ސޯލާ ޕެނަލްތައް ބަދަލުކުރަން 170 މިލިއަން; އެއީ މަޝްރޫއުގެ އަގަށް ވުރެ ބޮޑު އަދަދެއް

ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދަނީ. މި މަސައްކަތުގެ ޖުމްލަ އަގަކީ 11 މިލިއަން ޑޮލަރު --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދަނީ. މި މަސައްކަތުގެ ޖުމްލަ އަގަކީ 11 މިލިއަން ޑޮލަރު --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތަށް މާލެ އާއި ހުޅުމާލެއާ ދެމެދު އޮންނަ ސިނަމާލެ ބްރިޖުގެ ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް އެ ތަނުން ނަގައި އެހެން ތަނަކަށް ބަދަލުކުރުމަށް 170 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެންވަޔަރަމަންޓު މިނިސްޓްރީން އަންދާޒާކޮށްފި އެވެ.

ވޯލްޑް ބޭންކުގެ އެހީގައި އެމްވަޔަރަމެންޓް މިނިސްޓްރީން ހިންގާ އެ މަޝްރޫ ކުރިއަށް ގެންދަނީ ތައިލެންޑުގެ "އެންސިސް ކޯ" ކުންފުނިންނެވެ. މި މަސައްކަތުގެ ޖުމްލަ އަގަކީ 11 މިލިއަން ޑޮލަރު ނުވަތަ 169 މިލިއަން ރުފިޔާ އެވެ.

އެ މަޝްރޫއުގެ އަމަލީ މަސައްކަތް ވެސް ނިމި ގްރިޑާ ގުޅުމުގެ އެންމެ ފަހުގެ މަރުހަލާ މިހާރު ކުރިއަށްދާއިރު ޕެނަލްތައް އެހެން ތަނަކަށް ބަދަލުކުރުމަކީ ދައުލަތަށް ބޮޑު މާލީ ބުރައަކަށް ވާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

Advertisement

"ސޯލާ ޕެނަލްތައް އެތަނުން ނަގައި އެހެން ރަށަކަށް ބަދަލުކުރާނަމަ ގާތްގަނޑަކަށް 170 މިލިއަން ރުފިޔާ ދައުލަތުން ހަރަދުކުރަންޖެހޭނެ ކަމަށް އަންދާޒާކުރެވެ އެވެ. އަދި މީގެ އިތުރުން، ބަދަލުކުރާ ރަށްރަށުގެ ކަރަންޓު ދިނުމުގެ ނިޒާމުގެ ހާލަތު ހުރިގޮތުން ނެޓްވޯކް އަޕްގްރޭޑް ކުރުމަށާއި ބެޓެރި ސްޓޯރޭޖް ގާއިމުކުރުމަށް އިތުރު ބޮޑު ހަރަދެއް ކުރަންޖެހޭނެ," އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އިންތިހާބީ ރައީސް ވިދާޅުވީ ޕެނަލްތަކުގެ ސަބަބުން ބްރިޖު ސަރަހައްދުން ފެންނަ ރީތި މަންޒަރު ވެސް ގެއްލިފައިވާ ކަމަށެވެ.

އެގޮތުން, އިއާދަކުރަނިވި ހަކަތަ މުހިންމު ނަމަވެސް މިހާރު އެ މަސައްކަތް ގެންގޮސްފައިވާ ގޮތަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް މުއިއްޒު ވިދާޅުވި އެވެ. އިންތިހާބީ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނުގެ ވިސްނެވުމަކީ ޕެނަލްތައް އެ ތަނުން ނެގުމަށް ފަހު މީހުން ދިރިއުޅޭ އެހެން ރަށަކަށް ބަދަލު ކުރުމަށެވެ.

އޭގެ އިތުރުން, ލިންކް ރޯޑުގެ މޫދާވީ ފަޅީގައި ސޯލާ ޕެނަލް ހަރުކޮށްފައި ވަނީ، ހިޔާ ލިބޭ ގޮތަށް އޭގެ ދަށް ސަރުކާރުން ކަނޑައަޅާ އުސޭލެއްގެ ދަށުން އެކި އެކި އިޖްތިމާއީ ކަންކަމަށް ބޭނުންކުރެވޭ ގޮތަށް ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ. އަދި, ސޯލާ ސްޓްރަކްޗާތައް ފެހިކޮށް ރީތި ލޭންޑު މާކެއްގެ ގޮތުގައި އެ ސަރަހައްދު ހެދުމަށް ވެސް ޕްލޭން ކުރެވިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ މަޝްރޫއުގެ ދަށުން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ވިއްކުމަށް ހަމަޖެހިފައިވާ ރޭޓަކީ ކަރަންޓް ޔުނިޓަކަށް 10.09 ޔޫއެސް ސެންޓެވެ. އެއީ ދިވެހި ރުފިޔާއިން ކަރަންޓް ޔުނިޓަކަށް އެއް ރުފިޔާ 68 ލާރި އެވެ. އެސްޕަޔާ ގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުމާލޭގައި 1000 ހައުސިން ޔުނިޓްތަކުގައި ގާއިމްކޮށްފައިވާ 1.5 މެގަވޮޓްގެ ސޯލާ ޕީވީގެ ނިޒާމުން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ވިއްކަމުން ދަނީ 21 ޔޫއެސް ސެންޓަށެވެ.

އެ މަޝްރޫއު ނިމުމުން އަހަރަކަށް އުފައްދާ 7.3 މިލިއަން ކަރަންޓް ޔުނިޓުން ދައުލަތުން ކަރަންޓް އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 އާއި 20 މިލިއަން ދިވެހި ރުފިޔާ ސަލާމަތްކުރެވޭނެ އެވެ.

އެކި މަރުހަލާތަކުގައި ކުރިއަށްދާ އިަދަކުރަނވި ހަކަތައިގެ މަޝްރޫއުތައް ނިމުމުން އިތުރު 67.8 މެގަވޮޓު ގެ އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމުގެ ގާބިލުކަން އިތުރުކުރެވޭނެ އެވެ. މި މަސައްކަތްތައް ނިމުމުން އިއާދަކުރަނިވި ހަކަތައިގެ ގާބިލުކުން ޖުމްލަ 121 މެގަވޮޓަށް އިތުރުކުރެވިގެންދާނެ އެވެ. އަދި ތެލަށް ކުރާ ހޭދައިން އަހަރަކު އެ ބިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއް ސަލާމަތް ކުރެވިގެންދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox