ޕާކުތައް ހަލާކުވެ ސިފަ ގެއްލިފައި، ސިޓީ ކައުންސިލުން ބުނަނީ ބަޖެޓެއް ނެތް ކަމަށް!

ކާނިވާ ސަރަހައްދުގައި ހަދާފައިވާ އިސްކަންދަރު މައިޒާން: ކުޑަކުދީން ބޭނުން ކުރަން ހުރި އުނދޯލިތައް ކެނޑިފައި. ބައެއް ސާމާނު ހަލާކުވެފައި ހުރުމުން ވަނީ ނަގާފައި. -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ކާނިވާ ސަރަހައްދުގައި ހަދާފައިވާ އިސްކަންދަރު މައިޒާން: ކުޑަކުދީން ބޭނުން ކުރަން ހުރި އުނދޯލިތައް ކެނޑިފައި. ބައެއް ސާމާނު ހަލާކުވެފައި ހުރުމުން ވަނީ ނަގާފައި. -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އެ ދުވަހު އެ ޕާކުތައް އޮތީ ކުޑަކުދިންނާއި އާއިލާ ތަކުން ފުރިފަ އެވެ. އެ މައިޒާންތަކުން އިވެމުން ދިޔައީ އުފާވެރި އަޑުތަކެވެ. ނަމަވެސް މިއަދުގެ މަންޒަރު ބަދަލުވެއްޖެ އެވެ. މާލޭގައި ހަދާފައި ހުރި ބައެއް ޕާކްތައް އޭގެ ރީތިކަމުގައި ހުރި ނަމަވެސް، ބައެއް ތަންތަން ހަލާކުވެ، ޕާކެއްގެ ސިފަ ވެސް ނެތެވެ. ބައެއް ތަންތަން ކުދިންނަށް ރައްކާތެރިއެއް ވެސް ނޫނެވެ.

ފުޑް ކޯޓުގެ ދެކުނުން އޮންނަ ޕާކުގެ ހާލަތު. މި ޕާކުގައި ކުރިން ހުރި ރީތި ކަމާއި ނަލަކަން ވަނީ ގެއްލިފައި. ޕާކުގައި ހުރި ގިނަ އެއްޗެހި ހަލާކުވެފައިވާއިރު މިހާރު އާއިލާތަކުން ހިތް އުފާކޮށްލަން މި ތަނަށް ޒިޔާރަތް ކުރާ ވަރު މަދު. -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ތިން ރުއް ޕާކު ސަރަހައްދުގައި ބެހެއްޓުނު ސުނާމީ ބިނާ އާއި، ފުޑް ކޯޓްގެ ދެކުނުން އޮންނަ ޕާކާއި، ކާނިވާ ސަރަހައްދުގައި ހަދާފައިވާ އިސްކަންދަރު މައިޒާންގެ އޭރުގެ ފޮޓޯ އަކާއި މިހާރުގެ ފޮޓޯއެއް ބަލައިފިނަމަ ބަދަލުވެފައިވާ މިންވަރާއި އިހުމާލުވި މިންވަރު ވަޒަން ކުރެވޭނެ އެވެ.

Advertisement

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުގެ ހަރަދުގައި ހެދި އެ ޕާކްތައް ބެލެހެއްޓުމުގެ ޒިންމާ ކައުންސިލަށް އޮތަސް، އެ ޒިންމާ އޭރު ނަގަމުން ދިޔައީ ސަރުކާރުންނެވެ. ނަމަވެސް 2018 ގެ ނޮވެމްބަރުގައި އިންތިހާބުކުރި އާ ވެރިކަމާއެކު ޕާކްތައް ބެލެހެއްޓުން ސިޓީ ކައުންސިލަށް ދޫކޮށްލި އެވެ.

މިހާރު މާލޭ ސިޓީގެ މޭޔަރަކަށް ހުންނެވީ ކުރިން ޕާކްތައް ހެއްދެވުމުގައި އިސްކޮށް ހުންނެވި، އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ.

ފުޑް ކޯޓުގެ ދެކުނުން އޮންނަ ޕާކު : މި ފެންއަރުވާ ވަޑާމުގެ ހިދުމަތް ނުލިބޭތާ އެތައް ދުވަހެއް ވެއްޖެ --  ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
ފުޑް ކޯޓުގެ ދެކުނުން އޮންނަ ޕާކު : މި ފެންއަރުވާ ވަޑާމުގެ ހިދުމަތް ނުލިބޭތާ އެތައް ދުވަހެއް ވެއްޖެ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ކާނިވާ ސަރަހައްދުގައި ހުންނަ ޕާކު : މި ފެންއަރުވާ ވަޑާމުގެ ހިދުމަތް ނުލިބޭތާ އެތައް ދުވަހެއް ވެއްޖެ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އަޅުގަނޑުމެން ސާވޭއެއް ހެދިން. (ޕާކްތައް) މަރާމާތުކުރުމަށްޓަކައި ކަންކަން ދެނެގަނެ އެކަމަށް ދާނެ ހަރަދު ބެލިން. ވަރަށް ބޮޑު ހަރަދެއް އެބަ ހިނގާ މިތަންތަން ހަދަން. ވަރަށް ބޮޑަށް ނެގްލެކްޓް ކޮށްލާފަ މި ޕާކުތައް ހުރީ އަޅުގަނޑުމެންނާ މި ދައުރުގަ ޕާކުތައް ހަވާލުވީއިރު،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވާ ގޮތުގައި ޕާކުތައް ހަލާކުވީ ކުރިން އޮތް ސިޓީ ކައުންސިލްގެ އިހުމާލުގެ ސަބަބުންނެވެ. އެ ވިދާޅުވަނީ 2021 ވަނަ އަހަރު ޕީޕީއެމްގެ މެޖޯރިޓީ އޮތް ސިޓީ ކައުންސިލު އިންތިހާބުވެ މަގާމާ ހަވާލުވުމާ ހަމައަށް ޕާކުތައް އެއްވެސް ވަރަކަށް ނުބެލެހެއްޓި ދިޔަ ވާހަކަ އެވެ.

ކުރިން ވެސް އަދި މިހާރު ވެސް ޕާކުތައް ރަނގަޅަށް ނުބެލެހެއްޓެ އެވެ.

މުއިއްޒުގެ މޭޔަރު ކަމުގައި ޕާކުތަކުގެ ސާވޭއެއް ކުރި އެވެ. އެ ސާވޭ ހެދިތާ އަހަރެއް ވެފައިވާއިރު، ޕާކުތަކުގެ ހާލަތަށް ބަދަލެއް ގެނައި ތަނެއް ނުފެނެ އެވެ. ހަލާކުވާ ތަނެއް، އެއްޗެއް ނުހެދެ އެވެ. އެހެންވެ، ކުރިން ހުރި ހިތްގައިމުކަން އެ ވަނީ ގެއްލިފަ އެވެ.

ސުނާމީ ބިނާ ހުރި ސަރަހައްދު ވަރަށް ބޮޑަށް ހަލާކުވެފައި ވާއިރު، މުއިއްޒު ވިދާޅުވީ އެތަނުގެ ތޮށިގަނޑު ހެދުމާއެކު މުޅި ޕާކް މަރާމާތު ކުރަންޖެހޭ ކަމަށެވެ. އެކަމަށް ހޭދަވާނެ ހަރަދު ބޮޑު ކަމަށާއި މަސައްކަތް ވެސް ބުރަ ކަމަށް އޭނާ ފާހަގަ ކުރެއްވެވި އެވެ.

މިހާރު މުއިއްޒު ވިދާޅުވަނީ ޕާކުތަކުގެ މައްސަލަ ހައްލު ނުވެ އޮތީ ބަޖެޓް ނެތުމުން ކަމަށެވެ.

އެވަރުގެ ބަޖެޓެއް އަޅުގަނޑުމެންގެ އަތުގައި ނެތިގެން ޕާކުތައް މަރާމާތު ނުކުރެވި ލަސްވެގެން ގޮސްފައި މިވަނީ" މުއިއްޒު ވިދާޅުވި އެވެ.

ސުނާމީ ބިނާ ހުރި ތިން ރުއް ޕާކު : މިވަގުތު
ސުނާމީ ބިނާ ހުރި ތިން ރުއް ޕާކު : މިވަގުތު

ސުނާމީ ބިނާ ހުރި ތިން ރުއް ޕާކު : މިވަގުތު ފެންނަނީ ތަނަށް ވަންނަ މީހަކަށްވެސް ނުރައްކާތެރި ތަނެއްގެ ގޮތުގައި -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އެހެންވެ، މިހާރު ވިސްނުން ހުރީ އަމިއްލަ ހަރަދުގައި ޕާކުތައް ހަދައިދޭނެ ބަޔަކު ހޯދުމެވެ.

"މި ބަލަނީ އެއްގޮތުން ނުވިއްޔާ އަނެއް ގޮތުން ވެސް އަޅުގަނޑުމެންގެ ކެޕޭސިޓީގައި މި ތަންތަން ހެދޭނެ ގޮތްތައް ހޯދަން،" އޭނާ ވިދާޅުވި އެވެ.

ތޮއްޖެހިފައިވާ މި މާލޭގައި ހަމަ ނޭވާއެއް ލުމަށް ނުކުމެ ތިބެވެން ހުރި އެފަދަ ތަންތަނާއި، ކުދިން ގޮވައިގެން ކުޅެލައި އުފާކޮށްލަން ހުރި ޕާކްތަކަށް އަލުން ކުލަ އާއި ދިރުން ގެންނަންޖެހެ އެވެ. އެކަން ކުރާނެ ގޮތެއް އަވަހަށް ހޯދައި، މައްސަލަ ހައްލުކުރަން ޖެހެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox