ފަލާހު ވެސް ގަބޫލުކުރައްވަނީ ރަސްމާލެ ޑީލާ ގުޅިގެން ރިފަރެންޑަމަކަށް ދާން ނުޖެހޭ ކަމަށް

ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު: ރަސްމާލެ ޑީލަށް ރައްޔިތުން ތާއީދު ކަމަށް ޕީޖީ ލީޑަރު ވިދާޅުވި

ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު: ރަސްމާލެ ޑީލަށް ރައްޔިތުން ތާއީދު ކަމަށް ޕީޖީ ލީޑަރު ވިދާޅުވި

ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ކަމަށް ބުނެ މި ސަރުކާރުން ހިއްކަން ފެށި ރަސްމާލެއިން އެއްބައި އިޒްރޭލަށް ވާގިވެރިވާ ޔޫއޭއީގެ އީގަލް ހިލްސްއަށް ދޫކޮށްލުމާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް (ރިފަރެންޑަމަކަށް) ދާން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް މިއަދު ވިދާޅުވެއްޖެ އެވެ. 

ރަސްމާލެ ޑީލާ ގުޅޭގޮތުން އަދަދު ނޫހުން ސުވާލުކުރުމުން ފަލާހު ވިދާޅުވީ ރަސްމާލެ ޑީލާ ގުޅިގެން މަޖިލީހުގައި ހިމެނޭ މެންބަރުންގެ ހިޔާލަކީ އާންމު ރައްޔިތުންގެ ހިޔާލު ކަމަށެވެ. އެގޮތުން ރަސްމާލެ ޑީލާމެދު ރައްޔިތުންގެ ތާއީދު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ. 

"ރަސްމާލެ މައްސަލައިގައި އާންމު ރައްޔިތުންގެ ހިޔާލެއް ނޫންތޯ، އާންމު ރައްޔިތުން، އަޅުގަނޑަކީ އިނގުރައިދޫ ދާއިރާ 5،000 ރައްޔިތުން ތަމްސީލްކުރާ މެންބަރު. މި ހުންނެވީ އައްޑޫގައި އެ ދާއިރާގެ މަޖިލިސް މެންބަރު،" ފަލާހު ވިދާޅުވި އެވެ.

Advertisement

"އާންމު ރައްޔިތުންގެ ވޯޓަކަށް ދާންޖެހިއްޖެއްޔާ އަޅުގަނޑުމެން ދާނަން އެނގޭތޯ. އެކަމަކު ރައްޔިތުންގެ ތާއީދު ރަސްމާލެ މަޝްރޫއު ހިންގުމަށް އޮތްކަން ތިބޭފުޅުންނަށް އެނގޭނެ."  

ރައީސް މުހައްމަދު މުއިއްޒުގެ ރަސްމީ ގެކޮޅު މުލީއާގޭގައި ކެބިނެޓު މިނިސްޓަރުންނާއި ޕީއެންސީގެ މަޖިލިސް މެންބަރުން މިވަގުތު ދަނީ އެމަނިކުފާނާ ބައްދަލުކުރައްވަމުންނެވެ. އެ ބައްދަލުކުރެއްވުމަކީ ރަސްމާލެ ޑީލާ ގުޅޭ ބައްދަލުވުމެއް ކަމަށް މައުލޫމާތު ލިބެ އެވެ. 

ރަސްމާލެ ވިއްކާލުމާ ގުޅޭ ގޮތުން އަދަދު އިން ސުވާލު ކުރުމުން، މުލީއާގެއަށް ވަޑައިގެންނެވި ގިނަ މެންބަރުންނާއި ކެބިނެޓު މިނިސްޓަރުން އެއްވެސް ޖަވާބެއް ނުދެއްވަ އެވެ.

ރަސްމާލެ ޕްރޮޖެކްޓު ކުރިއަށްގެންދަން ދިވެހިރާއްޖޭގެ ގާނޫނުތަކުން ހުއްދައެއް ނުދެ އެވެ. އެހެންވެ އެކަމަށް މަގުފަހިކުރަން އާ ގާނޫނުތަކެއް ހަދަން ނިންމާފައިވާކަން ބަންޑާރަނައިބު އަހުމަދު އުޝާމް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް މިހާތަނަށް އަލަށް ހަދާ ގާނޫނުތަކާ ގުޅޭ އެއްވެސް ތަފްސީލެއް ހާމަކުރައްވާފައި ނުވަތަ މަޖިލީހަށް ހުށަހަޅުއްވާފައެއް ނުވެ އެވެ. 

ސަރުކާރުން ބުނަނީ ރަސްމާލެ ދޫކޮށްލަނީ 99 އަހަރަށް ކަމަށެވެ. އެކަމަކު އަލައްބާރުގެ އީގަލް ހިލްސް ކުންފުނިން ބުނީ ރަސްމާލެއިން ފުރަތަމަ ލިބޭ 99 އަހަރުގެ ކުލީގެ މުއްދަތު ހަމަވުމުގެ ކުރިން އެތަން ވިއްކާލައިފި ނަމަ 99 އަހަރުގެ ކުލީގެ އާ މުއްދަތެއް ފެށޭނެ ކަމަށެވެ. 

ދައުލަތުގެ ފައިސާއިން ފުށިދިއްގަރުފަޅު ހިއްކައިގެން ހަދަމުން އަންނަ ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ކޮމާޝަލް ޓާމްސްގައި ސޮއި ކުރީ ސެޕްޓެމްބަރު 21، ގަ އެވެ. އެ ޕްރޮޖެކްޓުގެ ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން މަސައްކަތް ކުރަނީ ނޮވެމްބަރު 11، ގަ އެވެ. އެއީ ރާއްޖޭގެ ޖުމްހޫރީ ދުވަހެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގަތުލުއާންމު ކުށަކަށް ހަދަނީ "ނުކުތާތަކަށް އަސަރުކޮށްފާނެތީ"

މިއީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން ރާއްޖެއިން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށާއި، މި ބިލުގެ ސަބަބުން ފަލަސްތީނާއި ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ރާއްޖެއިން ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އުޝާމް ފާހަގަކުރެއްވި. ސަރުކާރުން މި ބިލު ހުށަހަޅާފައި މި ވަނީ މައްސަލައިގައި ތަދައްހުލުވާން ހުށަހެޅިތާ ދެ އަހަރު ފަހުން.

"ރަސްމާލެ އަދި ނ. އަތޮޅު ޓައުންޝިޕް މަޝްރޫއު ހުއްޓާލަން ޖެހޭ"

ރަސްމާލެ މަޝްރޫއާއި ނ. އަތޮޅުގައި ހިންގާ ޓައުންޝިޕް މަޝްރޫއަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ، އެ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް މެންބަރު ޑރ. އަހްމަދު ޝަމްހީދު ގޮވާލައްވައިފިއެވެ. ރަސްމާލެ އެއްބަސްވުން ހާމަކުރަން ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުން ޝަމްހީދު ވިދާޅުވީ، ދައުލަތުގެ ބޮޑު ހޭދައަކުން ހިއްކާ ބިންތައް ބޭރުގެ ފަރާތްތަކަށް ހިލޭ ދިނުމާއި ރެޒިޑެންސީ ވިސާ ދޫކުރުމަކީ ބޮޑު ގޯހެއް ކަމަށެވެ.

ގާނޫނުލްއުގޫބާތު ބަދަލުކުރާ ބިލު އެޖެންޑާއިން ނަގައިފި

ގައުމަށް ގައްދާރުވުމާއި އިގްތިސާދަށް ގެއްލުންދިނުން ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާއިން ކުއްލި ގޮތަކަށް ވަނީ އުނިކޮށްފަ. މި ބިލުގައި ހުރި ބައެއް މާއްދާތަކުގެ ސަބަބުން ސަރުކާރުގެ މަޝްރޫއުތަކާ ދެކޮޅަށް އަޑުއުފުލާ ސިޔާސީ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ލިބުމުގެ ބިރު އޮތްކަން ފާހަގަކުރެވޭ.

ޖުމްހޫރީ ދުވަހުގެ ޖަލްސާ ފަސްކޮށްފި

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އަންނަ މަހުގެ 19 އަށް ސަރުކާރުން ފަސްކޮށްފި. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި ޖަލްސާގައި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުތައް ދޭން ވަނީ ހަމަޖެހިފަ.

ސަރުކާރުން އަބަދު ކުރާ ކަމަކީ އުނބަށް ޖެހުން: ޒިޔާދު

ޓެކްސް ގާނޫނަށް ގެންނަ ބަދަލުތަކާ ޒިޔާދު (ފިއްޓޭ) ވިދާޅުވީ، ސަރުކާރުން ގާނޫނުތަކަށް ތާއަބަދު ބަދަލު ގެނައުމަކީ "އުނބަށް ޖެހުން" ކަމަށް. އަދި، މަޖިލިސް މެންބަރުން ސަރުކާރުން އަންގާ ގޮތަށް އަމަލުކުރަމުންދާތީ، ގައުމުގެ ހަގީގީ މައްސަލަތަކަށް ހައްލު ނުލިބި ރައްޔިތުންނާއި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

ރަސްމާލެ ޑީލާ ގުޅިގެން ރިފަރެންޑަމަކަށް ދާކަށް ނުޖެހޭ: އައިބީ

ރަސްމާލެ މަޝްރޫއުގެ ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުޖެހޭނެ ކަމަށް މެންބަރު އައިބީ ވިދާޅުވި. އިދިކޮޅު މެންބަރުންނާއި ކުރީގެ ރައީސް ޔާމީން މިކަމުގައި ރެފަރެންޑަމަކަށް ދާން ގޮވާލެއްވި ނަމަވެސް، ސަރުކާރުން ދަނީ މި މަޝްރޫއަށް ބޭނުންވާ ގާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން.

ވިލުފުށީ ހައުސިންއަށް ލިބުނު ޕޮއިންޓްތައް ފެންނާނީ ޕޯޓަލްއިން

ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލީ މީހުންނަށް ލިބުނު ޕޮއިންޓް "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށް މިހާރު ބަލައިލެވޭނެ. ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ، އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox