ގާނޫނާ ހިލާފު ކަމެއް ކުރާކަމުގެ ހެއްކާއެކު މެނުވީ މުއައްސަސާތަކުގެ މަސައްކަތާ ކޯޓުން ނުބެހެވޭނެ ކަމަށް ކަނޑައަޅައިފި

Aug 11, 2025, 5:50 AM
ސިވިލް ކޯޓު ހުންނަ ޖަސްޓިސް ބިލްޑިން: ސިވިލް ކޯޓުން މިގޮތުން ނިންމީ ވަކީލު ޝަހީދުގެ ފަނޑިޔާރުކަމުގެ ޝަރުތާ ގުޅޭ މައްސަލައެއްގައި --- އަދަދު ފައިލް ފޮޓޯ

ސިވިލް ކޯޓު ހުންނަ ޖަސްޓިސް ބިލްޑިން: ސިވިލް ކޯޓުން މިގޮތުން ނިންމީ ވަކީލު ޝަހީދުގެ ފަނޑިޔާރުކަމުގެ ޝަރުތާ ގުޅޭ މައްސަލައެއްގައި --- އަދަދު ފައިލް ފޮޓޯ

ކަނޑައެޅިގެން ގާނޫނާ ހިލާފަށް ކަމެއް ކުރާ ކަމުގެ ހެއްކާއެކު މެނުވީ މުއައްސަސާތަކުގެ މަސްއޫލިއްޔަތްތަކުގެ ތެރެއަށް ކޯޓަކުން ނުވަދެވޭނެ ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފި އެވެ.

ކޯޓުން އެގޮތަށް ނިންމީ، ހައި ކޯޓުގެ ފަނޑިޔާރެއްގެ މަގާމަށް ޏ. ފުވައްމުލަކު، ގޯލްޑަންގޭޓް، މުހައްމަދު ޝަހީދު އައްޔަން ކުރުން ހުއްޓުވަން އެދުނު ވަގުތީ އަމުރަށް ގޮތެއް ކަނޑައެޅުމުގެ ތެރޭގަ އެވެ. ކޯޓުން ނިންމީ އެ އަމުރު ނެރެދެވޭނެ ތަނެއް ނެތް ކަމަށެވެ.

އެ މައްސަލައިގައި ގޮތެއް ކަނޑައަޅުއްވަމުން ސިވިލް ކޯޓުގެ އިސް ގާޒީ މަރިޔަމް ވަހީދު ވިދާޅުވެފައި ވަނީ، ފަނޑިޔާރެއްގެ މަގާމަށް ޝަހީދު އައްޔަން ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް މައްސަލަ ހުށަހެޅި ފަރާތުން ކޯޓަށް ހުށަހަޅާފައިނުވާ ކަމަށެވެ.

"ކަނޑައެޅިގެން ގާނޫނީ އިމުން ބޭރުން އަދި އެކަށައެޅިފައިވާ އިޖުރާއަތާ ހިލާފަށް ކަމެއް ކުރާކަމުގެ ސާބިތު ހެއްކާއެކު މެނުވީ ގާނޫނުއަސާސީ އިން ބާރު ލިބިގެން މެންޑޭޓް ކަނޑައެޅިފައިވާ މުއައްސަސާތަކުގެ ގާނޫނީ މަސްއޫލިއްޔަތުގެ ތެރެއަށް ކޯޓުތަކުން ވަނުމަކީ ގާނޫނުއަސާސީ ތަސައްވަރުކޮށްފައި އޮތް ގޮތެއް ނޫން. އަދި އެއީ ދުސްތޫރީ ދައުލަތެއްގައި ގަބޫލު ކުރެވޭނެ އުސޫލެއް ވެސް ނޫން،" ގާޒީ މަރިޔަމް ވިދާޅުވެފައިވެ އެވެ.

އެ މައްސަލަ ހުށަހެޅި ފަރާތުން ބުނެފައި ވަނީ، ޝަހީދުއަކީ ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމަށާއި އޭނާއަކީ ސިޔާސީ މަގާމެއްގައި ހުރި މީހަކަށްވާތީ، ފަނޑިޔާރުކަމުގެ ޝަރުތު ހަމަވާ ކަމަށެވެ. ނަމަވެސް އޭނާއަކީ ސިޔާސީ ޕާޓީއެއްގެ މެންބަރެއް ނޫންކަން އިލެކްޝަންސް ކޮމިޝަނުން އަންގާފައިވާ ކަމަށާއި ފަނޑިޔާރެއްގެ މަގާމަށް ކުރިމަތިލިއިރު، ސިޔާސީ މަގާމެއްގައި ނެތްކަން އެނގޭ ކަމަށް ކޯޓުން ބުންޏެވެ.

އޭގެ އިތުރުން، ފަނޑިޔާރެއްގެ މަގާމަށް ކުރިމަތިލާން ޝަހީދު ހުށަހެޅި އެޕްލިކޭޝަން އަނބުރާ ގެންގޮސްފައިވާތީ އެ މައްސަލައިގައި ކޯޓުން ގޮތެއް ނިންމަންޖެހޭ ހަލާތެއް މިހާރު ނެތް ކަމަށް ވެސް ސިވިލް ކޯޓުން ކަނޑައެޅި އެވެ.

ހައި ކޯޓުގެ ފަނޑިޔާރެއްގެ މަގާމަށް ކުރިމަތިލުމަށްފަހު ޝަހީދު ހުށަހެޅި އެޕްލިކޭޝަން އަނބުރާ ގެންދިޔައީ ފާޑުކިޔުން އަމާޒުވާން ފެށުމުންނެވެ. އޭނާއަކީ ވެރިކަން ހިންގާ ޕީއެންސީގައި މަސައްކަތް ކުރަމުންދިޔަ އަދި ފަނޑިޔާރުގެ މަގާމަށް ކުރިމަތިލުމުގެ ކުރިން ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި ހުރި މީހެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ގައުމީ ރުކުނަކަށް އުނިކަން އަންނަ އެއްވެސް ކަމެއް ނުކުރާނަން"

ރާއްޖޭގެ އިސްލާމްވަންތަކަމާއި، މިނިވަންކަމާއި، އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް އުނިކަން އަންނާނެ ފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މުއިއްޒު ދެއްވި. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވާނީ ގައުމީ ބަހާތަކަށް ރައްކާތެރިކަން ދީގެން ކަމަށް.

"ރަސްމާލެ ޔަހޫދީންނަށް ދޭން މުއިއްޒަށް އެއްވެސް ހައްގެއް ނެތް"

ރަސްމާލެ މަޝްރޫއު ޔަހޫދީންނާ ގުޅުންހުރި ފަރާތްތަކަށް ދިނުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ ރައްޔިތުންގެ ބަހެއް ނެތި ނިންމޭނެ ކަމެއް ނޫން ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ. މި މަޝްރޫއު ހުއްޓުވުމަށް ނޮވެމްބަރު 6 ގައި ބާއްވާ އެއްވުމަށް ހުރަސްނޭޅުމަށް އޭނާ ވަނީ ސަލާމަތީ ބާރުތަކަށް ގޮވާލައްވާފަ.

ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ މަޖިލީހަށް ވަނީ އެޖެންޑާކޮށްފައި. މި މައްސަލަ ހުށަހެޅީ ޑޮލަރުގެ ރޭޓު ދަށްކުރުމަށް ވީ ވައުދާ ހިލާފުވުމާއި، ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތް ނުފެށި ދައުލަތުގެ ފައިސާ އިސްރާފުވާ ކަމަށް ބުނޭ.

"ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ ހިއްސާތަކަށް ޖާގަ ނުދީ"

ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަތުވެދާނެ އެއްވެސް އިންވެސްޓްމަންޓަކަށް ޖާގަ ނުދިނުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ގޮވާލައްވައިފި. މިގޮތުން ރަސްމާލެ މަޝްރޫއު ފަދަ ކަންކަމުގައި ދެފުށް ފެންނަ އުސޫލަކުން މައުލޫމާތު ހާމަކުރުމަށާއި، އިގްތިސާދީ މަންފާއަށްވުރެ ގައުމުގެ މިނިވަންކަން އިސްކުރުމަށް ފައިސަލް ބާރުއެޅުއްވި.

ޖިންސީގޯނާގެ މައްސަލައެއްގައި ކުރީގެ ކައުންސިލަރު ހައްޔަރުކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލް ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައި. އޭނާ ހައްޔަރުކޮށްފައިވަނީ މި މައްސަލައިގެ ތަހުގީގު ލަސްވާތީ އޭނާގެ ކުރީގެ އަނބިމީހާ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ކަމަށާއި، މިހާރު މައްސަލައިގެ ބޮޑުބައެއް ތަހުގީގުކޮށް ނިމިފައިވާ ކަމަށް ފުލުހުން ބުނޭ.

ސަރުކާރުން މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދައިފި

ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކެއް އެއް ފުރާޅެއްގެ ދަށުން ހިންގުމަށް "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމްޓީއެޗްޖީ) އުފައްދައިފި. މި ބަދަލާއެކު ކުރިން ހޮސްޕިޓަލްތަކުގައި އޮތް ވަކިވަކި ބޯޑުތައް އުވާލައި، 10 ހޮސްޕިޓަލާއި ތެލެސީމިއާ ސެންޓަރު ހިންގާނީ މި ބޯޑުން.

ރިވެލި ބީޗު އަތުލުން މަޑުޖައްސާލަން ކޯޓުން އަމުރުކޮށްފި

ހުޅުމާލޭ ރިވެލި ބީޗް ރެސްޓޯރަންޓް ހިންގުން ހުއްޓުވޭނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ސިވިލް ކޯޓުން އެޗްޑީސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައި. ނަމަވެސް، ކުލި ނުދައްކާ އޮތް މައްސަލައިގައި އެޗްޑީސީން ވަނީ އެ ރެސްޓޯރަންޓާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ ބިން ނަގަން ނިންމާފައިވާކަން އިއްޔެ އިއުލާންކޮށްފައި.

Newsletter

Get the latest news delivered straight to your inbox