އިސްކަންދަރު ސްކޫލުގެ ދަރިވަރުންތަކެއްގެ ބެލެނިވެރިންނަށް ނާންގައި އެކުދިންގެ ބޯ ގަދަކަމުން ކޮށުވި މައްސަލަ އެޗްއާރުސީއެމުން ބަލަނީ

އިސްކަންދަރު ސްކޫލުގެ ގްރެޖުއޭޝަނަށް ގޮސް ތިބި ދަރިވަރުންތަކެއް

އިސްކަންދަރު ސްކޫލުގެ ގްރެޖުއޭޝަނަށް ގޮސް ތިބި ދަރިވަރުންތަކެއް

އިސްކަންދަރު ސްކޫލުގެ ގްރެޖުއޭޝަނަށް ދިޔަ ދަރިވަރުންތަކެއްގެ ބެލެނިވެރިންނަށް ނާންގައި ސްކޫލްގެ މެނޭޖުމެންޓުން މަޖުބޫރުކުރުވައިގެން އެ ކުދިންގެ ބޮލާއި ތުނބުޅި މަތިމަސް ގަދަކަމުން ކޮށުވި މައްސަލަ ބަލަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނު (އެޗުއާރުސީއެމް) އިން ބުނެފި އެވެ.

މީޑިއާތަކަށް އެ ކޮމިޝަނުން ފޮނުވި މެސެޖެއްގައި ބުނީ ދަރިވަރުންތަކެއްގެ ބޯ ގަދަކަމުން ކޮށުވި މައްސަލަ އެޗްއާރުސީއެމްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

"އިސްކަންދަރު ސްކޫލުގެ ދަރިވަރުންތަކަކަށް މަޖުބޫރު ކުރުވައިގެން ބޯކޮށުވިކަން ކޮމިޝަނުގެ ސަމާލުކަމަށް އައުމާ ގުޅިގެން ކަމާ ގުޅުންހުރި އިދާރާތަކުން އަމަލުކުރާ ގޮތް ކޮމިޝަނުން ބަލަމުން އަންނަކަން ދަންނަވަމެވެ،" އެޗްއާރުސީއެމުން ބުންޏެވެ.

Advertisement

އިސްކަންދަރު ސްކޫލުގެ ދަރިވަރުންތަކެއްގެ ބޯ ގަދަކަމުން ކޮށުވީ މިދިޔަ ހޮނިހިރު ދުވަހުގެރޭ އޮތް އެ ސްކޫލުގެ ގްރެޖުއޭޝަން ފެށެން ބައިގަޑިއެއްހާއިރަށްވެފައި ހުއްޓަ އެވެ.

އޭގެ ތެރެއިން ގިނަ ކުދިންގެ ބޯ ސްކޫލުގެ މެނޭޖުމެންޓުން ކޮށުވާފައި ވަނީ އެ ކުދިންގެ ބެލެނިވެރިންނަށް ވެސް ނާންގަ އެވެ. އޭގެތެރެއިން އެއް ކުއްޖެއްގެ ބޯ އިސްކަންދަރު ސްކޫލުގެ މެނޭޖުމެންޓުން ކޮށުވީ އެ ސްކޫލުގެ ފާހާނާ ތެރޭގައި ބަހައްޓައިގެންނެވެ.

ސްކޫލް ފާހާނާގައި ބަހައްޓައިގެން ގަދަކަމުން ބޮލާއި ތުނބުޅި މަތިމަސް ކޮށުވި ދަރިވަރުގެ މަންމަ އަދަދު އާ ވާހަކަދައްކަމުން ބުނީ އޭނާގެ ދަރިފުޅުގެ ބޯ ކޮށުވީ ގްރެޖުއޭޝަން ޖަލްސާ ފެށެން ބައި ގަޑިއެއްހާއިރަށް ވެފައި ހުއްޓައި ސްކޫލުގެ ފާހާނާ ތެރެއަށް ވައްދައި މަޖުބޫރު ކުރުވައިގެން ދަރިފުޅު ލައްވައި ކަމަށެވެ.

"ފުރަތަމަ ގެންދިޔައީ ޝޭޑީކެބިން ކައިރީގައި ހުރި ވީ ސެލޫންއަށް، ގެންގޮސް އެތަނުން ތުނބުޅި މަތިމަސް ކޮށުވަން އުޅުނީ ސްކޫލުގެ ލީޑިން ޓީޗަރެެއް، އެ މީހުންނަށް އެތަނުން ކޮށުނީ ހަމައެކަނި ދަރިފުޅުގެ މަތިމަސް، ދެން ދަރިފުޅު ބުނީ ބޮލެއް ނުކޮށާނަމޭ އެތަނަކުން، ކިޔާފައި ދެކޮޅު ހަދާފައި ސްކޫލަށް ދިޔައީ،" މި ނޫހާ ވާހަކަދެއްކި ބެލެނިވެރިޔާ ބުންޏެވެ.

އޭނާ ބުނީ ބޯކޮށަން ދެކޮޅު ހެދުމަށްފަހު އޭނާގެ ދަރިފުޅު ސްކޫލަށް ގޮސް ގެއަށް ފޮނުވައިދޭން ލީޑިން ޓީޗަރުންގެ ގާތުގައި އެދުނު ކަމަށެވެ.

ނަމަވެސް އެވަގުތު އެތަނުގައި ހާޒިރުވެ ތިބި ލީޑިން ޓީޗަރުން އެކަމަށް ދެކޮޅު ހަދައި ގެއަށް ވެސް ނުދެވޭނެ ކަމަށް ދަރިވަރު ގާތުގައި ބުނި ކަމަށެވެ. އަދި ގްރެޖުއޭޝަންގައި ވެސް ބައިވެރިވާން ޖެހޭނެކަމަށް ބުނެ އެ ކުއްޖާއަށް ބޯ ކޮށަން މަޖުބޫރު ކުރިވި ކަމަށް ބެލެނިވެރިޔާ ބުންޏެވެ.

"ދެން ދަރިފުޅު ކައިރީގައި ބުނީ އަމިއްލައަށް އެހެންވިއްޔާ ބޯ ކޮށާށޭ ކަތުރެއް ދީފައި، ދެން ވެސް ދަރިފުޅު ދެކޮޅު ހެދީމަ އެތަނުގައި ހުރި ޓީޗަރެއް ބުނީ ދަރިފުޅު ގާތުގައި ބޯ ކޮށާށޭ، ލީޑިން ޓީޗަރުން އެތިބީ ދޫކުރާ ގޮތަކަށް ނޫނޭ، ބުނީމަ ފާހާނާއަށް ވަދެ އަމިއްލައަށް ދަރިފުޅު ބޯކޮށީ،" ބެލެނިވެރިޔާ ބުންޏެވެ.

އެ ކުއްޖާއަކީ ދުވަހަކު ވެސް އަމިއްލަ ނަފުސަށް ގެއްލުމެއް ދިން ކުއްޖެއް ނޫންކަން ފާހަގަކޮށް ބެލެނިވެރިޔާ ބުނީ ބެލެނިވެރިޔާއަށް ނާންގައި މަޖުބޫރު ކުރުވައިގެން އަމިއްލަ އަތުން ދަރިފުޅުގެ ބޯ ކޮށަން މަޖުބޫރު ކުރުމަކީ ދިން އަނިޔާއެއް ކަމަށެވެ. އަދި ޖީސީއީ އޯލެވަލް ފެށެން ކުޑަ ދުވަސްކޮޅަކަށްވެފައި އޮއްވައި އެފަދަ އަނިޔާއެއް ދިނުމުން ކުއްޖާއަށް ވަރަށް ބޮޑަށް އަސަރު ކޮށްފައިވާ ކަމަށް ބެލެނިވެރިޔާ ބުންޏެވެ.

"އަޅުގަނޑު ޕްރިންސިޕަލް ގާތުގައި ބުނިން ކިހާ ބޮޑު އަނިޔާއެއްހެއްޔޭ ތިޔަ ދިނީ، މުޅި ހަޔާތުގައި ތައްޔާރު އެވީ ޖީސީއީ އޯލެވެލްއަށޭ، އެކަމަކު ޓެސްޓު ފެށެން މިހާ ކައިރިވެފައި އޮއްވައި ދަރިފުޅުގެ މުޅި ކިޔެވުން ހަލާކު ކޮށްލީނުންހެއްޔޭ ބޯ ކޮށުވަންށޭ ކިޔާފައި،" ބެލެނިވެރިޔާ ބުންޏެވެ.

މި ނޫހަށް ވަނީ ކުދިންގެ ބޯ ކޮށުވަން ގެންދިޔަ ސެލޫންއަށް އިސްކަންދަރު ސްކޫލުގެ ޓީޗަރެއްގެ އެކައުންޓުން އެރޭ ފައިސާ ޓްރާންސްފާ ކޮށްފައި ހުރި ސްލިޕްތަކެއް ލިބިފަ އެވެ. އެ ސްލިޕްތަކުން އެނގޭ ގޮތުގައި މިދިޔަ ހޮނިހިރު ދުވަހުގެރޭ 7:50 ހާއިރުން ފެށިގެން ގޮސް 9:00 އާ ދޭތެރޭގައި އެ ސްކޫލުގެ ލީޑިން ޓީޗަރެއްގެ އެކައުންޓުން އެ ސެލޫންއަށް އެކު ޖުމުލަ 600ރ. އެކި ފަހަރު މަތިން ފޮނުވާފައިވެ އެވެ.

މި މައްސަލައާ ގުޅިގެން އެޑިއުކޭޝަނުން މިހައިތަނަށް އަދި ބަހެއް ނުބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox