ފިލިޕީންސާ އެއްވަރުވެ ރާއްޖެ ޕްލޭއޮފަށް

ރާއްޖޭގެ ސެންޓޭ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ރާއްޖޭގެ ސެންޓޭ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި މިރޭ ކުޅުނު މެޗުން ފިލިޕީންސާ 1-1 އިން އެއްވަރުވެ، އޭޝިއަން ކަޕްގެ ކޮލިފައިން ޕްލޭއޮފް ބުރުގައި ރާއްޖެ ވާދަކުރަން ޖެހިއްޖެ އެވެ.

މިރޭގެ މެޗުން މޮޅުވެގެން އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖަށް ދިއުމުގެ ފުރުސަތު ރާއްޖެ އަށް އޮތެވެ. އެއީ ކޮލިފައިން ގްރޫޕްގެ ހަތަރު ވަނައިގައި ނިންމި ނަމަވެސް ހުރިހާ ގްރޫޕްތަކުގެ ހަތަރު ވަނައިގައި ނިންމާ ޓީމުތަކުގެ ތެރެއިން ގަދަ ހަތަރެއްގައި ހިމެނިގެންނެވެ. މިރޭ އެއްވަރުވުމުން އެ ފުރުސަތު ގެއްލުނީ އެވެ. ރާއްޖެ ދެން ޖެހޭނީ އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖަށް ވަންނަން ޕްލޭއޮފް ބުރުގައި ކުޅޭށެވެ. ޕްލޭއޮފްގައި ކުޅެން ޖެހޭނީ ދަށް ރޭންކްގެ ޓީމަކާ ދެކޮޅަށެވެ.

ގްރޫޕް އޭގެ އެއް ވަަނައިގައި ސީރިއާ އޮތީ ކުޅުނު ހަތް މެޗުން ވެސް މޮޅުވެގެން 21 ޕޮއިންޓާ އެކު އެވެ. އެ ޓީމަށް ވަނީ އޭޝިއަން ކަޕްގެ ގްރޫޕް ސްޓޭޖުން ފުރުސަތު ލިބިފަ އެވެ. ގްރޫޕްގެ ދެ ވަނައިގައި އޮތް ޗައިނާ އަށް ހަތް މެޗުން ވަނީ 16 ޕޮއިންޓް ލިބިފަ އެވެ. މި ގްރޫޕްގެ ފަހު މެޗުގައި ސީރިއާ އާއި ޗައިނާ މިރޭ ބައްދަލުކުރާނެ އެވެ.

Advertisement

ތިން ވަނައިގައި ފިލިޕީންސް އޮތީ އަށް މެޗުން 11 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި ނިންމާލި ރާއްޖެ އަށް އޮތީ އަށް މެޗުން ހަތް ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ގުއާމަށް އެއްވެސް ޕޮއިންޓެއް ނުލިބެ އެވެ. މި ދެ ޓީމު ވެސް ޖެހުނީ ޕްލޭއޮފްގައި ކުޅޭށެވެ.

މިރޭގެ މެޗަށް ނެރުނު ރާއްޖޭގެ ފުރަތަމަ އެގާރަ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ރާއްޖޭން މިރޭގެ މެޗަށް ނުކުތީ ފުރަތަމަ އެގާރަ އަށް ދެ ބަދަލެއް ގެނެސްގެންނެވެ. އަހުމަދު ނޫމާން (ހެލްމެޓް) އާއި މުހައްމަދު އުމެއިރުގެ ބަދަލުގައި ހުސެއިން ޝިފާއު (ކުރޯ) އާއި އަލީ ފާސިރު (ސެންޓޭ) އަށް ވަނީ ފުރުސަތު ދީފަ އެވެ.

ދުބާއީގައި މިރޭ ކުޅުނު މެޗު ފަށައިގެން ފުރަތަމަ 10 މިނިޓް ތެރޭ ރާއްޖޭން ރަނގަޅު ތިން ފުރުސަތެއް ތަނަވަސްކޮށް ގޯލާ ނުރައްކާތެރި ހަމަލާއެއް ވެސް ފޮނުވާލި އެވެ. މެޗުގެ ދެ ވަނަ މިނިޓްގައި ރާއްޖޭގެ އެންމެ ކުރިއަށް ކުޅުނު އަލީ ހައިޝަމް (ޗުމްޕު) އާއި ހަމްޒާ މުހައްމަދު (ހަމްޕު) ގުޅިގެން ތަނަވަސްކުރި ފުރުސަތެއްގައި އޭރިއާ ރޮނގުކައިރިން ސެންޓޭ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑި މަތިންނެވެ.

މެޗުގެ ހަ ވަނަ މިނިޓްގައި އޭރިއާތެރެއިން ފިލިޕީންސްގެ ކެޕްޓަން ސްޓެފަން ޝްރޮކް ރާއްޖޭގެ ޗުމްޕު އަށް ފައުލުކުރި ނަމަވެސް ރެފްރީ ނިންމީ ޕެނަލްޓީ ދޭން ނުޖެހޭ ކަމަށެވެ. އެކަމަކު ޗުމްޕު ބޯޅަ ހިފައިގެން ނައްޓާލި ވަގުތު ޝްރޮކް ފައި ޖެހުނީ ޗުމްޕު ފައިގަ އެވެ.

ގޯލާ ސީދާކޮށް ރާއްޖޭން ފުރަތަމަ ހަމަލާ ފޮނުވާލީ މެޗުގެ 10 ވަަނަ މިނިޓްގަ އެވެ. ހަމްޕު ފިިލިޕީންސް ޑިފެންޑަރެއް ކައިރިން ނައްޓާލުމަށް ފަހު ޖެހި ބޯޅަ ފިލިޕީންސް ކީޕަރު ބާން ޝިޕްމަން ވަނީ މަތަކޮށްފަ އެވެ.

ރާއްޖޭން ރަނގަޅަށް ކުޅެމުން ދިޔަ ނަމަވެސް ލީޑުނެގީ ފިިލިޕީންސް އެވެ. މެޗުގެ 18 ވަނަ މިނިޓްގައި އެންހެލް ގިރާލްޑޯ އޭރިއާބޭރުން ފޮނުވާލި ބޯޅަ ގޯލަށް ވަނީ ބައުންސްވެގެން ގޮސް ރާއްޖޭގެ ގޯލްކީޕަރު މުހައްމަދު ފައިސަލް އަތުގައި ޖެހިފަ އެވެ.

ފިލިޕީންސަށް ލީޑުހިފަހައްޓައިލެވުނީ ހަ މިނިޓެވެ. މެޗުގެ 25 ވަނަ މިނިޓްގައި ރާއްޖެ އަށް އެއްވަރުކޮށްދިނީ ސެންޓޭ އެވެ. ޗުމްޕު ދިން ބޯޅައެއް ހިފައިގެން ވަދެ ސެންޓޭ ވަނީ ކީޕަރު ޝިޕްމަން އަށް ފުރުސަތެއް ނުދީ ގޯލުގެ ދުރުކަނަށް ތިރިތިރިން ބޯޅަ އަމާޒުކޮށްލައިފަ އެވެ.

މިއީ މިދިޔަ އަހަރު ގައުމީ ކޯޗުކަމާ މާޓިން ކޫޕްމަން ހަވާލުވި ފަހުން ޖެހި ފުރަތަމަ ގޯލެވެ. ކޫޕްމަންގެ ކޯޗުކަމުގައި ރާއްޖެ ކުޅުނު ފުރަތަމަ ދެ މެޗު ނިމުނީ ލަނޑެއް ނުޖެހި އެވެ. ސެންޓޭ މި ގޯލު ޖެހިއިރު، އޭނާ ފުރަތަމަ ދެ މެޗަށް ނުކުތީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. މިއީ 2018 ވަނަ އަހަރު ސާފް ސުުޒުކީ ކަޕް ފައިނަލުގައި އިންޑިއާ ކޮޅަށް ގޯލު ޖެހިފަހުން ސެންޓޭ ގައުމީ ޓީމަށް ވާދަވެރި މެޗެއްގައި ޖެހި ފުރަތަމަ ގޯލެވެ.

ލަނޑު ޖެހުމަށް ފަހު ރާއްޖޭގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ލީޑުނަަގަން މެޗުގެ 30 ވަނަ މިނިޓްގައި ސެންޓޭ ޖެހި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ. އޭގެ ފަހުން ކޯނަރެއްގައި ސަމޫހު އަލީ (ސަމުއްޓެ) ބޮލުން ޖެހި ބޯޅަ ވެސް ގޯލާ ސީދާނުވި އެވެ.

ދެ ވަނަ ހާފަށް ރާއްޖޭން ވަނީ އިބްރާހިމް އައިސަމްގެ ބަދަލުގައި އުމެއިރު ކުޅެން އަރުވައިފަ އެވެ. ފިލިޕީންސުން ވެސް ވަނީ ދެ ވަނަ ހާފުގައި ބަދަލުތަކެއް ގެނެސް ކުޅުން ރަނގަޅުކޮށްފަ އެވެ. އެ ޓީމުން ދެ ވަނަ ހާފްގެ ކުރީކޮޅުގައި ލަނޑެއް ޖަހަން އެޓޭކްތައް ގިނަ ކުރި ނަމަވެސް ރާއްޖޭގެ ޑިފެންޑަރުން ދިޔައީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.

ރާއްޖޭން ވަނީ މެޗުގެ ފަހު 25 މިނިޓަށް އަލީ އަޝްފާގު (ދަގަނޑޭ) ކުޅެން އަރުވައިފަ އެވެ. ދަގަނޑޭ ކުޅެން އެރުމާ އެކު ރާއްޖޭގެ ކުޅުންތެރިން ކުރިއަށް ކުޅެގެން އެޓޭކް އަވަސްކުރަން މަސައްކަތްކުރި ނަމަވެސް ދިޔައީ ރަނގަޅަށް ބޭނުމެއް ނުހިފި އެވެ. .

މި ހާފްގައި ފިލިޕީންސް އިން ލަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބު ނުވުުމުގައި ރާއްޖޭގެ ޑިފެންޑަރުންނާއި ފައިސަލް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ފިލިޕީންސް އިން ބޮޑަށް މަސައްކަތްކުރީ ގޯލު ކުރިމައްޗަށް ހުރަސް ކޮށްގެން ގޯލު ޖަހާށެވެ.

އެންމެ ފަހުން ރާއްޖޭން ސީރިއާ އާއި ޗައިނާއާ ދެކޮޅަށް ދެއްކި ކުޅުމަށް ވުރެ މި މެޗުގައި ރަނގަޅަށް ކުޅުނެވެ. ހާއްސަކޮށް ފުރަތަމަ ހާފުގައި ރާއްޖޭން މޮޅަށް ކުޅުނެވެ. އެކަމަކު ދެ ވަނަ ހާފުގައި ދިވެހި ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ފެނި ރާއްޖޭން ދައްކަމުން އައި ރަނގަޅު ކުޅުން ތަކުރާރު ނުކުރެވުނީ އެވެ.

މިއީ ރާއްޖެ އާއި ފިލިޕީންސް ކުޅުނު މެޗެއް އެއްވަރުވި ފުރަތަމަ ފަހަރެވެ. އެންމެ ފުރަތަމަ މި ދެ ޓީމު 2009 ވަނަ އަހަރު ކުޅުނު މެޗުން ރާއްޖެ މޮޅުވި ނަމަވެސް ދެން ކުޅުނު ތިން މެޗުން ފިިލިޕީންސް މޮޅުވީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox