ޝަހީމްގެ ނަމުގައި އޮޅުވާލައިގެން ފޭދޫ އިމާމުން ގެންގޮސް ވަކިވުމުގެ ވޯޓަށް ކެމްޕޭނުކޮށްފި

ޝަހީމްގެ ނަމުގައި އޮޅުވާލައިގެން ފޭދޫ އިމާމުން ގެންގޮސް ވަކިވުމުގެ ވޯޓަށް ކެމްޕޭނުކޮށްފި

ސ. ފޭދޫ އިމާމުންނާ ބައްދަލު ކުރުމަށް ކަމަށްބުނެ އިސްލާމިކް މިނިސްޓަރު، ޑރ. ޝަހީމް އަލީ ސައީދުގެ ނަމުގައި އޮޅުވާލައިގެން ފޭދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، އިބްރާހިމް ދީދީ (އައިބީ) އާއި ހޯމް މިނިސްޓަރު، އަލީ އިހުސާން އެ ރަށުގައި ބައްދަލުވުމެއް ބާއްވައިފި އެވެ.

ފޭދޫ އިމާމުންނާ މިނިސްޓަރު ޝަހީމް ބައްދަލުކުރައްވަން ބޭނުންވެވަޑައިގަންނަވާ ކަމަށް ބުނެ ފޮނުވި މެސެޖުގައި ބުނެފައި އޮތީ އެ ބައްދަލުވުން އޮންނާނީ މިއަދު ހެނދުނު 11:00 ގައި ފޭދޫ އޮފީހުގައި ކަމަށެވެ.

ނަމަވެސް އެ ބައްދަލުވުމަށް އިމާމުން ދިޔައިރު، ބައްދަލުވުމުގައި މިނިސްޓަރު ޝަހީމް ބައިވެރިވެވަޑައިގެން ނުވެސް ނެތް ކަމަށް އެ ބައްދަލުވުމަށް ހާޒިރުވި މީހުން ބުންޏެވެ. އެމީހުން ބުނީ އެ ބައްދަލުވުން ކުރިއަށް ގެންދިޔައީ މަޖިލިސް މެންބަރު، އައިބީ އާއި އެނާގެ ދަރިކަލުން މިނިސްޓަރު، އިހުސާން ކަމަށެވެ.

"ބައްދަލުވުމުގައި ދެއްކީ އައްޑޫ ސިޓީ ކައުންސިލުން ފޭދޫ ވަކިކުރާ ވާހަކަ، ބައްދަލުވުމުގައި ޝަހީމް ނުވެސް ނެތް، އައިބީ އާއި އިހުސާން ކުރިއަށް ގެންދިޔަ ބައްދަލުވުމެއް،" މި ނޫހާ ވާހަކަދެއްކި ފޭދޫ މީހަކު ބުންޏެވެ.

ފޭދޫ އިމާމުންނާ ޝަހީމް ބައްދަލުކުރައްވަން ބޭނުންވެވަޑައިގަންނަވާ ކަމަށް ބުނެ އެ ރަށު އިމާމުންނަށް މެސެޖު ކުރި ނަމަވެސް، ޝަހީމް މިވަގުތު ވެސް ހުންނެވީ މާލޭގައިކަން މި ނޫހަށް ވަނީ ކަށަވަރުވެފަ އެވެ.

ހަ ރަށުގެ މައްޗަށް އެކުލެވޭ އައްޑޫ ސިޓީ ކައުންސިލް ބައިބައިކޮށް ފޭދޫ އާއި މީދޫ އަދި ހުޅުދޫގައި ވަކި ކައުންސިލްތަކެއް ހެދުމާ ގުޅޭގޮތުން އަންނަ ހޮނިހިރު ދުވަހު ނަގާ ވޯޓުގައި ވަކި ސްޓޭންޑެއް ނެތް ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ބުނެފަ އެވެ.

އެހެންނަމަވެސް އަދަދު އަށް އެނގިފައިވާ ގޮތުގައި އައިބީ އާއި އިހުސާން ނިސްބަތްވެވަޑައިގަންނަވާ ސ. ފޭދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ އިއްޔެއިން ފެށިގެން ބައްދަލުކުރައްވައި، އެ ރަށުގައި ވަކި ކައުންސިލެއް އުފައްދަން ބާއްވާ ވޯޓަށް ދަނީ ކެމްޕެއިން ކުރައްވަމުންނެވެ.

އެކަމާ ގުޅޭ ގޮތުން އަދަދު އިން ސުވާލުކުރުމުން އިހުސާން ވިދާޅުވީ އައްޑޫއަށް ވަޑައިގެންނެވީ އަމިއްލަ މަސައްކަތެއްގައި އަމިއްލަ ހައިސިއްޔަތުން ކަމަށެވެ.

"އަޅުގަނޑު މި ވަގުތުގައި އައްޑޫގައި މިހުރީ ޕާސަނަލް މަސައްކަތެއް ކުރަން އަމިއްލަ ހައިސިއްޔަތުން،" މިނިސްޓަރު ވިދާޅުވި އެވެ.

އިހުސާންއާއެކު ޓޫރިމް މިނިސްޓަރު ތޯރިގު އިބްރާހިމް ވެސް އައްޑޫއަށް ވަޑައިގެންނެވި އެވެ. އެގޮތުން ބައެއް ބައްދަލުވުންތަކުގައި ތޯރިގު ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

އައްޑޫ ކައުންސިލްތައް އެކުލެވިގެންވާ ގޮތް ބަދަލު ކުރުމާ ގުޅޭގޮތުން ވޯޓެއް ނަގަން ވަޒީރުންގެ މަޖިލީހުން ނިންމީ އޮކްޓޫބަރު 5، ގަ އެވެ. އެ ނިންމުން ވަޒީރުންގެ މަޖިލީހުން ނިންމީ އެކަން އެގޮތަށް ކޮށްދިނުމަށް އެދި އައްޑޫ ރައްޔިތުންގެ ތެރެއިން ބަޔަކު މުއިއްޒުގެ އަރިހުގައި އެދިވަޑައިގެންނެވި ކަމަށް ބުނެ އެވެ.

އައްޑޫ އާންމު ވޯޓު ނަގަނީ އެކަށީގެންވާ ވަގުތު ނުދީ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެގޮތުން އެކަމާ ގުޅިގެން ސަރުކާރަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

އައްޑޫ ރައްޔިތުންގެ މެދުގައި އަންނަ ހޮނިހިރު ދުވަހު އާންމު ވޯޓަކަށް އަހަނީ ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތަކެއް ގާއިމު ކުރުމަށް ފެނޭތޯ އާއި ފޭދޫގައި ވަކި ކައުންސިލެއް ގާއިމު ކުރުމާ ގުޅޭ ގޮތުންނެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވަގުތީ ވޯޓަސް ލިސްޓުގައިވާ ގޮތުން، މި ވޯޓުގައި، 9،577 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ގައުމީ ރުކުނަކަށް އުނިކަން އަންނަ އެއްވެސް ކަމެއް ނުކުރާނަން"

ރާއްޖޭގެ އިސްލާމްވަންތަކަމާއި، މިނިވަންކަމާއި، އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް އުނިކަން އަންނާނެ ފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މުއިއްޒު ދެއްވި. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވާނީ ގައުމީ ބަހާތަކަށް ރައްކާތެރިކަން ދީގެން ކަމަށް.

"ރަސްމާލެ ޔަހޫދީންނަށް ދޭން މުއިއްޒަށް އެއްވެސް ހައްގެއް ނެތް"

ރަސްމާލެ މަޝްރޫއު ޔަހޫދީންނާ ގުޅުންހުރި ފަރާތްތަކަށް ދިނުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ ރައްޔިތުންގެ ބަހެއް ނެތި ނިންމޭނެ ކަމެއް ނޫން ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ. މި މަޝްރޫއު ހުއްޓުވުމަށް ނޮވެމްބަރު 6 ގައި ބާއްވާ އެއްވުމަށް ހުރަސްނޭޅުމަށް އޭނާ ވަނީ ސަލާމަތީ ބާރުތަކަށް ގޮވާލައްވާފަ.

ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ މަޖިލީހަށް ވަނީ އެޖެންޑާކޮށްފައި. މި މައްސަލަ ހުށަހެޅީ ޑޮލަރުގެ ރޭޓު ދަށްކުރުމަށް ވީ ވައުދާ ހިލާފުވުމާއި، ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތް ނުފެށި ދައުލަތުގެ ފައިސާ އިސްރާފުވާ ކަމަށް ބުނޭ.

"ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ ހިއްސާތަކަށް ޖާގަ ނުދީ"

ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަތުވެދާނެ އެއްވެސް އިންވެސްޓްމަންޓަކަށް ޖާގަ ނުދިނުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ގޮވާލައްވައިފި. މިގޮތުން ރަސްމާލެ މަޝްރޫއު ފަދަ ކަންކަމުގައި ދެފުށް ފެންނަ އުސޫލަކުން މައުލޫމާތު ހާމަކުރުމަށާއި، އިގްތިސާދީ މަންފާއަށްވުރެ ގައުމުގެ މިނިވަންކަން އިސްކުރުމަށް ފައިސަލް ބާރުއެޅުއްވި.

ޖިންސީގޯނާގެ މައްސަލައެއްގައި ކުރީގެ ކައުންސިލަރު ހައްޔަރުކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލް ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައި. އޭނާ ހައްޔަރުކޮށްފައިވަނީ މި މައްސަލައިގެ ތަހުގީގު ލަސްވާތީ އޭނާގެ ކުރީގެ އަނބިމީހާ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ކަމަށާއި، މިހާރު މައްސަލައިގެ ބޮޑުބައެއް ތަހުގީގުކޮށް ނިމިފައިވާ ކަމަށް ފުލުހުން ބުނޭ.

ސަރުކާރުން މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދައިފި

ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކެއް އެއް ފުރާޅެއްގެ ދަށުން ހިންގުމަށް "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމްޓީއެޗްޖީ) އުފައްދައިފި. މި ބަދަލާއެކު ކުރިން ހޮސްޕިޓަލްތަކުގައި އޮތް ވަކިވަކި ބޯޑުތައް އުވާލައި، 10 ހޮސްޕިޓަލާއި ތެލެސީމިއާ ސެންޓަރު ހިންގާނީ މި ބޯޑުން.

ރިވެލި ބީޗު އަތުލުން މަޑުޖައްސާލަން ކޯޓުން އަމުރުކޮށްފި

ހުޅުމާލޭ ރިވެލި ބީޗް ރެސްޓޯރަންޓް ހިންގުން ހުއްޓުވޭނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ސިވިލް ކޯޓުން އެޗްޑީސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައި. ނަމަވެސް، ކުލި ނުދައްކާ އޮތް މައްސަލައިގައި އެޗްޑީސީން ވަނީ އެ ރެސްޓޯރަންޓާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ ބިން ނަގަން ނިންމާފައިވާކަން އިއްޔެ އިއުލާންކޮށްފައި.

Newsletter

Get the latest news delivered straight to your inbox