ޕީކޭ މުސާރަ ކުޑަކުރުމުން ބާސެލޯނާގެ ތިން ކުޅުންތެރިން ރަޖިސްޓްރީ ކުރެވިއްޖެ

Aug 15, 2021, 5:29 AM
ޕީކޭ މުސާރަ ކުޑަކުރުމުން ބާސެލޯނާގެ ތިން ކުޅުންތެރިން ރަޖިސްޓްރީ ކުރެވިއްޖެ

ބާސެލޯނާ (އޮގަސްޓް 15) - ބާސެލޯނާގެ ވައިސް ކެޕްޓަން ޖެރާޑް ޕީކޭގެ މުސާރަ ވަރަށް ބޮޑުތަނުން ކުޑަކުރަން ނިންމުމާ އެކު ބާސެލޯނާ އަށް އިތުރު ތިން ކުޅުންތެރިއަކު ރަޖިސްޓްރީކުރަން މަގުފަހިވެއްޖެ އެވެ.

ބާސެލޯނާގެ ޖުމްލަ މުސާރަ އިންތިހާ އަށް ބޮޑުވެފައިވާތީ އާ ކޮންޓްރެކްޓް ރަޖިސްޓްރީ ނުކުރެވިގެން އެ ޓީމުން ވަނީ ޓީމުގެ ތަރި ލިއޮނަލް މެސީ ދޫކޮށްލައިފަ އެވެ.

ލަލީގާ އިން ބާސެލޯނާ އަށް އަންގާފައިވަނީ އެ ކްލަބްގެ ޖުމްލަ މުސާރަ ގަވާއިދުގެ ތެރެއަށް ފައްތާނަމަ ހުުންނަން ޖެހޭނީ ކްލަބަށް ލިބޭ އާމްދަނީއާ އަޅާކިޔާއިރު، 70 ޕަސެންޓްގައި ކަމަށެވެ. މެސީގެ އާ ކޮންޓްރެކްޓް ރަޖިސްޓްރީ ކުރަން ބެލިއިރު، ޖުމްލަ މުސާރަ އޮތީ 90 ޕަސެންޓަށް ވުރެ މަތީގަ އެވެ. މިހާރު މަޑުމަޑުން އެ ކްލަބުން އަންނަނީ އެކި ގޮތްގޮތަށް ކްލަބްގެ ފައިސާ މެނޭޖްކޮށް ގަވާއިދުގެ ތެރެއަށް ވަންނަން މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން ބޮޑު މުސާރަ ލިބޭ ގިނަ ކުޅުންތެރިންގެ މުސާރަ ކުޑަކުރަން ހުށަހަޅާނެ އެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ހިލޭ ޓްރާންސްފާއެއްގައި ބާސެލޯނާ އަށް ބަދަލުވި މެމްފިސް ޑިޕާއި އާއި އެރިކް ގާސިއާގެ އިތުރުން ޖެނުއަރީ މަހު ބާސެލޯނާއާ ގުޅުނު އަލްބޭނިއާގެ ރޭއި މަނާޖް ލަލީގާގައި ބާސެލޯނާ ކުޅުންތެރިންގެ ގޮތުގައި ރަޖިސްޓްރީ ކުރެވުނީ ޕީކޭ އޭނާގެ މުސާރަ ކުޑަކުރަން އެއްބަސްވުމުންނެވެ. ބާސެލޯނާ އިން ވަނީ ރަސްމީކޮށް އެކަމަށްޓަކައި ޕީކޭ އަށް ޝުކުރު އަދާކޮށްފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން އުމުރުން 34 އަހަރުގެ ޕީކޭ އަށް މިހާރު ބާސެލޯނާގެ ކޮންޓްރެކްޓުން އަހަރަކު ޖެހޭނީ މީގެ 12 އަހަރު ކުރިން އޭނާ އަށް ލިބޭ މުސާރަ އަށް ވުރެ ދަށް އަދަދެކެވެ. ކުރިން ބާސެލޯނާ އިން މުސާރައިގެ ގޮތުގައި އަހަރަކު 10 ވަރަކަށް މިލިއަން ޑޮލަރު ލިބެމުން އައި ޕީކޭ އަށް ދެން އެ ކްލަބުން ލިބޭނީ ގާތްގަނޑަކަށް ތިން މިލިއަން ޑޮލަރު ކަމަށް ސްޕެއިނުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ޕީކޭ މި ގޮތަށް ނިންމީ އެ ކްލަބްގެ މާލީ ހާލަތު އޮތްގޮތުން ކުރިއަށް ދިއުމުގައި ދަތިތަކެއް ހުރުމުންނެވެ. ޕީކޭގެ އިތުރުން ބާސެލޯނާގެ ކެޕްޓަން ސާޖީ ބުސްކެޓްސް އާއި ވައިސް ކެޕްޓަން ޖޯޑީ އަލްބާ ވެސް އަންނަނީ މުސާރަ ކުޑަކުރުމުގެ މަޝްވަރާތަކެއް ކުރަމުންނެވެ.

ފުޓްބޯޅަ ތަރިންގެ ތެރެއިން ޕީކޭ އަކީ ވިޔަފާރިތަކުގައި އެންމެ އެކްޓިވްކޮށް ހަރަކާތެރިވާ އެއް ކުޅުންތެރިޔާ އެވެ. ޕީކޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ކޮސްމޯސް އިންވެސްޓްމަންޓް ގްރޫޕުން އަންނަނީ އެކި ކުޅިވަރުތަކަށް ބޮޑެތި އިންވެސްޓްތަކެއް ކުރަމުންނެވެ. އެ ގޮތުން އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން (އައިޓީއެފް)އާ ގުޅިގެން ކޮސްމޯސް އިންވެސްޓްމަންޓުން ވަނީ ބޮޑު ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ. އެއީ އަހަރު ފަހުކޮޅުގައި އޮންނަ ފިރިހެން ޓީމް އިވެންޓް ޓެނިސް މުބާރާތް ކަމަށްވާ މަޝްހޫރު ޑޭވިސް ކަަޕް 25 އަހަރު ވަންދެން އިންތިޒާމްކޮށް، އޭގެއިން ވިޔަފާރީގެ ގޮތުގައި ފައިދާތަކެއް ހޯދުމަށެވެ. އެއީ ތިން ބިލިއަން ޑޮލަރުގެ އަގު ހުރި ކޮންޓްރެކްޓެކެވެ. މީގެ އިތުރުން ވެސް އެކި ކްލަބްތަކުގެ ހިއްސާ ވެސް ޕީކޭގެ ކުންފުނިން ވަނީ ގަނެފަ އެވެ.

ސްޕެނިޝް ލީގުގެ އާ ސީޒަނުގައި ބާސެލޯނާ ކުޅޭ ފުރަތަމަ މެޗު އޮންނާނީ މިރޭ އެވެ. ބާސެލޯނާ ދަނޑުގައި އެ ޓީމުން ނުކުންނާނީ ރެއާލް ސޮސިއެޑާޑާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox