ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ކުރެއްވި ޒިޔާރަތުގެ ވާހަކައެއް ލިވަޕޫލްގެ ސޯޝަލް މީޑިއާގައި ނެތް

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ވަޒީރުން ލިވަޕޫލުގެ ދަނޑުގައި : ޒިޔާރަތުގެ ފޮޓޯއެއްހާ މިންވަރުވެސް ލިވަޕޫލުން ޕޯސްޓު ނުކުރި --- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ވަޒީރުން ލިވަޕޫލުގެ ދަނޑުގައި : ޒިޔާރަތުގެ ފޮޓޯއެއްހާ މިންވަރުވެސް ލިވަޕޫލުން ޕޯސްޓު ނުކުރި --- ފޮޓޯ: ރައީސް އޮފީސް

އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު އެއް ފުޓްބޯޅަ, ޓީމު ލިވަޕޫލް އެފްސީ ގެ ރަސްމީ ޓޫރިސްޓު މަންޒިލަކަށް ރާއްޖެ ހަމަޖައްސާ އެ ކްލަބާ ގުޅިގެން ރާއްޖެ އިޝްތިހާރު ކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަށް ފެށުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ކްލަބުގެ ދަނޑަށް ކުރެއްވި ޒިޔާރަތުގެ ފޮޓޯއެއްހާ މިންވަރުވެސް އެ ކްލަބުން ޕޯސްޓު ނުކުރި އެވެ.

ލިވަޕޫލްގެ ސީއީއޯގެ ދައުވަތަކަށް ކަމަށް ބުނެ ރައީސް މުއިއްޒު އިނގިރޭސިވިލާތަށް ފުރާވަޑައިގެންނެވީ އެޕްރީލް 1، ގަ އެވެ. ޔޫކޭއަށް ވަޑައިގެން، ޖެހިގެން އައި ދުވަހު އެމަނިކުފާނު ފުރަތަމަ ވަޑައިގެންނެވީ ލިވަޕޫލްގެ ޓްރެއިނިން ގްރައުންޑް، އަކްސާ ޓްރެއިނިން ސެންޓަރަށެވެ. އެ ޒިޔާރަތުގެ ފޮޓޯތަ އްވެސް ޕޯސްޓުކުރީ ރައީސް އޮފީހުން އެކަންޏެވެ. ލިވަޕޫލުން ޕޯސްޓުކޮށްފައެއް ނުވެ އެވެ.

އަދި، އެ ރޭ ލިވަޕޫލްގެ ދަނޑުގައި އެ ޓީމުގެ އެންމެ ވާދަވެރި އެއް ޓީމު ކަމަށްވާ އެވަޓަންއާ ދެކޮޅަށް ކުޅުނު ލީގު މެޗަށް ރައީސް އާއި އެމަނިކުފާނާއެކު ދަތުރުގައި ބައިވެރިވި ސަރުކާރުގެ ވެރިން ވަޑައިގެންނެވި އެވެ.

Advertisement

މެޗުގެ ކުރިން ރާއްޖެ އިޝްތިހާރު ކުރުމަށް ފަށާފައިވާ ކެމްޕޭން ލޯންޗުކުރުން އޮންނާނެ ކަމަށް އަޑު ފެތުރުނެވެ. އެ އިވެންޓާ ގުޅިގެން ދައުލަތުގެ މީޑިއާއިން ހާއްސަ ޝޯއެއްވެސް ގެނެސްދިނެވެ. ނަމަވެސް ޝޯ ނިންމާލީ ދަނޑުގައި ރައީސް ކުރެއްވި އެއްވެސް ކަމެއްގެ މަންޒަރެއް ނުދައްކަ އެވެ.

ރައީސް އޮފީހުން ފަހުން އާންމުކުރި ފޮޓޯތަކުންނާއި ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުތަކުން އެނގޭ ގޮތުގައި ރައީސް އާއި ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރަފީއު, އަދި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ މެޗު ފެށުމުގެ ކުރިން ދަނޑުގެ އެއް ކައިރީގައި ތިއްބެވި އެވެ.

ދެ ޓީމުގެ ކުޅުންތެރިން މެޗަށް ތައްޔާރުވަމުންދިޔަ ވަގުތު އެ ތަނުގައި އެ ތިން ބޭފުޅުންނާއެކު ރައީސް މުއިއްޒު ވަނީ ފޮޓޯވެސް ނަންގަވާފަ އެވެ. ހިފަހައްޓަވައިގެން ތިއްބެވީ 'ވިސިޓް މޯލްޑިވްސް' ޖަހާފައި އިން 25 ނަމްބަރުގެ ލިވަޕޫލް ޖޯޒީ އެކެވެ. މި ފޮޓޯތަކުގެ ލިވަޕޫލުގެ އެއްވެސް އޮފިޝަލަކު، ވެރިޔަކު ބައިވެރިވެފައެއް ނުވެ އެވެ.

މީގެން އެއްވެސް ފޮޓޯއެއް، ނުވަތަ ރައީސް މުއިއްޒު އެންފީލްޑަށް ޒިޔާރަތް ކުރެއްވި ކަމެއްވެސް ލިވަޕޫލުގެ އެއްވެސް ސޯޝަލް މީޑިއާ އެކައުންޓަކުން ނުވަތަ ވެބްސައިޓުގައި ވެސް އާންމުކޮށްފައެއް ނުވެ އެވެ. ފޮޓޯއެއްހާ މިންވަރު ވެސް ޕޯސްޓުކޮށްފައެއް ނުވެ އެވެ.

ރާއްޖެ އަކީ ލިވަޕޫލުގެ ރަސްމީ ޓޫރިޒަމް މަންޒިލުގެ ގޮތުގައި ހަމަޖެއްސި ފުރަތަމަ ގައުމެއް ނޫނެވެ. ލިވަޕޫލުން 2021 ގައި މޮރިޝަސް އާއެކު ލިވަޕޫލުން ވީ މިފަދަ އެއްބަސްވުމެއް ލޯންޗުކުރަން އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ޕްރަވިންދު ކުމާރު ޖުގްނަތު ވެސް އެންފީލްޑަށް ވަޑައިގެންނެވި އެވެ.

އެ ޒިޔާރަތާއި ރައީސް މުއިއްޒުގެ ޒިޔާރަތާ ހުރި ތަފާތަކީ އެފަހަރު މޮރިޝަސްގެ ބޮޑުވަޒީރަށް މަރުހަބާ ދެންނެވީ ލިވަޕޫލުގެ ސީއީއޯ ބިލީ ހޯގަން ކަމެވެ. އޭނާ، ޕްރަވިންދު އާއެކު ފޮޓޯ ނަގާ، އެ ހަބަރު ލިވަޕޫލުން އެ ކްލަބުގެ ރަސްމީ ވެބްސައިޓުގައި އާންމުކުރުމެވެ. ޕްރަވިންދު ވަނީ އޭނާގެ ޒިޔާރަތުގައި އޭރު ލިވަޕޫލުގެ މެނޭޖަރަކަށް ހުރި ޔާގަން ކްލޮޕާވެސް ބައްދަލުކޮށްފަ އެވެ.

މޮރިޝަސްގެ ކުރީގެ ބޮޑުވަޒީރު ކުރީގެ ބޮޑުވަޒީރު ޕްރަވިންދު ކުމާރު ޖުގްނަތު ލިވަޕޫލުގެ ސީއީއޯ އާއެކު އެ ގައުމު އިޝްތިހާރު ކުރުމުގެ ކެމްޕޭން ލޯންޗުކުރަން 2021 ގައި އެ ޓީމުގެ ދަނޑުގައި ނެންގެވި ފޮޓޯ --- ފޮޓޯ: ލިވަޕޫލް
މޮރިޝަސްގެ ކުރީގެ ބޮޑުވަޒީރު ކުރީގެ ބޮޑުވަޒީރު ޕްރަވިންދު ކުމާރު ޖުގްނަތު ލިވަޕޫލުގެ ސީއީއޯ އާއެކު އެ ގައުމު އިޝްތިހާރު ކުރުމުގެ ކެމްޕޭން ލޯންޗުކުރަން 2021 ގައި އެ ޓީމުގެ ދަނޑުގައި ނެންގެވި ފޮޓޯ --- ފޮޓޯ: ލިވަޕޫލް

މޮރިޝަސްގެ ކުރީގެ ބޮޑުވަޒީރު ކުރީގެ ބޮޑުވަޒީރު ޕްރަވިންދު ކުމާރު ޖުގްނަތު ލިވަޕޫލުގެ ސީއީއޯ އާއެކު އެ ގައުމު އިޝްތިހާރު ކުރުމުގެ ކެމްޕޭން ލޯންޗުކުރަން 2021 ގައި އެ ޓީމުގެ ދަނޑުގައި ނެންގެވި ފޮޓޯ --- ފޮޓޯ: ލިވަޕޫލް

ރައީސް މުއިއްޒު ޒިޔާރަތްކުރެއްވި މެޗަށްފަހު ރައީސް އޮފީހުން ކުރި ޕޯސްޓުތަކުން އެނގޭ ގޮތުގައި ރައީސް އާއި ވެރިން ވަނީ ލިވަޕޫލްގެ ރަސްމީ ދަނޑު، އެންފީލްޑުގެ ހާއްސަ ޓުއާއެއް ނެންގެވި އެވެ. އަދި، އެ ކްލަބުގެ ކުރީގެ މަޝްހޫރު ދެ ކުޅުންތެރިން ކަމަށްވާ ކެނީ ޑަލްގިޝް އާއި އިއަން ރަޝް އާ ރައީސް ވަނީ ބައްދަލުކުރައްވާފަ އެވެ.

މީގެ އިތުރަށް، ލިވަޕޫލުގެ މިހާރުގެ ޓީމު ނުވަތަ އެ ކްލަބުގެ އިސްވެރިންގެ ތެރެއިން އެއްވެސް ބަޔަކާ ރައީސްގެ މި ދަތުރުގައި ބައްދަލުކުރެއްވި ކަމެއް ރައީސް އޮފީހުން އަދި އެމްއެމްޕީއާރުސީ އިންވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ލިވަޕޫލާ އެވަޓަން ކުޅުނު މެޗުގައި ދަނޑުގެ އަރިމަތީގައި ހުންނަ ލެޑު ބޯޑުތަކަށް ރާއްޖޭގެ އިޝްތިހާރު އެރުވި އެވެ. ސަރުކާރުން ފަހުން ބުނީ ރައީސް ވަޑައިގެންނެވި މަގުސަދަކީ މި އިޝްތިހާރުތައް ދައްކާ މެޗު ބައްލަވައިލެއްވުން ކަމަށެވެ.

މާޗު 13، ގައި އިއުލާނުކުރި އެއްބަސްވުމުގެ ދަށުން ލިވަޕޫލާ ގުޅިގެން ރާއްޖެ އިސްތިހާރުކުރާ ސަރުކާރުގެ ކުންފުނި އެމްއެމްޕީއާރުސީން މި ކެމްޕޭން ކުރިއަށް ގެންދާނީ ތިން އަހަރާއި ހަ މަސްދުވަހަށް ކަމަށްވެސް ރައީސް އޮފީހުން ހާމަކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox