ކަނބުލޮ ފިލްމުގެ ޓްރެއިލާ އިން ދިރިހުރުމާއި ވޭނުގެ ހަގީގީ މަންޒަރު

Jul 24, 2025, 9:47 AM
ކަނބުލޮ ފިލްމުގެ ޓްރެއިލާގެ ތެރެއިން

ކަނބުލޮ ފިލްމުގެ ޓްރެއިލާގެ ތެރެއިން

މައުސޫމު ކުދިންގެ ހައްގުތަކަށް އަރައިގަތުމުން، އެ ކުދިން ތަހައްމަލު ކުރާ ވޭނުގެ މައްޗަށް ކިޑް ޕްރޮޑަކްޝަނާއި ސެޓާން ސްޓޫޑިއޯ އިން އުފައްދާފައިވާ ދިވެހި ފިލްމު "ކަނބުލޮ" ޓްރެއިލާ މިއަދު ރިލީޒްކޮށްފި އެވެ.

އަންނަ އޮގަސްޓް 31، ގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ އެ ފިލްމުން ޝިކާރައަކަށްވާ ޒުވާން އަންހެން ކުއްޖަކު އެޅި ވޭނާއި ކެކުޅުން އަދި އެކަމުން އަރައިގަންނަން ކުރި ހިތްވަރު ދައްކުވައިދެ އެވެ.

ފިލްމުގެ ޓިކެޓް ބުކް ކުރުމަށް ހާއްސަކުރެވިފައިވާ ނަންބަރަކީ 7458800 އެވެ.

Advertisement

ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން 2009 ވަނަ އަހަރު ބޭއްވި ދިގު ވާހަކަ ލިޔުމުގެ ގައުމީ މުބާރާތުގެ އެއް ވަނަ އަށް ހޮވުނު "ޔުކްތާ" ވާހަކައިގެ މައްޗަށް ތައްޔާރުކުރާ ކަނބުލޮ ފިލްމުގެ ކާސްޓުންގެ ގޮތުގައި ފެންނާނީ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، މަރިޔަމް އައްޒަ، އަހުމަދު ނިމާލް، ޝީލާ ނަޖީބު، އަހުމަދު އީސާ، ވާސިއާ މުހައްމަދު އަދި މަރިޔަމް ޝަކީލާ އެވެ.

ޓްރެއިލާއިން ފެނުނު ފާހަގަކޮށްލެވޭ މަންޒަރުތައް:

ކަނބުލޮ ފިލްމު ފެށެނީ އަހްމަދު އީސާގެ ކެރެކްޓަރާއި ކަނބުލޮގެ ބައި ކުޅޭ މަރިޔަމް އައްޒައާއި ދެމެދު ހިނގާ އޯގާތެރި ނަމަވެސް ހިތާމަވެރި ވާހަކައަކުންނެވެ. ނަމަވެސް އޯގާތެރިކަމުން ފެށުނު މަންޒަރު އިސާހިތަކު ބަދަލުވެ، ކުއްލިއަކަށް ކަނބުލޮގެ ސްކޫލް ދުވަސްވަރު ފެނެ އެވެ. މައުސޫމުކަމުގެ ތެރޭގައި ހުޅުވިފައިވާ އުޑުދަށުގައި ރަހްމަތްތެރިންނާއެކު ދުވާ މަންޒަރުތަކެކެވެ.

ޓްރެއިލާގެ ކުޑަކުޑަ އުފާވެރި ވަގުތުކޮޅުން ދަމައިގަނެވެނީ ޝީލާ ނަޖީބުގެ ކެރެކްޓަރު ތަޅައި އަނިޔާކޮށްފައިވާ މަންޒަރަކާއި އިސްމާއީލް ރަޝީދުގެ ރުޅިވެރި އަޑެވެ. އެ ހިސާބުން ފެށިގެން ޓްރެއިލާ އިތުރަށް އަނދިރިކަމުގެ ތެރެއަށް ފަނޑުވާން ފަށައެވެ. އަދި އުންމީދު ކެނޑިފައިވާ މަޑުމައިތިރި ވަގުތެއްގައި ޝީލާގެ ދަރިފުޅު ކަނބުލޮގެ ސަލާމަތަށް ދުޢާކުރާ މަންޒަރު ފެނެއެވެ.

މީގެއިތުރުން ދެން އަންނަނީ ސިހުންދޭ މަންޒަރެކެވެ. އިސްމާއީލް ރަޝީދުގެ ކެރެކްޓަރު، އޭނާ ލައިގެން ހުރި ޓީޝާޓް ބާލައެވެ. އެއްވެސް ރަހުމެއް ނެތްކަން ހާމަވާ ފަދައިންނެވެ. ކަނބުލޮ އާދޭސްކުރަމުން ބުނަނީ، "އަހަރެންނަކީ ކުޑަކުއްޖެއް" ބިރުވެރިކަމާއި ހިތާމައިގެ ދެމެދުގައި އޭނާގެ އަޑު ތުރުތުރުއަޅައެވެ.

