ފަސް ޕަސެންޓު އިންޓުރެސްޓުގައި ލޯނު ލިބޭ ހިޔާވެހި ފައިނޭންސިން ސްކީމް އިފުތިތާހު ކޮށްފި

ފަސް ޕަސެންޓު އިންޓުރެސްޓުގައި ލޯނު ލިބޭ ހިޔާވެހި ފައިނޭންސިން ސްކީމް އިފުތިތާހު ކޮށްފި

ގެދޮރު އިމާރާތް ކުރުމަށް ފަސް ޕަސެންޓަށްވުރެ ކުޑަ އިންޓުރެސްޓު ރޭޓެއްގައި ލޯނު ދޫކުރާ ހިޔާވެހި ފައިނޭންސް ސްކީމް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިފުތިތާހު ކޮށްދެއްވައިފި އެވެ.

ހިޔާވެހި ސްކީމަކީ ގެދޮރު އިމާރާތް ކުރަން ބޭނުންވާ ފަރާތްތަކަށް ފަސް ޕަސެންޓުގެ އިންޓުރެސްޓު ރޭޓުގައި 25 އަހަރުން އަނބުރާ ދެއްކޭ ގޮތަށް ލޯނު ދޫކުރާ ސްކީމެކެވެ. އެ ސްކީމުގެ ދަށުން ލޯނު ދޫކުރާނީ ކޮންމެ މީހަކު ވެސް ފުރަތަމަ އިމާރާތް ކުރާ ގެއަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ ހިޔާވެހި ސްކީމަކީ ފުރަތަމަ ބޯހިޔާވަހިކަން ހޯދުމަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ސަރުކާރުން އެކުލަވައިލި ފައިނޭންސް ސްކީމެއް ކަމަށެވެ.

އެހެންކަމުން އެ ސްކީމަށް އެދި ހުށަހަޅާ އެއްވެސް މީހެއްގެ ނަމުގައި އަމިއްލަ ނުވަތަ ދައުލަތުން ދޫކޮށްފައިވާ ބޯހިޔާވަހިކަމެއް އޮވެގެން ނުވާނެ ކަމަށް ހައިދަރު ވިދާޅުވި އެވެ.

"މި ވަސީލަތްތަކަކީ އާއިލާތަކަށް ފުރަތަމަ ބޯހިޔާވަހިކަން ހޯދުމަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ސަރުކާރުން އެކުލަވައިލި ފައިނޭންސް ސްކީމަކަށް ވާތީ ހުށަހަޅާ ފަރާތުގެ ނަމުގައި އަމިއްލަ ނުވަތަ ދައުލަތުން ދޫކޮށްފައިވާ ބޯހިޔާވަހިކަމެއް އޮވެގެން ނުވާނެ،" ހައިދަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ސްކީމުގެ ސަބަބުން މާލީ ތަނަވަސްކަން ނެތިގެން ބޯހިޔާވަހިކަމުން މަހުރޫމުވެފައި ތިބި އެތައް ބަޔަކަށް ބޯހިޔާވަހިކަން ކަށަވަރުވެގެންދާނެ ކަމަށެވެ.

ހިޔާވެހި ފައިނޭންސިން ސްކީމަށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށާއި އެ ސްކީމުގެ ޝަރުތުތަކާއި އުސޫލުތަކާއި އިތުރު ތަފުސީލު މި ހަފުތާ ނިމުމުގެ ކުރިން އިއުލާނު ކުރައްވާނެ ކަމަށް ހައިދަރު ވިދާޅުވި އެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދަން ނިންމާފައި ވަނީ ތިން ކެޓެގަރީއަށް ބަހާލައިގެންނެވެ. އޭގެ ކޮންމެ ކެޓެގަރީއެއްގެ ދަށުން ދޫކުރާ ލޯނުގެ އަދަދު ތަފާތުވުމުގެ އިތުރުން ދައްކަންޖެހޭ އަގު ވެސް ތަފާތެވެ.

ހިޔާވެހި ރަށްވެހި (ރާއްޖޭގެ ހުރިހާ ރަށްތަކަށް ހާއްސަ)

  • އެންމެ ބޮޑުކޮށް ކޮންމެ އެޕްލިކޭޝަކަށް ދޫކުރާނީ އެއް މިލިއަން
  • އެއްވެސް އިކުއިޓީއެއް ދައްކާކަށް ނުޖެހޭނެ
  • ނޮމިނަލް ކޮންޓްރިބިއުޝަނެއްގެ ގޮތުގައި މިނިސްޓަރީން އާންމު ކުރާ ރަސްމީ އަގުތަކާ އެއްގޮތަށް ބަންޑާރަ ގޯތި އަމިއްލަ ކުރުމުގެ އަގު ނެގޭނެ

ހިޔާވެހި ސަހަރު (އާބަން ސެންޓަރުތަކަށް ހާއްސަ)

  • އެންމެ ބޮޑުކޮށް ކޮންމެ އެޕްލިކޭޝަކަށް ދޫކުރާނީ ތިން މިލިއަން
  • ފަސް ޕަސެންޓުގެ އިކުއިޓީއެއް ދައްކަންޖެހޭނެ
  • މި ވަސީލަތްތަކަކީ ހުސް ބިމެއްގައި އިމާރާތް އަޅަން ނުވަތަ ނުނިމި ހުރި އިމާރާތެއް އެއްކޮށް ނިންމުމަށް ނުވަތަ ބާވެފައިވާ އިމާރާތެއް މަރާމާތު ކުރުމަށް ހަމަޖައްސާ ފައިސާ ކަމަށް ވާތީ ދޫކުރެވޭ ޖުމުލަ އަދަދުން މަޝްރޫއު އެއްކޮށް ނިންމޭވަރު ވާންޖެހޭނެ

ހިޔާވެހި ފުރަމާލެ (މާލެ ސަރަހައްދަށް ހާއްސަ)

  • އެންމެ ބޮޑުކޮށް ކޮންމެ އެޕްލިކޭޝަކަށް ދޫކުރާނީ ހަ މިލިއަން
  • 10 ޕަސެންޓުގެ އިކުއިޓީއެއް ދައްކަންޖެހޭނެ
  • ކުދިން ބިންކޮޅުތަކެއް އެއްކޮށްލައިގެން އިމާރާތް ކުރުމަށް ހުށަހަޅާ ފަރާތްތަކަށް ފުރަމާލެއަށް ދޫކުރާ ލޯނު ދިނުމުގައި އިސްކަން ދެވޭނެ
  • އެގޮތުން އެއް ކުރެވޭނީ 600 އަކަފޫޓަށްވުރެ ކުދި ބިން
  • އެފަދަ ފަރާތްތަކަށް ހަ މިލިއަން ރުފިޔާގެ އިތުރުން އެއްކުރެވޭ ކޮންމެ ބިމަކަށް އެއް މިލިއަން ރުފިޔާ އިތުރު ކުރެވޭނެ، ނަމަވެސް މި އުސޫލުން އެންމެ ބޮޑުވެގެން ދޫކުރެވޭނީ 10 މިލިއަން ރުފިޔާ އާ ހަމައަށް

ހިޔާވެހި ސްކީމުގެ ދަށުން ލޯނުގެ ގޮތުގައި ދޫކުރުމަށް ދެ ބިލިއަނާއި ފަސް ބިލިއަނާ ދެމެދުގެ އަދަދެއް ވަނީ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ހިމަނައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox