ޗައިނާއިން މާލޭގެ ހުރިހާ މަގެއް ހިލޭ ހަދަން ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވެއްޖެ

ރައީސް ޑރ. މުހައްމަދު މުއިއްޒު، މަޖިލިސް އިންތިހާބުގެ ކެމްޕެއިން ޖަލްސާއެއްގައި - ފޮޓޯ: އިޔާދު އަބްދުލްވައްހާބު / އަދަދު

ރައީސް ޑރ. މުހައްމަދު މުއިއްޒު، މަޖިލިސް އިންތިހާބުގެ ކެމްޕެއިން ޖަލްސާއެއްގައި - ފޮޓޯ: އިޔާދު އަބްދުލްވައްހާބު / އަދަދު

ސަރުކާރު ހިންގާ ޕީއެންސީ/ޕީޕީއެމްއާ އަބަދުވެސް ގާތް ގުޅުމެއް ބާއްވާ ޗައިނާއިން މާލޭގެ ހުރިހާ މަގެއް ހިލޭ ހަދަން ހަމަޖެހިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އަންނަ މަޖިލިސް އިންތިހާބުގައި، މައްޗަންގޯޅި މެދު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓު އަހުމަދު ޒަމީރުގެ ކެމްޕެއިން ޖަގަހަ ހުޅުވަން ޗާންދަނީ މަގުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މާލެ ސަރަހައްދަށް އެންމެ ބޮޑު އިސްކަމެއް ދީގެން ރާވަމުންދާ މަސައްކަތަކީ ބޯހިޔާވަހިކަމާއި މަގު ހެދުމުގެ މަސައްކަތް ކަމަށެވެ.

އެގޮތުން މަގު ހެދުމުގެ މަސައްކަތް ޗައިނާއިން ހިލޭ ކޮށްދިނުމަށް މިހާރު ވެސް ހަމަޖެހިފައިވާ ކަމަށާއި އެ ކަމުގެ މަޝްވަރާތައް މިހާރު ގާތްގަނޑަކަށް ނިމި، އެ ކަމަށް އެ ގައުމުން އެއްބަސްވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި މާލޭގެ ހުރިހާ މަގެއް، ހިލޭ ހަދައިދޭން، ޗައިނާއިން މިހާރު އެއްބަސްވެއްޖެ، ޗައިނާއިން ހިލޭ ހަދައިދޭ ގޮތަށް މިހާރު ހަމަޖެހި ނިމިފައި އެ ވަނީ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު މީގެ ކުރިން މާލޭގެ މޭޔަރަކަށް ހުންނެވި އިރު ވެސް އެ ކަން ކުރެއްވުމަށް މަސައްކަތް ކުރެއްވި ނަމަވެސް އޭރު އޮތް އެމްޑީޕީގެ ސަރުކާރުން އެ ކަމަށް ހުރަސް އެޅި ކަމަށް މިރޭ ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެމްޑީޕީ ސަރުކާރުގައި އޮވެ، އަދި ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީގެ މެޖޯރިޓީ އޮވެފައި ވެސް މާލޭގެ މަގުތައް ހެދުމާއި މާލެ ސަރަހައްދާއި މުޅި ރާއްޖެއަށް ވެސް ބޭނުންވެފައިވާ ގެދޮރުގެ މަސައްކަތް ކުރެވިފައި ނުވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

އޭރު ރިޔާސީ އިންތިހާބަށް ވެސް ގާތްވެފައިވަނިކޮށް ގުޅީފަޅާއި ގިރާވަރުފަޅުން ގޯތިތައް ދޭން ނިންމީ އެއްވެސް ޕްލޭނެއް ނެތި ކަމަށް އެމަނިކުފާނު ދައްކަވާ ވާހަކަ މިރޭ ވެސް ތަކުރާރު ކުރެއްވި އެވެ.

"ހަމައެކަނި ހުސް ގޯތިތައް، މަގުތަކެއް ވެސް ނެތް ކުޑަމިނުން، ބިމުން ކަނޑައަޅައި ޕްލޭންކޮށްފަ، އަދި ކޮބައި އަސާސީ އެހެން ބޭނުންތަކަށް ބިން، ސްކޫލްތަކާއި ހޮސްޕިޓަލާއި އެހެނިހެން ހިދުމަތްތައް ދޭނެ މަރުކަޒުތައް، މިއިން އެއްވެސް ކަމެއް ނެތް،" އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނުގެ ސަރުކާރުން މިހާރު ގުޅީފަޅު އަދި ގިރާވަރު ފަޅުން ވެސް އިތުރަށް ބިން ހިއްކައި، ލޭންޑް ޔޫޒް ޕްލޭންގެ މަސައްކަތް ވެސް ނިމެމުންދާ ކަމަށް ވިދާޅުވި އެވެ. އެ ކަން ހަމަޖެހުމުން ލިޔުން ހަވާލުކޮށްފައިވާ އެންމެނަށް ގޯތި ލިބޭނެ ކަމަށް ކަނޑައަޅާފައިވާ އަވަށަކުން ގޯތި ދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އޭގެ އިތުރުން ރައީސް ވައުދުވެވަޑައިގެންފައިވާ ގޮތަށް، ފަސް ޕަސެންޓަށް ވުރެ ކުޑަ އިންޓްރެސްޓެއްގައި ލޯނު ދޫކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ވެސް ނިމެން ގާތްވެފައިވާ ކަން އެމަނިކުފާނު މިރޭ ފާހަގަ ކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox