އަމިއްލަ ގޮތުން އިންތިހާބުވި ޕީއެންސީގެ މެމްބަރުން އަލުން އެ ޕާޓީއަށް ސޮއިކޮށްފި

ޕީއެންސީއާ ގުޅުން އަމިއްލަ ގޮތުން ވާދަކޮށް ކާމިޔާބުކުރި ކެންޑިޑޭޓުން. އެ ޕާޓީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ވަނީ ކަށަވަރު ކުރެވިފައި --- ފޮޓޯ: ޕީއެންސީ

ޕީއެންސީއާ ގުޅުން އަމިއްލަ ގޮތުން ވާދަކޮށް ކާމިޔާބުކުރި ކެންޑިޑޭޓުން. އެ ޕާޓީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ވަނީ ކަށަވަރު ކުރެވިފައި --- ފޮޓޯ: ޕީއެންސީ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކޮށް ކާމިޔާބުކުރި ހަ އިންތިހާބީ މެންބަރުން ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް އަލުން ސޮއިކޮށްފި އެވެ.

ޕީއެންސީގެ ރަސްމީ އެކްސް އެކައުންޓުގައި ވަނީ މުލިއާގޭގައި އެ ބޭފުޅުން ރައީސްއާއެކު ނަންގަވާފައިވާ ފޮޓޯއެއް ހިއްސާކޮށް އެ ޕާޓީއަށް "ސޮއި ކޮށްފައިވާ" ކަމަށް ހާމަކޮށްފަ އެވެ. ނަމަވެސް, މީގެ ތެރެއިން ފަސް ބޭފުޅުންނަކީ މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރި ނަމަވެސް ޕީޕީއެމް/ޕީއެންސީގެ ދަފްތަރުގައި ނަން އޮތް ބޭފުޅުންނެވެ.

ޑރ. އަނާރާ ނައީމް - ހުރާ ދާއިރާ

ޕީއެންސީގެ ފޯމު އަނާރާ ރައީސް މުއިއްޒުއާ ހަވާލުކުރައްވަނީ. އޭނާ ވަނީ މީގެކުރިނަ މަކުނުދޫ ދާއިރާގެ މެމްބަރުކަން ކުރައްވާފައި --- ފޮޓޯ: ޕީއެންސީ

ޕީއެންސީން ބޭއްވި މަޖިލިސް ޕްރައިމަރީގައި ހުރާ ދާއިރާއަށް އޭނާ ވާދަކުރެއްވި އެވެ. ޕްރައިމަރީން ބަލިވުމާ އެކު އޭނާ އިންތިހާބަށް ނުކުތީ އަމިއްލަ ގޮތުން ރައީސް މުއިއްޒުގެ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ.

ހުރާ ދާއިރާގެ ގޮނޑި އޭނާ ކާމިޔާބު ކުރެއްވީ 769 ވޯޓުންނެވެ. އެންމެ ގާތުން ވާދަކުރީ ޕީއެންސީ ޕްރައިމަރީން އަނާރާގެ މައްޗަށް ކުރި ހޯދި އަބްދުالله ވާރިޝް އެވެ. އޭނާއަށް ލިބުނީ 686 ވޯޓެވެ.

އަށާވަރަވަނަ މަޖިލީހުގައި މަކުނުދޫ ދާއިރާގެ ގޮނޑި އަދާލަތު ޕާޓީގެ ޓިކެޓުގައި ވާދަކޮށް ފުރުއްވި އަނާރާ ނަވާރަވަނަ މަޖިލީހަށް ވެސް ވާދަކުރެއްވި އެވެ. ނަމަވެސް, އިންތިހާބު ކާމިޔާބު ނުކުރެއްވެ އެވެ.

ހަސަން ޒަރީރު - މަތިވެރި ދާއިރާ

ޒަރީރުގެ ފޯމް ރައީސްއާ ހަވާލުކުރައްވަނީ. އޭނާ ނަވާރަވަނަ މަޖިލީހަށް އިންތިހާބުވީ އެމްޑީޕީގެ ޓިކެޓުގައި --- ފޮޓޯ: ޕީއެންސީ

މަތިވެރި ދާއިރާގެ ގޮނޑިއަށް ދެވަނަ ދައުރަކަށް ޒަރީރު އިންތިހާބުވީ 927 ވޯޓުންނެވެ. އެންމެ ގާތުން ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު, އަބްދުالله ލުތުފީ އަށް ލިބުނީ 849 ވޯޓެވެ. ޕީއެންސީގެ ކެންޑިޑޭޓެއް ހުރި ނަމަވެސް ރައީސްގެ ތާއީދު އޮތީ ޒަރީރަށެވެ.

ނަވާރަވަނަ މަޖިލީހަށް އޭނާ އިންތިހާބުވީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޓިކެޓުގަ އެވެ. ނަމަވެސް, އެ ޕާޓީން ވަކިވެ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމާ އެކު ޕީއެންސީއަށް ބަދަލުވި އެވެ. މިއަދު "ސޮއިކުރި" އިރުވެސް އޭނާ މަޖިލީހުގައި ތަމްސީލު ކުރަމުން ދަނީ ޕީއެންސީ އެވެ.

އަހްމަދު ޒަމީރު - މައްޗަންގޮޅި މެދު ދާއިރާ

ޒަމީރުގެ ފޯމް ރައީސްއާ ހަވާލުކުރައްވަނީ. އޭނާއަކީ މިވަގުތު ވެސް މާލެ ސިޓީ ކައުންސިލުގެ މެމްބަރެއް --- ފޮޓޯ: ޕީއެންސީ

ޕީއެންސީގެ އެތެރޭގެ ޕްރައިމަރީގައި ވެސް ޒަމީރު ވާދަކުރެއްވި އެވެ. ޒަމީރަށް ލިބިވަޑައިގަތީ 127 ވޯޓެވެ. ޕްރައިމަރީ ކާމިޔާބު ކުރި ކެންޑިޑޭޓު، މުހައްމަދު އަބްދުލްޣާދިރު (ކުކޫ) އަށް 174 ވޯޓު ލިބުނެވެ. ރައީސް މުއިއްޒު ސޮއިކުރައްވައި، ޕީއެންސީގެ ޓިކެޓު ވެސް ކުކޫއަށް ދިނެވެ.

ނަމަވެސް, އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން ކޫކު ވަނީ ޒަމީރަށް ތާއިދުކޮށް ފަހަތަށް ޖެހިފަ އެވެ. އެއީ ރައީސް މުއިއްޒުގެ ތާއިދު ޒަމީރަށް އޮތުމުންނެވެ. އޭނާ އިންތިހާބު ކާމިޔާބުކުރީ 760 ވޯޓުންނެވެ.

މާލެ ސިޓީ ކައުންސިލުގެ ހިނގަމުންދާ ދައުރުގައި ވެސް މައްޗަންގޮޅި މެދަށް އިންތިހާބުވީ ޒަމީރެވެ. އޭނާ އިންތިހާބުވީ އެމްޑީޕީގެ ޓިކެޓުގަ އެވެ. އެ ޕާޓީން ވަކިވެ ޕީޕީއެމްއަށް ވެސް އޭނާ ސޮއިކުރެއްވި އެވެ.

އާޒިމް އަބްދުލްއަޒީޒް - ވިލިނގިލީ ދާއިރާ

އާޒިމްގެ ފޯމް ރައީސްއާ ހަވާލުކުރައްވަނީ. އިންތިހާބުގައި ރައީސް ތާއީދު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓަށް --- ފޮޓޯ: ޕީއެންސީ

ޕީއެންސީގެ ވިލިނގިލީ ދާއިރާގެ ޓިކެޓު ހޯދުމަށް އާޒިމް ވެސް ވާދަކުރެއްވި އެވެ. އޭނާއަށް 485 ވޯޓު ލިބުނުއިރު ޓިކެޓު ކާމިޔާބު ކުރެއްވި ޔަޒްމީދު މުހައްމަދަށް 577 ވޯޓު ލިބުނެވެ.

އެއަށް ފަހު އިންތިހާބަށް އާޒިމް ނުކުތީ އަމިއްލަ ގޮތުންނެވެ. ކެމްޕޭނުގެ ފުރަތަމަ ދުވަސްކޮޅު ދެ ކެންޑިޑޭޓުން ވެސް ބުނަމުންދިޔައީ އެއީ "ރައީސްގެ ކެންޑިޑޭޓުން" ކަމަށެވެ. ދެބަސްވުންތައް ބޮޑުވެ އިތުރުވުމުން ކެމްޕޭނުގެ ވަކި ހިސާބަކުން ރައީސް ޔަޒްމީދަށް ފުރިހަމައަށް ތާއީދު ކުރައްވައި ކެމްޕޭނަށް ނުކުމެވަޑައިގަތެވެ.

ފޯރިގަދަ ކެމްޕޭނަކަށް ފަހު އިންތިހާބު އާޒިމް ގޮނޑި ކާމިޔާބު ކުރީ ޔަޒްމީދު ބަލިކުރުމަށް ފަހު އެވެ. އާޒިމް 1,170 ވޯޓު ހޯއްދެވިއިރު ޔަޒްމީދަށް ލިބުނީ 1,001 ވޯޓެވެ.

ޔާސީން އަބްދުالله - ނައިފަރު ދާއިރާ

ޔާސީންގެ ފޯމް ރައީސްއާ ހަވާލުކުރައްވަނީ. އޭނާ ހުންނެވީ މިހާރު ވެސް ޅ. އަތޮޅު ކައުންސިލް ރައީސްގެ މަގާމުގައި --- ފޮޓޯ: ޕީއެންސީ

ޔާސީނަކީ ވެސް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މެންބަރެކެވެ. 2021 ގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ޅ. އަތޮޅު ކައުންސިލުގެ ރައީސްގެ މަގާމަށް ޕީޕީއެމްގެ ޓިކެޓުގައި ނުކުމެ 3,026 ވޯޓާ އެކު އޭނާ އިންތިހާބުވި އެވެ.

ނައިފަރު ދާއިރާއަށް ޕީއެންސީން ކެންޑިޑޭޓަކު ނެރުނެވެ. ރައީސް މުއިއްޒުގެ ތާއިދާއެކު އެ ދާއިރާއަށް ވާދަކުރީ ހައްސާން އަލިފުޅު (ބާސް) އެވެ. ޖުމުލަ 880 ވޯޓާއެކު އޭނާ ދިޔައި ތިންވަނައަށެވެ. ދެވަނަ 905 ވޯޓާއެކު އެމްޑީޕީން ހޯދިއިރު ޔާސީން ގޮނޑި ނެގީ 1,038 ވޯޓާއެކު އެވެ.

ފާއިތުވި ދެ ދައުރުގައި ވެސް ނައިފަރު ދާއިރާގެ ގޮނޑި މަޖިލީހުގައި ފުރީ ޕީޕީއެމް އިންނެވެ. ދެ ދައުރުގައި ވެސް އެ މަގާމު ފުރުއްވައި އަހްމަދު ޝިޔާމްއަކީ މި ސަރުކާރުގެ ފިޝަރީޒް މިނިސްޓަރެވެ

އަހްމަދު ރިޔާޒު - ތިމަރަފުށީ ދާއިރާ

ރިޔާޒުގެ ފޯމު އޭނާ ރައީސްއާ ހާވަލުކުރައްވަނީ. ޕީއެންސީގެ ކެންޑިޑޭޓެއް ހުއްޓައި ރައީސް ތާއިދުކުރީ އޭނާއަށް --- ފޮޓޯ: ޕީއެންސީ

ތިމަރަފުށީ ދާއިރާގެ ގޮނޑިއަކީ މިފަހަރު އެންމެ ފޯރިގަދަކޮށް ފެނުނު ގޮނޑި އެވެ. ޕީއެންސީ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ރައީސްގެ ޕީއޭއަކަށް ހުންނެވި އިބްރާހިމް ސަނާހު (ސަންޓޯ) އެވެ. ޕީއެންސީގެ ޕްރައިމަރީގައި ރިޔާޒު ވާދަނުކުރެއްވި ނަމަވެސް ރައީސްގެ ތާއިދު ދިނީ ރިޔާޒަށެވެ. އޭނާއަކީ ކުރިން ޕީއެންސީގެ މެންބަރެއްކަން އެނގިފައި ނުވެ އެވެ.

އޭނާގެ ކެމްޕޭނަށް ބައެއް ވަޒީރުންނާއި ސަރުކާރުގެ ވެރިން ވެސް ދިޔަ އެވެ. އެކަމާ ގުޅިގެން ދާއިރާގެ ބައެއް ރަށްތަކުގައި ސަންޓޯ އާއި އޭނާގެ ޓީމުން މުޒާހަރާ ވެސް ކުރި އެވެ.

އެ ދާއިރާގެ ގޮނޑި ރިޔާޒު ކާމިޔާބުކުރެއްވީ 813 ވޯޓާ އެކު އެވެ. ސަންޓޯ ދެވަނައަށް ދިޔައީ 726 ވޯޓާއެކު އެވެ. ތިންވަނައަށް ދިޔަ އެމްޑީޕީގެ ކެންޑިޑޭޓު ފަތުހުالله ޖަމީލަށް ލިބުނީ 715 ވޯޓެވެ.

ސަރުކާރުގެ މެޖޯރިޓީ 76 އަށް

އީސީން އިއުލާންކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން ޕީއެންސީގެ 66 ކެންޑިޑޭޓުން ގޮނޑި ކާމިޔާބުކުރި އެވެ. މި ހަ އިންތިހާބީ މެންބަރުން ގުޅުމާ އެކު ހަމައެކަނި އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕް (ޕީޖީ) ގައި 72 މެންބަރުން ތިއްބާވަނެ އެވެ.

ސަރުކާރާ ގުޅިގެން މަސައްކަތްކުރާ ޖުމްހޫރީ ޕާޓީއަށް ގޮނޑިއެއް، އެމްއެންޕީއަށް ގޮނޑިއެއް، އަދި އެމްޑީއޭއަށް ދެ ގޮނޑި ލިބުނެވެ. އެއިން ތިން ގޮނޑިއަކީ ޕީއެންސީން ވާދަނުކުރާ ހަމައެކަނި ދާއިރާތަކެވެ. އެހެންކަމުން, މުޅި ޖުމުލަ ރައީސް މުއިއްޒުގެ ސަރުކާރުގެ ކޯލިޝަނަށް ނިސްބަތްވާ 76 މެމްބަރުން ތިއްބަވާނެ އެވެ.

ވިހިވަނަ މަޖިލީހުގައި 93 މެމްބަރުން ތިއްބަވާއިރު ގާނޫނު އަސާސީ ބަދަލުކުރެވޭނީ ޖުމުލަ މެންބަރުންގެ ހަތަރުބައިކުޅަ ތިން ބައި އަގުލަބިއްޔަތުންނެވެ. އެހެންކަމުން ސުޕަ މެޖޯރިޓީއަކީ 70 މެންބަރުންނެވެ. ޕީއެންސީގައި އެކަނި ވެސް 72 މެންބަރުން ތިއްބަވާނެ އެވެ. އެ ޕާޓީއަށް މިހާރު ގާނޫނު އަސާސީ ވެސް ބަދަލުކުރެވޭނެ އެވެ.

ވިހިވަނަ މަޖިލީހުގެ މެންބަރުން ހުއްވާ ކުރައްވާނީ މެއި 28, ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox