ވަގުތީ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވާން ބޭނުންވާ ވަރަށް ވައްޑޭއަށް ވޯޓު ލިބުނު: އިބުރޭ

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބުރޭ. ހޫނުވި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އިބުރޭ --- ފޮޓޯ: އަދަދު ފައިލް

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބުރޭ. ހޫނުވި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އިބުރޭ --- ފޮޓޯ: އަދަދު ފައިލް

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ވަގުތީ ޗެއާޕާސަނަކު ހޮވަން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެ މަގާމަށް ވާދަކުރި ދިއްދޫ ދާއިރާގެ ރައީސްކަން ކުރައްވާ އަބްދުالله ވަހީދު (ދިއްދޫ ވައްޑޭ) އަށް ބޭނުންވާ ވަރަށް ވޯޓު ލިބިފައިވާ ކަމަށް އެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވި އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (މަދަނަ އިބުރޭ) ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެ ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުން ހޫނުވެ، ނިޒާމު ގެއްލުނު ކަމަށް ބުނެ ޖަލްސާ ހުއްޓާލި އެވެ. ވަގުތީ ޗެއާޕާސަނެއް އިންތިހާބުވި ކަމަށް އިއުލާނެއް ނުކުރެ އެވެ. ބައްދަލުވުން ހޫނުވީ ވަގުތީ ޗެއާއަކު އިންތިހާބު ކުރުމަށް ނެގި ވޯޓާ ގުޅިގެންނެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެންބަރުން އެ ރޭ ވައްޑޭއަށް މަރުހަބާ ކިއިރު އަނެއް ބައި މެންބަރުން ވަނީ އޭނާއަށް ވޯޓު ހަމަނުވާ ކަމަށް ބުނެފަ އެވެ. އެ މައްސަލާގައި ކަން ހިނގައިދިޔަ ގޮތުގެ ރިޕޯޓެއް އިބުރޭ ވަނީ އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދަށް ފޮނުވާފަ އެވެ. އެ ރިޕޯޓުގެ ކޮޕީއެއް އަދަދު ނޫހަށް ވަނީ ލިބިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އަދި އާއި ދިއްދޫ ވައްޑެގެ ނަން އެ މަގާމަށް ހުށަހެޅުނެވެ. އޭގެ ތެރެއިން ފުރަތަމަ ވޯޓަށް އެހީ ދިއްދޫ ވައްޑޭގެ ނަމަށެވެ.

އިބުރޭ ފޮނުވި ރިޕޯޓުގައިވާ ގޮތުން އެ ރޭ ގައުމީ މަޖިލީހަށް ހާޒިރުވީ 97 މެންބަރުންނެވެ. އޭގެ ތެރެއިން އެއް މެންބަރަކު ވޯޓުގައި ބައިވެރި ނުވެ ޖަލްސާ ދޫކޮށް ވަޑައިގެންނެވި ކަމަށާއި އެހެންވެ އެ މެންބަރާއި ރިޔާސަތު އުނިކުރުމުން ވޯޓުލުމުގެ ހައްގު ލިބިފައި ތިބި 95 މެންބަރުން ތިބި ކަމަށް އެ ރިޕޯޓުގައި ބުނެ އެވެ.

ވޯޓު ގުނުމުގައި އޮޅުންތަކެއް އެރި ކަމަށާއި އަދި އިދާރީ މުވައްޒަފުން ވެސް އެކިފަހަރު އެކި އަދަދު ރިޔާސަތަށް ގެނައި ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. އެގޮތުން ފުރަތަމަ ގެނައި އަދަދަކީ 32 ކަމަށާއި ދެން ގެނައި އަދަދަކީ 47 ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

ބައްދަލުވުން ކުރިއަށްގެންދިޔުމުގެ މާހައުލެއް ނެތިގެން ބައްދަލުވުން މެދުކަނޑާލުމަށް ފަހު އިތުރަށް ބެލިބެލުމުން ދިއްދޫ ވައްޑޭއަށް 49 ވޯޓު ލިބުނު ކަމަށް އިބުރޭގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

"ނަމަވެސް އެއް މެންބަރަކު ފަހުން ރިޓްރެކްޓް ކުރިކަމަށް ބުނާތީ އެ ވޯޓު އުނިކުރުމުން ދިއްދޫ ދާއިރާގެ ރައީސް އަބްދުالله ވަހީދު ޗެއާޕާސަން ކަމަށް އިންތިހާބު ކުރުމަށް ލިބިފައިވަނީ 48 ވޯޓެވެ. މި ދެންނެވި ރިޓްރެކްޓް ކުރި މެންބަރުގެ ވޯޓާއެކު އެ ވަގުތު ބައްދަލުވުމުގައި ވޯޓު ނުލައްވާ ތިބީ 47 މެންބަރުންނެވެ. އަދި ޖަލްސާގެ ހާޒިރީން އެނގެނީ ޖަލްސާގައި އެ ވަގުތު ވޯޓު ހައްގުވާ މެންބަރުންގެ އަދަދަދކީ 95 ކަމެވެ،" އިބުރޭ ލިޔުއްވާފައިވެ އެވެ.

އެ ވޯޓުގެ ނަތީޖާއިން ވަގުތީ ޗެއާޕާސަންގެ މަގާމަށް ދިއްދޫ ވައްޑޭއަށް ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތު ވޯޓު ލިބިފައިވާ ކަމަށް އިބުރޭ ވަނީ ރިޕޯޓުގައި ހިމަނާފަ އެވެ.

"ބައްދަލުވުމުގައި ކަން ހިނގައިދިޔަ ގޮތުގެ ސަބަބުން ވަނީ ހަމަނުޖެހުމަކަށް ގޮސްފަ. އަދި މިިކަމުގައި ހޯދަން ޖެހެނީ ސިޔާސީ ހައްލެއް ކަމުގައި ފެންނާތީ ޕާޓީގެ ރައީސް މިކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް އެދި ދެންނެވީމެ،" އިބުރޭގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ދިއްދޫ ވައްޑޭ ވަނީ އޭނާގެ ކެންޑިޑެސީ އަނބުރާ ގެންގޮސްފަ އެވެ. އެއީ ޕާޓީގެ އެއްބައިވަންތަކަން ދެމެހެއްޓުމުގެ ބޭނުމުގައި ނިންމި ނިންމުމެއް ކަމަށް ވައްޑޭގެ ސިޓީގައި ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox