ދިގު ވާހަކަ: ތޫފާން

ދިގު ވާހަކަ: ތޫފާން

(އަށް ވަނަ ބަޔާ ގުޅޭ)

ކޮންމެ ވެސް ވަރަކަށް ވިސްނާން މަޖުބޫރުވީއެވެ. ސިކުނޑިން ދިޔަ ފެލައިގެން ނަމަވެސް އެ ކަން ހަނދާން ވޭތޯ އުޅެން ޖެހުނީއެވެ.

ދަތްޕިލަ ޖައްސައިލަމުން ބާރުކޮށްލީމެވެ. މޫނާއި ބޮލަށް ވާންކޮށްލީމެވެ. ހަނދާންތަކެއްގެ ކުލަވަރު މަޑުމަޑުން ތިލަވާން ފެށިއެވެ. ކުލަ ނުވާ ތަސްވީރުތަކެއްގެ ގޮތުގައެވެ. ހީވަނީ ކަޅާއި ހުދުގެ ފިލްމެއްގެ މަންޒަރުތަކެއް ހެންނެވެ. ހިޔަނިތަކެއް ފަދައިން ތަސްވީރުތައް ހަރަކާތް ކުރަމުންދިޔައެވެ.

Advertisement

"ރިޔާޝާ." އިވެންފެށީ ސީދާ އަހަރެންގެ ހަޅޭއްކުގެ އަޑެވެ.

އެ އަޑުގެ ފަހުން ދެން އިވެން ފެށީ އަންހެނެއްގެ ވިހަ ޖުމުލަ ތަކެކެވެ.

"ވަރަށް ޖޭ ވެއްޖެ ދޯ."

އަހަންނަށް ހިންދިރުވާލެވުނެވެ. ކަންފަތާ ދިމާއަށް އަތް ހިއްލައިލެވުނެވެ. ހިތްދަތި އެ އަޑުތަކާއެކު ކުލަ ނުވާ އެ މަންޒަރުތަކުން ހަނދާންތަކުގެ މަކާނު ހުޅުވެމުންދާހެން ހީވަމުން ދިޔުމުންނެވެ.

"އަހަރެން ދުޢާ ކުރާނަން ކަލޭއަށް މޮޅު ގޮތެއް ނުވޭތޯ. ރަނގަޅު ގޮތެއް ނުވޭތޯ. ކަލޭ މީހަކާ އިނަސް އެ މީހެއް ފުށުން ކަލޭއަށް އަރާމެއް އުފަލެއް ނުލިބޭތޯ، އޭރުންތާ ކަލޭއަށް އަހަރެންގެ ފުށުން ލިބުނު އުފާތަކުގެ އަލާ ނުކެނޑި އަބަދުމެ ހުންނާނީ."

"ނޫން. ނޫން. އެ ކަހަލަ ދުޢާ ކުރާކަށް ނުވާނެ. އެހެން ބުނާކަށް ނުވާނެ." އަހަންނަށް ބާރުބާރަށް ބުނެލެވުނެވެ.

ޔަލްވީ އަހަރެންގެ އަތުގައި ހިފައިލިއެވެ. އޭނާގެ ފިރުމުންތަކުގެ ސަބަބުން އަހަންނަށް ހަމަޖެހިލެވުނެވެ.

"ދިރިއުޅުމަކީ އިމްތިހާނެއް. ދުނިޔެއަކީ ތޮށަޅިދުޅައަށް ހިނގަމުންދާތަނެއް. އަބަދު އެއްގޮތަކަށް ކަންތައްތަކެއް ނޯންނާނެ. ބަދަލުވާނެ. ބަދަލު އަންނާނެ،" ޔަލްވީގެ ނިޔަނެތި އަޑުން ލޯތްބާއެކު ބުނެލިއެވެ. "ދިރިއުޅުމުގެ ދަތި ގޮތްތައް ދިމާވުމަކީ އާޚިރަތަށް ގެންދަން ލިބޭ ބައި އިތުރުވާނެ ކަމެކޭ މީހުން ކިޔާތީ އިވޭ."

ޔަލްވީގެ މާނަފުން އެނެހަސް އިބުރަތުން ފުރިގެންވާ ބަސްކޮޅު އިވިފައި އަހަންނަށް ވިސްނައިލަން މަޖުބޫރުވިއެވެ. އޭނާއާ މެދު ހިތުގައި ކޯދުލަމުން ދިޔަ އިހުސާސްތައް ދެ ގުނަވަން ފެށުނެވެ. ވާހަކަދައްކާ ހިތްވާ މިންވަރު އިތުރުވާން ފެށި އެވެ.

"ކަންކަން ހިއްސާކުރުމަކީ ސިކުނޑިއަށް ލުއިކަން ލިބޭނެ ކަމެއް. ވެގެން އުޅޭގޮތެއް ބުނެދީފި ނަމަ ވަރަށް އުފާވާނަން." ދެވަނަ ފަހަރަށް އަހަރެންގެ އަތުގައި ފިރުމައިލަމުން ޔަލްވީ ބުނެލި އެވެ.

"ބަދަލުގައި އަހަންނަށް އޮތީ ކޮންކަމެއް؟" އަހަރެން ބޭނުންވީ ޔަލްވީގެ ހިތް ކިޔައިލާށެވެ.

"ޔަނާލް ބޭނުންވަނީ ކޮންކަމެއް؟" ސުވާލުގެ ޖަވާބަކަށް ޔަލްވީ ކުރިމަތި ކުރުވީ ސުވާލެކެވެ.

"އެއްވެސް ކަމެއް ބޭނުމެއް ނޫން. އެކަމަކު އަހަންނަށް މި ވަގުތު އޯގާތެރިކަން ވަރަށް ބޭނުންވާހެން ހީވަނީ،" އަހަންނަށް ބުނެލެވުނެވެ. "ގާތް ރަހުމަތްތެރިއެއްގެ ފިރުމުންތައް ބޭނުން ކަމަށް ސިކުނޑި ބުނަނީ."

"އަހަރެން ގަބޫލުކުރާ ހަގީގަތެއް އޮވޭ،" ޔަލްވީ ފުން ނޭވާއެއް ބޭރުކޮށްލި އެވެ. "މީހަކާ އަލަށް ބައްދަލުވެ އޭނާގެ ވާހަކަތައް އަޑު އެހިއްޖެ ކަމަށްވާނަމަ އެ ވާހަކަތައް އަޑުއެހި މީހާގެ ބޮލުގައި ޒިންމާއެއް އެޅޭނެކަމަށް."

"މާނައަކީ؟" އަހަންނަށް ވިސްނައިލަން އުނދަގޫވި އެވެ.

"މާނައަކީ އެ މީހާގެ ވާހަކަތަކަށް އިޚުތިރާމު ކުރުމުގެ މާނައަކީ އެ ވާހަކަތައް އަޑުއަހައިލުމެއް އެކަންޏެއް ނޫނޭ. އެ ވާހަކަތަކުން ތިމާއަށް ކޮށްދެވޭނެ ކަމެއް އޮތްނަމަ އެކަންތަކަށް މަދަދުވެރިވުން. އަޅައިލުން. އޯގާތެރިވުން،" ޔަލްވީ ފުން ނޭވާއެއް ބޭރުކޮށްލިއެވެ. "ދުނިޔޭގައި އިންސާނުން ލައްވާފައިވަނީ އެކަކު އަނެއްކަކަށް އެހީތެރިވެ އޯގާތެރިވުމަށް. އެކަކު އަނެއްކަކު ގުޅި މެހިގެން އުޅުމަށް."

"ޔަލްވީގެ ވާހަކަތަކުގައި ތިޔަ ހުންނަނީ ހާދަ ފަލްސަފީ ގޮތެކޭ. ހަގީގަތުގައި ވެސް ޔަލްވީއަކީ ތިޔަ ކިޔައިދޭ ފަދަ މީހެއްތަ؟" އަހަންނަށް ބޭއިޚުތިޔާރުގައި ބުނެލެވުނެވެ.

"އެގޮތަށް ޢަމަލުތައް ސީދާކުރާން ވަރަށް މަސައްކަތްކުރަން. އެހެންވެ ކަންނޭނގެ އަހަންނަށް ދެކެ މީހުން ގަޔާވަނީ. އަހަންނާ ގުޅުން ބާއްވަނީ. އަހަންނަކީ އަހަރެންކަން އެންމެން ދަންނަނީ." އުފާވެރި ރާގެއްގައި ޔަލްވީ ބުނެލި އެވެ.

މަޑުމަޑުން ޔަލްވީގެ ވާހަކަތަކުގެ ތެރެއަށް ގެނބެމުންގޮސް ގެނބެވުނެވެ. އެންމެ ފަހުން އަހަންނަށް ދިމާވި ހާދިސާއިން ހަނދާނަށް ތިލަވަމުން ދިޔަ ހުރިހާ ވާހަކަތަކެއް ޔަލްވީއަށް ކިޔައިދެމުން ގެންދިޔައީމެވެ.

މަންމަގެ ވަކިވުމުގެ ވާހަކައެވެ. ޔަތީމެއްގެ ގޮތުގައި ބޮޑުބޭބެ ބަލައިގަނެ ދަރިއެއްގެ ދަރަޖަ ދިން ވާހަކަ އެވެ. މާބުރެއްގެ ބީދައިން ރަށުގެ އެކި ބަގީޗާތަކުގައި ފޮޅުނު މާތަކުގެ ޒާރުތަކުން ފޮނިބޮމުން އުޅެވުނު ގޮތްތަކެވެ.

އެންމެފަހުން މާލެއަށް ކިޔަވަން އަންނަން ޖެހުނު ގޮތެވެ. އެ ވާހަކަތަކެވެ. އަންހެން ކުއްޖެއްގެ އަވާގައި ޖެހި ދިރިއުޅުން އެ ފުށް މިފުށަށް ޖެހުނު ގޮތެވެ. ނުއިނދެ އިނދެގެން އުޅެވުނު ގޮތްތަކެވެ. އެ މަންޒަރުތަކެވެ. އެ ވާހަކަތަކެވެ. ރިޔާޝާގެ މިޒާޖެވެ. އޭނާގެ އުޅުމާއި ވިސްނުމުގެ ނުކިއްސަރުކަމެވެ. އަހަރެންގެ ޚިޔާލަށް އޭނާ ބޭއިޚުތިރާމު ކޮށްލާ ގޮތްތަކެވެ. އޭނާގެ ރުންކުރު މިޒާޖެވެ.

އެންމެފަހުން ކަން ހިނގައިދިޔަ ގޮތެވެ. ދިރިއުޅުމުގައި ދިމާވި އެންމެ ހިތްދަތި ދުވަސްތަކަށް ވުރެ ތޫފާނުގެ ކޮޅިގަނޑުގެ ވައި ޖެހުނުލެއް ބާރުކަމުގެ ވާހަކަތަކެވެ. ދިރިއުޅުމުގެ ފަންގަނޑު ތޫފާނުގައި ޖެހި އޮޔާބެހެމުން ދިޔަ ވާހަކައެވެ. އެކަމާ ހެދި ގޮތް ހުސްވެ ގަބާރާވެ އާވާރާވި ވާހަކަތަކެވެ.

"ވަރަށް ދެރަ. ވަރަށް އަސަރުކޮށްފި." ޔަލްވީގެ އަޑުގައިވަނީ ވޭނީ އިހުސާސެކެވެ.

"ސޮރީ އިނގޭ." އަހަންނަށް ބޭއިޚްތިޔާރުގައި ބުނެލެވުނެވެ.

"ނޫނޭ. ވަރަށް އުފާވެއްޖެ. ތި ހަޔާތުގެ ވާހަކަތައް ހިއްސާކުރީތީ. އިންޝާﷲ އަހަރެން ޔަނާލްގެ ވަރަށް، ވަރަށް ގާތް މީހެއްގެ ގޮތުގައި ހުރެދޭނަން. ޔަނާލް އަހަރެން ދޫކޮށްލަންދެން އަހަރެން އަހަރެންގެ ގޮތުގައި ހުރެދޭނަން." ޔަލްވީ ޔަގީންކަމާއެކު ބުނެދިނެވެ.

"ވަރަށް ވަރު ބަލިވެއްޖެ. ނިދި އަންނަ ގޮތް ވެސް ވާން ފަށައިފި. އޯކޭތަ ކުޑަކޮށް ނިދައިލިޔަސް." އަހަންނަށް ކެތް ނުވާ ވަރުވުމުން ބުނެލެވުނެވެ.

"ކިހިނެއް ވަނީ؟" ޔަލްވީ އަހަރެންގެ ބުރަކަށީގައި ފިރުމައިލި އެވެ.

"ފާޑަކަށް މޭބޮޑުކޮށްފަ ހޮޑުލަވާ ކަހަލަ ގޮތެއް ވެސް ވަނީ. ބޮލަށް ވަރަށް ބޮޑަށް ތަދުވާހެން ހީވަނީ. ލޮލަށް ވެސް." އަހަންނަށް ބުނެލެވުނެވެ.

"ފުންކޮށް ނޭވާލަމުން އަނގައިން މަޑުމަޑުން ނޭވާ ބޭރުކޮށްލާ،" ކަން ކުރާންވީ ގޮތް ޔަލްވީ ކިޔައިދިނެވެ. "މާގިނަ ވާހަކަތައް ދެކެވުނީމަ ސިކުނޑިއަށް ބާރު ބޮޑުވީހެން ހީވަނީ. ޔަނާލް ތިޔަ ކިޔައިދިނީ ވަރަށް ގިނަ ވާހަކަތައް. އެ ވެސް ވަރަށް ހަނދާންކޮށްގެން."

"އެ މައްސަލައެއްތަ؟" އަހަންނަށް އަހައިލެވުނެވެ.

"ނޫން. ތިފަދަ ހާލަތެއް ދިމާވެފައިވާ މީހުންނަށް ކުރިމަތިވެދާނެ ކަމެއް ތިޔައީ." ޔަލްވީ ބުނެލިއެވެ.

"މާނައަކީ؟"

"މާ ބޮޑަށް ހާސްނުވޭ. ރެސްޓުކޮށްލީމަ ރަނގަޅުވާނެ. ތި ކަމަށް އެންމެ ރަނގަޅީ އަރާމުކޮށްލުން. ނިދައިލުން. ޑޮކުޓަރު ވެސް ލަފާ ދީފައިވަނީ އަރާމުކޮށްލަން ފުރުސަތު ދިނުމަށް." ޔަލްވީ ލޯތްބާއެކު ބުނެލިއެވެ.

ޔަލްވީގެ ވާހަކަތަކުން ތަފާތު ސުވާލުތައް އުފެދެމުން ދިޔަ ނަމަވެސް އިތުރަށް ސުވާލުކޮށްލާނެހާ ހިތްވަރު ވެސް ނެތުމާއެކު އަރާމުކޮށްލަން އޮށޯވެލީމެވެ.

އޮށޯވެލުމާއެކު ނިދޭ ގޮތްވި އެވެ.

ނިދުމާއެކު ތަފާތު މަންޒަރުތައް ފެންނަން ފެށިއެވެ. ކުރިން ނުފެނި ހުރި އެތައް ކަމެކެވެ. ބިރަކުން ސަލާމަތްވާން ދުވަމުން ދިޔަ މަންޒަރުތަކެވެ. ބިޔަ ޖަންގަލިތަކުގައެވެ. ކަނު އަނދިރި ކަމުގަ އެވެ. ބިރުވެރި އަޑުތަކުން ފުރިގެންވީ މާހައުލެއްގަ އެވެ. ސަލާމަތަށް އެދި ކުރެވެމުން ދިޔަ އާދޭސްތަކާއެކުގަ އެވެ. އެންމެ ފަހުން އެ ބިޔަ ޖަންގަލިން ބޭރަށް ނުކުމެވުނެވެ. ފެންނަމުން ދިޔައީ މީސްތަކުން އެއްދިމާއަކަށް ޖަމާވަމުން ދިޔަ މަންޒަރުތަކެވެ. ކަޅުކުލައިގެ ކުޑަތަކެއް ނަގައިގެންނެވެ. ކޮންމެ މީހެއްމެ ލައިގެން ހުރީ ކަކުލާ ހަމައަށް އަރާވަރުގެ ކަޅުކުލައިގެ ދިގު ކޯޓެވެ.

މީހުންތަކުގެ ތެރެއިން ފުރޭނެމުން ފުރޭނެމުން ގޮސް މާލަމުގެ މެދަށް ނުކުމެވުނު އިރު ފެނުނު މަންޒަރުން ހުއްޓެން މަޖުބޫރުވިއެވެ. ބޭ އިޚުތިޔާރުގައި އަނގަ ހުޅުވުނެވެ. ކަނާއަތް ހިއްލައިލަމުން އަނގަމަތީ އެޅުނެވެ.

(ނުނިމޭ)

ފަހުގެ ޚަބަރު

އާންމު ދިރިއުޅުމަށް އައުމަށް އޮކިއުޕޭޝަނަލް ތެރަޕީގެ މުހިންމު

އޮކިއުޕޭޝަނަލް ތެރަޕީއަކީ ބައްޔެއް ނުވަތަ އަނިޔާއެއްގެ ސަބަބުން އާންމު ދިރިއުޅުމުގެ ޒަރޫރީ ކަންކަން ކުރުމަށް ހުރަސްއެޅޭ މީހުންނަށް، އެހެން މީހެއްގެ އެހީއާ ނުލައި މިނިވަންކަމާއެކު އުޅުމުގެ ހުނަރުތައް ދަސްކޮށްދޭ ފަރުވާއެކެވެ. މި ފަރުވާގެ ތެރެއިން ސްޓްރޯކް ޖެހިފައިވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުން އަދި ކުޑަކުދިންނަށް ބޭނުންވާ ހާއްސަ ތަމްރީނުތައް ދީގެން، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދެއެވެ.

ތައިލެންޑުގެ 16 އަހަރުގެ ލަވަކިޔުންތެރިޔާ އޭޖީޓީ ކާމިޔާބުކޮށްފި

އެމެރިކާސް ގޮޓް ޓެލެންޓްގެ 21 ވަނަ ސީޒަން ކާމިޔާބުކޮށް، ތައިލެންޑުގެ އުމުރުން 16 އަހަރުގެ ރޮކް ލަވަކިޔުންތެރިޔާ ނނީ ރޯޔަލް ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ. ފައިނަލްގައި ނުވަ ފަންނާނުންނާ ވާދަކޮށް އެއްވަނަ ހޯދުމުން އޭނާއަށް ވަނީ އިނާމެއްގެ ގޮތުގައި 1 މިލިއަން ޑޮލަރު ލިބިފައެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި ތައިލެންޑުގެ ފަންނާނަކު މި ޝަރަފު ހޯދި

ތައިލެންޑުގެ ކުއްޖަކު އެމެރިކާޒް ގޮޓް ޓެލެންޓް ކާމިޔާބުކޮށްފި

އުމުރުން 16 އަހަރުގެ ތައިލެންޑްގެ ރޮކް ލަވަކިޔުންތެރިޔާ ނީނީ ރޯޔަލް، "އެމެރިކާސް ގޮޓް ޓެލެންޓް" މުބާރާތް ކާމިޔާބުކޮށް އެއް މިލިއަން ޑޮލަރުގެ އިނާމު ހޯދައިފިއެވެ. މިއީ މި ޝޯގެ ތާރީޚުގައި ތައިލެންޑްގެ ބައިވެރިއަކު މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ މި ކާމިޔާބީއަކީ މުޅި ގައުމަށް ލިބުނު ބޮޑު ފަޚުރެއްގެ ގޮތުގައި ތައިލެންޑުން އަންނަނީ ފާހަގަކުރަމުންނެވެ.

ޓޮމް ކްރޫޒްގެ އެންމެ ތަފާތު ރޯލު ފެނިގެންދާ "ޑިގާ" ނެރެފި

ޓޮމް ކްރޫޒްގެ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ ތަފާތު ރޯލު ފެނިގެންދާ ފިލްމު "ޑިގާ" ލަންޑަނުގައި ބޭއްވި ޝާހީ ރަސްމިއްޔާތެއްގައި ވަނީ ޕްރިމިއާކޮށްފައެވެ. މި ފިލްމުގައި ކްރޫޒް ފެންނަނީ ސިފައަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ތަފާތު މިޒާޖެއްގެ ތެޔޮ މަހުޖަނެއްގެ ރޯލުން ކަމަށްވާއިރު، މިއީ ތިމާވެށީގެ ކާރިސާއަކުން ދުނިޔެ ސަލާމަތްކުރަން އޭނާ ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

އެވޯޑު ހޯދި ފޮތެއް ލިޔަން އޭއައި ބޭނުންކުރި ކަމުގެ ތުހުމަތު

ފަރަންސޭސިވިލާތުގެ އަދަބީ އެވޯޑެއް ހާސިލްކޮށްފައިވާ ލިޔުންތެރިޔާ ތޭލީސަން އޮރޭލިއަންގެ ފޮތެއް ލިޔުމުގައި އޭއައި ބޭނުންކުރި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެ، އެ ގައުމުގެ އަދަބީ ދާއިރާގައި ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެއެވެ. "ބެލެންސް ޓޮން ކްލޯޑް" ގްރޫޕުން މި ތުހުމަތު ކުރި ނަމަވެސް، ލިޔުންތެރިޔާ ވަނީ އެކަން ދޮގުކޮށް އެއީ އަމިއްލަ އުފެއްދުމެއްކަން ސާބިތުކޮށްދޭނެ ކަމަށް ބުނެފައެވެ.

"ޗޫސިން ޓެކްސަސް" އިން މަރާޔާ ކެރީގެ ރެކޯޑު މުގުރާލައިފި

އެލާ ލެންގްލީގެ "ޗޫސިން ޓެކްސަސް" މިހާރު ވަނީ އެމެރިކާގެ ޗާޓުތަކުގެ އެއްވަނައިގައި 23 ހަފުތާ ހޭދަކޮށް، މަރާޔާ ކެރީގެ ރެކޯޑު މުގުރާލާފައެވެ. މި ލަވައަކީ އެމެރިކާގެ އިތުރުން ޔޫކޭގެ ޗާޓުތަކުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދައި، އެކަޑަމީ އޮފް ކަންޓްރީ މިއުޒިކް އެވޯޑްސްގެ ހަތް ދާއިރާއަކުން އެވޯޑު ހާސިލްކޮށްފައިވާ ލަވައެކެވެ.

ކޮޅަށް ހުރުމަކީ ހަކުރު ބަލިން ސަލާމަތްވުމަށް އޮތް މަގެއް

ކޮޅަށް ހުރުމަކީ ހަށިގަނޑުގެ އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުކޮށްދީ، ޓައިޕް 2 ޑައިބެޓީސް ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެއްކަން އާ ދިރާސާއަކުން ވަނީ ހާމަވެފައެވެ. ގިނައިރު އިށީނދެގެން ތިބުމުގެ ބަދަލުގައި ކޮޅަށް ހުރުމުން، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށްދޭ ހޯމޯންގެ މަސައްކަތް ހަރުދަނާވެ، ސިއްހީ ނުރައްކާތަކުން ސަލާމަތްވުމަށް މަގުފަހިވެއެވެ.

Newsletter

Get the latest news delivered straight to your inbox