ހުޅުމާލެ, ދިޔަނެރު އަދި ތިލަފުށި ހިއްކަނީ 3.9 ބިލިއަން ރުފިޔާއަށް، ފައިސާ ހޯދަނީ ދެ ބިމެއް ވިއްކައިގެން

ހުޅުމާލެ, ދިޔަނެރު އަދި ތިލަފުށި ހިއްކަނީ 3.9 ބިލިއަން ރުފިޔާއަށް، ފައިސާ ހޯދަނީ ދެ ބިމެއް ވިއްކައިގެން

ހުޅުމާލޭން ގޯތި ދިނުމަށް ބޭނުންވާ ބިމާއި ސަފާރީ ބަނދަރު ހަދާ ދިޔަނެރު ފަޅު އަދި ތިލަފުށިން ބައެއް ހިއްކުމުގެ މަސައްކަތް ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕަނީ (ސީއެމްސީ) އާ ހަވާލުކުރީ 259 މިލިއަން ޑޮލަރު (3.98 ބިލިއަން ރުފިޔާ) އަށް ކަމަށް އާބަންކޯ އިން ބުނެފި އެވެ.

މި ތިން ފަޅު ހިއްކުމުގެ މަސައްކަތް ސީއެމްސީއާ ހަވާލުކުރީ މިދިޔަ ހަފްތާގެ ހޯމަ ދުވަހެވެ. މީގެ ތެރެއިން ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ ފަޅު ހިއްކަނީ މާލެ މީހުންނަށް ގޯތި ދިނުމަށެވެ.

ދިޔަނެރު ފަޅު ހިއްކަނީ އެ ފަޅުގައި ތަރައްގީކުރަން މި ސަރުކާރުން ނިންމާފައިވާ ސަފާރީ ބަނދަރު ތަރައްގީ ކުރުމަށެވެ. އަދި ތިލަފުށިން ހިއްކަނީ، ތިލަފުށި މާސްޓާ ޕްލޭނުގެ ދަށުން ހިއްކަން ނިންމާފައިވާ ސަރަހައްދުން ބަޔެކެވެ.

މި މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް ތިނަކުން ގޯތި ދިނުމަށް 62.6 ހެކަޓްރު ބިން ހިއްކާނެ އެވެ. އަދި ސަފާރީ ބަނދަރު ތަރައްގީކުރުމަށް ދިޔަނެރުން 24.6 ހެކްޓަރުގެ ބިން ހިއްކާއިރު ތިލަފުށި ޑީ އޭރިއާއިން 9.6 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ ތިން ފަޅުގެ ހިއްކުމުގެ މަސައްކަތް ސީއެމްސީން ކުރަނީ ބޮސްކާލިސް އާ ހަވާލުކޮށްގެންނެވެ.

މި ނޫހަށް މައުލޫމާތު ދެމުން އާބަންކޯގެ އޮފިޝަލަކު މިއަދު ވިދާޅުވީ މީގެ ތެރެއިން ހުޅުމާލެ ފަޅު ހިއްކުމުގެ މަސައްކަތް ސީއެމްސީ އާ ހަވާލުކުރީ ތިން އަހަރު ތެރޭ މަސައްކަތް އެއްކޮށް ނިންމާ ގޮތައް ކަމަށެވެ.

އަދި ވިދާޅުވީ މި މަޝްރޫއުގައި ހިމެނެނީ ހުޅުމާލެ ބިން ހިއްކުން އެކަނި ނޫން ކަމަށާއި ބިން ހިއްކުމުގެ އިތުރުން ރިވެޓްމަންޓް ޖެހުމާއި، ހުޅުމާލެ ފޭސް 3 ގެ މަގު ހެދުމާއި ، ފާލަން ހެދުމާއި، ޖެޓީ ހެދުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.

އޮފިޝަލު ވިދާޅުވީ މި މަސައްކަތްތައް އެކުންފުންޏާ ހަވާލުކުރީ 259 މިލިއަން ޑޮލަރަށް ކަމަށެވެ. އަދި މަޝްރޫއުގެ ބަދަލުގައި ސީއެމްސީއަށް އެއްވެސް ބިމެއް ދޭން އެއްބަސްވެފައި ނުވާ ކަމަށާއި މަޝްރޫއުގެ އަގު އަދާ ކުރަން ރާވާފައިވަނީ ހުޅުމާލެ އާއި ތިލަފުށިން ދެ ބިމެއް ވިއްކައިގެން ކަމަށް ވިދާޅުވި އެވެ.

އެގޮތުން ހުޅުމާލޭގެ 10 ހެކްޓަރުގެ ބިން އަދި ތިލަފުށިން 9.6 ހެކްޓަރުގެ ބިން ވިއްކާނެ ކަމަށްވެސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox