ވާހަކަ: ނާކަރަ

ވާހަކަ: ނާކަރަ

ފުރަތަމަ ބަޔާއި ގުޅޭ

އަދިވެސް އެ ބަރު ބިރުވެރި އަޑު ކަންފަތުގައި ހަރުލައިފައި އެބަހުއްޓެވެ. ހުރީއެއް ނޫނެވެ. ގުގުމަނީ އެވެ. އެއް ފަހަރަކު ނޫނެވެ. އެތައް ފަހަރަކު އެވެ. އެތައް ރާގެއްގަ އެވެ. ކަންފަތަށް އުނދަގޫވާން ފެށި އެވެ. ދެ ކަންފަތާ ދިމާއިން ފާޑެއްގެ ހޫނެއްގެ އިހުސާސް ވެސް ކުރެވެމުން އެބަދެ އެވެ. ކަންހުޅިއާ ދިމާ ކުޑަތަންކޮޅެއް މަތިން ހޫނުތަކެއް ބޭރަށް ނުކުންނަ ހެން ވެސް އެބަ ހީވެ އެވެ.

އަނެއްކާ އަހަރެންގެ ބޮލުން ދުން އަރަނީ ހެއްޔެވެ؟ ބޮލުގައި ހުޅުހިފީ ހެއްޔެވެ؟ އެހެންވާންވީ ކީއްވެ ހެއްޔެވެ؟ އެހެންނެއް ނުވާނެ އެވެ. ވާންވީ ސަބަބެއް ނުވިސްނެ އެވެ. ފުންކޮށް ނޭވާ ބޭރުކޮށްލަން އަނގަ ހުޅުވާލަން އުޅުނީމެވެ.

އަނގައެއް ނުހުޅުވުނެވެ. ދެ ދަތްޕިލައިގެ ދެމެދުން ނޭވާ ބޭރުކޮށްލެވުނީ ގަދަކަމުންނެވެ. ހީވީ ކަރުބުޑުގައި ތާށިވެފައި އޮތް ކުންނާރު އޮށެއް ނެރެވުނު ހެންނެވެ. މި ހުރިހާ އިރު އަހަރެން މި އޮތީ ނޭވާ ހިފަހައްޓައިގެން ހެއްޔެވެ؟ ނޭވާ ވެސް ނުލައި ހެއްޔެވެ؟ ނޫނެކެވެ. ނޭވާ ލެވުނެވެ. ދެން އެ ނުކުތީ ކޮންކަހަލަ ބަރު ނޭވާއެއް ހެއްޔެވެ؟

ކުރެވެމުން މިދާ އުނދަގޫތަކާއެކު ވިސްނުން ކަފިކަފިވެ ހާވިޔާ ވަމުން ދިޔަ އެވެ. އެތައް ޚިޔާލެއް އެއްފަހަރާ އޮހެން ފެށި އެވެ. އެތައް ހަނދާނެއް އާވެ އާލާވާން ފެށި އެވެ. އެއްގޮތަކަށް ނޫނެވެ. އެކި ގޮތްގޮތަށެވެ. ތަސްވީރަކަށް ފަހު ތަސްވީރެކެވެ. ބޮޅަކަށްފަހު ބޮޅެކެވެ.

އިހުސާނާއާގެ ލޯބި ހޯދުމަށް އަހަންނަށް ފަތަން ޖެހުނީ ފުންކަނޑެކެވެ. ގިރާކުރާން ޖެހުނީ ފުޅާ މަގުތަކެކެވެ. ލޯތްބަށް ޓަކައި އަމިއްލަ ނަފުސާއި ނިދި ގުރުބާން ކުރާން ޖެހުނީ އެންމެ ޖުމުލައެއްގެ ދިފާއުގަ އެވެ.

"ސާބިތުކޮށްދީ އިހޫ ހިތުގައި ނުޖައްސާ، ގުލާން ނުކޮށް އުފަލުގައި ގެންގުޅެވޭނެކަން."

އިހުސާނާގެ މަންމަގެ އެ ޖުމުލަ ކަންފަތުގައި ހަރުލި ގޮތަށް އަދިވެސް ނުނެއްޓި އެބަ ހުއްޓެވެ. ދޭތެރެ ދޭތެރެއިން އެ ޖުމުލަ އިވޭކަހަލަ އެވެ. މައިދައިތަ ނެތް ދުނިޔެއެއްގައި އުޅެން ޖެހުނަސް އެއީ މުހިއްމު ޖުމުލައަކަށް އަހަންނަށްވީމަ އެވެ.

ހަގީގަތުގައި ބާމިލުކަމުން އާމިލު ކަމަށް އަހަންނަށް ބަދަލުވެވުނީ ގޮންޖެހުންބޮޑު އެހެނަސް ހިތްވަރުގަދަ އެ ޖުމުލައިގެ ސަބަބުންނެވެ. އެ ޖުމުލައިގެ ނިވަލުންނެވެ. އާއެކެވެ. އަހަންނަކީ އުޅުމެއް ނެތި މަގުމަތީ އުޅުނު އާވާރާއެކެވެ. ޢިލްމުގެ ކަންވާރު އެކަންޏެއް ނޫނެވެ. ހިލުމުގެ ގޮވަތީގެ ވަސް ވެސް ނެތީ އެވެ. ނަސީބަކުން އަހަންނަށް ނޭޅި އޮތީ އެންމެ ގޯޅި އެކެވެ. އެހެންވެ ފަތިސްދަޅަ މެންދުރަށް ބަދަލެއް ނުވެ އެވެ. މެންދަރު ރޭގަނޑަށް ބަދަލެއް ނުވެ އެވެ. ހާގޮވަނީ ހަމައެކަނި ފަތިހަށެވެ. ހިނގަހިނގާ ހުއްޓާ ނިދި ޖެހިގެން ނުވެއްޓެ އެވެ. މަގު މެދަށް ހުއްޓުމެއް ނާރަ އެވެ. ކާނުމަތިން ޖަވާހިރެއް ނުފެނެ އެވެ. ނަމަވެސް، އަހަރުމެންގެ އުމުރު ހުރިހާ ކުދިން ކަހަލައިން އެ ގޯޅިއަށް ވަނެވެ. އެ ގޯޅިން ހިތް އުފާކޮށްކޮށް ތިއްބާ އުފުރައިލާ މީހުން އައިސް އުފުރާލަ އެވެ. ތިރިކޮށްލާ މީހުން އައިސް ތިރިކޮށްލަ އެވެ.

އެއީ އަހަރެންގެ ނަސީބެވެ. އެ ފައިވާނަށް އަހަންނަށް އެރުނީ ޔާސިރުގެ ސަބަބުންނެވެ. ޔާސިރަކީ އަހަރެންގެ މިސްކިތު މިތުރެކެވެ. ފުރަތަމަ ކޮޅު އޭނާ ހިނިތުންވެލަ އެވެ. ފަހުންފަހުން ނިތް އަރުވާލާނެ އެވެ. އެންމެފަހުން، ކޮފީއަށް އެރުނެވެ. ޔާސިރު އެދުނީ އެންމެ ކަމަކަށެވެ. އޭނާގެ ރައްޓެއްސެއްގެ ގޮތުގައި ހުރެދިނުމަށެވެ. އޭނާގެ ވާހަކަތައް އަޑުއަހައިލާނެ މީހަކަށް ވާށެވެ.

އެ ދުވަހު އަހަންނަށް އެނގުނު ކަމަކީ އިންސާނުން ދުނިޔޭގައި ލައްވާފައި ވަނީ އެކަނި ނޫޅެވޭނެ ގޮތަށް ކަމެވެ. އިންސާނާ ފުރިހަމަވަނީ މީހުންނާ އެކުގައި ކަމެވެ. ކޮންމެ އިންސާނަކީ ވެސް އެހެން މީހުންގެ އެހީއަށް ބޭނުންވާނެ މީހެއް ކަމެވެ.

"އެނގޭތަ! އަހަރުމެން އިންސާނުން މިކަހަލަ ކޮންކުރީޓް ޖަންގައްޔެއްގަ، އެއްވެސް ގަހެއް ނުފެނި އުޅެވޭނީ ކިތައް ދުވަސްވަންދެންކަން؟ ނޭނގެ ދޯ! ގިނަވެގެން މަހެއް ވަރު އިންސާނަކު އެކަހަލަ ތަނެއްގައި އުޅެފި ނަމަ އޭނާގެ ސިކުނޑި ހަމައެއް ނުވާނެ. މާނައަކީ ސީދާ ނަފުސާނީ ގޮތުން އެ މީހަކު ބަލިވާނޭ."

ޔާސިރުގެ ފަލްސަފީ ވާހަކަތައް އަޑުއަހަން އަހަރެން އިނީ އޭނާއާއެކު ކޮފީއެއްގަ އެވެ.

"އާމިލަށް އެނގޭތަ ގަހަކީ ކިހާ މުހިއްމު ވަސީލަތެއްކަން! މީހުންނަށް ހީވަނީ ގަހުން ކޮށްދޭ ކަމަކީ ހަމައެކަނި ފިނިކޮށްލަ ދިނުމޭ. ނޫނީ ހިޔާކޮށްދިނުމޭ. ދެން އޮކްސިޖަން ފޯރުކޮށްދިނުމޭ،" ޔާސިރު ކޮފީތަށީގައި ތުން ޖަހައިލި އެވެ. "އަސްލު އެނގޭތަ؟ ދުނިޔޭގައި މި ހިމެނީ އެންމެ ސުމެއް ޕޮއިންޓް ފަސް އިންސައްތަ ފެން. މުޅި ދުނިޔެ މި ބޭނުން ކުރަނީ މި ފެންފޮދު. ގަސް މި ކުރާ ކަމަކީ ބިންގަނޑުގައި ހުންނަ ފެން އޭގެ މުލުން ނެގުމަށްފަހު، ރައްކާކޮށް، ދުނިޔެއަށް ބޭނުންވާ ވަރަށް ފެނުން ބައެއް ޖައްވުގެ ތެރެއަށް ފޮނުވައިދީ ދުނިޔެ ފިނިކޮށްދީ، ނޭވާލާން ބޭނުންވާ އޮކްސިޖަން އުފެއްދުން. އަދި އެނގޭތަ؟ ވައިގެ ތެތްކަމުގެ ސަބަބުން ވާރޭގެ ވެހުމުގެ ނިޒާމަށް ވެސް ގަސް އެބަ އެހީވޭ. އެކަމަކު މިއީ މީހުން ވިސްނާ ކަމެއް ނޫން."

"އަސްލު ކީކޭ ބުނަން ތި އުޅެނީ؟" ޔާސިރުގެ ބަސްމަގު ހުރި ގޮތުން އޭނާ ބުނަން އުޅުނު ވާހަކަ ނުބުނާކަން އަހަންނަށް އެނގުނެވެ.

"ބުނަން މި އުޅެނީ އަހަރުމެން މި ތިބެނީ ކިހާ ބޮޑަކަށް ގުޅި ލާމެހިފައޭ. އެއްބަޔަކަށް ނޭނގުނަސް އަނެއް ބަޔަކަށް އެހީ ފޯރުކޮށްދޭން ޖެހިފައޭ."

"ތިބުނީ؟"

"މި ބުނީ އަހަންނަށް އެނގެޔޭ އާމިލް ވަރަށް ރަނގަޅަށް. އާމިލަށް ލިބުނީ ކޮން އެއްޗެއްކަން ނުލިބެނީ ކޮން އެއްޗެއްކަން ވެސް،" ޔާސިރު ބަލައިލީ އަހަރެންގެ މޫނަށެވެ. "އަހަންނަކީ ﷲ ރަހުމަތުން ތަނަވަސްކަން ދެއްވި މީހެއް. މައިންބަފައިންގެ ނިއުމަތް ހަމައަށް ދެއްވި މީހެއް. އާއިލީ ތަނަވަސްކަން ވެސް ދެއްވި މީހެއް. އެހެންވީމަ އަހަންނަށް އިހުސާސް ނުވެދާނެ އާމިލްގެ ހާލު. އާމިލް އުޅޭ ގޮތް. އެކަމަކު، އަހަންނަށް އާމިލަށް އެހީ ވެވިދާނެ."

"މާނައަކީ؟"

"އަހަރެން ނިންމައިފިން އާމިލަށް ވަޒީފާއެއްދޭން. އާމިލުގެ ހިތްވަރެއް ހުރިއްޔާ ކުރިއަށްދާންވީ."

"ބަދަލުގައި؟" އަހަރެން ސުވާލު ނުނިމެނީސް ޔާސިރު ފެށި އެވެ.

"އެކުވެރިކަން."

ޔާސިރުގެ އެހީތެރިކަމުގެ ސަބަބުން އަހަންނަށް އަމިއްލަ ފައި މައްޗަށް ތެދުވާން ފުރުސަތު ލިބުނެވެ. ހިތްވަރު ލިބުނެވެ. އޭރު އަހަންނަށް އޮތީ އިހުސާނާގެ މަންމައަށް ކަމެއް ސާބިތުކޮށްދޭން ވެސް ޖެހިފަ އެވެ. މީހުން ބުނަނީ ތެދެކެވެ. ތެދު ނިޔަތާއެކު އިހުލާސްތެރި ކަމާއެކު ކަމަކަށް ނުކުމެއްޖެ ނަމަ ބެދިފައި ހުންނަ މަގުތައް ވެސް ހުޅުވައިދެއްވާނެ އެވެ.

އެކަން އަހަންނަށް ޔަގީންވި އެވެ. އަހަރެން ބޭނުންވީ ޔާސިރުގެ އެހީތެރިކަމާއެކު ކިޔަވާށެވެ. އުނގެނޭށެވެ. ރޭގަނޑު ބޮޑެތި މީހުންނަށް ކިޔަވައިދޭ ކުލާހަކަށް ގޮސްގެން އޯލެވެލް ހަދާށެވެ. ހީކުރި ވަރަށް ވުރެ އަވަހަށް އަހަންނަށް އެކަން ވެސްވި އެވެ. ތިންމަސް ދުވަހުން އޯލެވެލް ނިންމާލެވުނެވެ. ހުރިހާ މާއްދާއަކުން އޭ ފާސް ހޯދައިގެންނެވެ. އެކަމުގެ ބަދަލެއްގެ ގޮތުގައި އަހަންނަށް ޔާސިރު ދިނީ ލޯނެކެވެ. ބޭނުން ދުވަހަކުން ނިންމާ ޚަލާސްކުރާގޮތަށް ފަސް ލައްކަ ރުފިޔާ އެވެ.

ފަސް މަހުން ފަސް ލައްކައިން، އަށްލައްކަ އުފައްދަން އަހަންނަށް އުނދަގުލެއް ނުވި އެވެ. ޔާސިރުހުރީ އަހަރެންގެ ކުޅަދާނަ ކަމާ ހެދި ހައިރާންވެ އަންތަރީސްވެފަ އެވެ.

"ކޮބައިތަ ތިޔަ ހިތްވަރުގެ ސިއްރަކީ؟" ޔާސިރުގެ ސައިކަލު ފަހަތުގައި އިނދެ ސުވާލުކޮށްލި އެވެ.

އޭރު ދޮރާށި ހުޅުވާލުމަށްފަހު އިހުސާނާ ނުކުންނަނީ އެވެ. އަހަރެން އިޝާރާތްކުރީ އިހުސާނާއަށެވެ. ކަޅި ޖަހައި ބަލަން އިނދެ ދެއްކުނީ އިހުސާނާ އެވެ.

"އޯޚް! ލޯބީގެ ކަނޑުގައި ދޯ!" ޔާސިރު ދިމާކޮށްލި އެވެ.

"މަންޖެ މަންމަ ބުނީ، ހިތުގައި ނުޖައްސާ ގެންގުޅެވޭނެކަން ސާބިތުކޮށްދޭށޯ!" އަހަރެން ބުނީމެވެ.

"އަދި ނުވޭތަ؟"

"އާނ! އަދި އެބަ ޖެހޭ ތޮށިގަނޑު ފަޅައިފަ ނުކުންނަން."

"އެވެސް ޗެލެންޖެއްތަ؟"

"އަސްލު ކަމެއް ކާމިޔާބު މިވަނީ ގޮންޖެހުމެއް ކުރިމަތިވީމައޭ. ގޮންޖެހުމާއެކު ހިތްވަރު ކޮށްގެން ހޯދާ ކާމިޔާބީގެ އަސަރު ހުންނާނީ. ގޭގައި ނިދަން އޮއްވާ ރަޖާ އަޅައިހެން ކިތައްމެ ނިޢުމަތެއް ގައިމަތީ އެލުނަސް، އެޅިޔަސް، ގަޔަށް މެހުނަސް ނޫނީ ލިބުނަސް އޭގައި އަސަރެއް ނުހުންނާނެ."

(ނުނިމޭ)

ފަހުގެ ޚަބަރު

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

Newsletter

Get the latest news delivered straight to your inbox