ލާޒިއޯ އިން ނަޕޯލީ ބުރަކިޖައްސުވައިފި

Mar 4, 2023, 10:04 AM
ލާޒިއޯ އިން ނަޕޯލީ ބުރަކިޖައްސުވައިފި

ނޭޕްލްސް (މާޗް 4) - އިޓާލިއަން ލީގުގެ އެއް ވަނައިގައި ބޮޑު ލީޑަކާ އެކު އޮތް ނަޕޯލީން 1-0 އިން ލާޒިއޯ އަތުން ބަލިވެ، ލީގު ސީޒަނުގައި ދެ ވަަނަ ފަހަރަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެ އެވެ.

މި ނަތީޖާއާ އެކު ލާޒިއޯ ވަނީ ދެ ވަނަ އަށް ޖެހިލައިފަ އެވެ. އެ ގޮތުން، ލާޒިއޯ މި ވަގުތު ދެ ވަނައިގައި އޮތީ އެެއް ވަނައިގައި އޮތް ނަޕޯލީ އަށް ވުރެ 17 ޕޮއިންޓް ފަހަތުގަ އެވެ. ނަޕޯލީ އަށް 25 މެޗުން 65 ޕޮއިންޓް ލިބިފައިވާއިރު، ލާޒިއޯ އަށް 25 މެޗުން ހަމަކުރެވުނީ 48 ޕޮއިންޓެވެ.

ނޭޕްލްސްގެ ޑިއޭގޯ މަރަޑޯނާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ލާޒިއޯ އިން ލީޑުނަގަން ލުއިޒް އަލްބާޓޯ ނެގި ހިލޭ ޖެހުމަކުން މަޓިއަސް ވެސީނޯ ބޮލުން ޖެހި ބޯޅަ ގޯލު ރޮނގުމަތިން ސަލާމަތްކުރީ ނަޕޯލީގެ ކެޕްޓަން، ޑީ ލޮރެންޒޯ އެވެ. މެޗުގެ 15 ވަނަ މިނިޓްގައި ނަޕޯލީގެ ޕިއޮޓްރޭ ޒިއެލިންސްކީ ޖެހި ބޯޅަައިގައި މާ ބޮޑު ބާރެއް ނެތްއިރު، ލާޒިއޯ ކީޕަރު އިވާން ޕްރޮވެޑެލް ވަނީ ފަސޭހައިން އަތަށް ނަގައިފަ އެވެ.

މެޗުގައި ލާޒިއޯ އިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 66 ވަނަ މިނިޓްގައި ޖެހީ ވެސީނޯ އެވެ. އޭރިއާބޭރުން ވެސީނޯ ފޮނުވާލި ބާރު ބޯޅަ ނަޕޯލީ ކީޕަރު އަލެކްސް މެރެޓް އަށް ހުއްޓުވޭނެ ގޮތެއް ނެތެވެ. ނަތީޖާ ހަމަހަމަ ކުރަން ނަޕޯލީން ކުރި ގިނަ މަސައްކަތްތަކެއް ކާމިޔާބުނުވެ ދިޔައިރު، އިތުރު ވަގުތުގައި ލާޒިއޯ އަށް ދެ ވަނަ ލަނޑެއް ޖަހައިދޭން ސާގޭ މިލިންކޮވިޗް ސަވިޗް ޖެހި ބޯޅަ ބޭރުވީ ހުރަސްދަނޑީގައި ޖެހިފަ އެވެ.

މިއީ ނަޕޯލީ މި ސީޒަނުގައި ލީގުގައި ބަލިވި ދެ ވަނަ މެޗެވެ. އަދި މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ފަހުން އަމިއްލަ ދަނޑުގަައި ލީގުގެ މެޗެއްގައި ބަލިވި ފުރަތަމަ ފަހަރެވެ. ނަޕޯލީން މި ފަހަރު މަސައްކަތް މި ކުރަނީ 1990 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދުމަށެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox