ވޯލްޑް ކަޕް ތަށީގައި ސޯލްޓް ބޭ އަތްލި މައްސަލަ ހޫނުވެއްޖެ

Dec 21, 2022, 2:40 AM
ވޯލްޑް ކަޕް ތަށީގައި ސޯލްޓް ބޭ އަތްލި މައްސަލަ ހޫނުވެއްޖެ

ދޯހާ، ގަތަރު (ޑިސެމްބަރު 21) - އާޖެންޓީނާ އިން މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދުމަށް ފަހު ދަނޑުމަތީގައި ބޭއްވި އުފާފާޅުކުރުމުގެ ތެރެއިން ތުރުކީ އަށް ނިސްބަތްވާ މަޝްހޫރު ޝެފް، ސޯލްޓް ބޭ، ވޯލްޑް ކަޕް ޓްރޮފީ އުފުލާލައި، އުފާފާޅުކުރުންތަކުގައި ބައިވެރިވި މައްސަލައިގައި ގިނަ ފުޓްބޯޅަ ސަޕޯޓަރުން ނުރުހުންފާޅުކޮށްފި އެވެ.

ފީފާގެ ޕްރޮޓޮކޯލްގައިވާ ގޮތުން ވޯލްޑް ކަޕްގެ ޓްރޮފީގައި އަތްލުމުގެ ފުރުސަތު ލިބެނީ މުބާރާތް ކާމިޔާބުކޮށްފައިވާ ކުޅުންތެރިއަކަށް ނޫނީ ހެޑް އޮފް ސްޓޭޓް (ގައުމުތަކުގެ ވެރިން) އޭގެ އިތުރުން ފީފާ އިން ހާއްސަ ހުއްދައެއް ދީފައިވާ ފަރާތަކަށެވެ.

ދި ޓައިމްސްގެ ޗީފް ސްޕޯޓްސް ރިޕޯޓަރު ކޮށްފައިވާ ޓްވީޓެއް.

މިދިޔަ އާދިއްތަ ދުވަހުގެރޭ ޕެނަލްޓީ ޖަހައިގެން ފްރާންސް ބަލިކޮށް، އާޖެންޓީނާ އިން ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި މެޗަށް ފަހު، ސޯލްޓް ބޭ، ދަނޑުމަތީގައި އާޖެންޓީނާގެ ކުޅުންތެރިންނާ އެކު ފޮޓޯނަގައި، ވޯލްޑް ކަޕް ޓްރޮފީ ހިފައިގެން ވެސް ވަގުތު ތަކެއް ވަންދެން ހުއްޓެވެ.

އަދި އާޖެންޓީނާ ޓީމުގެ އުފާފާޅުކުރުމުގެ އެ ވަގުތުތަކުގައި ތަށްޓާ އެކު ނަގާފައިވާ ފޮޓޯ އާއި ވީޑިއޯ، އޭނާގެ ސޯޝަލް މީޑިއާގައި ސޯލްޓް ބޭ ހިއްސާކޮށްފައިވެ އެވެ.

ސޯލްޓް ބޭ އާޖެންޓީނާގެ ކުޅުންތެރިންނާއި ވޯލްޑް ކަޕްގެ ޓްރޮފީއާ އެކު ނަގާފައިވާ ފޮޓޯތަކެއް.

ފުޓްބޯޅަ ސަޕޯޓަރުންނާއި ފުޓްބޯޅަ ދިރާސާ ކުރާ ފަރާތްތަކުން ސޯޝަލް މީޑިއާގައި ފާޅުކޮށްފައިވާ ޝުއޫރުތަކަށް ބަލާއިރު، ހާއްސަ ބަޔަކަށް ވޯލްޑް ކަޕްގެ ޓްރޮފީގައި އަތްލުމުގެ ހުއްދަ ފީފާ އިން ދީފައި އޮންނައިރު، ސޯލްޓް ބޭ އަށް އެ ހުއްދަ ލިބުނު ގޮތެއް ފީފާ އިން ފުޓްބޯޅަ ދުނިޔެ އަށް ތަފްސީލްކޮށްދޭން ޖެހޭ ކަމަށެވެ.

އޭގެ އިތުރުން، ވޯލްޑް ކަޕެއް ކާމިޔާބުކޮށް، އެ ޓްރޮފީ އުފުލާލުމަކީ ފުޓްބޯޅަ ކުޅުންތެރިއެއްގެ ހަޔާތުގައި ލިބޭނެ އެންމެ ބޮޑު އެއް ކާމިޔާބީ ކަަމަށްވާއިރު، އެ ފަދަ ވަގުތުތަކެއްގައި ބާއްވާ އުފާފާޅުކުރުމުގައި ބައިވެރިވުމުގެ ފުރުސަތު އޮންނަން ޖެހޭނީ ޓީމާއި ޓީމުގެ މެމްބަރުންނާ ގުޅޭ ގާތް ފަރާތްތަކަށެވެ.

ސޯލްޓް ބޭ އަށް ޕްރޮޓޮކޯލްގެ ތެރެއިން، އާޖެންޓީނާ ޓީމާ އެކު، އެ ފުރުސަތު ލިބެން ޖެހޭ ހައިސިއްޔަތެއް އެނގެން ޖެހޭ ކަމަށް އެކި ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އަދި ވޯލްޑް ކަޕް ޓްރޮފީގައި ސޯލްޓް ބޭ އަތްލުމަކީ ގަވާއިދާ ހިލާފަށް އޭނާ ކޮށްފައިވާ ކަމެއް ކަމަށްވާތީ، ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox