Advertisement

ޑޮލަރު މާރުކުރަން މަޖުބޫރުކުރުމާ ނަޝީދު ދެކޮޅު، "އަމިއްލަ ފައިސާއާ މެދު އަމަލުކުރާނެ ގޮތް ސަރުކާރަކަށް ނުނިންމޭނެ"

15 ނޮވެންބަރު 2024 - 10:06 5

މުހައްމަދު ޝަހްޒާން

މ

Advertisement

ކުރީގެ ރައީސް މުހައްމަދު ނަޝީދު: ވިޔަފާރިން މިހާރު ވެސް ސަރުކާރަށް ޓެކުހާއި ކުލި ދައްކާ ކަމަށް ވިދާޅުވި -- ފޮޓޯ: އަަދަދު

ޑޮލަރު މާރުކުރަން މަޖުބޫރުކުރުމާ ނަޝީދު ދެކޮޅު، "އަމިއްލަ ފައިސާއާ މެދު އަމަލުކުރާނެ ގޮތް ސަރުކާރަކަށް ނުނިންމޭނެ"

15 ނޮވެންބަރު 2024 - 10:06 5

Advertisement

Advertisement

މީހުންގެ އަމިއްލަ ފައިސާ އާމެދު އަމަލު ކުރަންވީ ގޮތް ސަރުކާރަކަށް ނުނިންމޭނެ ކަމަށާއި ޓެކްސް ދެއްކުމަށްފަހު ބާކީ ހުންނަ ފައިސާ ބަހައްޓާނެ ތަނަކާއި ހަރަދު ކުރާނެ ގޮތެއް ނިންމުމުގެ ހައްގު ރިސޯޓު ހިންގާ މީހުންނަށް އޮންނަންޖެހޭނެ ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ކުރީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަކަށް ނަޝީދު ކުރެއްވި މެސެޖެއްގައި ވިދާޅުވީ ދައުލަތަށް ދައްކަންޖެހޭ ޓެކްސްތައް ދެއްކުމަށްފަހު ހުންނަ ފައިސާ އަކީ އެމީހުންގެ އަމިއްލަ ފައިސާ ކަމަށެވެ.

Advertisement

"އަޅުގަނޑުގެ ވިސްނުމަކީ، އެމީހެއްގެ އަމިއްލަ ފައިސާ އާމެދު އަމަލު ކުރަންވީ ގޮތް ސަރުކާރުތަކަށް ނިންމައެއް ނުދެވޭނެ އޭ، ރިސޯތުތަކުގެ ވެރިން، އެމީހުން ދައްކަންޖެހޭ ޓެކްސް ދައްކާ، ދެން ބާކީ އޮންނަނީ އެމީހުންގެ ފައިދާ، އެ ފައިސާ ބަހައްޓާނެ ތަނަކާއި ހަރަދު ކުރާނެ ގޮތެއް ނިންމުމުގެ ހައްގު އެމީހުންނަށް އޮންނަންޖެހޭނެ،" ނަޝީދު ލިޔުއްވާފައިވެ އެވެ.

ނަޝީދު ވިދާޅުވީ ގަވާއިދާ ގާނޫނު ހަދައިގެން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އެއްވެސް ސަރުކާރަކަށް އިތުރު ކުރެވިފައި ނުވާކަން އެއީ ހަގީގަތް ކަމަށެވެ.

"ވިޔަފާރިއެއްގެ ފައިސާ ބަހައްޓާނެ ތަނެއް އެމީހުން ކަނޑައަޅަނީ އިތުބާރުގެ މައްޗަށް ބިނާކޮށް،" ނަޝީދު ލިޔުއްވި އެވެ.

Advertisement

ރާއްޖޭގެ މާލީ ހާލަތުގެ މައްޗަށް އަލި އަޅުއްވައިލައްވައި ނަޝީދު ވިދާޅުވީ 2018 އާ ހަމައަށް އައި އައިއިރު، ރާއްޖޭގެ ދަރަނި ރީސްޓްރަކްޗާ ކުރަންޖެހޭކަން އެންމެންނަށް ވެސް އެނގޭ ކަމަށެވެ. އަދި، އެމްޑީޕީން ވެރިކަމަށް އައީ ވެސް އެ ވައުދާ އެކުކަން ނަޝީދު ފާހަގަ ކުރެއްވި އެވެ.

ނަމަވެސް އޭނާ ވިދާޅުވީ އެމްޑީޕީން ވެސް ވެރިކަން ނިންމައިލީ އެ ވައުދުގެ މަތިން ހަނދާން ނައްތާލައިގެން ތިބެ ކަމަށެވެ. އެގޮތުން ސަނީ ސައިޑް ބޮންޑު ދެއްކީ ސުކޫކު ވިއްކައިގެން ކަމަށް ނަޝީދު ވިދާޅުވި އެވެ.

ބޭރަށް ދައްކަންޖެހޭ ދަރަނި އިންތިހާއަށް އެބަހުރިކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ ދަރަނި ރީސްޓްރަކްޗާ ކުރުން ނޫން ގޮތެއް ރާއްޖެއަށް ނެތް ކަމަށެވެ.

"ކިތަންމެ ވަރަކަށް ޓެކްސް ބޮޑު ކުރިއަސް ރާއްޖެގެ ދަރަނި މެނޭޖެއް ނުކުރެވޭނެ، ޖެހޭނީ ރީސްޓްރަކްޗާ ކުރަން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މި މޭރުމުން ވާހަކަދައްކަވާފައިވާއިރު، އޭނާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، ދަ ޑިމޮކްރެޓްސް އިން އިއްޔެ ވަނީ ބޭރު ފައިސާއާބެހޭ ގަވާއިދަށް އަމަލު ކުރުން މަޑުޖައްސައިލުމަށް އެމްއެމްއޭއަށް ގޮވާލައިފަ އެވެ.

ޑިމޮކްރެޓްސް އިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ޓޫރިޒަމް ވިޔަފާރި ހިނގާ ގޮތުގެ އާންމު ހަގީގަތަށް ރިއާޔަތްކުރުމެއް ނެތި އެމްއެމްއޭއިން އެކުލަވާލައިފައިވާ ބޭރު ފައިސާއާ ބެހޭ ގަވާއިދުގައި މިހާރު އޮތްގޮތަށް އެއް އަދަދެއް ހުރިހާ ޓޫރިޒަމް އެސްޓެބްލިޝްމަންޓަކުން މާރުކުރާނަމަ، ބަޖެޓް އަދި މިޑްމާކެޓް ގިނަ ހޮޓާ،ތަކާއި ރިޒޯޓް އަދި ގެސްޓްހައުސްތަކުގެ ވިޔަފާރި ހަލާކުވެ ބަންދުކުރަން ޖެހިދާނެ ކަމަށެވެ.

މިިދިޔަ އޮކްޓޯބަރު 1، ގައި އެމްއެމްއޭއިން އިއުލާނު ކުރި ގަވާއިދުގައިވާ ގޮތުން ރާއްޖޭގެ ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު އަދި ގެސްޓްހައުސްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ މަގުން ބޭންކަށް ޑޮލަރު މާރު ކުރަން މަޖުބޫރުވެ އެވެ.

ނަމަވެސް އެ ގަވާއިދަށް އަމަލު ނުކުރާނެކަން ރާއްޖޭގެ 50 އަށްވުރެ ގިނަ ރިސޯޓުގެ ވެރިން ވަނީ އެމްއެމްއޭއަށް އަންގައިފަ އެވެ. އޭގެތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓޫރިޒަމް އެޑްވައިޒަރު މުހައްމަދު ހަލީލު މެނޭޖިން ޑިރެކްޓަރަކަށް ހުރި ޕަލްސް ކުންފުންޏާއި، އެމްޔޫ މުހައްމަދު އުމަރު މަނިކުގެ ޔުނިވާސަލް އަދި މުހައްމަދު މޫސާ (އުއްޗު)ގެ ރިސޯޓުތައް ހިމެނެ އެވެ.

ގުޅޭ ބައެއް ލިޔުންތައް

ޑޮލަރު މާރުކުރެވެން ނެތް ކަމަށް ޕަލްސް ކުންފުނިން ވެސް އަންގައިފި

ޕަލްސް ގެ މެނޭޖިން ޑިރެކްޓަރަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓޫރިޒަމް އެޑްވައިޒަރު މުހައްމަދު ހަލީލު އެވެ. އެ ކުންފުނިން ރާއްޖޭގައި ޖުމްލަ ފަސް ރިސޯޓެއް ހިންގަ އެވެ. އެއީ ނޮޓިލަސް މޯލްޑިވްސް، ކަނޑިމަ މޯލްޑިވްސް، ނޯވާ މޯލްޑިވްސް އަދި އެވަލަން މޯލްޑިވްސް އެވެ.

ޑޮލަރު މާރުނުކުރާނެކަން ޔުނިވާސަލްއިން އެމްއެމްއޭއަށް އަންގައިފި

ޔުނިވާސަލް އިން ރާއްޖޭގައި އަށް ރިސޯޓެއް ހިންގާ. އެއީ ކުރުނބާ މޯލްޑިވްސް، ވެލައްސަރު މޯލްޑިވްސް، ބަރޮސް މޯލްޑިވްސް، ހުވަފެންފުށި މޯލްޑިވްސް، ކުރަމަތި މޯލްޑިވްސް، މިލައިދޫ މޯލްޑިވްސް، އަދި ދިގަލި މޯލްޑިވްސް.

ޑޮލަރު މާރުނުކުރާނެ ކަމަށް ގިނަ ރިސޯޓުތަކަކުން އަންގައިފި

މީގެތެރޭގައި ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ މަހުޖަނު ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ސޮއިކުރައްވާ އޭނާގެ ރިސޯޓުތަކުން ގަވާއިދަށް އަމަލުނުކުރާނެ ކަމަށް ވިދާޅުވެ ފޮނުވި ސިޓީގެ ކޮޕީއެއްވެސް ވަނީ ލިބިފަ. މި ސިޓީ ރައީސް އޮފީހަށާއި ރައްޔިތުންގެ މަޖިލީހަށް ވަނީ އެޑްރެސް ކޮށްފަ.

ރިސޯޓު އޯނަރުންނަށް ރައީސްގެ ވަރުގަދަ ބަހުގެ ހަމަލާއެއް!

"ތަނަވަސްކަން ނެތް ރައްޔިތުންނަށް ފައިދާއެއް ވާން ނޭދޭ ސިޔާސީ ވެރީން ރައްޔިތުންނަށް ވަރަށް ސާފު ވާތަން ކުރިޔަށް އޮތް ތާނގައި އިތުރަށް ފެންނާނެ! މި ސަރުކާރު ކުރިޔަށްދާނީ ރައްޔިތުންގެ ފަޅީގައި އޮވެ ހުރިހާ ރައްޔިތުންނަށް އިންސާފުވެރިކަމާއެކު ތަނަވަސްކަން ހޯދައިދިނުމުގައި!"

0.00%

0.00%

100.00%

0.00%

މި ލިޔުން ކިޔާލުމުން

Advertisement

Advertisement

ގަހުރު

4 months ago

އަޅުގަޑު ބުރަމަސައްކަތުން ހޯދާ ފައިސާއިން މުދާގަނެ އެއަށް ޓެކެސް ފައިސާ އިތުރުކޮށް އަގު ބޮޑުކުރަށް ސަރުކާރަށް އެންގޭނެތޯ ؟ ނޫނެކެވެ. ސަރުކާރު ހަދާ ގަނޫނަށް ބޯލަބަންޖެހޭނެ ތޯ ؟ ނޫނުނެކެވެ. ރާއްޖޭގެ ޑޮލަރު ވިއްކޭނެ އެންމެ މަތީ އަގަކީ 15.42 ރުފިޔެވެ. ގަވާއިދާ ޚިލާފަ 19 ރުފިޔާއަށް ޑޮލަރު ވިއްކޭނެ ތޯ ؟ ރައީސް ނަޝީދު ވިދާޅުވަނީ ވިއްކޭނެ ވާހަކައެވެ. ލަނޑަޔާވާނީ ހަމަ ލަނޑަޔާއެވެ.

ާއަމިއްލަ ފައިސާ

4 months ago

މިކަމުގައި ނަޝީދުވިޔަސް ދެކޮޅު. އަމިއްލަ ފައިސާ އިން ކުރަންވީ ކަމަކީ ކަޅު ބާޒާރު އުފެއްދުން ކަމުގައި ވެސް ޤަބޫލު ނުކުރެވޭ. މި އިކޮނޮމީއަށްވަންނަ ފައިސާ އިން ޤާނޫނާ ޚިލާފު އާނމު ރައްޔިތުންނަށާއި ޤައުމަށް ގެއްލުންވާ ގޮތަށް ކަންތައް ކުރަން ދޫކޮށް ނުލެވޭނެ

ޕެވިލަން

4 months ago

ހައިރާނެއް ނުވޭ. ގެސްޓްހައުން ހިންގުމަކީ އާއިލީ ވިޔަފާރިޔެއް ވިއްޔަ

ަސދފ

4 months ago

މިއަދު ދެން ކޮންވާހަކައެއް ދައްކާކަށް.. ގައުމު މިހާލަތަށް ކަލެއާއި ކަލޭގެ އައުވާނުން ގަސްތުގަ ވައްޓާލާފަ ގޮސް އެހެން ގައުމެއްގަ ހުރެގެން ކީކޭކިޔާކަށްތަ..

މއކ

4 months ago

ނަޝީދުތީ ފެއިލްވެފަ ހުރި މީހެއް. ހުރިހާ ރައްޔިތުންވީ ކެޕިޓަލިޒަމް އާ އިދިކޮޅަށް މަގުމައްޗަ އަޑު އުފުލަން ނުކުންނަން