އީގަލް ހިލްސް އާއި ރަސްމާލެއާ ގުޅޭ ގޮތުން މަތީންގެ ސުވާލުތަކެއް އަލައްބާރަށް

Nov 19, 2026, 8:30 AM
އެމްޑަބްލިއުއެސްސީގެ ކުރީގެ އެމްޑީ މަތީން; އޭނާ ދަނީ ރަސްމާލެ ޑީލާމެދު ބޮޑެތި ކަންބޮޑުވުން ފާޅުކުރަމުން -- ފޮޓޯ: އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީގެ ކުރީގެ އެމްޑީ މަތީން; އޭނާ ދަނީ ރަސްމާލެ ޑީލާމެދު ބޮޑެތި ކަންބޮޑުވުން ފާޅުކުރަމުން -- ފޮޓޯ: އެމްޑަބްލިއުއެސްސީ

ރަސްމާލެ ވޯޓާ ފްރޮންޓު އެންޑް މެރީނާ މަޝްރޫއު ހިންގުމަށް ހަވާލުކޮށްފައިވާ ޔޫއޭއީގެ އީގަލް ހިލްސް ކުންފުނީގެ ހިއްސާދާރުންނާއި، އެ ކުންފުނީގެ އަސްލު މިލްކުވެރިން އަދި އެ ފަރާތްތަކުގެ ހިއްސާގެ ނިސްބަތް އާންމުކޮށް ހާމަކޮށްދެއްވުމަށް، އެ ކުންފުނީގެ ބާނީ އަދި ޗެއާމަން މުހައްމަދު އަލައްބާރަށް، މިހާރު ހިނގަމުންދާ ޕީއެންސީ ސަރުކާރުގައި އެމްޑަބްލިޔޫއެސްސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަބްދުލް މަތީން ގޮވާލައްވައިފި އެވެ.

އަލައްބާރަށް ޓެގްކުރައްވައި މަތީން ކުރެއްވި ފޭސްބުކް ޕޯސްޓުގައި ރަސްމާލެ މަޝްރޫއަށް ފައިސާ ހޯދާ ގޮތްތަކާއި ފައިސާގެ އަސްލު މަސްދަރުތަކަކީ ކޮބައިކަން ދިވެހި ރައްޔިތުންނަށް ސާފުކޮށްދެއްވުމަށް ވަނީ އެދިވަޑައިގެންފަ އެވެ. އެގޮތުން، މި އިންވެސްޓްމަންޓްގެ ފަހަތުގައި ތިބީ ކޮން ބައެއްކަމާއި ފައިސާ އަންނަނީ ކޮން ތަނަކުންކަން އެނގުމަކީ ދިވެހި ރައްޔިތުންނަށް ލިބިގެންވާ ހައްގެއްކަމަށާއި، އެކަމުގައި ފުރިހަމަ ދެފުށް ފެންނަ ނިޒާމެއް އޮންނަންޖެހޭނެކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލައިގައި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ދައުރަށް އިޝާރާތްކުރައްވަމުން މަތީން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ގާނޫނުތައް ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެއްބަސްވުންތަކުގައި ސޮއިކުރި ނަމަވެސް،  ހާމަކަން ބޮޑު ނިޒާމަކާއި، ޖަވާބުދާރީވުމާއި، އަދި ދިވެހި ރައްޔިތުންގެ ހައްގު މަސްލަހަތުތަކުގެ ބަދަލުގައި މަޖިލީހުގެ ރުހުމާއި ސަރުކާރުގެ ސޮއި ފުދޭނެކަމަށް ބެލެވިގެން ނުވާނެކަމަށެވެ.

ރަސްމާލޭ ބިމުގެ ހައްގު ވެރިންނަކީ ދިވެހި ރައްޔިތުންކަން ފާހަގަކުރައްވައި، އިންވެސްޓްމަންޓްގެ ނަމުގައި ހެޔޮ ވެރިކަމުގެ އުސޫލުތަކާއި، ޑިމޮކްރެޓިކް ހަމަތަކާއި، ދެފުށް ފެންނަ ސިޔާސަތުގެ އިތުރުން ޖަވާބުދާރީވުމުގެ އުސޫލުތަކަށް ބުރޫއަރާ އެއްވެސް ކަމެއް ދިވެހި ރައްޔިތުން ބަލައިނުގަންނާނެ ކަމަށް ވެސް މަތީން ވިދާޅުވި އެވެ.

ރަސްމާލޭގެ 500 ހެކްޓަރުގެ ބިން އަލައްބާރަށް ރައީސް މުހައްމަދު މުއިއްޒު ހިލޭ ދޫކޮށްލާއިރު މިހާރު ހަދާފައިވާ އެއްބަސްވުން އަދިވެސް ހާމައެއް ނުކުރެ އެވެ. ރަސްމާލެ އަލައްބާރަށް ދިނުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލްގެ މަސައްކަތް މުއިއްޒުގެ މެޖޯރިޓީ އޮތް މަޖިލީހުން ވަރަށް ބާރަށް ކުރިއަށް އެބަގެންދެ އެވެ. 

މުއިއްޒުގެ މަގުބޫލްކަން އިންތިހާއަށް ދަށްވެފައި ވާއިރު، ރައްޔިތުންގެ ބަހެއް ނެތި ޣައިރު ދީންތަކުގެ މީހުން ވަޒަންވެރިވެވޭގޮތަށް މަޝްރޫއުތައް ހިންގުމާއި ރަސްމާލެ ހިލޭ ދޫކޮށްލާތީ އިދިކޮޅު ސިޔާސީ ޕާޓީތަކާއި ދީނީ އިލްމުވެރިންނާއި އާންމު ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލޯ ޑިގްރީ އިމްތިހާނަށް މާލެ އަންނާކަށް ނުޖެހޭނެ: ބާ ކައުންސިލް

ލޯ ޑިގްރީގެ އިމްތިހާނުތައް ހެދުމަށް މާލެއަށް ނުވަތަ ވަކި ހާއްސަ ރަށަކަށް ހާޒިރުވުން ލާޒިމު ނޫން ކަމަށާއި، ދަރިވަރުން ދިރިއުޅޭ ރަށެއްގެ ސްކޫލް ނުވަތަ ކައުންސިލް މެދުވެރިކޮށް އިމްތިހާނު ހެދޭނެ މަގު ބާ ކައުންސިލުން ފަހިކޮށްދީފިއެވެ. އަންނަ އަހަރުން ފެށިގެން އަމަލުކުރާ މި އުސޫލުގެ ދަށުން އިމްތިހާނު ހަދާ ގޮތަށް ބަދަލު އައި ނަމަވެސް، ކޯހުގެ މަންހަޖާއި ކިޔަވައިދޭ މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ތަރައްގީގެ އެއްވެސް ކަމެއް ކުރުމަށް ލާރިއެއް ނެތް: ޝާކިރު

އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓް ހަރަދަށް ކެނޑުމަށްފަހު ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ނެތް ކަމަށް ވިދާޅުވެ މެންބަރު އަހުމަދު ޝާކިރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ދައުލަތުގެ އާމްދަނީގެ ބޮޑުބައެއް ހަރަދުވަނީ ރިކަރަންޓް ކަންކަމަށް ކަމަށާއި، މަޝްރޫއުތައް ހިންގަން ޖެހެނީ އިތުރަށް ދަރަނި ނަގައިގެން ކަމަށެވެ. މީގެ އިތުރުން ސަރުކާރު ކުންފުނިތަކުން ބޮޑެތި ގެއްލުންވަމުންދާ ދިއުމަށްވެސް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

"ސިޓިޒަންސް ކޮމްޕްލެއިންޓްސް" ލައުންޖުތަކެއް ގާއިމުކޮށްފި

ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސަރުކާރަށް ހުށަހެޅުމަށްޓަކައި މާލެ އާއި ހުޅުމާލޭގައި "ސިޓިޒަންސް ކޮމްޕްލެއިންޓްސް" ބިއުރޯގެ ދެ ލައުންޖެއް މިއަދު ވަނީ ހުޅުވައިފައެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ޚިދުމަތް ދޭ މި އޮފީސްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިންގާ، ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ގާއިމުކުރި ތަންތަނެވެ.

ރިއަލް އެސްޓޭޓު ބިލު މަޖިލީހަށް ބަލައިގަނެފި

މި ބިލު ބަލައިގަންނަން ވޯޓު ދިނީ 42 މެންބަރުން. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 13 މެންބަރުން. މި ބިލު ދިރާސާކުރާނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން. މިއީ ގާނޫނުއަސާސީގެ ހިމާޔަތްތައް ނައްތާލައި، ތާއަބަދަށް ނުވަތަ ހުސްނުވާ ގޮތަށް ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށް އިންތިޒާމުތަކެއް ހިމަނާފައިވާ ބިލެއް

ބޮޑެތި ޖޫރިމަނާތަކެއް ހިމަނާފައިވާ އަބުރުގެ ބިލު ކޮމިޓީއަށް

ސޯޝަލް މީޑިއާގައި މީހެއްގެ އަބުރާ ބެހޭ ފަދަ ޕޯސްޓެއް ހިއްސާކޮށްފިނަމަ 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ހުށަހެޅި އަބުރުގެ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ. މި ބިލުގައި ބަހާއި، ފޮޓޯއާއި، އިޝާރާތް އަދި ފިލްމު ފަދަ ވަސީލަތްތައް މެދުވެރިކޮށް އަބުރާ ބެހުމުގެ ދައުވާ ކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.

މަރުގެ އަދަބު ތަންފީޒު ކުރާ ބިލު ބަލައިގެންފި

ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރާ ގޮތަށް ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ. މި ބިލުގައި މަރުގެ އަދަބު ތަންފީޒުކުރާނެ ގޮތާއި، އެކަން ހިންގާނެ ޕެނަލެއް އެކުލަވާލުމުގެ އިތުރުން، ބަލިވެއިނުމާއި ދަރިފުޅަށް ދެ އަހަރު ފުރުން ފަދަ އަދަބު ތަންފީޒުނުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ.

ތިން ކުންފުންޏެއްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލްކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ތަކުރާރުކޮށް ހިލާފުވި ތިން ކުންފުންޏެއްގެ ލައިސަންސް އެމްއެމްއޭ އިން ބާތިލުކޮށް، އެ ކުންފުނިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފިއެވެ. މި ފިޔަވަޅަކީ ބޭރު ފައިސާގެ ބާޒާރު ކޮންޓްރޯލްކޮށް، ގަވާއިދާ ހިލާފު މުއާމަލާތްތައް ހުއްޓުވުމަށް އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

Newsletter

Get the latest news delivered straight to your inbox