އެމްޑީޕީގެ ފަސް އަހަރަށްވުރެ އިތުރަށް މި ވެރިކަމުގެ ތިން އަހަރު 108 ބިލިއަން ރުފިޔާ ދީފިން، ރައްޔިތަކަށް ވީކަމެއް ނެތް: ޣަފޫރު

ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ. -- ފޮޓޯ: މަޖިލީހުގެ އިދާރާ

ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ. -- ފޮޓޯ: މަޖިލީހުގެ އިދާރާ

ނިމިދިޔަ އެމްޑީޕީ ވެރިކަމުގެ ފަސް އަހަރުދުވަހުގެ ތެރޭގައި ފާސްކުރި ޖުމުލަ ބަޖެޓުގެ އަދަދަށްވުރެ 108 ބިލިއަން ރުފިޔާ އިތުރަށް މި ސަރުކާރުގެ ފުރަތަމަ ތިން އަހަރު ބަޖެޓުގެ ގޮތުގައި ފާސްކުރި ނަމަވެސް، ރައްޔިތަކަށްވީ އެއްވެސް ފައިދާއެއް ނެތް ކަމަށް ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު، އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް މަޖިލީހުގައި މިއަދު ބަހުސްކުރައްވަމުން ޣަފޫރު ވިދާޅުވީ އެމްޑީޕީ ވެރިކަމުގެ ފަސް އަހަރު ނިމިގެންދިޔައިރު މަޖިލީހުން ފާސްކޮށްދީފައި ވަނީ ޖުމުލަ 182 ބިލިއަން ރުފިޔާ ކަމަށް ޣަފޫރު ވިދާޅުވި އެވެ. ނަމަވެސް، މި ވެރިކަމުގެ ފުރަތަމަ ތިން އަހަރުދުވަހުގެ ބަޖެޓުގެ ގޮތުގައި 290 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުން ސަރުކާރުތައް ބަދަލުކުރަނީ ރައްޔިތުންގެ އުއްމީދާއި ކުރިމަގަށްޓަކައި އެ މީހުން ބޭނުންވާ ކަންކަން ހާސިލު ކުރުމަށްޓަކައި އެ ކަންކަން ހާސިލުވެގެންދާ މަންޒަރު ރައްޔިތުންނަށް ފެންނަންޖެހޭނެ އިއްޒަތްތެރި ރައީސް، އެކަމެއް ނުހިނގާ އެއްވެސް ރަށެއްގައެއް، އެކަށީގެންވާ ޕްރޮޖެކްޓެއް ރާއްޖޭގެ އެއްވެސް ރަށެއްގައެއް ހިނގަމަކުން ނުދޭ،" ޣަފޫރު ވިދާޅުވި އެވެ.

Advertisement

ޣަފޫރު ވިދާޅުވީ މި އަހަރަށް ކަނޑައެޅި 64 ބިލިއަން ރުފިޔާގެ ބަޖެޓު ހުސްވެގެންދާއިރު ރައްޔިތަކަށް އެއްވެސް ކަމެއް ނުވާ ކަމަށެވެ. އޭގެ ސަބަބަކީ ސަރުކާރުގެ ތެރޭގައި އިންތިހާއަށް ކޮރަޕްޝަން ހިންގަމުން ގެންދިޔުން ކަމަށާއި ދައުލަތުގެ ބަޖެޓުގެ 30 ޕަސެންޓު ހުސްވެގެން ދަނީ ވައްކަމުގެ ތެރެއިން ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރަންޖެހޭ ކަމަށް ގާނޫނުގައި އޮތް ނަމަވެސް، އެކަން ހާސިލުކުރެވޭ ތަން ނުފެންނަ ކަމަށް ޣަފޫރު ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ނުފެނޭ އެކަން ކުރެވިގެންދާ ތަނެއް، އަޅުގަނޑަށް ފެންނަނީ އަނެއްކާ ވެސް މި އަންނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން އެ ގާނޫނު އަނެއްކާ ވެސް ބަދަލުކޮށްގެން އެހެން އަހަރަކަށް އެކަން ކުރަން ދާތަން، މި ގައުމުގެ ރައްޔިތުންނަށް ސާފު ބޯފެން ލިބެންޖެހޭނެ، މި ގައުމުގެ ރައްޔިތުންނަށް ފާހާނައިގެ ނިޒާމު ރަނގަޅަށް ލިބެންޖެހޭނެ އިއްޒަތްތެރި ރައީސް،" ޣަފޫރު ވިދާޅުވި އެވެ.

ދިވެހި ރައްޔިތުން ތިބީ ވަރަށް ނިކަމެތި ހާލުގައި ކަމަށާއި ރައްޔިތުންގެ އެ ހާލަތު ބަދަލުކުރަން އެންމެން ވެސް މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެއިން ބޭސް ނުލިބޭކަމާއި ސަރުކާރުގެ މުވައްޒަފުންނަށް ހަމަ މުސާރަ ނުލިބޭ މައްސަލަ އާއި ސަރުކާރަށް ތާއީދުނުކުރާ މީހުން ވަޒީފާއިން ކަނޑަމުންދާކަމުގެ ކަންބޮޑުވުން ޣަފޫޜު ފާހަގަކުރެއްވި އެވެ. އަދި، ޑޮލަރު އަގު ބޮޑުވުމުގެ ނަތީޖާއެއްގެ ގޮތުން ތަކެތީގެ އަގު އުފުލެމުންދާ ދިޔުމުގެ ކަންބޮޑުވުން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައުމިއްޔަތު މާއްދާގެ ފޮތްތަކަށް ބައެއް ބަދަލު ގެންނަނީ

ސްކޫލްތަކުގައި ކިޔަވައިދޭ ގައުމިއްޔަތު މާއްދާގެ ތެރެއަށް ކާބަފައިންގެ ރިވެތި އަހުލާގާއި ސުލޫކު ހިމެނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި. މި ބަދަލުތައް ގެންނަނީ "ބިންގާ" ޕްރޮގްރާމުން ލިބުނު ތަޖުރިބާގެ އަލީގައި ކަމަށާއި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މާއްދާގެ ފޮތްތަކަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެ ހިއްކަން ހަރަދު ވާނީ 330 މިލިއަން ޑޮލަރު: މުއްތަލިބު

ރަސްމާލެ މަޝްރޫއަށް ކުރިން އަންދާޒާކުރި 500-700 މިލިއަން ޑޮލަރުގެ ބަދަލުގައި، މިހާރު މުޅި މަޝްރޫއަށް ހަރަދުވާނީ 330 މިލިއަން ޑޮލަރު ކަމަށް މުއްތަލިބު ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ މި އަގު ކުޑަކުރެވުނީ ޑްރެޖަރު ޗާޓަރުކޮށްގެން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް މަސައްކަތް ކުރިއަށްގެންދާތީ ކަމަށް.

ރަސްމާލެ މަޝްރޫއަށް ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ: އަލިމަނިކު

ރަސްމާލެ މަޝްރޫއުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ކުރިމަތިވެދާނެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އެ މަޝްރޫއު ކުރިއަށްގެންދިއުމާ މެދު އާންމު ވޯޓަކުން ރައްޔިތުންގެ ރުހުން ހޯދުމަށް އިޖުތިމާއީ ހިދުމަތްތެރިޔާ އަހުމަދު އަލިމަނިކު ގޮވާލައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ބޮޑު މަޝްރޫއެއް މަދު ބަޔަކު ނިންމުމުގެ ބަދަލުގައި، ގިނަ ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ނިންމުމަކީ މުސްތަގުބަލަށްޓަކައި މުހިންމު ކަމެއް ކަމަށެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

ޗާގޯސް ކޮމިޝަންގެ ރައީސާއި އިތުރު މެންބަރަކު ބަދަލުކޮށްފި

ޗާގޯސް މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނަށް އަށް ދުވަސް ނުވަނީސް، އޭގެ ރައީސާއި އިތުރު މެންބަރަކު ރައީސުލްޖުމްހޫރިއްޔާ މިއަދު ބަދަލުކުރައްވައިފި. މިގޮތުން ކޮމިޝަނުގެ އާ ރައީސަކަށް އަބްދުލްއަޒީޒު ޔޫސުފް އައްޔަންކުރައްވާފައިވާއިރު، ތިން މަސް ދުވަހުގެ ތެރޭގައި ތަހުގީގު ނިންމުމަށް އެ ކޮމިޝަނަށް ވަނީ މުއްދަތު ދެއްވާފަ.

ދިވެހިން ހިއްސާވާ ރިސޯޓުތައް ތަރައްގީ ކުރަން ކުންފުންޏެއް

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ 10 ރިސޯޓުން ލިބޭ ފައިދާ، ގާނޫނަކުން ކަނޑައެޅޭ އުސޫލެއްގެ މަތިން ކޮންމެ ދިވެހި ރައްޔިތެއްގެ ބޭންކް އެކައުންޓަށް ބޭރު ފައިސާއިން އަހަރަކު އެއްފަހަރު ޖަމާކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ބަހުސްކުރާނެ މެންބަރަކު ނުވެގެން ބަޖެޓު ޖަލްސާ ނިންމާލައިފި

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސްކުރާނެ އިތުރު މެންބަރަކު ނެތުމުން، ދޮޅު ގަޑިއިރަށް ފަހު މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ނިންމާލާފަ. ރިޔާސަތުން ވަނީ ބަޖެޓު ބަހުސް ވަކި ތާރީޚަކަށް ނިންމަންޖެހޭތީ، ފަހު ވަގުތަށް މަޑުނުކޮށް މެންބަރުން ވާހަކަދެއްކެވުމަށް ބާރުއަޅުއްވާފަ.

Newsletter

Get the latest news delivered straight to your inbox