މޯދީއަކީ ޓެރަރިސްޓެއް ކަމަށް ބުނެ ސަލަފުގެ ރައީސް ކުރި ޕޯސްޓު ޑިލީޓްކުރަން އެންގީ ސަލަފުން

މޯދީއަކީ ޓެރަރިސްޓެއް ކަމަށް ބުނެ ސަލަފުގެ ރައީސް ކުރި ޕޯސްޓު ޑިލީޓްކުރަން އެންގީ ސަލަފުން

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަކީ މުސްލިމުން މަރާ ޓެރަރިސްޓެއް ކަމަށް ބުނެ ސަލަފް ޖަމިއްޔާގެ ރައީސް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓު ޑިލީޓްކުރީ ސަލަފުން އަންގައިގެންކަން އެނގިއްޖެ އެވެ.

ސަލަފުގެ ތަރުޖަމާނު މުހައްމަދު ތަސްލީމް އަދަދު އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ މޯދީއާ ގުޅޭގޮތުން އަބްދުﷲ ކުރެއްވި ޕޯސްޓު ޑިލީޓްކުރަން ސަލަފުން އެންގީ އެ ޖަމިއްޔާގެ އުސޫލާއި ގަވާއިދުގެ ތެރެއިން އެކަން ގޮސްފައި ނެތީމަ ކަމަށެވެ.

"ޖަމިއްޔާގެ ރައީސް ވެސް މިހާރު ޓުވީޓުކޮށްފައި އޮތީ ކޮމިޓީއަށް ނުވެސް އެނގި. މިކަހަލަ ހައްސާސް މައްސަލައެއްގައި އެހެންވީމަ އެ އުސޫލުން ގަވާއިދުގެ ތެރެއިން އެކަން ގޮސްފައި ނެތީމަ ކޮމިޓީން އަންގާފައި އެއޮތީ ރައީސަށް އެ ޑިލީޓްކުރަން. އެހެންވެގެން އެ ޑިލީޓްކޮށްފައި އެ އިނީ،" އޭނާ ވިދާޅުވި އެވެ.

ތަސްލީމް ވިދާޅުވީ ސަލަފުގެ އެތެރޭގެ ހިންގުން ރަނގަޅު ކުރުމަށް އައު އުސޫލުތަކެއް ކަނޑައަޅާފައިވާއިރު، އެ އުސޫލުތަކުގެ ބޭރުން ކަމެއް ހިނގާނަމަ އެކަމެއް ރަނގަޅުކުރަން އަންގާނެ ކަމަށެވެ.

"ޑިލީޓްކުރީ އަސްލު މިހާރު ޖަމިއްޔާގެ އެތެރޭގެ ހިންގުން ރަނގަޅު ކުރުމުގެ ގޮތުން ހުންނާނެ އުސޫލުތަކެއް މިހާރު ކަނޑައެޅިފައި ވަރަށް ފަހު. ދެން އޭގެ ތެރެއިން އެ އުސޫލުން ބޭރުން ކަންކަން ދާ ކަމަށްވަންޏާމުން އޮންނަ ގޮތަކީ ހަމަ ކޮމިޓީން އަންގާނެ ކަންކަން ރަނގަޅު ކުރަން،"

މިދިޔަ ހޯމަ ދުވަހުގެ ރޭ އަބްދުﷲ ޕޯސްޓެއް ކުރެއްވީ މިނިވަން ދުވަސް ފާހަގަ ކުރަން ބާއްވާ ހަފުލާގެ ޝަރަފުވެރި މެހެމާނުގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް މޯދީ މާލެ ވަޑައިގަންނަވާތީ އެކަމާ ނުރުހުންވެ އެވެ.

"މޯދީއަކީ އިސްލާމުންގެ ބޮޑު އަދާވާތްތެރިއެއް، ބާބަރީ މިސްކިތް ތަޅާ، އެތާ ފައްޅި އަޅައި، މުސްލިމުންގެ ދުވަސްވީ ބިންތައް ފޭރެމުންގެންދާ، އެތައް މުސްލިމުންނެއް އަންދާލައި، އަހުމަދު އާބާދު ގަބުރުސްތާނަށް ހެދި ޓެރަރިސްޓެއް. މި ރާއްޖޭގެ ކަންކަމުގެ ޝަރަފު އޭނާއަށް ދިނުމަކީ ބޮޑު މުސީބާތެއް،" އަބްދުﷲ ބުނެފައިވެ އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ މިނިވަން ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް މޯދީ ވަޑައިގަންނަވާނީ މާދަމާ އެވެ. ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށްފަހު ޖުލައި 26، ގައި މޯދީ ރާއްޖެއިން ފުރާވަޑައިގަންނަވާނެ އެވެ.

މޯދީއަކީ މި ވެރިކަމުގައި ރާއްޖެ ވަޑައިގަންނަވާ އެންމެ ފުރަތަމަ ހެޑް އޮފް ސްޓޭޓް އެވެ. އަދި މިއީ ދިވެހިރާއްޖެއަށް މޯދީ ކުރައްވާ ތިން ވަނަ ޒިޔާރަތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox