މެނިފެސްޓޯއަށް ރުޖޫއަވެ މަސްވެރިންނަށް ވީ ވައުދުތައް ފުއްދަން ނަޝީދު ސަރުކާރަށް ގޮވާލައިފި

ރައީސް މުހައްމަދު ނަޝީދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން. އެމަނިކުފާނު ވަނީ މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރެވޭނެ ގޮތްތައް އެމްޑީޕީގެ މެނިފެސްޓޯގައި ހުންނާނެ ކަމަށް ވިދާޅުވެފައި --- ފޮޓޯ: ހުސައިން ޝަޔާހު/އަދަދު

ރައީސް މުހައްމަދު ނަޝީދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން. އެމަނިކުފާނު ވަނީ މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރެވޭނެ ގޮތްތައް އެމްޑީޕީގެ މެނިފެސްޓޯގައި ހުންނާނެ ކަމަށް ވިދާޅުވެފައި --- ފޮޓޯ: ހުސައިން ޝަޔާހު/އަދަދު

ދެކުނުގެ މަސްވެރިކަން އިންތިހާއަށް ރަނގަޅުވެ, މަސް ގަންނަ މިންވަރު މިފްކޯއިން ލިމިޓުކުރުމާ ގުޅިގެން އެމްޑީޕީގެ މެނިފެސްޓޯއަށް ރުޖޫއަވެ މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ގޮވާލައްވައިފި އެވެ.

މިފްކޯގެ ކެޕޭސިޓީއަށްވުރެ އިތުރަށް މަސް ބާނަމުންދާތީ އިއްޔެ އިން ފެށިގެން ދޯންޔަކުން ފަސް ޓަނުގެ މަސް ގަތުމަށް އެ ކުންފުނިން ވަނީ ނިންމާފަ އެވެ. އެކަމާ ގުޅިގެން މަސްވެރިންގެ ނުރުހުން މިފްކޯއަށާއި ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. މަސްކިރުން ދަތިވެ ލިމިޓު ކުރުމާ ގުޅިގެން ގިނަ އަދަދެއްގެ މަސްވެރިން ފޯނުން ގުޅައި ޝަކުވާ އުފުލި ކަމަށް ނަޝީދު މިއަދު ވިދާޅުވި އެވެ.

މިއަދު "ކެޔޮޅާ މިއީ އަހަރުމެން ބުނި ގޮތެއް ނޫން" ނަމުގައި ނެރުއްވި ބަޔާނެއްގައި ނަޝީދު ވަނީ ސަރުކާރުން މަސްވެރިކަމާ ގުޅޭގޮތުން ގެންގުޅޭ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން، ސަރުކާރުގެ ކުންފުނިތަކަށް މަސްވެރިކަމުގެ ސިނާއަތް ކުރިއަށް ގެންދެވެން ނެތްކަން ހާމަވަމުން ދާތާ އެތައް ދުވަހެއް ވެފައިވާ ކަމަށް ނަޝީދު މިއަދު ވިދާޅުވި އެވެ.

"އަނެއްކާވެސް ސަރުކާރަށް ދަންނަވާން އޮތީ، އެމްޑީޕީގެ މެނިފެސްޓޯގެ މަގަށް ރުޖޫއަވުމަށެވެ. ވީ ވައުދު ފުއްދުމަށް މަސައްކަތް ކުރުމަށެވެ. ސަރުކާރުގެ ކުންފުނިތަކުގެ ދަރަނި ބޮޑުކޮށް އެތަންތަނުގެ ފިނިގުދަން ޖާގައާއި ކާރުހާނާ ޖާގަ ބޮޑު ކުރުން ހުއްޓާލުމަށެވެ،" ނަޝީދުގެ ބަޔާނުގައި ލިޔުއްވާފައިވެ އެވެ.

އޭގެ ބަދަލުގައި ރަށު ކައުންސިލްތަކާއި، މަސްވެރިންނާއި ވިޔަފާރިވެރިންނަށް ހިއްސާވެވޭނެ ނިޒާމަކުން ހިންގާ ކުދި މަސް ފެކްޓްރީތައް ހެދުން އަވަސް ކުރުމަށް ނަޝީދު ގޮވާލެއްވި އެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އަބަދުވެސް އޮންނަނީ ދައުލަތުގެ "ކޮންޓްރޯލް" ގެ ދަށުގައި ކަމަށާއި 2012 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރު ބަދަލުކުރުމަށް ފަހު މަސް ގަތުމުގެ ސިޔާސަތަށް އޭރުގެ ސަރުކާރުން ގެނައި ބަދަލާއެކު މަހުގެ އަގު ދަށްވެގެން ދިޔަ ކަމަށް ނަޝީދު ފާހަގަކުރެއްވި އެވެ.

އެމްޑީޕީގެ ދެވަނަ ވެރިކަމެއް ގާއިމުކުރުމަށް 2018 ވަނަ އަހަރު އެކުލަވާލި މެނިފެސްޓޯގައި ބަޔާންކޮށްފައިވާ "ނޫ އިގްތިސާދު" ގެ ނާރެހަކީ މަސްވެރިކަމުގެ ނަފާ ފުރިހަމައަށް ހޯދުން ކަމަށް ނަޝީދު ވިދާޅުވި އެވެ. އެގޮތުން، "ގެދޮށު މަސް ޕްލާންޓު" ސިޔާސަތުގެ ދަށުން މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ނަޝީދު ފާހަގަކުރެއްވި އެވެ. އެގޮތުން، ދުނިޔޭގެ ގައުމުތަކުގައި މި ސިޔާސަތު ކާމިޔާބުކަމާއެކު ހިނގަމުންދާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

މިދިޔަ އާދިއްތަ ދުވަހު 770 ޓަނުގެ މަސް އަދި އިއްޔެ 620 ޓަނުގެ މަސް ބާނައިގެން މަސްވެރިން އައިސް ތިބި ކަމަށާއި އެވެރެޖުކޮށް ދޯންޏަކަށް 12 ޓަނުގެ މަސް ބާނަމުންދާއިރު ބޮޑެތި ދޯނިފަހަރުތަކުން 25 ޓަނާއި 60 ޓަނުގެ މަސް ބާނަމުންދާ ކަމަށް މިފްކޯއިން ހާމަކޮށްފައިވެ އެވެ. ކޯލްޑު ސްޓޯރޭޖުތައް ފުރެމުންދާތީ ޖާގަ ހެދުމުގެ ގޮތުން މެދުކެނޑުމެއްނެތި ކެރިއާ ބޯޓުތައް ގެނެސްގެން ލޯޑުކޮށް އެކްސްޕޯޓު ކުރުމުގެ މަސައްކަތް ވެސް މިފްކޯއިން އަންނަނީ ކުރަމުންނެވެ.

ނަމަވެސް، އަދިވެސް މަސްވެރިންނަށް އެންމެ އެދެވޭ މިންވަރަށް މަސްކިރުމުގެ ކަންކަން މިފްކޯއަށް ކުރިއަށް ނުގެންދެވެ އެވެ. އެކަން ހައްލުކުރުމަށް އަމާޒުކޮށްގެން މިފްކޯއަށް މަސް ގަންނަ މިންވަރު އިތުރުކުރުމަށާއި، ފިނިކޮފައި މަސް ބެހެއްޓޭ ޖާގަ އިތުރުކުރުމަށް މަޝްރޫއުތައް ވަނީ ފަށައިފަ އެވެ.

އެގޮތުން، ކޫއްޑޫ ބަނދަރު ގެ ޖާގަ ކުޑަވުމާއެކު މަސްވެރިކަން ކުރާ ބޮޑެތި އުޅަނދުތައް އެބަނދަރުގެ ބޭނުންކުރަން ދަތިތަކަކާއި ކުރިމަތިވެ މަސްވެރިކަމުގެ ފަހި މޫސުމްގައި މަސްކިރުން ލަސްވާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ފަޅުގެ ޖާގަ ބޮޑުކޮށް، ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ އިތުރު ކުރުމަށް ވަނީ ނިންމައިފަ އެވެ. މި މަޝްރޫއުގެ ދަށުން ކޫއްޑޫގެ ކޯލްޑް ސްޓޯރަށް އިތުރުކުރެވޭ 4،000 ޓަނާއެކު ޖުމްލަ 6،000 ޓަނަށް ޖާގަ އިތުރު ވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox