މެކެލްމޯ

5 ލިޔުން

ފަހުގެ

މޫސުން ގޯސްވުމުން ކަމަށް ބުނެ ދެ ޝޯ ކެންސަލްކޮށްފިލުއިއަދަދު

މޫސުން ގޯސްވުމުން ކަމަށް ބުނެ ދެ ޝޯ ކެންސަލްކޮށްފި

އެމެރިކާގެ މެސެޗޫސެޓްސް ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، ބޮސްޓަންގެ ގިލެޓް ސްޓޭޑިއަމްގައި ބޭއްވުމަށް ހަމަޖެހިފައި އޮތް އެޑް ޝީރަންގެ ދެ ކޮންސަޓެއް ވަނީ ކެންސަލްކޮށްފައެވެ. މި ޝޯތަކުގެ ޓިކެޓް ގަތް ފަރާތްތަކަށް ފައިސާ އަނބުރާ ދިނުމުގެ އިންތިޒާމު ހަމަޖެހިފައިވާއިރު، ފަލަސްތީނަށް ތާއީދުކުރި އާޓިސްޓް މެކްލްމޯ ޝޯތަކުން ވަކިކުރި މައްސަލައިގައި ޝީރަންއަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

އެޑް ޝީރަން އާއްމުންގެ ކިބައިން މައާފަށް އެދެފިލުއިއަދަދު

އެޑް ޝީރަން އާއްމުންގެ ކިބައިން މައާފަށް އެދެފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކި މެކްލްމޯ ޓުއާއިން ވަކިކުރުމާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކާ ހެދި، އެޑް ޝީރަން އާންމުންގެ ކިބައިން މައާފަށް އެދިއްޖެއެވެ. ޝީރަން ބުނީ މެކްލްމޯ ވަކިކުރީ ޕްރޮމޯޓަރުން ކަމަށާއި، މި މައްސަލައިގައި އޭނާއަށް ގޯސްތަކެއް ހެދިފައިވާ ކަމަށް ގަބޫލުކުރާ ކަމަށެވެ. މީގެ އިތުރުން، އޭނާގެ މިއުޒިކަކީ ސިޔާސީ ކަމަކަށް ވުރެ ބޮޑަށް އެއްބައިވަންތަކަން ރަމްޒުކޮށްދޭ އެއްޗަކަށް ހަދަން ބޭނުންވާ ކަމަށްވެސް އޭނާ ހާމަކުރިއެވެ.