ކުރަން އުޅުނީ ބަގާވާތެއް ކަމަށް ލިޔެއެކުލަވާލަން ސަރުކާރުން ދުރާލައި މަސައްކަތް ކުރި

ކުރަން އުޅުނީ ބަގާވާތެއް ކަމަށް ލިޔެއެކުލަވާލަން ސަރުކާރުން ދުރާލައި މަސައްކަތް ކުރި

ބޭންކް އޮފް މޯލްޑިވްސް އާއި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއާ ގުޅިގެން އާދީއްތަ ދުވަހު ބަގާވާތެއް ކުރަން އުޅުނު ކަމަށް ލިޔެއެކުލަވާލަން ސަރުކާރުން މަސައްކަތް ކުރި ކަމަށް އެކަމުގެ އިރުޝާދު ލިބުނު ބައެއް މީހުން މިއަދު ބުނެފި އެވެ.

ދިވެހި ރުފިޔާ އެކައުންޓުތަކަށް ބީއެމްއެލްއިން ދެމުން ދިޔަ ޑޮލަރު ސަޕޯޓު ކަނޑާލި ވަގުތު، އިގުތިސާދީ ހާލަތު ކިޔައިދޭން އިދިކޮޅު އެމްޑީޕީން ޕްރެސް ކޮންފެރެންސެއް ބާއްވައި، ފޭކު އެކައުންޓުތަކެއް ބޭނުންކޮށްގެން ސަރުކާރު ވައްޓާލަން މަގުތަކަށް ނުކުތުމަށް ގޮވާލި ކަމަށް ސޯޝަލް މީޑިއާ އަދި ބައެއް ނޫސްތަކުގައި ވަނީ ލިޔެފަ އެވެ.

އެގޮތަށް އެ ވާހަކަ ފެތުރުމަށް ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް ބައެއް ނޫސްތަކަށް އިރުޝާދު ދިން ކަމަށް ބައެއް ނޫސްވެރިން ބުންޏެވެ. އަދި "އަދަދު" އާ ވާހަކަދެއްކި ސަރުކާރުގެ އެންމެ މަތީ ފަންތީގެ އޮފިޝަލަކު ވެސް ވިދާޅުވީ، އާދީއްތަ ދުވަހު ހިންގަން އުޅުނީ ބަގާވާތެއް ކަމަށް ބުނަން ފެށީ ސަރުކާރުން ކަމަށެވެ.

"އެގޮތަށް ނެރޭޓިވް ސެޓު ކުރަން [އަޅުގަނޑުމެންނަށް] މަޖުބޫރުވީ، ޑޮލަރު ލިމިޓް ކުރުމަކީ ސަރުކާރުގެ ނިންމުމެއް ކަމަށް އާންމުންނަށް ހީވާން ފެށީމަ،" އޭނާ ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ރޭވުން ތަންފީޒުކުރަން އެންގި ނޫހެއްގެ މީހަކު ބުނީ ހަލީލު އެ ނޫހަށް ތަކުރާރުކޮށް ގުޅި ކަމަށެވެ. އަދި މާލީ ބަގާވާތުގެ ގޮތުގައި ލިޔުންތައް ގެނައުމަށް އިރުޝާދު ދެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެ ތުހުމަތު ހަލީލު ދޮގު ކުރެއްވި އެވެ.

މި ނެރޭޓިވް ސެޓުކޮށް ފެތުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ދިޔައިރު، އެފަދަ ކަމެއް ފުލުހުން ތަހުގީގުކުރަމުން ދާކަމެއް އާންމެއް ނުކުރެ އެވެ. މާލީ ބަގާވާތް ތަހުގީގު ކުރަން ފެށިކަން ފުލުހުން ހާމަކުރީ، ޕީއެންސީގެ ހަރުގެ ޖަލްސާ ވެސް ރޭ ހިނގަމުން ދިޔަ ވަގުތުގަ އެވެ.

އެ ބަގާވާތުގެ ތަހުގީގު ފުލުހުން ފެށި ނަމަވެސް މިހައިތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ. އަދި އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކާ ސުވާލެއް ވެސް ނުކުރެ އެވެ.

"ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކަކުން ސަރުކާރުގެ މަޝްވަރާއާ ހިލާފަށް ދިވެހި ގިނަ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭ ފަދަ ނިންމުމެއް ނިންމި ވަގުތާ ދިމާކޮށް ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާ ބެހޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުން ބާއްވައި، ހަމަ އެވަގުތު ސޯޝަލް މީޑިއާ އެތައް ސަތޭކަ ބޮޓް އެކައުންޓު ބޭނުންކޮށް ސަރުކާރު ވައްޓާލަން މަގުތަކަށް ނުކުތުމަށާއި އާންމު ހަމަޖެހުން ނަގާލުމަށް ގޮވައި، ގައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރުދީ ހަދާފައިވާތީ، މިކަމަކީ ގާނޫނީ ސަރުކާރެއް ގައިރު ގާނޫނީކޮށް ބަދަލުކޮށްލުމަށް ކުރެވިގެންދިޔަ ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތުމުން މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ވަނީ ތަހުގީގު ކުރަން ފަށާފަ،" ހޯމަ ދުވަހު ފުލުހުން ބުންޏެވެ.

ދިވެހި ރުފިޔާ އެކައުންޓުތަކަށް ދެމުން އައި 250 ޑޮލަރުގެ ސަޕޯޓު ކަނޑާލުމުގެ އިތުރުން ކްރެޑިޓް ކާޑުގެ ޑޮލަރުގެ ލިމިޓު ވެސް 100 ޑޮލަރަށް ބީއެމްއެލް އިން އާދީއްތަ ދުވަހު ތިރި ކުރި އެވެ. ނަމަވެސް ބޭންކުގެ ރެގިއުލޭޓަރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އަންގައިގެން ހަމަ އެ ދުވަހު އެ ނިންމުން ވަނީ ބާތިލުކޮށްފަ އެވެ.

އާދީއްތަ ދުވަހު ގެންނަން އުޅުނު ކަމަށް ބުނާ ބަގާވާތާ ގުޅޭ ގޮތުން ރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ރޭ ވާހަކަ ދައްކަވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ ގެންނަން އުޅުނީ ބަގާވާތެއް ކަމަށް "ބުއްދި ހުރި ކޮންމެ މީހަކަށް" ވެސް އެނގޭނެ ކަމަށެވެ.

"މި ކުރި ކަންތައް، ސަލާމަތް ބުއްދި ހުރި ކޮންމެ މީހަކު މި ދެންނެވި ހުރިހާ ޑޮޓުތަކެއް ގުޅިގެންދާކަން އެނގޭނެ، މިކުރި ކަންތައް މިއީ، ހަމަ ޝިޔާމު [މިނިސްޓަރު ޝިޔާމު] ވެސް ފާހަގަކުރެއްވި ގޮތަށް ވާނީ ހަމަ އެޓެމްޕެޑް ކޫއަކަށް، އެކުރި ބަޔަކު ކުރީ،" ވެރިކަން ހިންގާ ޕީއެންސީއިން ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު މުއިއްޒު ވިދާޅުވި އެވެ.

އާދީއްތަ ދުވަހު ގެންނަން އުޅުނީ ބަގާވާތެއް ކަމަށް ސަރުކާރުން ބުނާތީ އިދިކޮޅު ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އެކަން ސިފަ ކުރެއްވީ ޖޯކެއް ގޮތުގަ އެވެ. އަދި ވަރަށް ގިނަ އާންމުންގެ ފާޑުކިޔުން ވެސް އެކަމަށް އަމާޒުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox