ދިގު ވާހަކަ: ކެތް ކުރާނަން

ދިގު ވާހަކަ: ކެތް ކުރާނަން

17 ވަނަ ބަޔާ ގުޅޭ

"ވަރަށް ގިނަ މީހުންނަށް އޮޅިފަ އޮންނަ ކަމެއް؟" ލަބީބު ލާނެތް ގޮތަކަށް ހީނލި އެވެ.

"ތިބުނީ؟" އަހަންނަށް ލޮލަށް ގޮތެއް ހަދައިލެވުނެވެ.

"ރިޔާޒުގެ މަންމައަކީ އަހަރެންގެ މަންމަކަން." މަޑުމަޑުން ރިޔާޒު ބުނެލި އެވެ.

"ސަކަރާތް ނުޖަހާ!" އަހަރެން ބުނެލީމެވެ.

"އަހަރެންގެ ވަގު ބިޓަކީ އެ. އަމިއްލަ ކަމެއް ޤަބޫލުކުރުމަކީ. މިހާ ތެދު ވާހަކައެއް މި ގަރުނުގައި ވެސް ބުނެވޭނީ." ލަބީބު ލާނެތް ފާޑަކަށް ހީނލި އެވެ.

ހަގީގަތުގައި ވެސް އޭނާ އެ ބުނީ ތެދެކެވެ. އެކަން އަހަންނަށް ވަރަށް ރަނގަޅަށް ވެސް ސާބިތުވެއްޖެ އެވެ. އޭނާއާއި މައިދައިތައާ ދެ މީހުންގެ ފޮޓޯތައް އަހަންނަށް އޮތީ ފެނިފަ އެވެ. މިހާރު އެ ފޮޓޯތައް އަހަރެންގެ ފޯނުގައި ވެސް ހުންނާނެ އެވެ. އެއީ އަހަންނަށް ލިބުނު އައްޑަނައެކެވެ. މާދަމާގެ ހަނގުރާމައިގައި އަހަންނަށް ކުޅިފަސް ހޯދައިދޭނެ މިތުރެކެވެ. ނަމަވެސް އިހަށް އެކަން ޖެހޭނީ ސިއްރެއްގެ ގޮތުގައި ބާއްވާށެވެ. އެ ފޮޓޯތަކުގެ ބޭނުން ކުރާން ޖެހޭނީ ވާހަކައިގެ ކުންނާ ހަމައަށް ދެވުނީމަ އެވެ. ލަބީބުގެ ފިލްމު ނިމެން ކައިރިވީމަ އެވެ. އެއީ މި ފިލްމުގެ ކާލާ މަންނަ އެވެ.

"ވަގު ބިޓުންނަށް އެހައި މުސްކުޅިން ވެސް.." އަހަރެން ފާޑަކަށް ހޭން ފެށީމެވެ. "ލަބީއަށް ރަނގަޅީ މުސްކުޅީން ކަމެއް ކުރީން ނޭނގޭ."

"ތަޖުރިބާ. އެހެން ނޫނަސް ހިހޫނތަނުން ކެއުމަކީ ދިވެހީންގެ ގޮތަކީ،" ލަބީބު ނިތް އަރުވާލި އެވެ. "ސަމުސަލުން ކެއުމުން މާ ހިތްގައިމުވާނެ."

"ތެދަށް ވާހަކައެއް ބުނެފާނަންތަ؟" އަހަރެން ހަމަޖެހިލާ ލަބީބުގެ މޭމަތީގައި ބޯ އަޅައިލައިގެންނެވެ.

ބޭނުންވީ ވާހަކައިގެ ތެރެއިން ކޮންނަމުން ކޮންނަމުން ގޮސް މައުޟޫއަށް ވަންނާށެވެ. ލަބީބު ހަގީގަތަށް ވާހަކަތައް ކިޔައިދޭތޯ ބަލާށެވެ. އޭނާއަކީ ކޮން ކަހަލަ މީހެއްކަން ޔަގީންކުރާށެވެ.

"ހޫމް! އަހައިބަލަ." ލަބީބު މަޑުމަޑުން ބުނެލި އެވެ.

"ލަބީ އަސްލު އަހަރެން ދެކެ ލޯބިވޭތަ؟" ވަރަށް ފަރުވާތެރިކަމާއެކު އަހަރެން އަހައިލީމެވެ.

ލަބީބުގެ ޖަވާބެއް ނުލިބުނެވެ. އޭނާ އިސްކުރީ ހިމޭންކަމެވެ. އަހަންނަށް އެކަން މާކުރިން ވެސް އެނގެ އެވެ. ނަމަވެސް ބޭނުންވީ އެކަން ޔަގީންކުރާށެވެ. ލަބީބުގެ ތެދުވެރިކަން ވަޒަންކޮށްލާށެވެ. އޭނާއަކީ ކިހާ ތެދުވެރި މީހެއްކަން ކަށަވަރު ކުރާށެވެ. ދެވަނަ ފަހަރަށް ސުވާލު ތަކުރާރުކޮށްލީމެވެ.

"ކޮން ޖަވާބެއް ދޭންވީ؟" ލަބީބު ބުނެލި އެވެ.

"ތެދު ޖަވާބު،" އަހަރެން އިނގިލިން އޭނާގެ މޭމަތީގައި ފިރުމައިލީމެވެ. "އޯކޭ ކޮންމެ ކަހަލަ ޖަވާބަކަސް، ދޮގު ނުހެދީމަ ރަނގަޅުވާނެ."

"ހަގީގަތުގައި މީހަކަށް މީހަކު ދެކެ ލޯބިވެވޭނީ އެންމެ ފަހަރަކު. އެކަކު ދެކެ." ލަބީބު ފެށީ ތަންކޮޅެއް ދުރުދުރުންނެވެ.

އަހަރެން އޮތީ އޭނާގެ ވާހަކަ އަޑުއަހަން ކެތްމަދުވެފަ އެވެ. އެހެންވެ އޭނާ ވާހަކަ ކުރިއަށް ގެންދަންދެން ހިމޭނުން އޮތީމެވެ. ކެތްތެރިކަން އިސްކުރީމެވެ.

"ލޯބި އެއީ ކޮން އެއްޗެއްކަން އަހަންނަށް ދަސްނުވަނީސް އަހަންނަކީ މީހެއްގެ ބޭނުންތަކަށް ކާންދޭން ޖެހުނު މީހަކަށް ބަދަލުވެއްޖެ." ލަބީބުގެ އަޑުގައި ނޭނގޭ ތުރުތުރެއް ދުވެގަތެވެ.

އެކަން އަހަންނަށް ވަރަށް ރަނގަޅަށް ހާމަވި އެވެ. އޭނާގެ ހިތުގެ ވިންދަށް ބަދަލު އައިކަން ކަންފަތަށް އިހުސާސް ވެސް ކުރެވުނެވެ.

"އޭރު އަހަންނަށް ވާނީ ގާތްގަނޑަކަށް ސަތާރަ ވަރަކަށް އަހަރު. ބިޓެއް ނެގުމުގެ ވިސްނުން ހުއްޓަސް ހިތުގައިވާ ޝަރުޠުތައް ފުރިހަމަވާ ކުއްޖަކު ނުފެނި ހުރީ. އެހެން ހުއްޓާ މިކަމެއް ދިމާވީ."

އަހަރެންގެ އަތުގައި ލަބީބު ހިފައިލި އެވެ. އޭނާގެ އިނގިލިތަކުގެ ތެރެއަށް އަހަރެންގެ އިނގިލިތައް މަހައިލީމެވެ. ލަބީބު ބާރަށް ފިތައިލީ އަހަރެންގެ އަތަށެވެ. އޭނާއަށް އެ ވާހަކަތައް ކިޔައިދޭން ފަސޭހައެއް ނޫންކަން އެ ހަރަކާތްތަކުން އެނގެ އެވެ.

"މިއީ އަހަރެން ދުވަހަކު ވެސް މީހަކަށް ކިޔައި ނުދޭ ވާހަކައެއް. އަހަންނަކަށް ނޭނގެ މި ވާހަކަ ކިޔައިދޭ ހިތްވާ ސަބަބެއް. އެކަމަކު ހިތް ބުނަނީ މިރޭ އެބަ މި ވާހަކަތައް ތެދުތެދަށް ކިޔައިދޭން ޖެހެޔޭ."

"ވަރަށް އަޑު އަހާ ހިތުން މި އޮތީ." އަހަރެން އޮތީ އެ ވާހަކައިގެ އިންތިޒާރުގައެވެ.

"އަހަންނަކީ ރިޔާޒުގެ މަންމައަށް ބޮޑުދައިތަ ކިޔާ މީހެއް. އެއީ އަހަރެންގެ ބޯއްތަ. ބޮޑުދައިތަ. އަހަރެން ވަރަށް ކުޑައިރު މަންމައާއި ބައްޕަ ނިޔާވެއްޖެ. އަހަރެންގެ ހުރިހާ ކަމެއް ބަލަހައްޓަމުން ދިޔައީ ބޯއްތަ. އެހެންވެ އަހަރެން ދެކެމުން އައީ ބޯއްތައަކީ އަހަރެންގެ ނުއުފަންނަ މަންމަ ކަމަށް."

"އޯހް."

"ގިނަ މީހުންނަށް ހީވެފައި އޮންނަނީ އަހަންނަކީ ބޯއްތަގެ ދަރިއެއް ކަމަށް. އަދި ރިޔާއާ ވައްތަރު ގޮތެއް ހުރެފަ އަހަރުމެންގެ ބޮޑީ ޝޭޕް އެއްގޮތްވީމަ ބޮޑަށް އެހެން ހީވަނީ. ދެން ފަހަތުން ބަލައިލާއިރު އަހަރުމެން ވަކި ކުރާން ނޭނގޭހާ ވައްތަރުވާނެ."

"ދެން ކިހިނެއްވީޔޯ؟" އަހަރެން އަހައިލީމެވެ.

"ވަރަށް ކެތްތެރިކަން ނެތް ދޯ؟" ލަބީބު ބުނެލި އެވެ.

"އާނ! ވާހަކައިގެ ޒާތުން ހަމަ ވިންދުތައް އަވަސްވަނީ."

"ބޮޑުދައިތައަކީ އަސްލު ޒުވާން އިރު ވަރަށް ހޮޓް މީހެއް. ހޮޓް އާންޓެއް. އެހެންވީމަ ފިރިހެނުންނަށް ވަރަށް ހިތްދޫކޮށް، ހިތަށް ތީރު ހަރާ އުޅުނުކަމަށްވަނީ. އަދި ކިރިޔާ ވެސް ފުރުސަތެއް ލިބޭ އިރަށް ފުރުސަތުގެ ބޭނުން ކުރަމުން ދިޔަ މީހެއް ކަމަށްވަނީ. އަހަރެން ހަނދާން ހުރޭ، ރިޔާގެ ބައްޕަ މާލެ ދަތުރުކުރި ޒަމާނުގަ ބޭބެ ރަށުގައި ނުހުންނަ ރޭރޭ، މިގޭގައި ފިރިހެނުން ވަރަށް ތިޔާގިކަން. އޭރަކު ސަބަބެއް ނުވިސްނޭ. ހީކުރަނީ އެއީ ދެން ހަމަ ރައްޓެހިންކަމަށް. އެހެންވެ ގެއަށް ވިޒްޓްކޮށްލަނީ ކަމަށް."

"މާނައަކީ މައިޓް މިއީ ހަނދުވަރު ކުރަތްޕެކޭތަ؟" އަހަރެން އަހައިލީމެވެ.

"ނޫން! އެއީ ގޭގައި އުޅޭ ރީތި ފަތްމިންޏެއް. ހަނދުވަރު ކުރައްޕެއްނޫން. ހަނދުވަރު ކުރަތްޕެއްނަމަ ހަނދުވަރު ރީތި ރޭރޭ މަގުމަތީގައި އުޅޭނެތާ ދޯ. އެހެންނެއް ބޯއްތައެއް ނޫޅޭނެ. މަގުމައްޗަށް ގިނައެއް ނުވާނެ. ފެންނަނީ ސޯލިހެއްގެ ގޮތުގައި. އޭނާ ކުރާ ކަމެއް ކުރާނީ ނިކަން ސިއްރުން. އެހައި ޕްރޮފެޝަނަލްކޮށް."

"އެހެންތަ؟ ވަރަށް ޕްރޯ ހޮޓް މައިޓެއް ދޯ މިއީ؟" މަލާމާތުގެ ރާގުގައި އަހަރެން ބުނެލީމެވެ.

"ޔަގީނެއްނު."

"މީހުން ބުނަނީ ތެދެއް. ނުމޮށޭ ގުރާ ބާރަށް ދައިގަންނާނެދޯ." އަހަރެން ތުންފަތަށް ގޮތެއް ހަދައިލީމެވެ.

"ނޫނެކޭ. ވަގުންގެ ފޮށި ބާރަށް ބަންނާނޭ ބުނާނީ. އެއީ އެންމެ ގުޅޭ ބަހަކީ. މާނައަކީ ވަގުން ގެންގުޅޭ ތަކެތި ގެއްލި ދާނެތީ އެމީހުންގެ އެއްޗެއްސަށް މާބޮޑަށް ބަލާނޭ. އާނ އެހެންތާ ވާނީދޯ، ހަސަނަށް ހީވާނެ ވިއްޔާ ފުޅަށްބުޑުންދާ ކޮންމެ މީހަކު އުޅޭނީ ކެޔޮގަނޑު ކަނޑާށޭ. އެ އަސްލުވާ ގޮތަކީ އެ."

"ހޫން ދެން ކެޔޮގަނޑު ކަނޑައިލި ގޮތް ކިޔައިބަލަ." އަހަރެން ކެތްތެރިކަން ކޮޅުންލީ ކަހަލަ އެވެ.

"ވީގޮތަކީ އަހަރެން ކުޅެން އުޅެނިކޮށް ފަލަމަސްގަނޑު އިރައިގެން ދިޔައީ. ވަރަށް ބޮޑަށް އެންޖަރީވީ. ދެން ވަރަށް ބޮޑަށް ތަދުވާތީ ހިނގައި ވެސް ނުލެވި އޮތީ. މީހަކަށް ދައްކާކަށް ވެސް ނުކުރޭ. އޭރު ވަރަށް ލަދު ބޮޑުކޮށް އުޅޭނީ. ދެން ބޯއްތައަށް އެކަން އެނގިގެން."

"އޯހް ތެޔޮ އުނގުޅައިދިނީ ދޯ."

"ހޫމް! އެނގިއްޖެއްނު ދެން ވާނެ ގޮތް."

"ސަޅި ސީނެއް ކުޅެލީތާ ދޯ!" އަހަރެން ދިމާކޮށްލީމެވެ.

"ނޫނޭ އަސްލު އެ ދުވަހަކު ނޫން ގޯސްވީ. ބޭސް އުނގުޅާތާ ފަސްވަރަކަށް ދުވަސްވީ ފަހުން. ބޯއްތަގެ ބޮލަށް އިބިލީސް ސަވާރުވީ."

"ދެން އެކަމަކުވާ."

"ކޮބާ މައްސަލައަކީ؟" ލަބީބު އަހައިލި އެވެ.

"ފާޑަކަށް ހޮޑު ވެސް ލަވާ ގަނެއްޖެ."

"އައްދެ. އަހަރުމެން މި އުޅޭ ގޮތޯ. ހޮޑެއް ނުލަވާތަ؟ މި އަދި މާ ކަޑަކަމެއްނު." ލަބީބު ބުނެލި އެވެ.

"އަސްލު އަހަންނަކީ މި ކަހަލަ މީހެއް ނޫނޭ. އެކަމަކު ލަބީއާ ޖެހުނީމަ ނޭނގެ ހަމަ އިބިލީހަށް ކާން އެޅެނީ. ދެން ކިހިނެއް ހަދާނީ؟ އަހަރެން ބޭނުމެއް ނޫން މިކަން ތަކުރާރުވާކަށް ވެސް. އަހަރެން ބޭނުން ވަގުތުން ވަގުތަށް ތައުބާވަން. އަސްލު ނުވާނެ މިކަހަލަ ގޯސް މަގުން ހިނގާކަށް."

އަހަރެން ހިތުގައި ހުރި ހުރިހާ ވާހަކަތަކެއް އެއްފަހަރާ ބޭރުކޮށްލީމެވެ. ހިތަށް ތަސައްލީއެއް ލިބޭނެ ކަމަށް ބަލައިގެންނެވެ. ލަބީބަށް ހެޔޮ ވިސްނޭތޯ އެވެ.

"އަހަރެން ވެސް ވަރަށް މަސައްކަތްކުރަން މިކަމުން ސަލާމަތްވެވޭތޯ. އެކަމަކު ހަމަ ނުވަނީ. އޭރުން ސުރެ ގޯސްމަގުން ދެވުނީމަ އަބަދުވެސް އެ މަގުން ހިނގާ ހިތްވަނީ. އާ ރަހަތައް ތަޖުރިބާކޮށްލާ ހިތްވަނީ. އެނގޭ މި ކުރެވެނީ ރަނގަޅު ކަމެއް ނޫންކަން ވެސް. އެތައް ފަހަރަކު ހުއްޓައި ވެސް ލައިފިން. އެކަމަކު ވެސް ހަމަ ފެށެނީ. ތިބުނާ ހެން ބޮލަށް އިބިލީސް ސަވާރުވަނީ."

ހަގީގަތުގައި އަހަންނަށް ލަބީބުގެ ހަގީގަތް މި އެނގުނީ އެވެ. އެކަމަކު މި ހުރިހާ ކަމެއް އެނގުނު އިރު މިހާރު އެހެން ކަމެއް ފަރުދާގެ ފުރަގަހުގައި ކުޅެވެމުން ދާނެ އެވެ. އޭނާ ފަޟީހަތްވަމުން އެދަނީ އަހަރެން ރޯކޮށްލި އަލިފާންގަނޑުގެ ހޫނުންނެވެ. އެ ދިލަކަނިތަކުންނެވެ. އެ ހުޅުގަނޑު ނިވައިލަން ހެނދޭނެ އިތުރު ގޮތެއް ނޯންނާނެ އެވެ. އެ ހުރިހާ ދޮރެއް ބަންދުކުރީ ވެސް ޚުދު އަހަރެންނެވެ. އަހަރެންގެ މި ދެ އަތުންނެވެ. މި ކުރެވުނީ ކިހާ ބޮޑު ކަމެއް ހެއްޔެވެ؟ މި ދެވުނީ ކިހާ ބޮޑު ގެއްލުމެއް ހެއްޔެވެ؟

ވިސްނައިލެވުނީ ވާނެ ގޮތެއް ވެ ނިމުނު ފަހުންނެވެ. ފެންނަ މަންޒަރާއި ހަގީގަތާ ވައްތަރުވިޔަސް އަސްލަކީ ކޮބައިކަން ދެނެގަންނާން ޖެހެނީ މިހެންވީމަ އެވެ. މި ހަކަލަ ކިތައް ކަންތައް މީހުންނަށް ކުރެވިފައި ހުންނާނެ ހެއްޔެވެ؟ ފޮތުގެ ބޭރުގަނޑަށް ބަލައިފަ ފޮތާ މެދު ގޮތް ނިންމިފައި ހުންނާނެ ހެއްޔެވެ؟

މިހާރު ބޯ ގޮވާން ކައިރި ވެއްޖެ އެވެ. ބޮލުގައި ރިހެން ފަށައިފި އެވެ.

(ނުނިމޭ)

ކޮމެންޓް

ފަހުގެ ޚަބަރު

އެޒްޓެކް ލިޔުމެއް 186 އަހަރަށްފަހު މެކްސިކޯއަށް

ސްޕޭނުގެ އިސްތިއުމާރީ ދުވަސްވަރުގެ އެޒްޓެކް ހަޟާރަތުގެ ތާރީޚު ކިޔައިދޭ "ކޯޑެކްސް އަޒްކަޓިޓްލާން" ކުރެހުން، 186 އަހަރަށްފަހު ފަރަންސޭސިވިލާތުން މެކްސިކޯއަށް ގެންގޮސްފިއެވެ. މި ލިޔުން މެކްސިކޯއަށް ދޫކުރީ ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުމަށް 200 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ދެ ގައުމުގެ އާސާރީ ދެ ލިޔުމެއް ވަގުތީގޮތުން ބަދަލުކުރުމަށް ވި އެއްބަސްވުމެއްގެ ދަށުންނެވެ.

ކޮއްކޯފުޅުގެ ފޮތުގައިވާ ތުހުމަތުތައް ގަނޑުވަރުން ދޮގުކޮށްފި

ޕްރިންސަސް ޑަޔާނާގެ ކޮއްކޯފުޅު އާލް ޗާލްސް ސްޕެންސާ ނެރުއްވާ ފޮތެއްގައި، ޑަޔާނާގެ ޖަނާޒާގެ ކުރިން ރަސްގެފާނު ޗާލްސް ދެއްކެވި ކަމަށް ބުނާ ވާހަކަތަކެއް ބަކިންހަމް ޕެލެސްއިން ދޮގުކޮށްފިއެވެ. ގަނޑުވަރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އާއިލާގެ މީހަކު ވަކިވުމުން ލިބޭ ހިތާމައިގެ ސަބަބުން ކަންކަން ހަނދާން ހުންނަ ގޮތަށް ބަދަލު އަތުވެދާނެ ކަމަށް ރަސްގެފާނު ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

މީދަލުގެ ސިކުނޑީގެ ތެރޭގައި އިންސާނުންގެ ސެލް ހިމަނައިފި

އެމެރިކާގެ ސައިންސްވެރިން މީދަލުގެ ސިކުނޑީގައި އިންސާނުންގެ ސެލްތައް އަށަގަންނުވައިގެން ކާމިޔާބު ތަހުލީލެއް ކޮށްފިއެވެ. މި ދިރާސާގެ މައިގަނޑު ބޭނުމަކީ އިންސާނުންނަށް މެދުވެރިވާ ނަފްސާނީ އަދި ސިކުނޑީގެ ބަލިތައް ދެނެގަނެ، އެފަދަ ބަލިތަކަށް ފަރުވާ ހޯދުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ.

އެޑް ދިފާއުކުރަން ނުކުތީ ކޮންސެޓް ބާއްވާ ތަނުގެ ޔަހޫދީ ވެރިޔާ

ފަލަސްތީނަށް ތާއީދުކުރާ ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ކޮންސަޓުން ވަކިކުރުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާ އެކު، ސްޓޭޑިއަމްގެ ވެރިޔާ ރޮބަޓް ކްރާފްޓް ވަނީ ޝީރަންގެ ދިފާއުގައި ވާހަކަދައްކާފައެވެ. ކްރާފްޓް ހާމަކުރި ގޮތުގައި ޝީރަން ވަނީ ފަލަސްތީނު ހިމެނޭ ސަރަހައްދަށް އިންސާނީ އެހީގެ ގޮތުގައި ދެ މިލިއަން ޑޮލަރު ހަދިޔާކުރުމަށް އެދިފައެވެ. މީގެ އިތުރުން، މެކްލްމޯ ވަކިކުރީ އޭނާ ނަފުރަތު އުފައްދާ ވާހަކަދައްކާތީ ކަމަށާއި، ޝީރަން އަކީ އެ ސަރަހައްދުގެ ސުލްހައަށް މަސައްކަތްކުރާ ފަރާތެއްކަން ކްރާފްޓް ފާހަގަކުރިއެވެ.

މެކްލްމޯ ވަކިކުރުމުން އެހެން ފަންނާނުން ޓުއާ ބޮއިކޮޓްކޮށްފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ޓުއާ އިން ވަކިކުރުމާ ގުޅިގެން އެ ދަތުރުގައި ބައިވެރިވާ އެހެން ހުރިހާ ފަންނާނުން ޓުއާ ބޮއިކޮޓްކޮށްފިއެވެ. މީގެ ތެރޭގައި ފިނިއަސް އާއި ލޫކަސް ގްރަހަމް ފަދަ މަޝްހޫރު ފަންނާނުން ހިމެނޭއިރު، އެ ފަރާތްތަކުން ބުނެފައިވަނީ މިއީ ހައްގު ބަސް ބުނާ ފަންނާނުންގެ އަޑު ކަނޑުވާލުމާ ދެކޮޅަށް ނިންމި ނިންމުމެއް ކަމަށެވެ.

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު އެއްލައްކައަށް

ޖަޕާނުގައި އުމުރުން 100 އަހަރުން މަތީގެ މީހުންގެ އަދަދު ފުރަތަމަ ފަހަރަށް އެއްލައްކައަށް ވުރެ މައްޗަށް އަރާފައިވާއިރު، މީގެ ތެރޭގައި ގިނައީ އަންހެނުންނެވެ. މިގޮތަށް އުމުރު ދިގުވުމުގެ މައިގަނޑު ސަބަބުތަކަކީ އެ ގައުމުގެ މީހުންގެ ދުޅަހެޔޮ ކެއުމުގެ އާދަތަކާއި ހަރަކާތްތެރި ދިރިއުޅުމެވެ. ނަމަވެސް، އާބާދީ މުސްކުޅިވަމުންދާތީ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ދެމެހެއްޓުމުގައި ޖަޕާނަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.

ސިންގަޕޫރު މީހުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި

ދުނިޔޭގެ އެންމެ ދިގު އުމުރެއް އޮންނަ ގައުމުގެ ގޮތުގައި ސިންގަޕޫރު ފާހަގަވި ނަމަވެސް، އެ ގައުމުގެ ރައްޔިތުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ. ސިންގަޕޫރުގެ ހަރުދަނާ ސިއްހީ ނިޒާމުގެ ސަބަބުން އެވްރެޖް އުމުރު 85 އަހަރަށް ވުރެ މަތިވެފައިވާއިރު، ދުޅަހެޔޮ ސިއްހަތެއްގައި ހުންނަ އުމުރާއި މަރުވާ އުމުރާ ދެމެދު އޮންނަ ފަރަގު ނުވަތަ "މޯބިޑިޓީ ގެޕް" ވަނީ ކުރިއަށްވުރެ ބޮޑުވެފައެވެ.

Newsletter

Get the latest news delivered straight to your inbox