ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް އިން އާސެނަލް ކަޓުވާލައިފި

Oct 28, 2026, 9:08 AM
އާސެނަލް ބަލިކޮށް ފްލީޓްވުޑް ޓައުން ކުޅުންތެރިން އުފާފާޅުކުރަނީ.

އާސެނަލް ބަލިކޮށް ފްލީޓްވުޑް ޓައުން ކުޅުންތެރިން އުފާފާޅުކުރަނީ.

ލަންޑަން (އޮކްޓޫބަރު 28) - އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ބުރުގައި، ހަތަރު ވަނަ ޑިވިޝަންގެ 18 ވަނައިގައި އޮތް ފްލީޓްވުޑް ޓައުން އިން އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، އާސެނަލް ކަޓުވާލައިފި އެވެ. 

ލީގު ތާވަލުގެ މަގާމުތަކުން ދެ ޓީމުގެ ދަރަޖައިގެ ފަރަގުކިޔާނަމަ، އާސެނަލް އޮތީ ފްލީޓްވުޑަށް ވުރެން 84 މަގާމު ކުރީގަ އެވެ. ރޭގެ މެޗު ފަށައިގެން އަށް މިނިޓް ވަންދެން މެޗު ހުއްޓާލަން ޖެހުނެވެ. އެއީ، ދަނޑުމަތިން ޑްރޯން އެއް ދުއްވުމާ ގުޅިގެންނެވެ. 

ފަސްހާސް މީހުންގެ ޖާގައިގެ ހައިބަރީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ފްލީޓްވުޑުން ވަނީ އާސެނަލް ހައިރާންކޮށްލުމަށް ފަހު، 21 ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. މި ލަނޑު ޖެހީ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި އާރޮން ލޮޕޯލާ-ބީ އެވެ. އޭރިއާތެރެއިން ލިބުނު ފުރުސަތުގައި އޭނާ ވަނީ އާސެނަލްގެ ގޯލުގައި ހުރި އިލާން މެލިއޭ އަށް ފުރުސަތެއް ނުދީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. 

އާސެނަލުން ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތް ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ފަސް މިނިޓް ތެރޭ ކާމިޔާބުކުރި އެވެ. އެ ގޮތުން، 50 ވަނަ މިނިޓްގައި އެ ޓީމަށް ލަނޑު ޖަހައިދިނީ ވިކްޓަ ޔޯކެރޭޝް އެވެ. ގިނަ ބަދަލުތަކެއް ގެނެސްގެން މި މެޗުގައި ކުޅުނު އާސެނަލަށް އެންމެ ބޮޑު މައްސަލައެއް ދިމާވީ، 85 ވަނަ މިނިޓްގައި އެ ޓީމުގެ މެކްސް ޑައުމަން އަށް ރަތެއް ދެއްކުމެވެ. ޑައުމަން އަށް ރަތް ކާޑެއް ދެއްކީ، ފްލީޓްވުޑްގެ ހެރިސަން ނީލް އަށް ކުރި ނުރައްކާތެރި ފައުލަކަށެވެ. 

މެޗުން އާސެނަލް މޮޅުވާން ކުރި މަސައްކަތުގައި އެ ޓީމުގެ ބެން ވައިޓް އާއި މާޓިން އޮޑެގާޑް ފޮނުވާލި ޝޮޓްތަކެއް ފްލީޓްވުޑް ކީޕަރު، ޖޭ ލިންޗް ވަނީ ހުއްޓުވައިފަ އެވެ. ޕެނަލްޓީގައި އާސެނަލަށް ނާކާމިޔާބުވީ ބްރޫނޯ ގިމާރޭސް ފޮނުވާލި ޕެނަލްޓީ އެވެ. އާސެނަލުން ފުރަތަމަ ތިން ޕެނަލްޓީ ފޮނުވާލި އޮޑެގާޑް، ކައި ހަވާޓްޒް އަދި ޔޯކެރޭޝް ވަނީ ޕެނަލްޓީތައް ކާމިޔާބުކޮށްފަ އެެވެ. ފްލީޓްވުޑުން ފަސް ޕެނަލްޓީ ވެސް ކާމިޔާބުކުރިއިރު، އެ ޓީމުގެ ޕެނަލްޓީތައް ފޮނުވާލީ ރޮނަން ކޯގްލަން، ނީލް، ޑޭވިސް، އެންޑީ ކެނަން އަދި ކޮނާ ހޯގީ އެވެ.

އާސެނަލް ކަޓުވާލުމަށް ފަހު، ލީގު ކަޕް ކުއާޓާ ފައިނަލަށް ދަތުރުކުރުމަކީ، ފްލީޓްވުޑްގެ ތާރީހުގައި އެންމެ ހާއްސަ އެއް ކާމިޔާބީ ކަމަށް އެ ޓީމުން ދެކެ އެވެ. މީގެ ހަތް މަސް ކުރިން މިދިޔަ ސީޒަނުގެ ލީގު ކަޕް ފައިނަލުގައި އާސެނަލް ބަލިވީ މެންޗެސްޓާ ސިޓީ އަތުން 2-0 އިންނެވެ. 

ލީގު ކަޕްގެ ގަދަ 16 ބުރުގައި ރޭ ބްރެޑްފޯޑް ސިޓީން ވަނީ 2-0 އިން ޕީޓަބަރާ ޔުނައިޓެޑް ބަލިކޮށްފަ އެވެ. 

ލީގު ކަޕް ގަދަ 16 ބުރުގައި މިރޭ އޮތް މެޗުތަކަށް ބަލާއިރު، ލިވަޕޫލުން ކުޅޭނީ ޗެލްސީއާ އެވެ. މެންޗެސްޓާ ސިޓީން ބްރައިޓަންއާ ބައްދަލުކުރާއިރު، ބޯންމައުތުން ކުޅޭނީ އެސްޓަން ވިލާއާ އެެވެ. ފުލަމް އާއި ކްރިސްޓަލް ޕެލަސް ވާދަކުރާއިރު، ސަންޑަލެންޑުން ނުކުންނާނީ ބްރެންޓްފޯޑާ ދެކޮޅަށެވެ. އަދި، އެވަޓަން އިން ބައްދަލުކުރާނީ ނިއުކާސަލް ޔުނައިޓެޑާ އެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ވެސް ވާދަކުރާ ގޮތަށް ސައުދީގައި އޮތް އައިމެގް ފަސްކޮށްފި

ސައުދީ އަރަބިއްޔާގައި މިއަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ތާވަލުކުރި "އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސް" (އައިމެގް)، ލޮޖިސްޓިކްސް އަދި ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރުގެ މާޗް މަހަށް ފަސްކޮށްފި. ޖުމްލަ އެކު، 45 ގައުމަކުން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބިލިއާޑް އަދި ޗެސްގެ ކުޅުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައި

ހާލަތު ބަދަލުކުރަން ކެރިކަށް ޔުނައިޓެޑުން ފަހު ފުރުސަތު ދީފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމާ ގުޅިގެން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކުރަން އުޅުމަށްފަހު، ޓީމުގެ ހާލަތު ރަނގަޅުކުރުމަށް އޭނާއަށް ފަހު ފުރުސަތެއް ދޭން އެ ކްލަބުން ނިންމައިފި. މި ސީޒަނުގައި ކުޅުނު 12 މެޗުން އެންމެ ދެ މެޗުން މޮޅުވެފައިވާއިރު، މިއީ ފާއިތުވި 40 އަހަރު ތެރޭގައި އެ ޓީމުން ސީޒަނެއް މިހާ ދަށްކޮށް ފެށި ފުރަތަމަ ފަހަރު.

ފަސް ބަދަލަކާ އެކު ގައުމީ ފުޓްސަލް ޓީމު އެކުލަވާލައިފި

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް، ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށް ފަސް ބަދަލެއް ގެނައުމަށްފަހު ގައުމީ ފުޓްސަލް ސްކޮޑު އެކުލަވާލައިފި. ކޯޗު ފާރޫކް ޒަކީރޯވްގެ އިރުޝާދުގެ ދަށުން ކުޅޭ މި ޓީމުގެ ކެޕްޓަނަކީ މުހައްމަދު އިމްރާން (އިންމި).

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

ސާފް އިން ދިން މުއްދަތުގައި އިންޑިއާ އިން ނިންމީ ބައިވެރިވާން

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސާފުން ދޮގުކޮށް، އެ ގައުމުން މުބާރާތުގައި ބައިވެރިވާނެކަން މިހާރު ވަނީ ކަށަވަރުކޮށްދީފައި. އިންޑިއާ އިން މިގޮތަށް ނިންމީ ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ދިމާވި މައްސަލަތަކާ ގުޅިގެން ސާފް އިން ދިން މުއްދަތުގެ ތެރޭގައި މަޝްވަރާ ކުރުމަށްފަހު

Newsletter

Get the latest news delivered straight to your inbox