮޓޯ: ސްނެޕްޝޮޓް

ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައިގައި މަރަން ހުކުމްކޮށްފައިވާ ހުސައިން ހުމާމް އަހްމަދުގެ ބޭބެ -- ފޮޓޯ: ސްނެޕްޝޮޓް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި، މަރުގެ އަދަބު ދިނުމަށް ހުކުމް ކޮށްފައިވާ ހުސައިން ހުމާމް އަހުމަދުއަށް އިންސާފުވެރި ޝަރީއަތެއް ހޯދައިދިނުމަށް އޭނާގެ އައިލާއިން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުއަށް ގޮވާލައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވަމުން ގެންދާ ޖަލްސާގައި ވާހަކަދައްކަމުުން ހުމާމްގެ ބޭބެ، މުހައްމަދު ކިނާނަތު ވަނީ ހުމާމްގެ ޝަރީއަތް ކުރިއަށް ގެންދިޔަ ގޮތާމެދު ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ.

އޭނާ ބުނީ މީގެ ކުރިން ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅުންނަށް ވެސް އެ ކަންބޮޑުވުންތައް ހިއްސާކުރި ކަމަށެވެ. އެހެންނަމަވެސް، އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

ކިނާނަތު ބުނީ ހުމާމްއަށް އިންސާފުވެރި ޝަރީއަތެއް ހޯދައިދިނުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރުމަށްފަހު އެ މައްސަލައާ ގުޅުންހުރި ލިޔުންތައް އދ. އަށް ވެސް ހުށަހެޅި ކަމަށެވެ. ހުމާމްގެ މައްސަލައިގެ ލިޔުންތައް ހުށަހެޅުމުން، ހުމާމްގެ މައްޗަށް މަރުގެ ހުކުމް ކުރެވޭނެ ވަރަށް ހެކި ނެތް ކަމަށް ބުނެ އދ. އިން ދިވެހި ސަރުކާރަށް ސިޓީއެއް ފޮނުވި ކަމަށް ވެސް ކިނާނަތު ބުންޏެވެ.

"ޔޫއެންއިން ވަނީ ވަކި ކަންތައްތަކަކަށް ބަލާލާފައި މިކަން، ހުމާމްއަށް މިނިވަން ޝަރީއަތެއް ހޯދައިދިނުމަށް އަދި އޭނާއަށް ލިބިފައިވާ އަނިޔާއަށް ހައްގު ހޯދައިދިނުމަށް، އަދި އެމީހުން އެ އެއްޗެހި ރިވިއުކޮށް ބަލާތީ އޭގައި ހުމާމްއަށް އެއްވެސް ވަރަކަށް ހުކުމް ކުރެވޭނެކަމުގެ އެއްވެސް ހެއްކެއް ހެކިބަހެއް ނެތިފައިވާތީ ހުމާމް ދޫކޮށްލަދިނުމަށް އެދި މިގޮތަށް މިކޮޅު ސަރުކާރަށް އޭރު އަންގައިދީފައި ވަނީ، އެކަމަކު މިކަމަށް ވެސް ވަނީ ބީރު ކަންފަތެއް ދީފައި،" ކިނާނަތު ބުންޏެވެ.

ހުމާމްގެ މައްސަލައިގެ ކަންކަން ހިނގައިދިިޔަ ގޮތަށް އަލިއަޅުވާލައި، އެކަމުގައި ހުރި ބައެއް ކަންބޮޑުވުންތައް ކިނާނަތު ފާހަގަކުރި އެވެ.

އެގޮތުން ޑރ. އަފްރާޝީމްގެ މައްސަލައިގައި ހުމާމްގެ އިތުރުން ވެސް އިތުރު ބައެއްގެ މައްޗަށް ތުހުމަތު ކުރެވުނު ކަމަށާއި، ކްރިމިނަލް ކޯޓުގައި ހުމާމް އިއުތިރާފުވި ކަމަށް ބުނާ ބަޔާނުގައި އެ ތިން މީހުންގެ ނަން ވެސް އޮތް ކަމަށް ކިނާނަތު ބުންޏެވެ.

އެހެންނަމަވެސް، އެ މައްސަލައިގައި ހުމާމްގެ މައްޗަށް ކުށް ސާބިތުވިއިރު، ދެން އެ މައްސަލައިގައި ތުހުމަތު ކުރެވުނު މީހުންގެ މައްޗަށް ކުށް ސާބިތުނުވެ މިނިވަން ކޮށްފައިވާކަން ކަންބޮޑުވުމެއްގެ ގޮތުގައި އޭނާ ފާހަގަކުރި އެވެ.

އޭގެއިތުރުން ހުމާމް ނަފްސާނީ ބަލި ތަހަންމަލު ކުރަމުންދާ ކަމާއި އެކަމުގައި އެނާއަށް ބޭނުންވާ ފަރުވާ ހޯދައިދިނުމަށް ކުރިމަތިވި ދަތިތައް ވެސް އޭނާ މިރޭ މުއިއްޒުއާ ހިއްސާކުރި އެވެ.

ދެހާސްބާރަ ވަނަ އަހަރުގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގައި ހުމާމްގެ މައްޗަށް މަރުގެ ހުކުމް އިއްވާފައި ވަނީ 2016 ގެ ތެރޭގަ އެވެ. އެ އަހަރުގެ ތެރޭގައި މި ހުކުމް ހައި ކޯޓުން އަދި ސުޕްރީމް ކޯޓުން ވެސް ދެމެހެއްޓި އެވެ.

ހުމާމުގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް އޭނާގެ މައްޗަށް އުފުލި ދައުވާއަށް އޭނާ އިންކާރު ކުރެ އެވެ.

ހުމާމްގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒުކުރާނެ ކަމަށް ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުން ބުނި ނަމަވެސް އެ ހުކުމް ތަންފީޒުކޮށްފައެއް ނުވެ އެވެ. ހުމާމްއަށް ހުކުމްކުރާތާ 30 ދުވަހުގެ ތެރޭގައި ދަން ޖައްސައިގެން ހުކުމް ތަންފީޒުކުރާނެ ކަމަށް އޭރުގެ ސަރުކާރުން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ގައުމީ ރުކުނަކަށް އުނިކަން އަންނަ އެއްވެސް ކަމެއް ނުކުރާނަން"

ރާއްޖޭގެ އިސްލާމްވަންތަކަމާއި، މިނިވަންކަމާއި، އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް އުނިކަން އަންނާނެ ފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މުއިއްޒު ދެއްވި. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވާނީ ގައުމީ ބަހާތަކަށް ރައްކާތެރިކަން ދީގެން ކަމަށް.

"ރަސްމާލެ ޔަހޫދީންނަށް ދޭން މުއިއްޒަށް އެއްވެސް ހައްގެއް ނެތް"

ރަސްމާލެ މަޝްރޫއު ޔަހޫދީންނާ ގުޅުންހުރި ފަރާތްތަކަށް ދިނުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ ރައްޔިތުންގެ ބަހެއް ނެތި ނިންމޭނެ ކަމެއް ނޫން ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ. މި މަޝްރޫއު ހުއްޓުވުމަށް ނޮވެމްބަރު 6 ގައި ބާއްވާ އެއްވުމަށް ހުރަސްނޭޅުމަށް އޭނާ ވަނީ ސަލާމަތީ ބާރުތަކަށް ގޮވާލައްވާފަ.

ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ މަޖިލީހަށް ވަނީ އެޖެންޑާކޮށްފައި. މި މައްސަލަ ހުށަހެޅީ ޑޮލަރުގެ ރޭޓު ދަށްކުރުމަށް ވީ ވައުދާ ހިލާފުވުމާއި، ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތް ނުފެށި ދައުލަތުގެ ފައިސާ އިސްރާފުވާ ކަމަށް ބުނޭ.

"ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ ހިއްސާތަކަށް ޖާގަ ނުދީ"

ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަތުވެދާނެ އެއްވެސް އިންވެސްޓްމަންޓަކަށް ޖާގަ ނުދިނުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ގޮވާލައްވައިފި. މިގޮތުން ރަސްމާލެ މަޝްރޫއު ފަދަ ކަންކަމުގައި ދެފުށް ފެންނަ އުސޫލަކުން މައުލޫމާތު ހާމަކުރުމަށާއި، އިގްތިސާދީ މަންފާއަށްވުރެ ގައުމުގެ މިނިވަންކަން އިސްކުރުމަށް ފައިސަލް ބާރުއެޅުއްވި.

ޖިންސީގޯނާގެ މައްސަލައެއްގައި ކުރީގެ ކައުންސިލަރު ހައްޔަރުކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލް ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައި. އޭނާ ހައްޔަރުކޮށްފައިވަނީ މި މައްސަލައިގެ ތަހުގީގު ލަސްވާތީ އޭނާގެ ކުރީގެ އަނބިމީހާ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ކަމަށާއި، މިހާރު މައްސަލައިގެ ބޮޑުބައެއް ތަހުގީގުކޮށް ނިމިފައިވާ ކަމަށް ފުލުހުން ބުނޭ.

ސަރުކާރުން މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދައިފި

ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކެއް އެއް ފުރާޅެއްގެ ދަށުން ހިންގުމަށް "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމްޓީއެޗްޖީ) އުފައްދައިފި. މި ބަދަލާއެކު ކުރިން ހޮސްޕިޓަލްތަކުގައި އޮތް ވަކިވަކި ބޯޑުތައް އުވާލައި، 10 ހޮސްޕިޓަލާއި ތެލެސީމިއާ ސެންޓަރު ހިންގާނީ މި ބޯޑުން.

ރިވެލި ބީޗު އަތުލުން މަޑުޖައްސާލަން ކޯޓުން އަމުރުކޮށްފި

ހުޅުމާލޭ ރިވެލި ބީޗް ރެސްޓޯރަންޓް ހިންގުން ހުއްޓުވޭނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ސިވިލް ކޯޓުން އެޗްޑީސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައި. ނަމަވެސް، ކުލި ނުދައްކާ އޮތް މައްސަލައިގައި އެޗްޑީސީން ވަނީ އެ ރެސްޓޯރަންޓާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ ބިން ނަގަން ނިންމާފައިވާކަން އިއްޔެ އިއުލާންކޮށްފައި.

Newsletter

Get the latest news delivered straight to your inbox