ޔާމީނަށް ހުކުމްނުކޮށްފި ނަމަ ދައުލަތުގެ އިދާރާތަކަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެމްޑީޕީން ދީފި

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޭނާ ވިދާޅުވީ ވަގުން ޖަލަށް ނުލެވޭ ނަމަ އެމްޑީޕީއަށް ވޯޓްދޭން ޖެހޭ ސަބަބެއް ނެތްކަމަށް.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޭނާ ވިދާޅުވީ ވަގުން ޖަލަށް ނުލެވޭ ނަމަ އެމްޑީޕީއަށް ވޯޓްދޭން ޖެހޭ ސަބަބެއް ނެތްކަމަށް.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާތައް އެމަނިކުފާނުގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި ހުކުމްނުކޮށްފި ނަމަ "ވަކިކުރަން ޖެހޭ ކޮންމެ ބައެއް" ވަކި ކުރާނެކަމުގެ އިންޒާރު ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ރައްޔިތުންގެ މަޖިލީހުގައި މިއަދު ދީފި އެވެ.

މަޖިލީހުގެ މިއަދު ޖަލްސާގައި ވާހަކަ ދައްކަވަމުން އެ މަޖިލިހުގެ ސުޕަމެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ކޯޓުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އަދި ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރުމުން އެކަމަށް ވެސް އާޒިމް ފާޑުވިދާޅުވި އެވެ.

ޔާމީން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން އިއްވީ "އަޖައިބުވާ ވަރުގެ ހުކުމެއް" ކަމަށް އާޒިމް ވިދާޅުވި އެވެ. ދައުލަތުގެ ގިނަ އަދަދެއްގެ ފައިސާ ޔާމީނުގެ އެކައުންޓުގައި ހުރި ކަމަށް ފަނޑިޔާރުންގެ ބެންޗުން އިއްތިފާގުވުމަށްފަހު ވެސް ކުށް ސާބިތުނުވުން ބަލައިނުގަނެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެފަދަ ކަންކަން ވެގެން ދާއިރުގައި، ބޮޑެތިު ކޯޓްތަކުން ކަންކަން ނިންމާއިރުގައި އެބަ ބަލައިލަން ޖެހޭ، މިއީ ހަމަ ހަގީގަތުގައި ވެސް ދައުލަތުގެ ފައިސާ އަޅުގަނޑުމެން އަޖައިބުވާ ވަރަށް، އިންތިހާއަށް އަޖައިބުވާ ވަރަށް ނަގައި އެކައުންޓަށް ލާފައި ހުރި މީހަކު ހަމަ ދޫކޮށްލަންވީތޯ، މާލެތެރެއަށް ދޫކޮށްލައިގެން ދޭތެރޭ ގައުމާ ދޭތެރޭ ޖައްސަމުން ބޭނުން ރަށަކަށް އަރަމުންދާން ފުރުސަތު ދޭންވީތޯ،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ޔާމީން "ހުއްޓުވުމަށް" ރައްޔިތުން ބޭނުންވާ ކަމަށާއި ފަނޑިޔާރުން އެކަންނުކޮށްފި ނަމަ އެއީ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެމްބަރުން ވެސް ވަކި ކުރަންޖެހިދާނެ ކަމަށެވެ.

"ރައްޔިތުން ބުނީ އަޅުގަނޑުމެން އެކަން ހުއްޓުވާށޭ. ފަނޑިޔާރުން އެކަން ނުކޮށްފިއްޔާ އަޅުގަނޑުމެން މިތިބީ އަޅުގަނޑުމެން ވަކިކުރަން ޖެހޭ ކޮންމެ ބައެއް ވަކިކުރަން ނުކުމެ ތައްޔާރަށް،" އާޒިމް ވިދާޅުވި އެވެ.

ދައުލަތުގެ ފައިސާ އިންތިހާއަށް ނަގައިގެން ތިބި މީހުން ޖަލަށް ނުލެވޭ ނަމަ ރައްޔިތުން އެމްޑީޕީއަށް ވޯޓްދޭން ޖެހޭ ސަބަބެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ގޯސްކޮށް ކަންތައްތައް ކުރާ ފަރާތްތައް ވަކިނުކޮށް މަޖިލީހުން ތިބޭ ނަމަ އެއީ ރައްޔިތުންނަށް ވާ އިހުމާލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔާމީނު ދޫކޮށްލާފައި ބެހެއްޓުމަކީ އެއްވެސް ރައްޔިތަކު ގަބޫލުކުރާނެ ކަމެއް ނޫން ކަމަށާއި ފަނޑިޔާރުންނާއި ޖުޑިޝަލް ސާވިސް ކޮމިޝަނުން ވެސް ވިސްނާ ފިކުރުކުރަން ޖެހޭ ކަމެއް ކަމަށް ވެސް އާޒިމް ވިދާޅުވި އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox