4 އޭޕްރީލް 2025 - 10:48 0
ލީވާން އަލީ ނާސިރު
4 އޭޕްރީލް 2025 - 10:48 0
ބައިބަލާއަކީ ރާއްޖޭގައި މިވަގުތު މަރުނުވެ އޮތް ސަގާފީ ގޮތުން އެންމެ ވަރުގަދަ އެއް ކުޅިވަރޭ ބުނުން ދޮގަކަށް ނުވާނެ އެވެ. އެ ކުޅިވަރަކީ އެތައް ޒުވާނުންނެއް އެއްބައިވަންތަކޮށްދޭ ރާއްޖޭގައި އޮތް މުހިންމު ސަގާފީ ކުޅިވަރެވެ. ބައިބަލާ މުބާރާތް ރާއްޖޭގައި އާންމުކޮށް ބާއްވަމުން އަންނަނީ ފިތުރު އީދާ ދިމާކޮށެވެ.
މި ފަހަރުގެ ބައިބަލާ މުބާރާތް ފޯރިއާ އެކު ކުރިއަށްދާއިރު، އެ މުބާރާތުގެ ފުރިހަމަ ސެޓަޕާ އެކު މުބާރާތަށް އާ ދިރުމެއް ގެނެސްދިނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އިވެންޓްތައް މެނޭޖުކޮށް އިވެންޓް ސޮލިއުޝަން ހިދުމަތް ދެމުންދާ ސްޓޭޖް ކޯއިންނެވެ.
ސްޓޭޖް ކޯ އިން ބައިބަލާ ރިންގް ބައިނަލްއަގުވާމީ ފެންވަރަށް ބަދަލުކޮށްލީ ދުނިޔޭގެ ފެންވަރުގެ ލައިޓިން އާއި އޯޑިއޯ އަދި ވިޝުއަލް އިކިއުޕްމަންޓްތައް ބަހައްޓައިގެންނެވެ. އެގޮތުން އިސްތިހާރު ބޯޑުތައް ވެސް އެލްއީޑީ ސްކްރީންގައި ބަދަލުވާ ގޮތަށް އަޅުވާފައި ބެހެއްޓިއިރު، ބައިނަލްއަގުވާމީ ސްޓޭޑިއަމް ފީލް ބައިބަލާ ރިންގުން ވަނީ ގެނުވައިދީފަ އެވެ.
ސްޓޭޖް ކޯ އިން ބައިބަލާ ރިންގަށް ގެނައި އިންގިލާބީ ބަދަލާ އެކު ބެލުންތެރިންގެ ތައުރީފް ދަނީ އޮހެމުންނެވެ. ބެލުންތެރިން ދެކޭ ގޮތުގައި ބައިބަލާ މުބާރާތް ބަލަން ދިޔުމުން ކުރެވޭ އިހުސާސް މިހާރު މާބޮޑަށް ވެސް ތަފާތެވެ.
ސްޓޭޖް ކޯ ގެ ޑިރެކްޓަރު ވިދާޅުވީ ބައިބަލާ ރިންގަށް މި އަހަރު ގެނެވުނު ބަދަލަކީ އެ ކުންފުނީގެ ގާބިލިއްޔަތުކަން ހުރި މިންވަރުގެ 10 ޕަސަންޓު ކަމަށާއި އަންނަ އަހަރުގެ މުބާރާތަށް ބޮޑެތި ބަދަލުތައް ގެނެވޭނެ ކަމަށެވެ.
ސްޓޭޖް ކޯ އިން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ކްލައިންޓުންނަށް ވީހާ ވެސް ފެންވަރު ރަނގަޅު ހިދުމަތެއް ދީ، އައު ކަންތައްތަކެއް ކުރުމަށް ކަމަށެވެ.
"އަހަރުމެން ބޭނުންވަނީ ކްލައިންޓުންނާ ވީހާ ވެސް ގާތުން މަސައްކަތްކޮށް ތަފާތު ހިދުމަތްތަކެއް ފޯރުކޮށްދޭން. އަހަރުމެންގެ ކޮލިޓީއަށް ކުރާ އިތުބާރަކީ އަހަރުމެން ކުރިއަރަން ލިބޭ ބާރެއް. އަހަރުމެން ބަޔަކާ ވާދަ ކުރުމަށްވުރެ ބޮޑަށް ބަލަނީ އާ ކަންތައްތަކެއް ކުރެވޭތޯ،" އެ ކުންފުނިން ބުންޏެވެ.
ރާއްޖޭގައި އިވެންޓް ސޮލިއުޝަން ހިދުމަތް ދިނުމުގައި ތަޖުރިބާ ހުރި ސްޓޭޖް ކޯ އަކީ އުރީދޫ މޯލްޑިވްސްގެ ވެސް އޮފިޝަލް އިވެންޓް ސޮލިއުޝަން ޕްރޮވައިޑާ އެވެ.
66.67%
0.00%
0.00%
33.33%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment