މަރުގެ އަދަބު ތަންފީޒު ނުކުރެވި އޮތީ ގާނޫނެއް ނެތިގެނެއް ނޫން، ވެރިންނަށް އެކަން ކުރަން ނުކެރެނީ: މައުރޫފް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން ކެންދޫ ދާއިރާގެ މެންބަރު، މައުރޫފް ޒާކިރު ވާހަކަދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން ކެންދޫ ދާއިރާގެ މެންބަރު، މައުރޫފް ޒާކިރު ވާހަކަދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގައި 1954 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށްވެސް މަރުގެ އަދަބު ތަންފީޒު ނުކުރެވި އޮތީ އެކަމަށް ބޭނުންވާ ގާނޫނާއި ގަވާއިދުތައް ނެތިގެނެއް ނޫން ކަމަށާއި، ހަގީގީ މައްސަލައަކީ ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް އެކަން ކުރަން ކެރިވަޑައިނުގަތުން ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ވިދާޅުވެއްޖެ އެވެ.

ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރުމުގެ އިޖުރާއަތުތައް ބަޔާންކުރާ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ، ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގައި ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތުން ސާބިތުވާ ކަންކަން، ހާއްސަކޮށް ގިސާސް ހިފުމާ މެދު އިތުރު ބަހުސެއް އޮވެގެން ނުވާނެ ކަމަށެވެ. އަދި، ކޮންމެ ސަރުކާރަކުން ވެސް ދައުރުގެ ފަހުކޮޅަށް އައުމުން މަރަށް މަރު ހިފުމުގެ ވާހަކަ ދައްކަނީ ގައުމުގައި ތިބި ދީނީ އިލްމުވެރިންގެ ރުހުމާއި ލޯބި ހޯދުމުގެ ސިޔާސީ ބޭނުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ ކުރީގެ ސަރުކާރެއްގައި ވެސް ހަމަ މާދަމާނުން އަނެއް ދުވަހު މީހަކު މަރާލާފާނެހެން ހިސާބަށް ކަންތައް ގެންދިޔަ ގެންދިޔަ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް އެ ހުކުމް ގުރުއާނުގައި އޮތް ގޮތަށް، ދީނުގައި އޮތް ގޮތަށް ތަންފީޒު ކުރެވުނު ތަނެއް ފެނިގެނެއް ނުދިޔަ،" މައުރޫފް ވިދާޅުވި އެވެ.

"އެހެންވީމާ، އަޅުގަނޑަކަށެއް މިހާރު ވެސް މި އުޅެނީ ހަމަ ހަގީގަތުގައި ހެޔޮ ނިޔަތުގައި އެކަން ކުރަންތޯ އާއި މެދު ޔަގީންކަމެއް ދަންނަވާކަށެއް ނެތް."

މައުރޫފް ވިދާޅުވީ، ހެޔޮ ނިޔަތުގައި އިސްލާމީ ޝަރީއަތް ތަންފީޒުކުރާނަމަ، ހަމައެކަނި މަރުގެ ހުކުމަށް ނުބަލައި، ގުރުއާނާއި ސުންނަތުން ސާބިތުވާ ގޮތަށް ރަޖަމްކުރުމާއި ވައްކަންކުރާ މީހުންގެ އަތްކެނޑުން ފަދަ ހުރިހާ ހައްދެއް ވެސް ތަންފީޒުކުރަން ޖެހޭނެ ކަމަށެވެ.

"އާންމު ގޮތެއްގައި މަރަށް މަރުހިފުމުގެ ވާހަކަ ދައުރުގެ ފަހުކޮޅަށް އައިމާ ދައްކާ އުޅޭ. އެ ވާހަކަ އާންމުކޮށް ދައްކަނީ ގައުމުގައި ތިބޭ ދީނީ އިލްމުވެރިންގެ ރުހުން ކަންކަމުގައި ހޯދަން ބޭނުންވީމާ. އެ ބޭފުޅުންގެ ލޯބި އެ ސަރުކާރަކަށް ހޯދުމަށްޓަކައި ދައްކާ ވާހަކައެއްގެ ގޮތުގައި،" އޭނާ ވިދާޅުވި އެވެ.

މިގޮތުން ވެރިން ރުއްސުމަށްޓަކައި މީގެ ކުރިން ކޯޓުތަކުން ބޮޑެތި ހުކުމްތައް ކުރުމަށްފަހު، ހަމަ އެ ފަނޑިޔާރުން ތިއްބަވައިގެން އެ ހުކުމްތައް ބަދަލުކޮށްފައިވާތީ، ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު އޮތީ އިންސާފުވެރިކޮށް މިފަދަ ހުކުމެއް ތަންފީޒުކުރެވޭ ފަދަ ހާލަތެއްގައިތޯ މައުރޫފް ސުވާލު އުފެއްދެވި އެވެ.

މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭ ބިލުގައިވާ ގޮތުން މަރުގެ އަދަބު ތަންފީޒުކުރުމުގެ ކަންކަން ބެލެހެއްޓުމަށް،ފަތުވާ މަޖިލީހާއި ޕީޖީ އޮފީސް ހިމެނޭހެން ހަތް މެންބަރުންގެ ޕެނަލެއް އުފައްދަން ޖެހެ އެވެ. ނަމަވެސް އެ ޕެނަލުގައި ހިމެނޭ މަޖިލިސް މެންބަރަކު އެ މައްސަލައަކާ ގުޅިގެން އެއްވެސް ވާހަކައެއް ދައްކައިފި ނަމަ ޕެނަލުން ވަކިވާ ގޮތަށް އޮތުމަކީ މެންބަރުންގެ ބައިވެރިވުން ހަނިކުރާ ކަމެއް ކަމަށް މައުރޫފް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅޭނީ ޝަރުއީ އެންމެ މަތީ މަރުހަލާ ކަމަށްވާ ސުޕްރީމް ކޯޓުން ނިހާއީ ހުކުމެއް އިއްވުމުންނެވެ. އަދި ތަހުގީގު ފެށުނީއްސުރެ ޝަރީއަތް ނިމެންދެން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފުރިހަމައަށް ލިބިފައިނުވާނަމަ، އެ މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑަނޭޅޭނެ ކަމަށް ވެސް ބިލުގައި ކަނޑައަޅާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިހަވަންދިއްޕޮޅުގައި ވިޔަފާރި ބަނދަރު ހަދަން ސޮއިކޮށްފި

އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރަކާއި މެރިޓައިމް އަދި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް ޔޫއޭއީގެ ސަހު ގްރޫޕާއެކު ސަރުކާރުން މިއަދު ސޮއިކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި ޓޫރިޒަމް ތަރައްގީކުރުން ވެސް ހިމެނޭއިރު، މިއީ ރާއްޖޭގެ އެންމެ އުތުރުގައި އިގްތިސާދީ ހަރަކާތްތައް ފުޅާކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މާދަމާރޭގެ ޖަލްސާއަށް ދާން ސަރުކާރު މުވައްޒަފުންނަށް އަންގައިފި

މާދަމާރޭ ބާއްވާ ޖަލްސާއަށް، ސަރުކާރުގެ ހުރިހާ މުވައްޒަފުން އެމީހުންގެ އަނބިން ނުވަތަ ފިރިންނާއެކު ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދައުވަތު އަރުވާފައެވެ. މި ޖަލްސާއަށް ދާ މުވައްޒަފުންނާއި އެމީހުންގެ އަނބިފިރިންގެ މައުލޫމާތު މިއަދު މެންދުރުގެ ކުރިން ރައީސް އޮފީހަށް އެންގުމަށް ވުޒާރާތަކަށް ވަނީ އަންގާފައެވެ.

އަދާލަތުން ސަރުކާރަށް ތާއީދުކުރުމުން އަލީ ޒާހިރު ފާޑުވިދާޅުވެއްޖެ

އޭނާ ވިދާޅުވީ މިއީ ގިނަ ބައެއްގެ އުއްމީދުތަކާއި ބުރަ މަސައްކަތް ފޮހެވިގެންދާނެ ހިތާމަވެރި ނިންމުމެއް ކަމަށެވެ. އަދާލަތުން މި ނިންމުން ނިންމާފައިވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުޢިއްޒަށް ތާއީދުކުރުމުގެ ގޮތުންނެވެ.

ބަޖެޓު ރާވާފައި ވަނީ މުވައްޒަފުން ނުނަގާ ހިންގޭ ގޮތަށް: ފިނޭންސް

މަޖިލީހަށް މައުލޫމާތު ދެމުން ފިނޭންސުން ބުނީ އަންނަ އަހަރުގެ ބަޖެޓު ރާވާފައި ވަނީ އާ މުވައްޒަފުން ނުނަގާ ދައުލަތް ހިންގޭ ގޮތަށް ކަމަށް. އަދި މުސާރަ ކަނޑައެޅުމުގައި ބަލަނީ ދައުލަތުގެ ފޯރުންތެރިކަން ހުރި މިންވަރަށް ކަމަށް.

ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމުން ޝިއުނާ ވަކިކޮށްފި

ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމުން މަރިޔަމް ޝިއުނާ ވަކިކޮށްފައިވަނީ، އެ އޮފީހުގެ ޗެއާޕާސަނާ ގުޅޭ މައްސަލަތަކެއް ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމާއި ސަރުކާރުން ފައިސާ ޗާޕުކުރި މުއާމަލާތާ ދެކޮޅު ހެދުމުންނެވެ. މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ސަސްޕެންޝަނުގައި ހުރި ޝިއުނާ އެ މަގާމުން ވަކިކުރިއިރު، އޭނާއަކީ މީގެ ކުރިން އޭސީސީގެ ރައީސްކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އިހުތިޖާޖަށް ނުކުންނަން ގޮވާލައިފި

ބޭރުގެ ބަޔަކަށް 99 އަހަރަށް ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އެމްޑީޕީން އެކަތިގަނޑެއްގެ ގޮތުގައި އިހުތިޖާޖަށް ނުކުތުމަށް މެންބަރު މީކާއިލް ގޮވާލައްވައިފިއެވެ. މި މަޝްރޫއާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން ގަރާރެއް ހުށަހަޅާފައިވާއިރު، އެކަމުގައި ޕާޓީގެ ޒިންމާ ބޮޑުކަމަށް މީކާއިލް ފާހަގަކުރެއްވިއެވެ.

ޕީއެންސީއާއެކު އަދާލަތުން ކޯލިޝަން ހަދައިފި

މި އެއްބަސްވުމުގެ ދަށުން ސަރުކާރުގެ އިސް މަގާމުތައް އަދާލަތު ޕާޓީގެ މެންބަރުންނަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދާލަތު ޕާޓީއަކީ މީގެ ކުރިން އެމްޑީޕީ އަދި ޕީޕީއެމްގެ ސަރުކާރުތަކުގައިވެސް ކޯލިޝަން ބައިވެރިއެކެވެ.

Newsletter

Get the latest news delivered straight to your inbox