ރޮނާލްޑޯ އަށް ނުކުޅެވޭތީ އަލް ނަސްރު އިން ޗައިނާގައި ކުޅެން ހަމަޖެއްސި ދެ މެޗު ފަސްކޮށްފި

Jan 24, 2024, 4:47 AM
ރޮނާލްޑޯ އަށް ނުކުޅެވޭތީ އަލް ނަސްރު އިން ޗައިނާގައި ކުޅެން ހަމަޖެއްސި ދެ މެޗު ފަސްކޮށްފި

ޝަންހާއީ، ޗައިނާ (ޖެނުއަރީ 24) - އަލް-ނަސްރު އިން ޗައިނާ އަށް ކުރަމުންދާ ޓުއާގައި ދެ މެޗު ކުޅޭ ގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް، އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ އަށް މި ދެ މެޗުގައި ނުކުޅެވޭނެތީ އެ ދެ މެޗު ފަސް ކުރަން ނިންމައިފި އެވެ.

ޗައިނާގެ ފުޓްބޯޅަ ސަޕޯޓަރުންގެ މެދުގައި، ރޮނާލްޑޯ، 38, އަކީ ވަރަށް މަގްބޫލު ކުޅުންތެރިއެކެވެ. އެހެންކަމުން، އެ ގައުމުގައި ރޮނާލްޑޯ ކުޅޭތަން ހަމަ ލޮލުން ބަލާލުމުގެ ފުރުސަތު ހޯދުމަށް، އޭނާގެ ސަޕޯޓަރުން ތިބީ ކެތްމަދުވެފަ އެވެ.

މި ޓުއާގައި މިއަދު ޝަންހާއީ ޝެންހުއާ އަދި އާދިއްތަ ދުވަހު ޒޭޖިއާންގް އެފްސީއާ ދެކޮޅަށް ކުޅެން އޮތް މެޗުތަކުގެ ޓިކެޓުވެސް ވަނީ ވިކި ހުސްވެފަ އެވެ.

އެކަމަކު, މި ދެ މެޗަަށް ރޮނާލްޑޯ ފިޓުނުވާތީ، މި ދެ މެޗު ފަސްކުރަން ވަނީ ނިންމައިފަ އެވެ. އަދި ޓިކެޓު ގަތް މީހުންނަށް ރީފަންޑް ލިބޭނެ އިންތިޒާމްތައް ވަނީ ހަމަޖައްސައިފަ އެވެ.

މީޑިއާއާ ވާހަކަދައްކަމުން ރޮނާލްޑޯ ވަނީ ދެ މެޗު ފަސްކުރަންޖެހުމާ ގުޅިގެން ޗައިނާގެ ސަޕޯޓަރުންގެ ކިބައިން މާފަށް އެދިފައެވެ. އަދި މިއީ އޭނާ ވެސް ވަރަށް ދެރަވި ދުވަހެއް ކަމަށެވެ.

"ފުޓްބޯޅައިގައި އަހަރަމެންނަށް ކޮންޓުރޯލް ނުވާ ކަންތައްތައްވެސް ހުރޭ. އަހަރެން ފުޓްބޯޅަ ކުޅޭތާ 23 އަހަރުވީ އެހެންވީމަ އަހަންނަށް އެނގޭ ކަމެއް ދިމާވެދާނެކަން. މިއަދު އަހަންނަށް މި މެޗުތައް ކުޅެވެން ނެތީ،" ރޮނާލްޑޯ ބުންޏެވެ.

މިދިޔަ އަހަރު އެންމެ ގިނަ ގޯލު ޖެހި ރޮނާލްޑޯ ބުނީ މި އަހަރު ވެސް ހާއްސަ އަމާޒުތަކެއް އެބަހުރި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox