ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީގެ ރާޝިދު ކާމިޔާބު ކުރައްވައިފި

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީން ވާދަކުރެއްވި ކެންޑިޑޭޓް މުހައްމަދު ރާޝިދު. ވަގުތީ ނަތީޖާ ދައްކާ ގޮތުން އިންތިހާބު ކާމިޔާބުކުރެއްވީ އޭނާ

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީން ވާދަކުރެއްވި ކެންޑިޑޭޓް މުހައްމަދު ރާޝިދު. ވަގުތީ ނަތީޖާ ދައްކާ ގޮތުން އިންތިހާބު ކާމިޔާބުކުރެއްވީ އޭނާ

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާއަށް މެމްބަރަކު ހޮވަން މިއަދު ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝީދު (ރާޑޯ) އެ އިންތިހާބު ކާމިޔާބުކުރައްވައިފި އެވެ.

އިންތިހާބުގައި ރާޝިދާ އެންމެ ބޮޑަށް ވާދަކުރެއްވީ އިދިކޮޅު, ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމެވެ. އަލަށް އިންތިހާބަކަށް ނުކުތް, އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލްހަންނާނު އިދުރީސްއަށް މާބޮޑު ތަރުހީބެއް ނުލިބެ އެވެ.

ވަގުތީ ޖުމްލަ ނަތީޖާ ދައްކާ ގޮތުން ރާޝިދަށް ލިބިވަޑައިގަތީ 1401 ވޯޓެވެ. ފަތުހީއަށް ލިބިވަޑައިގަތީ 1161 ވޯޓެވެ. ވޯޓުގެ ތަފާތަކީ 240 ވޯޓެވެ.

ދާއިރާގެ މައިރަށް ކޮމަންޑޫގައި ބެހެއްޓި އެރަށުގެ (2) ނަމްބަރު ފޮށިން ރާޝިދަށް 159 ވޯޓް ލިބިވަޑައިގެންނެވި އިރު ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމަށް ލިބިވަޑައިގެންނެވީ 92 ވޯޓެވެ. އެމްއެންޕީގެ ކެންޑިޑޭޓް ހަންނާނަށް އެ ފޮށިން ލިބިވަޑައިގެންނެވީ 64 ވޯޓެވެ. ބާތިލުވީ ދެ ވޯޓެވެ.

ކޮމަންޑޫގައި ބެހެއްޓި އެރަށުގެ (1) ނަމްބަރު ފޮށިން ރާޝިދަށް 144 ވޯޓް ލިބިވަޑަައިގެންނެވި އިރު ފަތުހީއަށް ލިބިވަޑައިގެންނެވީ 152 ވޯޓެވެ. ހަންނާނަށް އެ ފޮށިން ލިބިވަޑައިގެންނެވީ 37 ވޯޓެވެ. ބާތިލުވީ ތިން ވޯޓެވެ.

މަރޮށީގައި ބެހެއްޓި ފޮށިން ރާޝިދަށް 161 ވޯޓް ލިބިވަޑަައިގެންނެވި އިރު ފަތުހީއަށް ލިބިވަޑައިގެންނެވީ 95 ވޯޓެވެ. ހަންނާނަށް އެ ފޮށިން ލިބިވަޑައިގެންނެވީ 41 ވޯޓެވެ. އެ ފޮށީގައި ބާތިލު ވޯޓުގެ އަދަދަކީ 10 އެކެވެ.

ފޯކައިދޫގައި ބެހެއްޓި އެރަށުގެ (1) ނަމްބަރު ފޮށިން ކުރީގައި އޮތީ ފަތުހީއެވެ. އޭނާއަށް 202 ވޯޓް ލިބިވަޑައިގެންނެވި އިރު ރާޝިދަށް ލިބިވަޑައިގެންނެވީ 195 ވޯޓެވެ. ހަންނާނަށް އެ ފޮށިން ލިބިވަޑައިގެންނެވީ އެންމެ 13 ވޯޓެވެ.

ފޯކައިދޫގެ (2) ނަމްބަރު ފޮށިން އެހެން ނަމަވެސް ބޮޑު ތަފާތަކުން ކުރި ހޯއްދެވީ ރާޝިދެވެ. އޭނާއަށް އެ ފޮށިން 223 ވޯޓް ލިބިވަޑައިގެންނެވި އިރު ފަތުހީއަށް ލިބިވަަޑައިގެންނެވީ 204 ވޯޓެވެ. ހަންނާނަށް ލިބިވަޑައިގެންނެވީ އެންމެ 11 ވޯޓެވެ. އެ ފޮށިން އަށް ވޯޓް ބާތިލުވި އެވެ.

މާލޭގައި، އިސްކަންދަރު ސްކޫލްގައި ބެހެއްޓި ދެ ފޮށީގެ ތެރެއިން މިހައިތަނަށް ގުނާފައި ވަނީ (2) ނަމްބަރު ފޮށްޓެވެ. އެ ފޮށިން ރާޝިދަށް 234 ވޯޓް ލިބިވަޑައިގެންނެވި އެވެ. ފަތުހީއަށް ލިބިވަޑައިގެންނެވީ 178 ވޯޓެވެ. ހަންނާނަށް 69 ވޯޓެވެ.

މާލޭގައި ބެހެއްޓި ދެވަނަ ފޮށިން ރާޝިދަށް 280 ލިބިވަޑައިގެންނެވި އިރު ފަތުހީއަށް 242 ލިބިވަޑައިގެންނެވީ ވޯޓެވެ. އެ ފޮށިން ހަންނާނަށް ލިބިވަޑައިގެންނެވީ 88 ވޯޓެވެ. ބާތިލުވީ ނުވަ ވޯޓެވެ.

ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަން ބާއްވަން ޖެހުނީ އެދާއިރާގެ މެމްބަަރަކަށް ހުންނެވި ހުސައިން ވަހީދު އަވަހާރަވުމުންނެވެ. މީގެ ކުރީގެ އިންތިހާބުތުގައި ވެސް ކޮމަންޑޫ ދާއިރާގެ ތާއީދު ލިބެމުން އައީ އެމްޑީޕީއަށެވެ. ހުސައިން ވަހީދުގެ ކުރިން އެ ދާއިރާގެ މެމްބަރަކަށް ހުންނެވީ އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox