ލަންކާ މެޗުގައި ދިވެހިންނަށް ޓިކެޓެއް 5000 ރުޕީސް އަށް

Nov 7, 2021, 4:02 AM
ސާފް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެެރެއިން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ސާފް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެެރެއިން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ސްރީ ލަންކާގައި މާދަމާ ފަށާގޮތަށް ހަމަޖެހިފައިވާ މަހިންދަ ރާޖަޕަކްސަ ޓްރޮފީ ފޯ ނޭޝަންސް ކަޕްގައި ލަންކާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗަށް ދިވެހިންނަށް ޓިކެޓެއް ވިއްކާނީ 5000 ލަންކާ ރުޕީސް (385 ރުފިޔާ) އަށް ކަމަށް ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަނުން އިއުލާން ކޮށްފި އެވެ.

ފޯ ނޭޝަންސް ކަޕްގައި ރާއްޖޭގެ ގައުމީ ޓީމު ކުޅޭ ފުރަތަމަ މެޗުގައި މާދަމާރޭ ލަންކާއާ ބައްދަލުކުރާނެ އެވެ. ދިވެހި ސަޕޯޓަރުންނަށް ޓިކެޓު ވިއްކަން ހަމަޖެހިފައިވަނީ ދެ ސަރަަހައްދަކުންނެވެ. އެއީ ކޮލަމްބޯގައި ހުންނަ ރާއްޖޭގެ އެމްބަސީންނާއި ދިވެހިންގެ ކޮމިއުނިޓީ ސެންޓަރުންނެވެ.

ޓިކެޓް ވިއްކާނީ ވެކްސިން ދެ ޑޯޒު ޖަހާފައިވާ މިހުންނަށެެވެ. މެޗު ބަލަން ދިވެހިން ތިބެން ޖެހޭނީ ދަނޑުގައި އަވޭ ސަޕޯޓަރުންނަށް ހާއްސަކޮށްފައިވާ ސަރަހައްދުގަ އެވެ.

ކޮވިޑްގެ ހާލަތްތަކުގެ ތެރޭގައި ފޯ ނޭޝަންސް ކަޕް ކުޅެން ޖެހޭއިރު، ލަންކާ ސަރުކާރުން ރާވާފައިވަނީ މެޗުތައް ކުޅޭ ރޭސްކޯސް ސްޓޭޑިއަމްގެ ޖާގައިގެ ދެބައިކުޅަ އެއް ބަޔަށް ސަޕޯޓަރުން ވައްދަން ކަމަށް މީގެ ކުރިން މަޝްވަރާ ކުރެވިފައިިވެ އެވެ.

ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަނުން އާންމުކޮށްފައިވާ ޕޯސްޓް.

މުބާރާތްތަކުގައި އާންމުކޮށް ހޯމް ޓީމު ކުޅޭއިރު، އަވޭ ޓީމަށް ދޭނީ ކިތައް ޓިކެޓްކަން މުބާރާތުގެ ގަވާއިދުގައި ކަނޑައަޅާފައިވެ އެވެ. އާންމު އުސޫލުންނަމަ އަވޭ ޓީމަށް ލިބެނީ ދަނޑަށް މީހުންނަށް ވަދެވޭ ޖާގައިގެ 5-10 ޕަސެންޓް ޓިކެޓް އެވެ.

ލަންކާ ފެޑެރޭޝަނުން ދިވެހިންނަށް ހާއްސަކޮށް ވިއްކަން ހަމަޖެހިފައިވަނީ ކިތައް ޓިކެޓް ކަމެއް އަދި ރަސްމީކޮށް ހާމަކޮށްފައެއްނުވެ އެވެ. ލަންކާގެ ފެޑެރޭޝަނުގެ އިއުލާނުގައިވަނީ ޓިކެޓް ވިއްކާނީ އެންމެ އަވަހަށް އަންނަ މީހުންނަށް ކަމަށެވެ.

ޓިކެޓް ވިއްކަން ފަށާނީ ލަންކާގެ ގަޑިން މިއަދުގެ މެންދުރު ފަހު 15:00 އިން 18:00 އަށެވެ. އަދި މާދަމާ ޓިކެޓް ވިއްކާނީ ހެނދުނު 11 އިން 14:00 އަށް ކަމަށް އިއުލާނުގައިވެ އެވެ. ރާއްޖެ އާއި ލަންކާ ކުޅޭ މެޗު ޝެޑިއުލްކޮށްފައި އޮތީ މާދަމާރޭ ލަންކާ ގަޑިން 20:00 ޖަހާއިރު ކުޅޭ ގޮތަށެވެ. އެއީ ރާއްޖޭގެ ގަޑިން ރޭގަނޑު 19:30 ގަ އެވެ.

ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަނުން ހަމަޖައްސާފައިވަނީ އެ ގައުމުގެ ސަޕޯޓަރުންނަށް ހާއްސަ އަގެއްގައި ޓިކެޓް ވިއްކުމަށެެވެ. އެ ގޮތުން ލަންކާގެ ސަޕޯޓަރުންނަށް 200 ރުޕީސް އަށް އެންމެ އަގުހެޔޮކޮށް ޓިކެޓް ލިބޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox