ލޮކްޑައުން ކުރުމާ އެކު އާޖެންޓީނާގެ ފުޓްބޯޅަ ސީޒަން ސަސްޕެންޑް ކޮށްފި

May 21, 2021, 4:34 PM
ބޮކަ ޖޫނިއާސްގެ މެޗެއްގެ ތެރެެއިން ޓެވޭޒް.

ބޮކަ ޖޫނިއާސްގެ މެޗެއްގެ ތެރެެއިން ޓެވޭޒް.

ބީނޯސް އޭރީސް (މެއި 21) – ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެ އާޖެންޓީނާ ސަރުކާރުން އިއްޔެ މި މަހުގެ ނިޔަަލަށް އެ ގައުމު ލޮކްޑައުނަކަށް ދާން ނިންމުމާ އެކު އެ އަށް ބޯލެނބުމުގެ ގޮތުން އާޖެންޓީނާގެ ފުޓްބޯޅައިގެ ރަސްމީ ހުރިހާ ހަރަކާތްތައް ސަސްޕެންޑްކުރަން އާޖެންޓީނާ ފުޓްބޯލް އެސޯސިއޭޝަން (އޭއެފްއޭ) އިން ނިންމައިފި އެވެ.

އޭއެފްއޭ އިން މި މި ގޮތަށް ނިންމިއިރު، އާޖެންޓީނާގައި އަންނަ މަހު ފަށާ ދެކުނު އެމެރިކާގެ ފުޓްބޯޅަ މުބާރާތް ކޮޕަ އެމެރިކާ ފަށަން އޮތީ ތިން ހަފްތާ އަށް ވެފަ އެވެ. އާޖެންޓީނާއާ އެކު އަންނަ މަހުގެ 13 ވަނަ ދުވަހު ކޮޕަ އެމެރިކާ ހޯސްޓްކުރަން ހަމަޖެހިފައި އޮތް ކޮލަމްބިއާގައި މިހާރު އެ މުބާރާތް ނޯންނާނެ އެވެ. އެއީ ކޮވިޑްގެ ނުރައްކާ އެ ގައުމުގައިބ ވެސް ބޮޑުވެފައިވާއިރު، އެ ގައުމުގައި ކުރިއަށްދާ ހަޅުތާލުގެ ސަބަބުންނެވެ.

ކޮލަމްބިއާ އިން މި އަހަރު ފަހު ކޮޅަށް ކޮޕަ އެމެރިކާ ފަސްކުރަން ހުށަހެޅި އެވެ. އެެހެން ނަމަވެސް ދެކުނު އެމެރިކާގެ މައި ފުޓްބޯޅަ އިރާދާ ކޮންމެބޯލް އިން ނިންމީ އާޖެންޓީނާގައި އެކަނި ހޯސްޓްކުރަން ޖެހުނަސް މިހާރު އޮތް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާށެވެ.

މި މުބާރާތަކީ ހަގީގަތުގައި މިދިޔަ އަހަރަށް ތާވަލުކުރި މުބާރާތެއް ނަމަވެސް ކޮވިޑްގެ ހާލަތު އޮތްގޮތުން އޭރު ބޭއްވޭނެ އެއްގޮތެއް ވެސް ނުވި އެވެ. އަނެއްކާ މި އަހަރު ވެސް މުބާރާތް ބޭއްވިދާނެެތޯ މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

އޭއެފްއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފުޓްބޯޅަ ހަރަކާތްތައް ސަސްޕެންޑް ކުރަން ނިންމީ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އާޖެންޓީނާ ސަރުކާރުން ނުވަ ދުވަހުގެ ލޮކްޑައުނެއް އިއުލާނުކުރީ އެ ގައުމުގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުންނެވެ. އެ ގޮތުން މިދިޔަ ހަފްތާގައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް 20،000 އަށް ވުރެ ޕޮޒިޓިވް ކޭސް ފެނުނުއިރު، މުޅި ހަފްތާގައި ޖުމްލަ އެއްކޮށް މަރުވި މީހުންގެ އަދަދު 500 އަށް އަރަ އެވެ.

"ރައީސް އަލްބާޓޯ ފެނާންޑޭސްގެ އެންގުމާ އެއްގޮތަށް އަމަލުކުރުމުގެ ގޮތުން މިއަދުން ފެށިގެން މި މަހުގެ 30 އާ ހަމައަށް ރަސްމީ ހުރިހާ މުބާރާތެއްގެ މެޗުތައް ސަސްޕެންޑްކުރަން ނިންމައިފިން،" އޭއެފްއޭގެ ބަޔާނުގައިވެ އެވެ.

އާޖެންޓީނާ ސަރުކާރުން މިދިިޔަ ހަފްތާގައި ވަނީ ކޮޕަ އެމެރިކާ ޝެޑިއުލާ އެއްގޮތަށް ކުރިއަށް ގެންދަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ބުނެފަ އެވެ.

މި މަހުގެ 30 ގެ ނިޔަލަށް އާޖެންޓީނާ ލޮކްޑައުނެއްގައި އޮތްއިރު، އަންނަ މަހު ތިން ވަނަ ދުވަހު ވޯލްޑް ކަޕް ކޮލިފައިންގައި ޗިލީއާ ދެކޮޅަށް އާޖެންޓީނާ ކުޅޭނެ އެވެ. އަދި ފަސް ދުވަސް ފަހުން ކޮލަމްބިއާއާ ބައްދަލުކުރަން އެ ގައުމަށް ދާން ޖެހޭ ގޮތަށް އޮތީ ޝެޑިއުލްކުރެވިފަ އެވެ.

ލޮކްޑައުނާ އެކު އާޖެންޓީނާ ފުޓްބޯޅައިގެ އިތުރުން އެ ގައުމުގައި މި މަސް ނިމުމުގެ ކުރިން ކުޅެން ރޭވިފައި އޮތް ދެކުނު އެމެރިކާގެ އެންމެ މަޝްހޫރު ކްލަބް ފުޓްބޯޅަ މުބާރާތް ކޮޕާ ލިބެޓެޑޯރެސް މެޗުތައް ވެސް ޖެހޭނީ ފަސްކުރާށެވެ. ފުޓްބޯޅަ މެޗުތައް ކުޅުމުގެ ހުއްދަ ނެތަސް ހަރުކަށި ޕްރޮޓޮކޯލެއްގެ ތެރެއިން ޓީމުތަކަށް ޓްރެއިނިން ކުރިއަށްގެންދެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޗެލްސީ ބަލިކޮށް ޓޮޓެންހަމް އިން ހިންދެމިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީގެ މައްޗަށް 2-0 އިން ކުރިހޯދައި، ޓޮޓެންހަމް އިން އެ ޓީމުގެ ދަނޑުގައި 37 އަހަރު ތެރޭ ދެވަނަ ފަހަރަށް ތާރީހީ މޮޅެއް ހޯދައިފި. ޗެލްސީގެ ކީޕަރު އަތުން ބައިކޮޅަށް ވަން ލަނޑަކާއި މަތީސް ޓެލް ޖެހި ގޯލުން ޓޮޓެންހަމް މޮޅުވިއިރު، މި މެޗުގައި ޗެލްސީގެ ތަރި ކޯލް ޕާމާ އަށް ވަނީ ރަތް ކާޑު ދައްކާފައި.

ރިޒޭ ދެއްކި ތަފާތާ އެކު ވިކްޓަރީން އޮޑި ބަލިކޮށް ލީޑުގައި

އަހުމަދު ރިޒްވާން (ރިޒޭ) ކާމިޔާބުކުރި ދެ ލަނޑާއެކު، އޮޑި ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް ވިކްޓަރީން ލީގު ތާވަލުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މޮޅާއެކު ވިކްޓަރީން 16 ޕޮއިންޓް ހޯދާފައިވާއިރު، އެ ޓީމަކީ މިހާތަނަށް ލީގުގައި ބަލިނުވެ އޮތް ދެ ޓީމުން ކުރެ އެއް ޓީމު.

ވިލާ އިން ސިޓީގެ ރެކޯޑް ނިމުމަކަށް، އާސެނަލް ފައިދާނަގައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އަތުން 2-1 އިން ބަލިވެ މެންޗެސްޓާ ސިޓީގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް އައިއިރު، އެވަޓަން ބަލިކޮށް އާސެނަލުން ވަނީ ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފައެވެ. ނަމަވެސް، ލަނޑުގެ ތަފާތުން ސިޓީ އަދިވެސް ތާވަލުގެ އެއްވަނައިގައި އޮތްއިރު، އާސެނަލް އޮތީ ދެވަނައިގައެވެ.

ބޮޑު މޮޅެއް ހޯދައި ނިއު އިން އީގަލްސްގެ ރެކޯޑް ނިމުމަކަށް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް 7-1 އިން ބަލިކޮށް، ނިއު ރޭޑިއަންޓް ލީގުގެ ދެ ވަނަ އަށް ޖެހިލައިފި. މި ނަތީޖާއާއެކު މި ސީޒަނުގައި އީގަލްސް ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ނިމުން އައިސްފައިވާއިރު، ދެ ޓީމަށްވެސް މިހާރު ލިބިފައިވަނީ 11 ޕޮއިންޓު.

ކޮމްޕެނީ ޓީމާ ގުޅޭނީ އެއްކޮށް ފިޓްވުމުން: ބަޔާން

ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީގެ ސިއްހީ ހާލަތު ގޯސްވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާތީ، އޭނާ އަލުން ޓީމާ ގުޅޭނީ ފުރިހަމައަށް ފިޓްވުމުން ކަމަށް އެ ކްލަބުން ބުނެފި. ކޮމްޕެނީއަށް ފަރުވާދެމުންދާ މި ދަނޑިވަޅުގައި ޓީމުގެ ތަމްރީނުތަކާއި ކުރިއަށް ހުރި މެޗުތަކުގައި އިރުޝާދުދޭނީ އެސިސްޓަންޓް ކޯޗުން

ފަލަސްތީނު 17 އަހަރުން ދަށުގެ ޓީމު ރާއްޖެ އަށް

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ތަމްރީނު ކޭމްޕަކަށް މި މަހު ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައި. މި ދަތުރުގައި ކ. ގުރައިދޫގައި ކޭމްޕްކޮށް، ރާއްޖޭގެ ޒުވާން ޓީމާ ދެކޮޅަށް ދެ މެޗެއް ކުޅުމަށް ވަނީ ނިންމާފައި. މިއީ އޭއެފްސީ ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުންނާއި ދެ ގައުމުގެ ގުޅުމަށް ފައިދާކުރާނެ ކަމެއް.

ކޮންޓޭ، މެންޗެސްޓާ ޔުނައިޓެޑާ ގުޅޭ ވާހަކަތައް ދޮގުކޮށްފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމަށް މަޝްވަރާކުރަމުންދާ ކަމަށް މީޑިއާތަކުން ފަތުރާ ޚަބަރުތައް އެންޓޯނިއޯ ކޮންޓޭ ދޮގުކޮށްފި. އޭނާ ބުނިގޮތުގައި އެއްވެސް ކްލަބަކާއެކު މިހާތަނަށް މަޝްވަރާކޮށްފައި ނުވާނެ ކަމަށާއި، އޭނާ ބޭނުންވަނީ އިހުތިރާމާއެކު ކުރިއަށްދެވޭނެ ރަނގަޅު ޕްރޮޖެކްޓެއް.

Newsletter

Get the latest news delivered straight to your inbox