16 އޮގަސްޓު 2025 - 09:12 5
ލީވާން އަލީ ނާސިރު
ރައީސް މުއިއްޒު އަދި އެ މަނިކުފާނުގެ ފަހަތުން އެ ފެންނަނީ މާލޭ ރޯމަސް މާރުކޭޓު
16 އޮގަސްޓު 2025 - 09:12 5
މާލޭގެ މޭޔަރަކަށް، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ހުންނެވި ދުވަސްވަރު މާލޭ ރޯމަސް މާރުކޭޓު ކުއްޔަށް ދޫކޮށްފައި ވަނީ މާލިއްޔަތު ގާނޫނާ ހިލާފަށް ކަން ހާމަވެއްޖެ އެވެ.
ރޯމަސް މާރުކޭޓު ހަވާލުކޮށްފައި ވަނީ އެފްޖޭ ޑިޒައިން ކިޔާ ކުންފުންޏަކާ އެވެ. އެއީ ލ. ފޮނަދޫ މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރި އެކެވެ.
މިދިޔަ ބުދަ ދުވަހު ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި މޭޔަރު އާދަމް އާޒިމް ވިދާޅުވީ ރޯމަސް މާރުކޭޓު ކުއްޔަށް ދޫކޮށްލާފައި އޮތީ ބިޑު ކޮމިޓީގެ ނިންމި ގޮތާއި ހިލާފަށް ކަމަށެވެ.
ރޯމަސް މާރުކޭޓު، އެފްޖޭ ޑިޒައިންސް އަށް ދޭން ބިޑު ކޮމިޓީން ނިންމީ މަހަކު 130،000ރ އަށެވެ. ނަމަވެސް، އެއްބަސްވުން ހެދީ މަހަކަށް 70،000ރ. ކަމަށް އާޒިމް ވިދާޅުވި އެވެ.
"މިގޮތަށް އެއްބަސްވުން ކުރިއަށް ނުގެންދެވޭނެ،" އާޒިމް ވިދާޅުވި އެވެ.
މާލޭ ސިޓީ ކައުންސިލްގެ މެންބަރު މުހައްމަދު ސައިފު ފާތިހު ކައުންސިލްގެ ބައްދަލުވުމުގައި ވިދާޅުވީ ބިޑް ކޮމިޓީން ނިންމާފައި އޮއްވައި އެހެން އަގަކަށް ދޭން ނުނިންމޭނެ ކަމަށެވެ. އެއީ މާލިއްޔަތު ގާނޫނާ ހިލާފު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މަސް މާރުކޭޓުގެ ކަރަންޓު ބިލްތައް ވެސް ދައްކާފައި ނުވާ ކަމަށާއި ދައްކަން ހުރި ބިލްތަކަށް 437،000 އަށް ވުރެ ގިނަ ރުފިޔާ އަރާ ކަމަށް އާޒިމް ވިދާޅުވި އެވެ.
މި މައްސަލަތައް ފާހަގަ ކުރެވުމުން އެއްބަސްވުން ކުރިއަށް ގެންދިޔުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް އާޒިމް ފާހަގަ ކުރެއްވި އެވެ. އެހެންވެ،
އެހެންވެ، މި މައްސަލައިގައި މާލޭ ސިޓީ ކައުންސިލުގެ ބިންތަކާ ބެހޭ ކޮމިޓީގައި މަޝްވަރާ ކުރުމަށް ފަހު، އަންނަ ބުދަ ދުވަހު ބާއްވާ ކައުންސިލް ބައްދަލުވުމަށް ހުށަހަޅާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
މާލޭ މޭޔަރަކަށް މުއިއްޒު ހުންނަވައިގެން ރައީސުލްޖުމްހޫރިއްޔާ ކަމަށް ވާދަކުރެއްވި އިރު، މާލޭ ރޯމަސް މާރުކޭޓު ތަރައްގީކުރަން ބަޔަކާ ހަވާލުކުރި އެވެ. ރައީސްކަން ލިބިވަޑައިގަތުމަށް ފަހު އެ މަޝްރޫއު ސަރުކާރަށް ގެންދިޔަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment