އުނގޫފާރު މީހުން މަސައްކަތްތައް ކުރަން އުނގުލު ހަމަޖައްސަން މަސައްކަތް ކުރަނީ

އުނގޫފާރުގައި އޮތް ޖަލްސާގައި ރައީސް މުއިއްޒު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

އުނގޫފާރުގައި އޮތް ޖަލްސާގައި ރައީސް މުއިއްޒު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ރ. އުނގޫފާރު ރައްޔިތުން އެކިކަހަލަ މަސައްކަތް ކުރަން، އެ ރަށާއި ގާތްގަނޑަކަށް ދެ ކިލޯމީޓަރު ދުރުގައި އޮންނަ ރ. އުނގުލު ހަމަޖައްސައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު އުނގޫފާރަށް ވަޑައިގަނެ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އުނގޫފާރަށް އިގުތިސާދީ ތަރައްގީ ގެނެއުމަށް ކުރަންޖެހޭ އެކިކަހަލަ މަސައްކަތް ކުރުމަށް އެ ރަށުގައި ޖާގަ ނެތް ކަމަށެވެ. އަދި ބިން ހިއްކައިގެން ވެސް އެ ރަށުން މަސައްކަތްކުރުމަށް ޖާގަ ނުލިބޭނެ ކަމަށް ވިދާޅުވި އެވެ.

"އިގުތިސާދީ ތަރައްގީ ހާސިލުކުރުމަށް އެކިކަހަލަ މަސައްކަތް ކުރުމަށް ޖާގަ ނެތީމަ، މި ހިއްކާ ބިމަކުން ވެސް އެކަމަށް ނުވާނެ މިރަށުގެ ދުރު ރާސްތާގެ ތަރައްގީއަށް މަސައްކަތް ކުރާނަމަ،" އެމަނިކުފާނު ވިދާޅުވި އެވެ.

Advertisement

އުނގޫފާރުގެ ތަރައްގީއަށް ބޭނުންވާ ޖާގަ ހަމަޖެއްސެވުމުގެ ގޮތުން ރ. އުނގުލު ހޯދައިދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ރ. އުނގުލާއި ގުޅޭ އެއްވެސް އެގްރީމެންޓެއް ހެދިފައިވޭތޯ ބަލައި، ކޯޓުގައި މައްސަލައެއް އޮތްތޯ ބެލުމަށްފަހު އުނގޫފާރު ރައްޔިތުންނާއި އެ ރަށް ހަވާލުކޮށްދެއްވާނެ ކަން ރައީސް ފާހަގަކުރެއްވި އެވެ.

"އެއްވެސް ކަހަލަ އެގްރީމެންޓެއް [ރ. އުނގުލާއި ގުޅޭ] ބަޔަކާ ހަދާފަ އޮތްތޯ، ކޯޓުގަ އެއްވެސް މައްސަލައެއް އޮތްތޯ، ކުރީ ސަރުކާރުން އެއްވެސް ބަޔަކާ ގުޅުވާފަ އޮތްތޯ ބަލަން ޖެހޭނެ. އެކަމެއްގެ ތެރެއިން އެ ރަށް ސަލާމަތްކޮށްގެން މި ރަށާ އެ ރަށް ހަވާލުކޮށްދޭނަން،" ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ.

ރ. އުނގޫފާރު ރައްޔިތުންނައި އުނގުލު ހަވާލުކޮށްދޭނެ ކަމަށް ރައީސް ވިދާޅުވި. ދެ ރަށުގެ ދޭތެރޭގައި ހުންނަނީ ގާތްގަނޑަކަށް 2 ކިލޯމީޓަރުގެ ދުރުމިން -- ފޮޓޯ: ގޫގަލް މެޕްސް
ރ. އުނގޫފާރު ރައްޔިތުންނައި އުނގުލު ހަވާލުކޮށްދޭނެ ކަމަށް ރައީސް ވިދާޅުވި. ދެ ރަށުގެ ދޭތެރޭގައި ހުންނަނީ ގާތްގަނޑަކަށް 2 ކިލޯމީޓަރުގެ ދުރުމިން -- ފޮޓޯ: ގޫގަލް މެޕްސް

ރ. އުނގޫފާރު ރައްޔިތުންނައި އުނގުލު ހަވާލުކޮށްދޭނެ ކަމަށް ރައީސް ވިދާޅުވި. ދެ ރަށުގެ ދޭތެރޭގައި ހުންނަނީ ގާތްގަނޑަކަށް 2 ކިލޯމީޓަރުގެ ދުރުމިން -- ފޮޓޯ: ގޫގަލް މެޕްސް

އުނގޫފާރު ހޮސްޕިޓަލު ތަރައްގީކޮށް، އެ ރަށު ސުކޫލުގެ ކިޔެވުން އެއް ދަންފަޅިއަކަށް ބަދަލުކުރުމުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވި އެވެ. އަދި އުނގޫފާރަކީ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރެވިގެންދާނެ ރަށެއް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox