މާލީ ހާލަތާ ހެދި ތަރައްގީގެ މަޝްރޫއުތައް ނުފެށޭނެ ކަމުގެ އިޝާރާތެއް ރައީސް ދެއްވައިފި

މާލީ ހާލަތާ ހެދި ތަރައްގީގެ މަޝްރޫއުތައް ނުފެށޭނެ ކަމުގެ އިޝާރާތެއް ރައީސް ދެއްވައިފި

ދަރަނި އިންތިހާއަށް އިތުރުވެ ރާއްޖެއަށް ދިމާވެފައިވާ މާލީ ދަތިތަކާ ގުޅިގެން ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ މަޝްްރޫއުތައް ނުފެށި ލަސްވާނެ ކަމުގެ އިޝާރާތެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.

ތ. އަތޮޅަށް މިހާރު ސަރުކާރުގެ އިސްވެރިންނާ އެކު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު ދިޔަމިގިލީގައި ހުންނަވައި ރައީސް ވަނީ ރާއްޖޭގެ މާލީ ހާލަތު ހުރި ގޮތުން މަޝްރޫއުތައް ކުރިއަށްގެންދަން ގޮންޖެހުންތަކެއް ހުރި ކަމަށް އެއްބަސްވެވަޑައިގަނެފަ އެވެ.

"އެ ކަންކަން [ދަރަނި މެނޭޖު] ކުރުމުގެ މަސައްކަތް ކުރާއިރު ޕީއެސްއައީޕީ މަޝްރޫއުތައް ތަރައްގީގެ މަޝްރޫއުތައް އެއްފަހަރާ ކުރިއަށްގެންދިޔުމުގެ ދަތިތައް ހުރި. އަޅުގަނޑަކީ ވަރަށް ބޮޑަށް ހާއްސަކޮށް މިކަހަލަ ތަރައްގީގެ މަޝްރޫއުތައް ވަރަށް ގިނައިން ކުރިއަށްގެންދަން ބޭނުންވާ މީހެއް. އެކަމަކު އެއްފަހަރާ ހުރިހާ ރަށެއްގައި ހުއްޓިފައި ހުރި މަޝްރޫއުތައް ވެސް އަދި އަލަށް ފަށަން ހުރި މަޝްރޫއުތައް ވެސް ނުފެށޭނީ މިހެންވެގެން," ރައީސް މިއަދު ވިދާޅުވި އެވެ.

ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ވިދާޅުވާން ބޭނުން ނުވާ ކަމަށާއި އޭގެ ބަދަލުގައި ބޭނުންވަނީ އެމަނިކުފާނު ޒިންމާވާނެ ފަދަ ވާހަކަތަކެއް ދައްކަވަން ކަމަށް ރައީސް ވިދާޅުވި އެވެ. އެއީ ގައުމުގެ ހަގީގީ ހާލަތު ބަޔާންކޮށްދެއްވަން ޖެހިވަޑައިގަންނަވާ ސަބަބު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ވާރުތަވެފައި އޮތީ [އިގުތިސޯދު] ދެރަ ނިކަމެތި ހާލަތެއްގައި. ދަރަނި މިހިރަ ހިސާބުން އަޅުގަނޑުމެން އެބަ ޖެހޭ ކަންތައްތަކެއް ކުރަން. މި ކަންކަން ރަނގަޅު ކުރުމަށް ވަރަށް ބުރަ ބޮޑު މަސައްކަތްތަކެއް ފެށިފައި މިވަނީ. އަޅުގަނޑު ކެމްޕޭނުގައި ހުށަހެޅި އިގުތިސޯދީ މެނިފެސްޓޯ ބަލައިގަނޭ އައިއެމްއެފްއިން ވެސް ވޯލްޑް ބޭންކުން ވެސް," ރައީސް މުއިއްޒު ވިދާޅުވި އެވެ.

ވޯލްޑް ބޭންކާއި އައިއެމްއެފްގެ ފަރާތްތަކާއި ބައްދަލުކުރެއްވި ކަމަށާއި ރާއްޖޭގެ އިގުތިސޯދީ ހާލަތު ރަނގަޅު ކުރުމަށް މިވަގުތު އޮތް ހައްލަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުން ކަމަށް އެ ބޭފުޅުން ވިދާޅުވި ކަމަށް ރައީސް ހާމަކުރެއްވި އެވެ. އަދި, އެކަމަށް އެ ދެ އިދާރާގެ އެއްބާރުލުން ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރައްޔިތުން ވެސް ބޭނުންވާނީ ހަގީގަތް އެނގެން ކަމަށާއި އެކަން ގަބޫލުކުރަން ރައްޔިތުން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ޔަގީންކަން މި ދެނީ މި ހުރިހާ މަސައްކަތެއް ވެސް ތަރައްގީގެ ހުރިހާ މަޝްރޫއުއެއް ވެސް އެއީ އަޅުގަނޑު ކަނޑައަޅާފައި ކަންކަން ކުރިއަށް ގެންގޮސްދޭނަމޭ. ކުރެވޭނެ ކަންކަން ކުރާނެ ކަންކަން ދަންނަވާފައި އެކަންކަން ކުރާނަން. ތަންކޮޅެއް ގިނަ ދުވަސް ނަގާ ކަންކަން ވެސް ހަމަ ތެދުވެރިކަމާ އެކު ކޮށްދެވޭނެ ވާހަކަ ދަންނަވާފައި އެގޮތަށް އަޅުގަނޑުމެން ކުރާނީ," ރާއްޖޭގެ މާލީ ހާލަތާ ގުޅޭގޮތުން ރައީސް މިއަދު ވިދާޅުވި އެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވާއިރު އަތޮޅު ތެރޭ ރަށްރަށުގައި ހިންގަމުންދާ ޕްރޮޖެކްޓުތައް ހުއްޓިފައި ހުރި ކަމުގެ ޝަކުވާ ރައްޔިތުން އަންނަނީ ކުރަމުންނެވެ. ރަށްރަށުގެ ޕްރޮޖެކްޓުތައް ހުއްޓިފައިވީ ނަމަވެސް މާލެ ސަރަހައްދުގައި ރައީސް މުއިއްޒުގެ ބެއްލެވުމުގެ ދަށުން ބޮޑެތި ޕްރޮޖެކްޓުތަކެއް ވަނީ ފަށާފަ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބިން ހިއްކުމުގެ ޕްރޮޖެކްޓާއި އަދި އެ ނޫނަށް އިގުތިސޯދީ ނަފާ އިތުރުވާނެ ގިނަ ޕްރޮޖެކްޓުތަކެއް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް އިއުލާނު ކުރެއްވި އެވެ. އޭގެ ތެރެއިން ބައެއް ޕްރޮޖެކްޓުތަކުގެ އަމަލީ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox