އަނެއްކާވެސް ރައީސް ވިދާޅުވީ މާލޭގެ މަގުތައް ހަދައި ނިމުމުން ފެންް ބޮޑުވުމުގެ މައްސަލަ ހައްލުވާނެ ކަމަށް

މި އަހަރު ކުރީކޮޅު މާލޭގައި ފެންބޮޑުވުމުން ރައީސް ހާލަތު ބައްލަވާލައްވަނީ -- ފޮޓޯ: ރައީސް އޮފީސް

މި އަހަރު ކުރީކޮޅު މާލޭގައި ފެންބޮޑުވުމުން ރައީސް ހާލަތު ބައްލަވާލައްވަނީ -- ފޮޓޯ: ރައީސް އޮފީސް

މާލެއަށް ޒަމާނުއްސުރެ ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލަ ހައްލުވާނީ މަގުތައް ތަރައްގީ ކުރުމަށް ހިންގަން ރާވާފައިވާ މަޝްރޫއު ނިމުމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މިއަދު ހެދުނުން ފެށިގެން މާލެއަށް މެދުނުކެނޑި ވާރޭ ވެހުމުގެ ސަބަބުން ވަނީ ފެންބޮޑުވެފަ އެވެ. މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް އިތުރަށް ވިދާޅުވީ މުއިއްޒު ވިދާޅުވީ، ޗައިނާގެ އެހީގެ ދަށުން ހިންގާ އެ މަޝްރޫއުގެ އެއް އަމާޒަކީވެސް އެ މައްސަލަ ހައްލުކުރުން ކަމަށެވެ.

"މިހާރު ރާއްޖޭގެ އެކި އަތޮޅުތަކާއި މާލެއަށް ކުރަމުންދާ ވިއްސާރައިގައި ގެއްލުންވަމުންދާ އެންމެހާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަރުކާރުން އެންމެ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން އަރުވަން،" ރައީސްގެ ޕޯސްޓުގައި އިތުރަށް ލިޔުއްވާފައިވެ އެވެ.

Advertisement

މާލެއާއި ވިލިމާލޭގެ ހުރިހާ މަގުތަކެއް ތަރައްގީކުރަން ސަރުކާރުން ހިންގަން ނިންމާފައިވާ މަޝްރޫއު ރައީސް އިއުލާނުކުރެއްވީ މަޖިލިސް ކެމްޕޭނުގެ ތެރެއިންނެވެ. އެ މަޝްރޫއު ކުރިއަށް ގެންދާނީ ޗައިނާގެ ހިލޭ އެހީގެ ދަށުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ސަރުކާރުން މިހާރު ވަނީ މަގުތައް ހެދުމުގެ މަޝްރޫއުގެ ފީސިބިލިޓީ ސްޓަޑީއަށް ބޭނުންވާ ފައިސާ ހޯދަން ޗައިނާ އެއިޑާއެކު ލެޓާސް އޮފް އެކްސްޗޭންޖް (އެލްއޯއީ) ގައި ސޮއިކޮށްފަ އެވެ.

މި މައްސަލަތައް ހައްލުކުރަން ހިންގާ މަޝްރޫއުގެ އަގު 100 އެތައް މިލިއަން ޑޮލަރަކަށް އަރާނެ ކަމަށް މިނިސްޓަރު މުއްތަލިބު މި އަހަރު ޖެނުއަރީ މަހު ވިދާޅުވި އެވެ. މި މަޝްރޫއުގެ ތެރޭގައި ހިމެނޭ ވިލިމާލޭގެ މަގުތަށް ތަރައްގީކުރުމަށް ހަދަންޖެހޭ ޑިޒައިން އަދި ސާވޭ ހެދުމުގެ މަސައްކަތް ސަރުކާރުން ޖެނުއަރީ 4، ގައި ރޯޑް ޑިވެލޮފްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާވެސް ހަވާލުކުރި އެވެ. ނަމަވެސް އެ މަސައްކަތުގެ އަދާހަމައެއް ހާމަކޮށްފައެއް ނުވެ އެވެ.

މާލޭގެ އިތުރުން ރަށްތަކުގެ މަގުތައް ތަރައްގީކުރައްވާނެ ކަމަށްވެސް ރައީސް މިއަދު ވިދާޅުވި އެވެ.

"ރާއްޖޭގެ ގިނަ ރަށްތަކެއްގެ މަގުހެދުމުގެ މަޝްރޫއު ކޮންމެ އަހަރަކުވެސް ޕްލޭން ކޮށްފައިވާ ގޮތަށް، އިސްކަންދީގެން ކުރިޔަށް ގެންދެވުމުން އެ ރަށްރަށުގައިވެސް އެ ހައްލު ލިބިގެންދާނެ،" ރައީސްގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox