ބަޖެޓަށް ވޯޓު ދޭނީ ރައްޔިތުންގެ ޖީބަށް ލުއިވެ، އިގުތިސާދު ކުރިއަރާ ގޮތަށް ބަލާފައި: ސޯބެ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން، ހިތަދޫ އުތުރު ދާއިރާގެ މެންބަރު، އަބްދުﷲ ސޯދިގު ވާހަކަދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން، ހިތަދޫ އުތުރު ދާއިރާގެ މެންބަރު، އަބްދުﷲ ސޯދިގު ވާހަކަދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަށް ވޯޓު ދެވޭނީ ރައްޔިތުންގެ ޖީބަށް ލުއި ވެ، ގައުމުގެ އިގްތިސާދު ކުރިއަރައިގެންދާ ގޮތަކަށް ބަލާފައި ކަމަށާއި، ގައުމު ދަރަނިވެރި ކުރުވާ ބަޖެޓަކަށް ވޯޓު ދީގެން ނުވާނެ ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެ އެވެ. 

މިއަދު މަޖިލީހުަގައި ކުރިއަށްގެންދިޔަ ބަޖެޓު ބަހުސްގައި ވާހަކަ ދައްކަވަމުން ސޯބެ ވިދާޅުވީ، ސިއްހީ ދާއިރާއަށް 10.5 ބިލިއަން ރުފިޔާ ކަނޑައެޅިފައި އޮތް ނަމަވެސް، އާންމު ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭހާއި އިންޖެކްޝަންތައް ރާއްޖެއިން ލިބެން ނެތް ކަމަށެވެ. އަދި އައިނު ހައްދަން އިންޑިއާއިން ބޭފުޅުން ގެނައި ނަމަވެސް، އާސަންދައިގެ ދަށުންނާއި އަމިއްލައަށް ގަންނަންވެސް ރާއްޖެއިން ބޭނުންވާ ސާމާނު ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުގެ ދާއިރާގެ ހުސެންބެބެ އިހަށް ރޭ ވެސް ގުޅާފަ ބުނީ އަންހެނުން ދެ ދުވަހުން އެއް ދުވަހު ޑަޔަލިސިސް ހައްދަވާ އިރު އިންޖެކްޝަނާ ބޭސް ނުލިބޭ ވާހަކަ. އިންޑިޔާއިން އައިނު ގެނައީމަ އާސަންދަ އިން ގަންނާކަށް ވެސް ނުލިބޭ ރާއްޖެއަކުން،" ސޯބެ ވިދާޅުވި އެވެ.

ސޯބެ ވިދާޅުވީ, ބޮޑުތިލަދުންމަތީގެ ހޮސްޕިޓަލާއި އައްޑޫ ސިޓީގެ ޓާޝަރީ ހޮސްޕިޓަލުގެ ކެޕިޓަލް ހަރަދު 2.8 ބިލިއަން ރުފިޔާއިން 1.6 ބިލިއަނަށް ކުޑަކޮށްފައިވާކަމަ ށެވެ. އެގޮތުން 8.2 ބިލިއަން ރުފިޔާގެ ޕީއެސްއައިޕީ މަޝްރޫއުގައި ރަށްރަށުގެ ވަކިވަކި ޕްރޮޖެކްޓުތައް ހުރި މިންވަރާއި އެ މަޝްރޫއުތައް އުނިކުރި މަގުސަދަކީ ކޮބައިތޯއާއި، އައްޑޫ ލިންކު ރޯޑު ފުޅާކުރުމާއި މަގު ހެދުމުގެ ޒޯނަށް ކަނޑައެޅި ބަޖެޓުގެ އިތުރުން ގަން އިންޓަނޭޝަނަލް އެއާޕޯޓު ނިންމަން ބޭނުންވާ އަދަދު ބަޖެޓުގައި ހިމެނިފައި އެބައޮތްތޯ އޭނާ ސުވާލުކުރެއްވި އެވެ.

އޭގެ އިތުރުން ބަޖެޓުގެ 18.9 ބިލިއަން ރުފިޔާގެ ފައިނޭންސް ހޯދާނީ ކޮން އިދާރާތަކަކުންތޯއާއި، ކައުންސިލްތަކުގެ މުސާރައާއި އެލަވަންސް ބޮޑުވެފައިވާއިރު ކޮންޓިންޖެންސީ ބަޖެޓުން 10 ޕަސެންޓު ކައުންސިލްތަކަށް ކަނޑައަޅުއްވަން ކެރިވަޑައިނުގަންނަވާނީތޯ ވިދާޅުވެ ލިޔުމުން ޖަވާބު ހޯއްދެވުމަށް ސޯބެ ހުށަހެޅުއްވި އެވެ.

"މި ސުވާލުތަކަށް ލިޔުމުން ޖަވާބު ލިބިއްޖެއާމު އަޅުގަނޑު ދެވަނަ ވިސްނުމަކަށް ގޮސް ބަޖެޓަށް ތާއީދުކޮށް ވޯޓު ދޭން ވިސްނަފާނަން. އިއްޒަތްތެރި ރައީސް, އަޅުގަނޑުމެން މިތިބަ ރައްޔިތުންގެ މަންދޫބުން މި ބަޖެޓަށް ވޯޓު ދޭން ޖެހޭނީ ރައްޔިތުންނަށް ވާ ކަމަކަށް ބަލާފަ. ރާއްޖެ ދަރަނިވެރި ކުރުވާކަށެއް ނޫން،" 

ސޯބެ އިތުރަށް ވިދާޅުވީ, ރައްޔިތުންގެ ޖީބަށް ލުއިވެ، އިގްތިސާދު ކުރިއަރައިގެންދާނެ ގޮތެއް މި ބަޖެޓުން ފެންނަން ނެތުމުން، މިހާރު އޮތް ގޮތަށް މި ބަޖެޓަކަށް ތާއީދު ނުކުރެއްވޭނެ ކަމަ ށެވެ. އަދި ރައްޔިތުންނަށް ފައިދާއެއް ނެތް މި ބަޖެޓަށް ވޯޓު ނުދިނުމަށް މަޖިލީހުގެ އެހެން މެންބަރުންނަށްވެސް އޭނާ ގޮވާލެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލޯ ޑިގްރީ އިމްތިހާނަށް މާލެ އަންނާކަށް ނުޖެހޭނެ: ބާ ކައުންސިލް

ލޯ ޑިގްރީގެ އިމްތިހާނުތައް ހެދުމަށް މާލެއަށް ނުވަތަ ވަކި ހާއްސަ ރަށަކަށް ހާޒިރުވުން ލާޒިމު ނޫން ކަމަށާއި، ދަރިވަރުން ދިރިއުޅޭ ރަށެއްގެ ސްކޫލް ނުވަތަ ކައުންސިލް މެދުވެރިކޮށް އިމްތިހާނު ހެދޭނެ މަގު ބާ ކައުންސިލުން ފަހިކޮށްދީފިއެވެ. އަންނަ އަހަރުން ފެށިގެން އަމަލުކުރާ މި އުސޫލުގެ ދަށުން އިމްތިހާނު ހަދާ ގޮތަށް ބަދަލު އައި ނަމަވެސް، ކޯހުގެ މަންހަޖާއި ކިޔަވައިދޭ މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ތަރައްގީގެ އެއްވެސް ކަމެއް ކުރުމަށް ލާރިއެއް ނެތް: ޝާކިރު

އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓް ހަރަދަށް ކެނޑުމަށްފަހު ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ނެތް ކަމަށް ވިދާޅުވެ މެންބަރު އަހުމަދު ޝާކިރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ދައުލަތުގެ އާމްދަނީގެ ބޮޑުބައެއް ހަރަދުވަނީ ރިކަރަންޓް ކަންކަމަށް ކަމަށާއި، މަޝްރޫއުތައް ހިންގަން ޖެހެނީ އިތުރަށް ދަރަނި ނަގައިގެން ކަމަށެވެ. މީގެ އިތުރުން ސަރުކާރު ކުންފުނިތަކުން ބޮޑެތި ގެއްލުންވަމުންދާ ދިއުމަށްވެސް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

"ސިޓިޒަންސް ކޮމްޕްލެއިންޓްސް" ލައުންޖުތަކެއް ގާއިމުކޮށްފި

ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސަރުކާރަށް ހުށަހެޅުމަށްޓަކައި މާލެ އާއި ހުޅުމާލޭގައި "ސިޓިޒަންސް ކޮމްޕްލެއިންޓްސް" ބިއުރޯގެ ދެ ލައުންޖެއް މިއަދު ވަނީ ހުޅުވައިފައެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ޚިދުމަތް ދޭ މި އޮފީސްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިންގާ، ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ގާއިމުކުރި ތަންތަނެވެ.

ރިއަލް އެސްޓޭޓު ބިލު މަޖިލީހަށް ބަލައިގަނެފި

މި ބިލު ބަލައިގަންނަން ވޯޓު ދިނީ 42 މެންބަރުން. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 13 މެންބަރުން. މި ބިލު ދިރާސާކުރާނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން. މިއީ ގާނޫނުއަސާސީގެ ހިމާޔަތްތައް ނައްތާލައި، ތާއަބަދަށް ނުވަތަ ހުސްނުވާ ގޮތަށް ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށް އިންތިޒާމުތަކެއް ހިމަނާފައިވާ ބިލެއް

ބޮޑެތި ޖޫރިމަނާތަކެއް ހިމަނާފައިވާ އަބުރުގެ ބިލު ކޮމިޓީއަށް

ސޯޝަލް މީޑިއާގައި މީހެއްގެ އަބުރާ ބެހޭ ފަދަ ޕޯސްޓެއް ހިއްސާކޮށްފިނަމަ 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ހުށަހެޅި އަބުރުގެ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ. މި ބިލުގައި ބަހާއި، ފޮޓޯއާއި، އިޝާރާތް އަދި ފިލްމު ފަދަ ވަސީލަތްތައް މެދުވެރިކޮށް އަބުރާ ބެހުމުގެ ދައުވާ ކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.

މަރުގެ އަދަބު ތަންފީޒު ކުރާ ބިލު ބަލައިގެންފި

ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރާ ގޮތަށް ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ. މި ބިލުގައި މަރުގެ އަދަބު ތަންފީޒުކުރާނެ ގޮތާއި، އެކަން ހިންގާނެ ޕެނަލެއް އެކުލަވާލުމުގެ އިތުރުން، ބަލިވެއިނުމާއި ދަރިފުޅަށް ދެ އަހަރު ފުރުން ފަދަ އަދަބު ތަންފީޒުނުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ.

ތިން ކުންފުންޏެއްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލްކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ތަކުރާރުކޮށް ހިލާފުވި ތިން ކުންފުންޏެއްގެ ލައިސަންސް އެމްއެމްއޭ އިން ބާތިލުކޮށް، އެ ކުންފުނިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފިއެވެ. މި ފިޔަވަޅަކީ ބޭރު ފައިސާގެ ބާޒާރު ކޮންޓްރޯލްކޮށް، ގަވާއިދާ ހިލާފު މުއާމަލާތްތައް ހުއްޓުވުމަށް އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

Newsletter

Get the latest news delivered straight to your inbox