14 ނޮވެންބަރު 2024 - 11:54 3
މުހައްމަދު ޝަހްޒާން
ރައީސް މުއިއްޒު އަދި، ރާއްޖޭގައި ރިސޯޓު ހިންގުމުގެ އިސްކޮށް ހަރަކާތްތެރިވާ ދިވެހި ބައެއް ވިޔަފާރިވެރިން.
14 ނޮވެންބަރު 2024 - 11:54 3
ޓޫރިސްޓު ފެސިލިޓީތަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރު ކުރަން މަޖުބޫރުކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާގެ ގަވާއިދަށް ގެނައި ބަދަލަށް އަމަލު ކުރެވެން ނެތް ކަމަށް، ރާއްޖޭގެ ގިނަ ރިސޯޓުތަކުން އަންގަން ފެށުމުން، އެ ވިޔަފާރިވެރިންނަކީ ރައްޔިތުންނަށް ފައިދާއެއް ވާން ނޭދޭ ސިޔާސީ ބައެއް ކަމަށް ސިފަ ކުރައްވައި ވަރުގަދަ ބަހުގެ ހަމަލާއެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެެވެ.
ވަކި ބައެއްގެ ނަން ފާހަގަ ނުކުރައްވައި ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންނަށް ފައިދާއެއް ވާން ނޭދޭ ސިޔާސީ ވެރީން ކުރިއަށް އޮތް ތަނުގައި ރައްޔިތުންނަށް ވަރަށް ސާފުވާނެ ކަމަށެވެ.
"ތަނަވަސްކަން ނެތް ރައްޔިތުންނަށް ފައިދާއެއް ވާން ނޭދޭ ސިޔާސީ ވެރީން ރައްޔިތުންނަށް ވަރަށް ސާފު ވާތަން ކުރިޔަށް އޮތް ތާނގައި އިތުރަށް ފެންނާނެ! މި ސަރުކާރު ކުރިޔަށްދާނީ ރައްޔިތުންގެ ފަޅީގައި އޮވެ ހުރިހާ ރައްޔިތުންނަށް އިންސާފުވެރިކަމާއެކު ތަނަވަސްކަން ހޯދައިދިނުމުގައި!" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސްގެ އެ ޕޯސްޓާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށް ސަރުކާރުގެ ތަރުޖަމާނު، ހީނާ ވަލީދުއަށް ގުޅައި މެސެޖު ކުރުމުން ޖަވާބެއް ނުދެއްވަ އެވެ.
ޑޮލަރު މާރުނުކުރާނެ ކަމަށް ގިނަ ރިސޯޓުތަކަކުން އަންގައިފި
މީގެތެރޭގައި ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ މަހުޖަނު ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ސޮއިކުރައްވާ އޭނާގެ ރިސޯޓުތަކުން ގަވާއިދަށް އަމަލުނުކުރާނެ ކަމަށް ވިދާޅުވެ ފޮނުވި ސިޓީގެ ކޮޕީއެއްވެސް ވަނީ ލިބިފަ. މި ސިޓީ ރައީސް އޮފީހަށާއި ރައްޔިތުންގެ މަޖިލީހަށް ވަނީ އެޑްރެސް ކޮށްފަ.

މިިދިޔަ އޮކްޓޯބަރު 1، ގައި އެމްއެމްއޭއިން އިއުލާނު ކުރި ގަވާއިދުގައިވާ ގޮތުން ރާއްޖޭގެ ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު އަދި ގެސްޓްހައުސްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ މަގުން ބޭންކަށް ޑޮލަރު މާރު ކުރަން މަޖުބޫރުވެ އެވެ.
މި ގަވާއިދާ އެއްގޮތަށް ޑޮލަރު މާރު ނުކުރެވޭނެ ކަމަށް އެންގި ކުންފުނިތަކުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓޫރިޒަމް އެޑްވައިޒަރު މުހައްމަދު ހަލީލު މެނޭޖިން ޑިރެކްޓަރަކަށް ހުރި ޕަލްސް ކުންފުންޏާއި، އެމްޔޫ މުހައްމަދު އުމަރު މަނިކުގެ ޔުނިވާސަލް އަދި މުހައްމަދު މޫސާ (އުއްޗު)ގެ ރިސޯޓުތައް ހިމެނެ އެވެ.
ނަމަވެސް އެ ގަވާއިދަށް އަމަލު ނުކުރާނެކަން ރާއްޖޭގެ 50 އަށްވުރެ ގިނަ ރިސޯޓުގެ ވެރިން ވަނީ އެމްއެމްއޭއަށް އަންގައިފަ އެވެ. އޭގެތެރޭގައި ޔުނިވާސަލް ގްރޫޕާއި ޗަމްޕާ ބްރަދާސްގެ ރިސޯޓުތަކާއި ޕަލްސް ހޮޓެލްސް އެންޑް ރިސޯޓްސްގެ ރިސޯޓުތައް ހިމެނެ އެވެ.
ޑޮލަރު މާރުނުކުރާނެކަން ޔުނިވާސަލްއިން އެމްއެމްއޭއަށް އަންގައިފި
ޔުނިވާސަލް އިން ރާއްޖޭގައި އަށް ރިސޯޓެއް ހިންގާ. އެއީ ކުރުނބާ މޯލްޑިވްސް، ވެލައްސަރު މޯލްޑިވްސް، ބަރޮސް މޯލްޑިވްސް، ހުވަފެންފުށި މޯލްޑިވްސް، ކުރަމަތި މޯލްޑިވްސް، މިލައިދޫ މޯލްޑިވްސް، އަދި ދިގަލި މޯލްޑިވްސް.

ޑޮލަރު މާރުކުރެވެން ނެތް ކަމަށް ޕަލްސް ކުންފުނިން ވެސް އަންގައިފި
ޕަލްސް ގެ މެނޭޖިން ޑިރެކްޓަރަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓޫރިޒަމް އެޑްވައިޒަރު މުހައްމަދު ހަލީލު އެވެ. އެ ކުންފުނިން ރާއްޖޭގައި ޖުމްލަ ފަސް ރިސޯޓެއް ހިންގަ އެވެ. އެއީ ނޮޓިލަސް މޯލްޑިވްސް، ކަނޑިމަ މޯލްޑިވްސް، ނޯވާ މޯލްޑިވްސް އަދި އެވަލަން މޯލްޑިވްސް އެވެ.

12.50%
50.00%
37.50%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
މއކ
4 months ago
ހަމަ އިންޒާރު ދޭންވީ. ކެޕިޓަލިޒަމް އެއް އަބަދަކު ދެމިއެއް ނޯންނާނެ. ރާއްޖޭގެ ރައްތަކަކީ މަހުޖަނުންގެ އަމިއްލަ ތަރިކަ މުދަލެއްނޫން.
ސަލީމް
4 months ago
އެހެންވެތަ ބަލަ މުއިއްުޒު މަސްގަންނަ އަގު 20 ރުފިޔާއަށްވުރެ ކުޑަ ނުކުރާނެ ކަމަށް ބުނެ 16 އަށް ތިރިކުރީ. ސަބްސިޑީ ތައް ކަނޑާލީ. ކަރަންޓްބިލާ ފެންބިލު ދެ ގުނައަށް ބޮޑުކުރީ. ފްލެޓް ލިސްޓްުން ވައްކަންކުރަނީ. ސަލާމް މުއިޒު
ހިމާރުލްގައުމު
4 months ago
ރިސޯޓް އޯނަރުން އެކަންޏެއް ނޫން. އަހަރުމެން ރިސޯޓް ވޯކް ފޯސް މިއޮތީ ސީދާ ހަމަ މިކަމާ ދެކޮޅަށް، މި ސަރުކާރު ވަގުތުން ވަގުތަށް ބަދަލު ކުރަން ޖެހޭ.
Comment