އިންޑިއާ އިން ޖެހިޖެހިގެން 10 ވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ފައިނަލަށް

Nov 14, 2026, 3:55 PM
ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026 ގެ ސެމީ ފައިނަލުގައި ބޫޓާނާއި އިންޑިއާ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026 ގެ ސެމީ ފައިނަލުގައި ބޫޓާނާއި އިންޑިއާ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026 ގެ ސެމީ ފައިނަލުގައި ބޫޓާންގެ މައްޗަށް 2-1 އިން ކުރިހޯދައި އިންޑިއާ އިން ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ޖެހިޖެހިގެން 10 ވަނަ މުބާރާތުގައި ހޯދައިފަ އެވެ. 

މިއީ، ސާފް ޗެމްޕިއަންޝިޕް ބާއްވާ 15 ވަނަ ފަހަރެވެ. ނުވަ ފަހަރު ތަށި ހޯދާފައިވާ އިންޑިއާ އިން ޖެހިޖެހިގެން 10 ވަނަ ފައިނަލުގައި ކުޅޭއިރު، އެ ޓީމު ނެތި ސާފް ޗެމްޕިއަންޝިޕެއްގެ ފައިނަލު ކުޅެފައިވަނީ، 2003 ވަނަ އަހަރު ބަންގްލަދޭޝްގަ އެވެ. އެ ފަހަރުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ރާއްޖެ ބަލިކޮށް ތަށި އުފުލާލީ ބަންގްލަދޭޝް އެވެ. އެއީ، ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަކަށް އިންޑިއާ އަށް ނުދެވުނު ހަމައެކަނި ފަހަރެވެ. 

އޭގެ ފަހުން ކުޅުނު ނުވަ ފައިނަލުގައި އިންޑިއާ އިން ވާދަކޮށް، ހަ ފަހަރު ތަށި ހޯދި އެވެ. ތަށި ގެއްލުނީ، 2008 އާއި 2018 ވަނަ އަހަރު ރާއްޖެ އަތުން އަދި 2013 ވަނަ އަހަރު އަފްގާނިސްތާން އަތުން ބަލިވުމުންނެވެ. 

ޑާކާ ނެޝަަނަލް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ އަށް ވަނަ މިނިޓްގައި އިންޑިއާ އިން ލީޑުނެގީ އޭރިއާބޭރުން ޕީވީ ވިޝްނޫ ތިރީ ކަނަށް ޖެހި ގޯލުންނެވެ. އިންޑިއާގެ ފޯވާޑް ސުހައިލް އަހުމަދު ބަޓް ޖެހި ބޯޅައެއް ބޫޓާން ކީޕަރު، ގެޔެލްސްޓެން ޒަންގްޕޯ ވަނީ މަތަކޮށްފަ އެވެ. 

މެޗުގެ 27 ވަނަ މިނިޓްގައި އިންޑިއާގެ ދެ ވަނަ ލަނޑު ޖެހީ ކޯނަރަކުން ލިބުނު ފުރުސަތެއްގައި ޗިންގްލެންސަނާ ސިންގް އެވެ. ލިބުނު ފުރުސަތުގައި އޭނާ ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. ތިން ވަަނަ ލަނޑެއް ޖަހަން އިންޑިއާ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. 

ދެ ވަނަ ހާފު ފެށިގެން ފަސް މިނިޓް ތެރޭ ބޫޓާނުން ލަނޑެއް ޖެހި އެވެ. އެކަމަކު، ލައިންސްމަން އޮފްސައިޑް ކަމަށް ދިދަ ނަގައިގެން ހުރުމުން ބެލެވުނީ ގޯލެއް ނޫން ކަމަށެވެ، އެކަމަކު، މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލާއި ފަައިނަލުގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބޭނުންކުރާތީވެ، އެ ގޯލު ވީއޭއާރުން ބެލިއިރު، އޮފްސައިޑް ކަމަށް ނުވާތީވެ، ގޯލު ބަލައިގަަންނަން ނިންމީ އެވެ. 

އިތުރު ލަނޑެއް ޖަހައި ބޫޓާނުން އެއްވަރުކުރެވޭތޯ ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. މިއީ، ބޫޓާނުން ސާފް ޗެމްޕިއަންޝިޕްގެ ސެމީގައި ކުޅުނު ދެ ވަނަ ފަހަރެވެ. މީގެ 18 އަހަރު ކުރިން އެ ޓީމުން ފުރަތަމަ ފަހަަރަށް ސެމީގައި ކުޅުނުއިރު ވެސް ބައްދަލުކުރީ އިންޑިއާއާ އެެވެ. އެ ގޮތުން، 2008 ގެ ސެމީ ފައިނަލުގައި ބޫޓާނުން އިންޑިއާއާ ކުޅެގެން ބަލިވީ ވެސް 2-1 އިންނެވެ. އެއީ، ފުރިހަމަ ވަގުތުގައި އެއްވަރުވެފައި އޮތުމުން 120 މިނިޓް ކުޅެގެންނެވެ. 

އެންމެ ފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕް ދެ މުބާރާތުގެ ތަށި އުފުލާލި އިންޑިއާ އިން މި ފަހަރު ސާފަށް ފޮނުވާފައިވަނީ، 23 އަހަރުން ދަށުގެ ކުޅުންތެރިންނާއި ސީނިއާ ބައެއް ކުޅުންތެރިން ހިމެނޭ ޓީމެކެެވެ. އިންޑިއާގެ ސީނިއާ ޓީމު މި ވަގުތު ތިބީ ނިއު ޒީލެންޑާ ދެކޮޅަށް މެޗުތަކެއް ކުޅެން އެ ގައުމުގަ އެވެ. ފުރަތަމަ މެޗުން ނިއު ޒީލެންޑު އަތުން އިންޑިއާ ބަލިވީ 5-0 އިންނެވެ. 

ސާފް ޗެމްޕިއަންޝިޕް ފައިނަލުގައި އިންޑިއާ ކުޅޭނީ މިރޭ ކުޅޭ ދެ ވަނަ ސެމީ ފައިނަލުން ޕާކިސްތާނާއި ބަންގްލަދޭޝް ކުޅެގެން މޮޅުވާ ޓީމަކާ އެވެ. ފައިނަލް އޮތީ އަންގާރަ ދުވަހުގެރޭގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް

މުބާރާތް ބާއްވާ ބަންގްލަދޭޝް 1-0 އިން ބަލިކޮށް، ޕާކިސްތާނުން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން ޖާގަ ހޯދައިފި. މެޗުގެ ފަހުކޮޅު އަބްދުލް އަރްޝަދު ކާމިޔާބުކުރި ލަނޑާއެކު ފައިނަލަށް ދިޔަ ޕާކިސްތާން، އަންގާރަ ދުވަހު ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާއާ ދެކޮޅަށް.

ޖަރުމަނާއި ނެދަލެންޑްސް ގަދަހިފުމަކަށް ނުކުންނަން ޖެހިއްޖެ

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ނެދަލެންޑްސް އާއި ޖަރުމަނު މޮޅުވެ، މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދުމަށް ގަދަހިފުމަކަށް ނުކުންނަން ޖެހިއްޖެ. ނެދަލެންޑްސް އިން ގްރީސް އަތުން 7-0 އިން މޮޅުވިއިރު، ޖަރުމަނުން ވަނީ 3-1 އިން ސާބިއާ ބަލިކޮށްފައި

ޕާކިސްތާން މެޗަކީ ވެސް ބަންގްލަދޭޝަށް ފައިނަލެއް: ޑޫލޭ

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި މިރޭ ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗަކީ ފައިނަލެއްގެ ގޮތުގައި ދެކިގެން ކުޅޭނެ ވަރަށް މުހިންމު މެޗެއް ކަމަށް ބަންގްލަދޭޝްގެ ކޯޗު ޑޫލޭ ބުނެފި. ބަންގްލަދޭޝްގެ އަމާޒަކީ 23 އަހަރަށް ފަހު އަމިއްލަ ގައުމުގައި މި މުބާރާތުގެ ތަށި އުފުލާލުން، އެކަމަކު މި ވަގުތު ފޯކަސް ކުރަންވީ ޕާކިސްތާން ބަލިކުރަން ކަމަށް ބުނެފައިވޭ

ކެއުން ނޫން ހުރިހާ ކަމެއް ސާފްގައި އިންޑިއާ އަށް ރަނގަޅު

ބަންގްލަދޭޝްގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ކެއުމުގެ އިންތިޒާމްތައް ހުރި ގޮތާ މެދު އިންޑިއާގެ ކޯޗު ނައުޝާދު މޫސާ ހިތްހަމަނުޖެހުން ފާޅުކޮށްފި. އޭނާ ބުނިގޮތުގައި މުބާރާތުގެ އެހެން އިންތިޒާމްތައް ރަނގަޅު ނަމަވެސް، ކޮންމެ ދުވަހަކު އެއް ބާވަތްތަކެއްގެ ކާނާ ލިބުމަކީ ކުޅުންތެރިންނަށް އޮތް ގޮންޖެހުމެއް.

އިޓަލީ އަތުން ބަލިވިޔަސް ޒިދާން ބުނީ އެކަމާ ނުވިސްނާ ކަމަށް

ނޭޝަންސް ލީގުގައި އިޓަލީ އަތުން 3-1 އިން ފްރާންސް ބަލިވި ނަމަވެސް، އެ ނަތީޖާއާ މެދު މާބޮޑަށް ނުވިސްނާ ކަމަށާއި އަމާޒަކީ ކުރިއަށް ހުރި ކަންކަން ރަނގަޅު ކުރުން ކަމަށް ކޯޗު ޒިދާން ބުނެފިއެވެ. މިއީ ޒިދާންގެ އިރުޝާދުގެ ދަށުން ފްރާންސް ބަލިވި ފުރަތަމަ މެޗު ނަމަވެސް، ގްރޫޕްގެ އެއްވަނައިގައި އޮތް އިޓަލީއާ އެއްވަރަށް ޕޮއިންޓް ހޯދައިގެން ފްރާންސް އޮތީ ތާވަލުގެ ދެވަނައިގައެވެ.

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

Newsletter

Get the latest news delivered straight to your inbox