ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިން ވެސް ވެންޓިލޭޓަރުގައި

އައިޖީއެމްއެޗް ހޮސްޕިޓަލުގެ އިިމަޖެންސީއަށް ވަންނަ ދޮރު: އެ ދެމަފިރިން ރަސްދޫއިން މާލެ ގެނައި ރޭގެ ވަގުތެއްގައި -- ފޮޓޯ: މިރާން ނާޝިމް/އަދަދު

އައިޖީއެމްއެޗް ހޮސްޕިޓަލުގެ އިިމަޖެންސީއަށް ވަންނަ ދޮރު: އެ ދެމަފިރިން ރަސްދޫއިން މާލެ ގެނައި ރޭގެ ވަގުތެއްގައި -- ފޮޓޯ: މިރާން ނާޝިމް/އަދަދު

އއ. ރަސްދޫގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ހައްވާ އަފީފާ އަދަދު އަށް ވިދާޅުވީ ފިހިގެން އެ ހޮސްޕިޓަލަށް ގެނައީ 31 އަހަރުގެ ދެމަފިރިންގެ ހާލު ސީރިއަސްކަމުން ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށެވެ.

ފިހުނު އަންހެން މީހާ މި ވަގުތު އައިސީޔޫއަށް ބަދަލުކޮށްފައިވާއިރު، ފިރިހެން މީހާ އައިސީޔޫއަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އަފީފާ ވިދާޅުވި އެވެ.

"މިއަދު ހެނދުނު ބެލިއިރު އެމަޖެންސީގައި ފަރުވާ ދެމުންދިޔައީ. އެއީ 31 އަހަރު އަންހެން ބޭފުޅަކާއި ފިރިހެން ބޭފުޅެއް. އަންހެން ބޭފުޅާ އައިސީޔޫއަށް ލާފައި ވަނީ. ފިރިހެން ބޭފުޅާ އައިސީޔޫއަށް ޓްރާންސްފާ ކުރުމުގެ މަސައްކަތް ދަނީ ކުރިއަށް. ދެބޭފުޅުންނަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި،" އޭނާ ވިދާޅުވި އެވެ.

ރަސްދޫ ކައުންސިލްގެ ރައީސް މުހައްމަދު ނާހިދު މި ނޫހަށް ވިދާޅުވީ އެ ދެމަފިރިން ދިރިއުޅެމުންދިޔަ ގޭގެ ކޮޓަރީގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ފިހުނީ އެ ދެމަފިރިން އެކަނި ކަމަށެވެ.

އެ ދެމަފިރިންގެ ފަސް އަހަރުގެ ތުއްތު ކުއްޖަކު ހުންނައިރު، އަލިފާނުގެ ހާދިސާ ހިނގި ވަގުތު އެ ކުއްޖާ ކޮޓަރީގައި ނޫޅޭ ކަމަށް ވެސް އޭނާ ބުންޏެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ. އަދި މިކަމާ ގުޅިގެން ފުލުހުން ވެސް އަދި މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox