ފެނަކައިގެ ކުރީގެ ޕްރޮކިއުމަންޓް ހެޑަށް ހިޔާނާތުގެ ދައުވާކުރަން އެދިއްޖެ

މި ސަރުކާރުން އިއުލާނުކޮށްފައިވާ "ޒީރޯ ޓޮލަރަންސް އޮން ކޮރަޕްޝަން" ސިޔާސަތުގައި ފެނަކައިގެ މުވައްޒަފުން 2019 ވަނަ އިގުރާރުވެ، ސޮއި ކުރުމަށް ބޭއްވި ހަފްލާ. -ފޮޓޯ: ފެނަކަ

މި ސަރުކާރުން އިއުލާނުކޮށްފައިވާ "ޒީރޯ ޓޮލަރަންސް އޮން ކޮރަޕްޝަން" ސިޔާސަތުގައި ފެނަކައިގެ މުވައްޒަފުން 2019 ވަނަ އިގުރާރުވެ، ސޮއި ކުރުމަށް ބޭއްވި ހަފްލާ. -ފޮޓޯ: ފެނަކަ

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޕްރޮކިއުމަންޓް ޑިޕާޓްމެންޓްގެ ކުރީގެ އިސްވެރިިޔާ އަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވައިފި އެވެ.

އޭސީސީން ވަނީ 2018 ވަނަ އަހަރުގެ ތެރޭގައި ފެނަކައިން ކުއްޔަށް ހިފާފައިވާ ދޯންޏަކީ، އެކުންފުނީގެ ޕްރޮކިއުމަންޓް އިސްވެރިޔާ އާ ގާތްގުޅުން އޮންނަ ކުންފުންޏަކުން ގަނެފައިވާ ދޯންޏެއް ކަމަށް ބުނާ މައްސަލަ މިހާރު ތަހުގީގުކޮށް ނިންމާފަ އެވެ.

އަދި އެ މައްސަލައިގައި ތުހުމަތުކުރެވޭ ފެނަކަ ކޯޕަރޭޝަންގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ކުރީގެ ވެރިޔާ، މަރްޔަމް ދީނާ ސޯލިހްގެ މައްޗަށް ދައުވާކުރުމަށް އެސީސީން ޕީޖީއަށް ފޮނުވާފައި ވަނީ މިއަދެވެ.

މިމައްސަލައިގެ ތަހުގީގުގައި، 2018 ވަނަ އަހަރުގެ މެއި މަހުން ފެށިގެން އެ އަހަރުގެ ނޮވެމްބަރު ގެ ނިޔަލަށް ފެނަކައިން ދޯނި ކުއްޔަށް ހިފުމަށް ތައްޔާރުކޮށްފައިވާ ޕާޗޭސް އޯޑަރުތަކާއި އެކަމާ ގުޅޭ ލިޔުންތަކަށް ބަލާއިރު، ކޯޓޭޝަންތައް ހޯދާފައިވަނީ ދަތުރު ކުރުމަށް ރެކުއިޒިޝަން ފޯމު ލޮޖިސްޓިކް ޑިޕާޓްމަންޓުން ޕްރޮކިއުމަންޓު ޑިޕާޓްމަންޓަށް ފޮނުވުމުގެ ކުރިންކަން ހޯދިފައިވާ ކަމަށް އެސީސީން ބުނެ އެވެ.

އަދި އެއީ ފެނަކަ ކޯޕަރޭޝަނުން އަމަލުކުރަމުން ދިޔަ އުސޫލާ ހިލާފަށް ކޮށްފައިވާ ކަމެއްކަމަށާއި އެ ޕާޗޭސް އޯޑަރުގެ ތެރެއިން އެއް ޕާޗޭސް އޯޑަރު ތައްޔާރުކޮށް، އެ ޕާޗޭސް އޯޑަރާ އެކު އެއްކަރުދާސްކޮށްފައިވާ ކޯޓޭޝަންތައް ހޯދާފައިވަނީ ދަތުރުކޮށް ނިންމުމަށްފަހުގައިކަން ގުޑްސް ރިސީވްޑް ނޯޓުން އެނގޭ ކަމަށެވެ.

މީގެ އިތުރުން ދަތުރު ކޮށްދިނުމުގެ ހިދުމަތް ހޯދުމަށް އެ ކޯޕަރޭޝަނުން ތައްޔާރުކޮށްފައިވާ ޕާޗޭސް އޯޑަރާއި ދަތުރު ކޮށްދިނުމަށް ހުށަހަޅާފައިވާ ކޯޓޭޝަންތަކުގައި ގިނަ ރަށްތަކަށް ދަތުރު ކޮށްފައިވާކަމަށް ބަޔާންކޮށްފައި ވީނަމަވެސް، އެރަށްތަކަށް މުދާ ގެންގޮސްފައިވާކަން އެނގެން ނެތް ކަމާއި އެރަށްތަކަށް ދަތުރު ކޮށްފައިވަނީ ކޮން ބޭނުމެއްގައިކަންވެސް ލިޔެކިޔުންތަކުން އެނގެން ނެތް ކަމަށް އޭސީސީން ބުނެ އެވެ.

މިމައްސަލައި ގައި ތިން ފަރާތަކުން ކޯޓޭޝަން ހޯދާފައިވީނަމަވެސް، ތިން ކޯޓޭޝަން ހޯދާފައިވަނީ ފެނަކައިގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ކުރީގެ ވެރިޔާ ދީނާއާ ގާތްގުޅުމެއް އޮންނަ ކުންފުންޏަކުން ނުވަތަ އެ ކުންފުނީގެ ވެރިޔާއާ މަސްލަހަތު އޮންނަ ފަރާތްތަކަކުންކަން ހޯދިފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.

އޭގެ އިތުރުން، އެ ހިދުމަތް ފޯރުކޮށްދޭ އެހެން ފަރާތަކާ މުއާމަލާތް ކޮށްފައިނުވާ ކަމަށާއި އެ ޕާޗޭސް އޯޑަރުތަކާއެކު ހިމަނާފައިވާ ކޯޓޭޝަންތައް ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް ލިބިފައިވަނީ ކިހިނެތްކަން އެނގެން ނެތް ކަމަށެވެ.

އަދި ކޯޓޭޝަން ހޯދުމުގެ މަސައްކަތް ކޮށްފައިވަނީ ދީނާ ކަމަށް ތަހުގީގަށް އެނގޭކަމަށް އެސީސީން ފާހަގަކުރެ އެވެ.

ފެނަކަ ކޯޕަރޭޝަނުން ދަތުރު ކޮށްދިނުމުގެ ހިދުމަތް ހޯދުމަށް ތައްޔާރުކޮށްފައިވާ ޕާޗޭސް އޯޑަރުތަކާ ގުޅިގެން ހޯދާފައިވާ ކޯޓޭޝަންތަކަކީ މަސްލަހަތު ފުށުއަރާ ފަރާތްތަކަކުން ގުޅިގެން ހުށަހަޅާފައިވާ ކޯޓޭޝަންތަކެއްކަން ތަހުގީގަށް އެނގޭ ކަމަށާއި، މިކަމަކީ ކޮލޫސިވް، އަދި ކޯޓޭޝަންގައި ހުށަހަޅާ އަގަށް ނުފޫޒު ފޯރުވުންފަދަ އަމަލެއްގެ ސަބަބުން ވާދަވެރިކަން ގެއްލިފައިވާކަމަށް އެސީސީން ބުނެ އެވެ.

އޭސީސީން ބުނީ އެކޮމިޝަނުން ކުރިއަށް ގެންދިޔަ ތަހުގީގުގައި ދޯނި ކުއްޔަށް ދޫކުރުމަށް ފެނަކަ ކޯޕަރޭޝަނަށް ކޯޓޭޝަން ހުށަހަޅާފައިވާ ފަރާތާއި، ދީނާއާ ދެމެދު ފޯނުން ގިނަ އަދަދެއްގެ މުއާމަލާތުކޮށްފައިވާ ކަމަށެވެ.

އަދި އޭނާ ޕްރޮކިއުމަންޓު ޑިޕާޓްމަންޓުގައި ހުރި ދުވަސްވަރު، ތައްޔާރުކޮށްފައިވާ ޕާޗޭސްއޯޑަރުތަކާއި އޭނާ އެ މަގާމުން ބަދަލުކުރިފަހުން، ދޯނިކުއްޔަށް ހިފުމަށް ތައްޔާރުކޮށްފައިވާ ޕާޗޭސް އޯޑަރުތަކާ އަޅާކިޔުމުން، ދީނާ ޕްރޮކިއުމަންޓު ޑިޕާޓްމަންޓުގައި ހުރި ދުވަސްވަރު ފެނަކައިން ދޯނި ކުއްޔަށް ހިފައިގެން ދަތުރު ކޮށްފައި އެވަނީ މާބޮޑު އަގެއްގައިކަން ފާހަގަވާ ކަމަށްވެސް އެސީސީން ބުނެ އެވެ.

އޭސީސީން ވަނީ މި އަމަލުގެ ސަބަބުން ކުންފުންޏަށާއި ދައަލަތަށް މާލީގޮތުން ގެއްލުންވެފައިވާކަން ފާހަގަކޮށްފަ އެވެ. އަދި މިއީ ދީނާ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒް ފައިދާ ހޯދައިދިނުމަށް ކޮށްފައިވާ ކަމެއްކަމަށް ކޮމިޝަނުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox