ރަސްމާލެ ދޫކޮށްލައިފިނަމަ އަނބުރާ އިއާދަނުކުރެވޭނެ ގެއްލުން ވާނެ: އިލްމުވެރިންގެ ގުޅުން

އިލްމުވެރިންގެ ގުޅުމުގެ ބައެއް މެންބަރުން ބައްދަލުވުމެއްގައި: އެ ޖަމިއްޔާގެ ކަރުދާހުގައި ބުނެފައި ވަނީ ރާ ބުއިމާއި ނިވާކަން ކުޑަ ހެދުން ލުމުގެ މިނިވަންކަމާއެކު ކާފަރުންނަށް ރާއްޖޭގައި ވަޒަންވެރިވެވިގެން ނުވާނެ ކަމަށް -- ފޮޓޯ: އިލްމުވެރިންގެ ގުޅުން

އިލްމުވެރިންގެ ގުޅުމުގެ ބައެއް މެންބަރުން ބައްދަލުވުމެއްގައި: އެ ޖަމިއްޔާގެ ކަރުދާހުގައި ބުނެފައި ވަނީ ރާ ބުއިމާއި ނިވާކަން ކުޑަ ހެދުން ލުމުގެ މިނިވަންކަމާއެކު ކާފަރުންނަށް ރާއްޖޭގައި ވަޒަންވެރިވެވިގެން ނުވާނެ ކަމަށް -- ފޮޓޯ: އިލްމުވެރިންގެ ގުޅުން

ގާނޫނުއަސާސީން ބޭރުގެ ފަރާތްތަކަށް ބިން ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ 99 އަހަރު ކަމަށް ކަނޑައަޅާފައި ވަނިކޮށް، އެ ހިމާޔަތް ފަހަނައަޅައި ގޮސް "ސަރެންޑާ އެންޑް ރީ-ގްރާންޓް" މޮޑެލް މެދުވެރިކޮށް ތާއަބަދަށް ލީސް އާވާ ގޮތަށް ދޫކޮށްލުމަކީ ގައުމަށް އަނބުރާ އިއާދަނުކުރެވޭނެ ގެއްލުންވާނެ ކަމެއް ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި އެވެ. 

އެ ޖަމުއިއްޔާގެ އިލްމީ ދިރާސާތަކާއި ބަހުސްތަކާ ބެހޭ ކޮމިޓީން އެކުލަވާލި ދިރާސާ ރިޕޯޓުގެ މައްޗަށް ބިނާކޮށް މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ މި މަޝްރޫއުއިން ލިބޭ ފައިދާ އާއި ގެއްލުން އެއްވަރެއް ނޫން ކަމަށެވެ. އެގޮތުން، ފައިދާތައް ހުރީ ލަފާކުރުމެއްގެ ތެރޭގައި ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އޭގެ ބަދަލުގައި މަޝްރޫއުގެ ގެއްލުން ހުރީ ޝަރުތުތަކުގެ ތެރޭގައި ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފައިވެ އެވެ. އެގޮތުން، ބިން އަނބުރާ ނުލިބޭ ލީސްއާއި، ދިރިއުޅުމާ ގުޅުވާލެވިފައިވާ ވިއްކުމާއި، 150000 މީހުން ދިރިއުޅޭ ރަށާ ބުރިޖުން ގުޅުވާލެވިފައިވާ ރިސޯޓު ނިޒާމަކީ ލިޔެކިޔުމުން ސާބިތުވާ ކަންކަން ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. 

"ފައިސާގެ ގެއްލުމެއް ލިބިއްޖެނަމަ، ފަހުން އިސްލާހުކުރެވިދާނެ އެވެ. ނަމަވެސް، ބިން އަނބުރާ ނުލިބޭ ގޮތަށް ދޫވެއްޖެނަމަ، އަދި ބިދޭސީންގެ ދާއިމީ އާބާދީއެއް އުފެދިއްޖެނަމަ، އެކަން އަނބުރާ އިއާދަ ނުކުރެވޭނެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ. 

މިހާރު ހާމަވެފައިވާ ޝަރުތުތަކުގެ މަތިން، މި މަޝްރޫއުއިން ދީނަށާއި ގައުމަށް ލިބިދާނެ ގެއްލުމަކީ، ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާ ކުރާ ފައިދާއަށް ވުރެ ބޮޑު ގެއްލުމެއް ކަމަށް އިލްމުވެރިންގެ ގުޅުމުން ދެކެ އެވެ. އަދި އެ ގެއްލުމަކީ، ލިބިއްޖެނަމަ ފަހުން ރަނގަޅު ކުރެވޭނެ ނުވަތަ އިއާދަ ކުރެވޭނެ ގެއްލުމެއް ނޫން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެ އެވެ. 

މިހާތަނަށް ހާމަވެފައިވާ ޝަރުޠުތަކުގެ މަތިން، މި މަޝްރޫޢުގެ ފައިނަލް އެއްބަސްވުމުގައި ސޮއިކުރުމުން ބޮޑެތި ޝަރުޢީ އިޢުތިރާޟުތައް އުފެދޭ ކަމަށާއި އެހެންކަމުން، މި މަޝްރޫއު މިހާރު ހުއްޓާލުމަކީ ދައުލަތުގެ ޝަރުއީ ޒިންމާއެއް ކަމުގައި އިލްމުވެރިން ބުނެފައިވެ އެވެ. 

މި ބަޔާނަކީ ސިޔާސީ ބަޔާނެއް ނޫން ކަމަށާއި، ބޭރުގެ އިންވެސްޓްމަންޓަށް ނުވަތަ އަރަބި އަޚުންނަށް ދެކޮޅުހެދުމެއް ވެސް ނޫން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެ އެވެ. އަދި ގައުމު ދަރަނީގެ ބުރައިން މިނިވަންކުރުމަށް ސަރުކާރުން ކުރާ މަސައްކަތް އަގުވަޒަންކުރާ ހިނދު، އިގުތިސާދީ ތަނަވަސްކަން ހޯދަންވާނީ ދީނާއި ގައުމީ އައިޑެންޓިޓީ ދޫނުކޮށް ކަމަށް އެ ޖަމުޢިއްޔާއިން ވަނީ ގޮވާލާފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލޯ ޑިގްރީ އިމްތިހާނަށް މާލެ އަންނާކަށް ނުޖެހޭނެ: ބާ ކައުންސިލް

ލޯ ޑިގްރީގެ އިމްތިހާނުތައް ހެދުމަށް މާލެއަށް ނުވަތަ ވަކި ހާއްސަ ރަށަކަށް ހާޒިރުވުން ލާޒިމު ނޫން ކަމަށާއި، ދަރިވަރުން ދިރިއުޅޭ ރަށެއްގެ ސްކޫލް ނުވަތަ ކައުންސިލް މެދުވެރިކޮށް އިމްތިހާނު ހެދޭނެ މަގު ބާ ކައުންސިލުން ފަހިކޮށްދީފިއެވެ. އަންނަ އަހަރުން ފެށިގެން އަމަލުކުރާ މި އުސޫލުގެ ދަށުން އިމްތިހާނު ހަދާ ގޮތަށް ބަދަލު އައި ނަމަވެސް، ކޯހުގެ މަންހަޖާއި ކިޔަވައިދޭ މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ތަރައްގީގެ އެއްވެސް ކަމެއް ކުރުމަށް ލާރިއެއް ނެތް: ޝާކިރު

އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓް ހަރަދަށް ކެނޑުމަށްފަހު ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ނެތް ކަމަށް ވިދާޅުވެ މެންބަރު އަހުމަދު ޝާކިރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ދައުލަތުގެ އާމްދަނީގެ ބޮޑުބައެއް ހަރަދުވަނީ ރިކަރަންޓް ކަންކަމަށް ކަމަށާއި، މަޝްރޫއުތައް ހިންގަން ޖެހެނީ އިތުރަށް ދަރަނި ނަގައިގެން ކަމަށެވެ. މީގެ އިތުރުން ސަރުކާރު ކުންފުނިތަކުން ބޮޑެތި ގެއްލުންވަމުންދާ ދިއުމަށްވެސް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

"ސިޓިޒަންސް ކޮމްޕްލެއިންޓްސް" ލައުންޖުތަކެއް ގާއިމުކޮށްފި

ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސަރުކާރަށް ހުށަހެޅުމަށްޓަކައި މާލެ އާއި ހުޅުމާލޭގައި "ސިޓިޒަންސް ކޮމްޕްލެއިންޓްސް" ބިއުރޯގެ ދެ ލައުންޖެއް މިއަދު ވަނީ ހުޅުވައިފައެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ޚިދުމަތް ދޭ މި އޮފީސްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިންގާ، ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ގާއިމުކުރި ތަންތަނެވެ.

ރިއަލް އެސްޓޭޓު ބިލު މަޖިލީހަށް ބަލައިގަނެފި

މި ބިލު ބަލައިގަންނަން ވޯޓު ދިނީ 42 މެންބަރުން. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 13 މެންބަރުން. މި ބިލު ދިރާސާކުރާނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން. މިއީ ގާނޫނުއަސާސީގެ ހިމާޔަތްތައް ނައްތާލައި، ތާއަބަދަށް ނުވަތަ ހުސްނުވާ ގޮތަށް ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށް އިންތިޒާމުތަކެއް ހިމަނާފައިވާ ބިލެއް

ބޮޑެތި ޖޫރިމަނާތަކެއް ހިމަނާފައިވާ އަބުރުގެ ބިލު ކޮމިޓީއަށް

ސޯޝަލް މީޑިއާގައި މީހެއްގެ އަބުރާ ބެހޭ ފަދަ ޕޯސްޓެއް ހިއްސާކޮށްފިނަމަ 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ހުށަހެޅި އަބުރުގެ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ. މި ބިލުގައި ބަހާއި، ފޮޓޯއާއި، އިޝާރާތް އަދި ފިލްމު ފަދަ ވަސީލަތްތައް މެދުވެރިކޮށް އަބުރާ ބެހުމުގެ ދައުވާ ކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.

މަރުގެ އަދަބު ތަންފީޒު ކުރާ ބިލު ބަލައިގެންފި

ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރާ ގޮތަށް ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ. މި ބިލުގައި މަރުގެ އަދަބު ތަންފީޒުކުރާނެ ގޮތާއި، އެކަން ހިންގާނެ ޕެނަލެއް އެކުލަވާލުމުގެ އިތުރުން، ބަލިވެއިނުމާއި ދަރިފުޅަށް ދެ އަހަރު ފުރުން ފަދަ އަދަބު ތަންފީޒުނުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ.

ތިން ކުންފުންޏެއްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލްކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ތަކުރާރުކޮށް ހިލާފުވި ތިން ކުންފުންޏެއްގެ ލައިސަންސް އެމްއެމްއޭ އިން ބާތިލުކޮށް، އެ ކުންފުނިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފިއެވެ. މި ފިޔަވަޅަކީ ބޭރު ފައިސާގެ ބާޒާރު ކޮންޓްރޯލްކޮށް، ގަވާއިދާ ހިލާފު މުއާމަލާތްތައް ހުއްޓުވުމަށް އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

Newsletter

Get the latest news delivered straight to your inbox