ޔަމާލް އާއި އެމްބާޕޭ ފަހަތަށް ޖައްސާލައި އިންގްލެންޑްގެ ކޭން ބެލޮންޑިއޯ ހޯދައިފި

Oct 27, 2026, 7:56 AM
ކޭން، ބެލޮންޑިއޯ އެވޯޑް ހިފައިގެން.

ކޭން، ބެލޮންޑިއޯ އެވޯޑް ހިފައިގެން.

ލަންޑަން (އޮކްޓޫބަރު 27) - ފްރާންސްގެ ކީލިއަން އެމްބާޕޭ އާއި ސްޕެއިންގެ ލަމީން ޔަމާލް ފަހަތަށް ޖައްސާލުމަށް ފަހު، އިންގްލެންޑްގެ ކެޕްޓަން، ހެރީ ކޭން، ފްރާންސް ފުޓްބޯލް މެގަޒިން އިން ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ހޯދައިފި އެވެ. 

މިއީ، 2001 ވަނަ އަހަރު މައިކަލް އޮވެން، ބެލޮންޑިއޯ ހޯދި ފަހުން އިންގްލެންޑްގެ ކުޅުންތެރިއަކަށް މި އެވޯޑް ލިބުނު ފުރަތަމަ ފަހަރަށެވެ. ބަޔާން މިއުނިކް އަށް ކުޅޭ ކޭންގެ ފަހަތުން ދެ ވަނައިގައި ނިންމީ ރެއާލް މެޑްރިޑްގެ އެމްބާޕޭ އެވެ. އަދި، ތިން ވަނަ އަށް ދިޔައީ ބާސެލޯނާގެ ޔަމާލް އެވެ. 

އުމުރުން 33 އަހަރުގެ ކޭން އަކީ މި އެވޯޑް ހޯދި އިންގްލެންޑަށް ނިސްބަތްވާ ފަސް ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން، މި އެވޯޑް ހޯދި އިންގްލެންޑްގެ ކުޅުންތެރިންނަކީ، 1956 ވަނަ އަހަރު ހޯދި ސްޓެންލީ މަތިއުސް، 1966. ވަނަ އަހަރު ހޯދި ބޮބީ ޗާލްޓަން. 1978 އާއި 1979 ވަނަ އަހަރު ހޯދި ކެވިން ކީގަން އަދި މީގެ 25 އަހަރު ކުރިން ހޯދި މައިކަލް އޮވެގެން އެވެ.

"ވަރަށް ގިނަ ބަޔަކު އަހަރެން މި ކާމިޔާބު ހޯދާނެ ކަމަށް ގަބޫލެއް ނުކުރާނެ، އަހަންނަށް ވެސް ގަބޫލުކުރަން ދަތި ފަހަރު އާދޭ މިހާ ދުރަށް އާދެވިދާނެ ކަމާ މެދު،" ކޭން، ޑެޒްން އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ. 881 ޕޮއިންޓް ލިބިފަ އެެވެ. 

ކޭން އަށް ބެލޮންޑިއޯ ލިބުނީ، 1055 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނަ އަށް ދިޔަ އެމްބާޕޭ އަށް ލިބުނީ 1027 ޕޮއިންޓެވެ. އަދި، ތިން ވަނަ ހޯދި ޔަމާލަށް ވަނީ 

މިދިޔަ ސީޒަނުގައި ބަޔާން މިއުނިކަށް ކޭން ވަނީ 51 މެޗުން 61 ލަނޑު ޖަހައިދީފަ އެވެ. އިންގްލެންޑް މެޗުތައް ހިމަނައިގެން ނަމަ ކޭން ވަނީ 65 މެޗުން 73 ލަނޑު ޖަހައިފަ އެވެ. ޔޫރަޕްގެ ލީގުތަކުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަށް ދޭ ރަން ބޫޓު ހޯދި ކޭން ވަނީ މިދިޔަ ސީޒަނުގައި ތިން ޓްރޮފީ ހޯދައިފަ އެވެ. ބެލޮންޑިއޯ އިން ހޮވި މިދިޔަ ސީޒަނުގެ އެންމެ މޮޅު ފޯވާޑަކީ ވެސް ކޭން އެވެ. 

ޕުޓެޔަސް ތިން ވަނަ ފަހަރަށް ބެލޮންޑިއޯ އެވޯޑް ހޯދުމަށް ފަހު ޓްރޮފީ ހިފައިގެން.
ޕުޓެޔަސް ތިން ވަނަ ފަހަރަށް ބެލޮންޑިއޯ އެވޯޑް ހޯދުމަށް ފަހު ޓްރޮފީ ހިފައިގެން.

އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމު ހޯދީ ސްޕެއިންގެ އަލެކްސިއާ ޕުޓޭޔާސް އެވެ. މިއީ، ޕުޓޭޔާސް މި އެވޯޑް ހޯދި ތިން ވަނަ ފަހަރެވެ. ޕުޓޭޔާސް އާއި ސްޕެއިނުގެ އައިޓާނާ ބޮންމާޓީ ވަނީ ތިން ފަހަރު މި މަގާމު ހޯދައިފަ އެވެ. މިދިޔަ ހަ އަހަރު ވެސް މި މަގާމު ހޯދީ ސްޕެއިންގެ ކުޅުންތެރިންނެވެ. 

ބެލޮންޑިއޯ އެވޯޑް ހަފްލާގެ އެހެން މަގާމުތަކަށް ބަލާއިރު، އެންމެ މޮޅު ގޯލްކީޕަރަކަށް ސްޕެއިނުގެ އުނާއި ސިމޯން ހޮވުނުއިރު، އެންމެ މޮޅު ކޯޗަކީ ސްޕެއިންގެ ލުއިސް ޑެ ލަ ފުއެންޓޭ އެވެ. އެންމެ މޮޅު ޒުވާން ކުޅުންތެރިއަކީ ސްޕެއިންގެ ޔަމާލް އެވެ. އެންމެ މޮޅު ކްލަބަކަށް ހޮވުނީ ޕީއެސްޖީ (ފިރިހެން) އާއި ބާސެލޯނާ (އަންހެން) އެވެ. އަދި، ފެއާޕްލޭ އެވޯޑް ހޯދީ އާސެނަލްގެ ބުކާޔޯ ސަކާ އެވެ. 

ފްރާންސް ފުޓްބޯލް އިން ދޭ ބެލޮންޑިއޯ އެވޯޑަށް ވޯޓު ދިނުމުގެ ފުރުސަތު ދެނީ، ދުނިޔޭގެ ރޭންކިން ގަދަ 100 ގައުމުން އެކްރެޑިޓްކުރާ 100 ނޫސްވެރިންނާއި ފުޓްބޯޅަ ކޯޗުންނަށެވެ. ފުޓްބޯޅައިގެ އެންމެ ދުވަސްވީ އަދި ޝަރަފްވެރި އެއް އެވޯޑް ކަމަށްވާ ބެލޮންޑިއޯ އަކީ 1956 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ.

މި އެވޯޑް 1995 ވަނަ އަހަރާ ހަމަޔަށް ދިނީ ހަމައެކަނި ޔޫރަޕް ކުޅުންތެރިންނަށެވެ. އެކަމަކު، އޭގެ ފަހުން ވަނީ ޔޫރަޕުގެ ކްލަބަކަށް ކުޅޭ ދުނިޔޭގެ ކޮންމެ ކުޅުންތެރިޔަކަށް ވެސް ލިބޭ ގޮތަށް ބަދަލުކޮށްފަ އެވެ. އަދި ފަހުން، 2007 ގައި ވަނީ ދުނިޔޭގެ ކޮންމެ ގައުމެއްގައި ކުޅޭ ޕްރޮފެޝަނަލް ކުޅުންތެރިންނަށް ވެސް ހުޅުވާލައިފަ އެވެ. ބެލޮންޑިއޯ އެވޯޑް 2010-2015 އަށް ދިނީ ފީފާ އެވޯޑާ އެއްކޮށްލައިގެން ފީފާ ބެލޮންޑިއޯގެ ގޮތުގަ އެވެ. ކޮވިޑް-19 ގެ ސަބަބުން 2020 ވަަނަ އަހަރު ބެލޮންޑިއޯ ހަފްލާ ނުބާއްވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާޒިޔާ އާއި ނިއު ރޭޑިއަންޓް ވަރުގަދަ ފެށުމާ އެކު ކުރިއަށް

އެފްއޭއެމް ވިމެންސް ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވެ، މާޒިޔާ އާއި ނިއު ރޭޑިއަންޓުން މުބާރާތުގެ ވަރުގަދަ ފެށުމެއް ދަމަހައްޓައިފިއެވެ. މިހާތަނަށް ކުޅުނު މެޗުތަކުން ދެ ޓީމަށްވެސް ހަ ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން ތާވަލުގެ އެއްވަނައިގައި އޮތީ ނިއު ރޭޑިއަންޓެވެ. މި މުބާރާތުގެ ފޯރިގަދަ މެޗެއްގައި އަންނަ އާދިއްތަ ދުވަހު ނިއު އާއި މާޒިޔާ ބައްދަލުކުރާނެއެވެ.

ސިޓީއާ ޔުނައިޓެޑުން އަރާހަމަކުރާނެ ކަމަށް ޕޮޗެޓީނޯ ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވެ، މައުރީސިއޯ ޕޮޗެޓީނޯ ބުނީ އެ ސަރަހައްދުގެ އެންމެ ކާމިޔާބު ޓީމަކަށް އަލުން ޔުނައިޓެޑް ހަދައި، ސިޓީގެ ކުރި ހޯދާނެ ކަމަށް. ލީގުގެ 18 ވަނައިގައި އޮތް ޔުނައިޓެޑްގެ ހާލަތު ބަދަލުކުރަން ވަގުތު ބޭނުންވާނެ ކަމަށާއި، ނަމަވެސް ފުރަތަމަ ދުވަހުން ފެށިގެން އެ މަސައްކަތް ކުރާނެ ކަމަށް އޭނާ ވަނީ ބުނެފައި.

އެމްއައިބީން ގައުމީ ބިލިއާޑު ޗެމްޕިއަންކަން ހޯދައިފި

ޤައުމީ ބިލިއާޑް މުބާރާތުގެ ފައިނަލުގައި ދިވެހި ސިފައިންގެ ކްލަބް 3-2 އިން ބަލިކޮށް، މޯލްޑިވްސް އިސްލާމިކް ބޭންކް (މިބްސާ) އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. ޖުމްލަ 10 ޓީމު ވާދަކުރި މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30,000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައި.

ލުކާކޫ، 16 އަހަރަށް ފަހު ބެލްޖިއަމް ޓީމުން ރިޓަޔާކޮށްފި

ބެލްޖިއަމްގެ ގައުމީ ޓީމަށް 16 އަހަރު ކުޅެދިނުމަށްފަހު، އެ ގައުމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ރޮމެލޫ ލުކާކޫ ބައިނަލްއަގުވާމީ ފުޓްބޯޅައިން ރިޓަޔާކޮށްފި. ޖުމްލަ 135 މެޗުން 94 ލަނޑު ކާމިޔާބުކޮށްފައިވާ ލުކާކޫ އަކީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ފަސްވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އިތުރުން ޔޫރޯ ކޮލިފައިންގެ ރެކޯޑް އޮތް ކުޅުންތެރިޔާ

ލިބުނީ މަދު ވަގުތުކޮޅެއް، ޝަކުވާނުކޮށް ހޯދައިދިނީ ސާފްގެ ތަށި!

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އިންޑިއާ ޓީމަށް ތައްޔާރުވާން މަދު ވަގުތުކޮޅެއް ލިބުނުއިރު، މުބާރާތުގެ ތެރެއިން މުހިންމު ކުޅުންތެރިންތަކެއް ޓީމުން ވަކިވުމުން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު. ނަމަވެސް ކޯޗު ނައުޝާދުގެ އިރުޝާދުގެ ދަށުން، ޒުވާން ކުޅުންތެރިންނަށް އިތުބާރުކޮށްގެން އިންޑިއާ އިން ވަނީ ޝަކުވާއެއް ނެތި ތަށި ހޯދާފައި

ސާފް ޗެމްޕިއަންޝިޕްގެ ފެއާ ޕްލޭ އެވޯޑް ރާއްޖެ އަށް

ބަންގްލަދޭޝްގައި ނިމުނު ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ، މުބާރާތުން ކެޓި ނަމަވެސް، މުޅި މުބާރާތުގެ ފެއާޕްލޭ އެވޯޑް ރާއްޖެއަށް ވަނީ ލިބިފައި. މިއީ ލަނޑެއް އަދި ޕޮއިންޓެއް ނުލިބި ރާއްޖެ މި މުބާރާތުން ކެޓި ފުރަތަމަ ފަހަރު ކަމަށްވާއިރު، މިއީ ސާފް ޗެމްޕިއަންޝިޕްގެ ތާރީޚުގައި ރާއްޖެއަށް ލިބުނު އެންމެ ދަށް ނަތީޖާއ

ރިވައިވަލް ބެޑްމިންޓަން ޗެލެންޖް ތަށި ހައިޝަމް އާއި ނަބާ އަށް

އެމްއައިބީ ރިވައިވަލް ބެޑްމިންޓަން ޗެލެންޖުގެ ފިރިހެން ސިންގަލްސް ތަށި ހައިޝަމް އިބްރާހިމް އަލީ ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ ފާތިމަތު ނަބާހާ އެވެ. މި މުބާރާތުގެ ފިރިހެން ޑަބަލްސް ޒަޔާން އާއި ނިބާލް ކާމިޔާބުކުރިއިރު، އަންހެން ޑަބަލްސް ތަށި ހޯދީ ނަބާ އާއި ނަބީހާގެ ޕެއާ އިންނެވެ.

Newsletter

Get the latest news delivered straight to your inbox