އަނދިރިކަން އިތުރަށް ފުންވެގެންދެ އެވެ. ކަނބުލޮއަށް މަންމައެއްފަދަ ޝަކީލާގެ ކެރެކްޓަރު މަޑުމައިތިރި، ވޭނުން ފުރިގެންވާ އަޑަކުން އަހަނީ، "މާޔާއަށް ތި ހާލު ޖެއްސީ ކާކު؟" އެވެ. އެ ސުވާލުގެ ޖަވާބުގައި ކަނބުލޮއަށް ކޮށްފައިވާ އަސަރު އޭނާގެ ހަޅޭކުން ހިތްފަޅައިގެން ދެ އެވެ. ޖެހިގެން އަންނަ މަންޒަރުން އަހްމަދު ނިމާލުގެ ނުރައްކާތެރި ޖަވާބު އިވިގެންދެއެވެ، "އުމަރު ނޫނީ ކާކު؟" އެވެ.

ކަނބުލޮ، ވިހެއުމުގެ ވޭނުގައި، ހަޅޭއްލަވަމުންދާއިރު ޝަކީލާގެ ކެރެކްޓަރު ނާއުންމީދުކަމާއެކު އޭނާއަށް އެހީތެރިވެދެއެވެ. ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑުން އިތުރަށް ފިތްކަނޑުވާލައެވެ. އެ އަޑަށް ކެތްނުކުރެވޭ ވަރުކޮށް ފިލްމުގެ ނަން، "ކަނބުލޮ" ގެ ތެރެއަށް ފަނޑުވެގެން ދެ އެވެ.

ފިލްމުގެ ނަން އެރުމަށް ފަހު އަންނަ މަންޒަރުން އިތުރަށް ހިތްދަތިކަން ގެނެސްދެއެވެ. ކަނބުލޮ، ހަލާކުވެ، ރޮމުން، ފަހަތުގައި ހުރި އުމަރާ ދިމާއަށް ގޮވަމުން ބުނަނީ، "އަހަރެން ފާފައެއް ނުކުރާނަން" އެ ވޭނީ ބަސްކޮޅު އަދިވެސް ކަންފަތުގައި ގުގުމަމަ އެވެ.

މަހުދީ އަހުމަދު ސްކްރީން ޕްލޭ ލިޔެފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ހުސެން މުނައްވަރު އެވެ މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރާ ހަތަރުވަނަ ފިލްމެވެ. ފިލްމުގެ ޕްރޮޑިސަރަކީ ކަމަނަ ފިލްމުގެ އެއް ޕްރޮޑިއުސާ އަލީ ޝާނިޒް މުހައްމަދު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ހަންގަނޑުގެ ޒުވާންކަން ދަމަހައްޓަން ކެއުމުގައި ހިމަނަންވީ ތަކެތި

ހަންގަނޑު މުސްކުޅިވުމުން ރައްކާތެރިކޮށްދީ ޒުވާންކަން ދަމަހައްޓަން ބޭނުންނަމަ، ގަސްގަހާގެހިން ލިބޭ ކާނާއާއި ފައިދާހުރި ސަރުބީ އަދި ފާމެންޓް ކޮށްފައިވާ ތަކެތި ކެއުމުގައި ހިމެނުން މުހިންމެވެ. ތިމާވެށީގެ ނުސާފުކަމާއި އިރުގެ ދޯދިތަކުގެ ސަބަބުން ހަންގަނޑަށް ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށްޓަކައި، ކޮލަޖަން އިތުރުކޮށްދޭ ފަދަ ސިއްހީ ގޮތުން ފައިދާހުރި ކާނާ ބޭނުންކުރުމަކީ މުޅި ހަށިގަނޑުގެ ދުޅަހެޔޮކަމަށްވެސް ބޭނުންތެރި ކަމެކެވެ.

ބައްޕައާ ގުޅުން ކަނޑާލީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުން

މޭގަން މާކަލް އޭނާގެ ބައްޕަ ތޯމަސް މާކަލްއާ އޮތް ހުރިހާ ގުޅުމެއް ކަނޑާލާފައިވަނީ، ބައްޕަގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ސީރިއަސް ތުހުމަތުތަކާ ގުޅިގެންނެވެ. މި މައްސަލައިގައި މޭގަން ފޮނުވި ސިޓީއެއްގައި، އޭނާގެ ދަރިންނާ ބައްޕަ ދުވަހަކުވެސް ބައްދަލުނުވާނެ ކަމުގެ އިންޒާރު ދީފައިވާއިރު، ފިލިޕީންސްގެ ކަމާބެހޭ އިދާރާތަކުން ދަނީ މި ތުހުމަތުތައް ތަހުގީގު ކުރަމުންނެވެ.

ހިކޭ ބޭސް މަގުބޫލުވެ ރީތިވާ ސާމާނުގެ ވިޔަފާރި ބަދަލުވެއްޖެ

ބަރުދަން ލުއިކުރާ ބޭސްތަކުގެ މަގުބޫލުކަން އިތުރުވުމާ ގުޅިގެން، އެ ބޭސްތަކުގެ ސަބަބުން ހަންގަނޑަށް ކުރާ ނޭދެވޭ އަސަރުތަކަށް ހައްލު ހޯދައިދޭނެ އުފެއްދުންތައް ލޮރިއާލް ކުންފުނިން އަންނަނީ ތައްޔާރުކުރަމުންނެވެ. އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރީތިވާ ސާމާނުގެ ބާޒާރު ކުރިއަރަމުންދާއިރު، އެ ކުންފުނީގެ ވިޔަފާރި ވަނީ އުންމީދުކުރި މިންވަރަށް ވުރެ ބޮޑަށް އިތުރުވެފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މަލަކް އާއި ޝާވިންގެ ލޯބީގެ ގުޅުން ސިއްރު ކުރުމުގެ ބަދަލުގައި، އެކަން މަލަކްގެ ބައްޕައަށް އެންގުމަށްޓަކައި އެމީހުން ބައްދަލުވުމެއް ބޭއްވިއެވެ. މި ބައްދަލުވުމުގައި ޝާވިންގެ ވަޒީފާއާއި އާއިލީ މައުލޫމާތު އޮޅުންފިލުވުމުގެ ތެރެއިން، އޭނާއަކީ ރަށު ކައުންސިލްގައި މަސައްކަތްކުރާ ސިޔާސީ އާއިލާއަކަށް ނިސްބަތްވާ މީހެއްކަން ހާމަވިއެވެ.

ބިރުގަތީމަ ހިތުގެ ތެޅުން އަވަސްވަނީ ކީއްވެ؟

ބިރުގަންނަ ވަގުތު ހިތުގެ ތެޅުން އަވަސްވަނީ ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި މަސްތަކަށާއި ސިކުނޑިއަށް ބޭނުންވާ އޮކްސިޖަން އަވަހަށް ފޯރުކޮށްދީ، ހަށިގަނޑު ތައްޔާރުކުރުމަށެވެ. މި ބަދަލު އަންނަނީ ސިކުނޑީގެ އަމިގްޑަލާ އިން ފޮނުވާ އިންޒާރަކާ ގުޅިގެން ލޭގެ ތެރެއަށް އެޑްރީނަލިން ހޯމޯން ދޫކޮށްލުމުންނެވެ. މިއީ ޖިސްމާނީ އަދި ނަފުސާނީ ބިރުވެރިކަމެއް ކުރިމަތިވިޔަސް، އިންސާނާގެ ރައްކާތެރިކަމަށްޓަކައި ހަށިގަނޑުގައި ހިނގާ ގުދުރަތީ ނިޒާމެކެވެ.

ފަސް އަހަރު ފަހުން އެއީ ނުބައި ޑައިގްނޯސިސްއެއް ކަން އެނގިއްޖެ

މަޝްހޫރު ބަތަލާ ކްރިސްޓީނާ އެޕަލްގޭޓަށް އެމްއެސް ބަލި ޖެހިފައިވާ ކަމަށް ބަލައި ފަރުވާ ކުރާތާ ފަސް އަހަރު ފަހުން، އެއީ ނުބައި ޑައިގްނޯސިސްއެއްކަން އެނގި އޭނާގެ ސިއްހީ ހާލަތު އިތުރަށް ގޯސްވަމުންދާކަން ވަނީ ހާމަކޮށްފައެވެ. މިކަމާ ގުޅިގެން އޭނާ ނުހަނު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ބަލީގެ އަސްލު ސަބަބު ދެނެގަތުމަށްޓަކައި އާ ތަހުލީލުތަކެއް ފެށުމަށް މިހާރު ވަނީ ނިންމާފައެވެ.

އާއިލީ ގުޅުން އަލުން ގާއިމުކުރަން ބޭނުންވާ ކަމަށް ވިދާޅުވެއްޖެ

އަމީރު ހެރީގެ ބައްޕާފުޅާއި ބޭބޭފުޅާ އޮތް ނުތަނަވަސް ގުޅުން ރަނގަޅުކޮށް، އާއިލީ ގުޅުން އަލުން ގާއިމުކުރަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. މާޒީގެ ހިތާމަވެރި ހާދިސާތައް ހަނދާން ނައްތާލުމަށް ބާރުއަޅުއްވަމުން ހެރީ ވިދާޅުވީ، ބައެއް މީހުން ބޭނުން ނުވި ނަމަވެސް އެ ގުޅުން އިއާދަކުރުމަކީ މިވަގުތަށް އެންމެ މުހިންމު ކަންތައް ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox