ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ސްޓޭޓު މިނިސްޓަރުކަމުން ފަހުމީ ވަކިކޮށްފި

ަމަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ފަހުމީ, ރައީސް މުއިއްޒުއާ ސަލާމް ކުރައްވަނީ. އޭނާ ވަނި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސްކަން މީގެކުރިން ކުރައްވާފައި --- ފޮޓޯ: ރައީސް އޮފީސް

ަމަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ފަހުމީ, ރައީސް މުއިއްޒުއާ ސަލާމް ކުރައްވަނީ. އޭނާ ވަނި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސްކަން މީގެކުރިން ކުރައްވާފައި --- ފޮޓޯ: ރައީސް އޮފީސް

ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސްކަމުން ވަކިކުރި މުހައްމަދު ފަހުމީ ހަސަން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަންކުރުމާ ގުޅިގެން ފާޑުކިއުންތައް އަމާޒުވުމުން މަގާމުން ވަކިކޮށްފި އެވެ.

ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ފަހުމީ އައްޔަންކުރީ މި މަހުގެ 20 ވަނަ ދުވަހު އެވެ. ފަހުމީ މަގާމުން ވަކިކުރިކަން ރައީސް އޮފީހުގެ ސްޓްރެޓެޖިކް ކޮމިޔުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް "އަދަދު"އަށް ކަށަވަރު ކޮށްދެއްވި އެވެ. އޭނާ މަގާމުން ވަކިކުރީ މިއަދު އެވެ.

ފަހުމީ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށް އައްޔަންކުރުމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔާފައިވެ އެވެ.

ސީއެސްސީގެ ރައީސްގެ މަގާމުން ފަހުމީ ވަކިކުކުރުން

ފަހުމީގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބަލަން ފެށީ ޖޫން 4, 2012 ގައި އޭނާއާ ގުޅޭގޮތުން ސީއެސްސީގެ އަންހެން މުވައްޒަފަކު ހުށަހެޅި ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުންގެ އިދާރާއިން ވެސް ކުރި އެވެ.

އެ މައްސަލަ ހުށަހެޅި އަންހެން މުވައްޒަފާއި ފަހުމީގެ ބަސް ވެސް ޖޫން 11, 2012 ގައި އޮތް ކޮމިޓީ ބައްދަލުވުމުގައި ނަގާފައިވެ އެވެ. އޭގެ އިތުރުން, ސީއެސްސީގެ އެހެން މެމްބަރުންނާއި މައްސަލަ ހުށަހެޅި އަންހެން މުވައްޒަފުގެ ލިޔުމުގައި ފާހަގަކޮށްފައިވާ އެހެން މީހުންނާއި ވެސް ކޮމިޓީން ބައްދަލުކޮށްފައިވެ އެވެ.

އެއަށްފަހު ޖޫން 26, 2012 ގައި އޮތް ކޮމިޓީ ބައްދަލުވުމުގައި މައްސަލައާ މެދު ކޮމިޓީގެ މެމްބަރުންނަށް ފެނިވަޑައިގަންނަވާ ގޮތާ މެދު ވޯޓަށް އަހާފައި ވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް އެ ކޮމިޓީ ރިޕޯޓު ހުށަހަޅުއްވަމުން މުގައްރިރުގެ މަގާމުގައި ހުންނެވި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (ކުއްޓި ނަޝީދު) ހާމަކުރެއްވި ގޮތުގައި ފަހުމީ އެފަދަ އަމަލެއް ކުރެއްވި ކަން ކޮމިޓީގެ ހޯދުންތަކުން ސާބިތުވާކަމަށް ކޮމިޓީގައި ތިއްބެވި 10 މެމްބަރުންގެ ތެރެއިން ހަތް މެމްބަރަކު ވޯޓު ދެއްވި ކަމަށެވެ.

އެއާއެކު އޭނާ މަގާމުން ވަކިކުރުމަށް ފަސް މެމްބަރަކު ތާއީދު ކުރެއްވިއިރު ޖިނާއީ ތަހުގީގު ނިމެންދެން ފިޔަވަޅު ނާޅައި ލަސްކުރުމަށް ވެސް ފަސް މެމްބަރަކު ވޯޓު ދެއްވި އެވެ. ވޯޓު އެއްވަރުވުމުން މުގައްރިރު ނަޝީދު ވޯޓު ދެއްވީ ފަހުމީ މަގާމުން ވަކިކުރުމަށެވެ.

މި ރިޕޯޓު މަޖިލީހަށް ހުށަހެޅީ ނޮވެމްބަރު 20, 2012 ގަ އެވެ. އެ ދުވަހު ނެގި ވޯޓުގައި މަޖިލީހަށް ހާޒިރުވެ ތިއްބެވި 74 މެމްބަރުންގެ ތެރެއިން 38 މެމްބަރުން އޭނާ މަގާމުން ވަކިކުރަން ވޯޓު ދިނެވެ. އޭނާ މަގާމުން ވަކިކުރުމާ ދެކޮޅަށް ވޯޓު ދެއްވީ 32 މެމްބަރުންނެވެ. އަދި ދެ މެމްބަރަކު ވަކި ކޮޅަކަށް ވޯޓު ދެއްވާފައި ނުވެ އެވެ.

ފަހުމީ މަގާމުން ވަކިކުރީ ދުސްތޫރީ އުސޫލުތަކުގެ ބޭރުން ކަމަށާއި, ގާނޫނު އަސާސީގެ ބޭރުން ކަމަށް ބުނެ އޭނާ ރައްޔިތުންގެ މަޖިލީހާ ދެކޮޅަށް ސުޕްރީމް ކޯޓަށް ޑިސެމްބަރު 11, 2012 ގައި މައްސަލައެއް ހުށަހެޅި އެވެ. އަދި, އެ މައްސަލަ ސުޕްރީމް ކޯޓުން އޭނާއާ އެއްކޮޅަށް މާޗު 14, 2013 ގައި ނިންމާފައި ވެ އެވެ. ހަތް ފަނޑިޔާރުގެ ބެންޗުން ތަފާތުވީ ހަމައެކަނި މިހާރު އުއްތަމަ ފަނޑިޔާރަކަށް ހުންނެވި ފަނޑިޔާރު މުއުތަސިމް އަދުނާނުގެ ރައުޔެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox