އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމުގެ ތަފުސީލު ހާމަކުރަން ގޮވާލައި ހުށަހެޅި ގަރާރު މަޖިލީހުން ބޭރުކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ވޯޓާ ފްރަންޓް މެރީނާގެ ނަމުގައި ރަސްމާލޭގައި މަޝްރޫއުއެއް ކުރިއަށް ގެންދަން ހަވާލުކުރުމަށް މަސައްކަތް ކުރަމުންދާ އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ތަފުސީލުތައް ހާމަކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު މަޖިލީހުން ބޭރުކޮށްލައިފި އެވެ.

އީގަލް ހިލްސްއާއެކު ސަރުކާރުން ވެފައިވާ ކޮމާޝަލް ޓާމްސް އެގްރީމެންޓުގެ ހުރިހާ ތަފުސީލުތަކެއް ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، މީކާއިލް އަހުމަދު ނަސީމް އެވެ. އެ ގަރާރު މަޖިލީހުން ބޭރުކޮށްލީ 45 މެންބަރުންގެ ވޯޓުންނެވެ. އެ ގަރާރު މަޖިލީހަށް ބަލައިގަތުމަށް 10 މެންބަރުން ވޯޓު ދެއްވި އެވެ.

އެ ގަރާރަށް ބަހުސްކުރައްވަމުން ވެރިކަންކުރާ ޕީއެންސީގެ މެންބަރުން ވަނީ ރަސްމާލެ މަޝްރޫއު ދިފާއުކުރައްވައި ވާހަކަދައްކަވައިފަ އެވެ. ނަމަވެސް، އީގަލް ހިލްސްއާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުން ހާމަކުރަން ނުވަތަ ނުކުރަންޖެހޭ ސަބަބެއް އެ ބޭފުޅުން ފާހަގައެއް ނުކުރައްވަ އެވެ.

އީގަލް ރަސްމާލެ މަޝްރޫއު ދިފާއުކުރައްވައި އެ ގަރާރަށް ބަހުސްކުރައްވަމުން ބިލެތްދޫ ދާއިރާގެ މެންބަރު، މުހައްމަދު އަސްލަމް ވިދާޅުވީ ރަސްމާލޭގައި އީގަލް ހިލްސްއިން ތަރައްގީކުރާ ސަރަހައްދުގައި ޔަހޫދީން ވަޒަންވެރިވެދާނެތީ ބިރުގަންނަން ނުޖެހޭ ކަމަށެވެ.

"މިއީ އިއްޒަތްތެރި ރައީސް، ޖިހާދީ ގައުމެއް، މުޖާހިދުން އުފަންވެފައި އޮތް ގައުމެއް. މި ގައުމުގެ ހައްގުގައި މި ގައުމުގެ ދީނުގެ ހައްގުގައި މުޖާހިދުން ވަނީ މާޒީގައި ތެދުވެފައި. ގައުމަށް ބޭނުންވި ހިނދު މި ގައުމުން ވަނީ ސަލާހުއްދީން އައްޔޫބީ އާއި ޖޯޖް ވޮޝިންޓަނާއި މަހަތުމާ ގާންދީ އެ ބޭފުޅުންގެ ގައުމަށްޓަކައި ކުރެއްވި ޖިހާދު ކުރައްވާނޭ އެތައް އަބުތާލުންނެއް އުފަންވެފައި،" އަސްލަމް ވިދާޅުވި އެވެ.

"އެހެންވެއްޖެއްޔާ އަޅުގަނޑުމެން ބިރުގަންނާކަށް ނުޖެހޭ މިއަދު."

އެ ގަރާރަށް ބަހުސްކުރެއްވި އެމްޑީޕީގެ މެންބަރުން ވަނީ އީގަލް ހިލްސްއާއެކު ސޮއިކުރި އެއްބަސްވުން ހާމަކުރަންޖެހޭ ކަމަށާއި އެ އެއްބަސްވުން ސިއްރުކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމުގެ ހުރިހާ ތަފުސީލުތައް ހާމަކުރަން ގޮވާލައި އެމްޑީޕީން މަޖިލީހަށް ގަރާރެއް ހުށަހެޅުމުން މަޖިލީހުގައި ތިއްބަވާ ޕީއެންސީގެ މެންބަރުން ވަނީ މަޖިލީހަށް ހުށަހަޅާ ގަރާރުތަކަށް ބަހުސްކުރުމުގެ ކުރިން ވޯޓަށް އަހަންޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހުކުރަން ވެސް ހުށަހަޅައިފަ އެވެ.

ރައްޔިތުންގެ މަޖިލީހަށް އެކި ކަންކަމާ ގުޅޭގޮތުން ހުށަހަޅާ ގަރާރުތަކަށް ބަހުސް ކުރުމުގެ ކުރިން ވޯޓަށް އަހަންޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް އިސްލާހެއް ހުށަހެޅުއްވީ ޕީއެންސީއާއެކު މަސައްކަތް ކުރައްވާ އަމިއްލަ މެންބަރު، އަބްދުލްހަންނާނު އަބޫބަކުރު އެވެ.

އެމްޑީޕީގެ މެންބަރުން ސިފަކުރައްވާފައި ވަނީ، އެކަމުން ހާމަވަނީ ސަރުކާރާއި ޕީއެންސީގެ މައްޗަށް އީގަލް ހިލްސް ކުންފުނީގެ ނުފޫޒު އޮތް މިންވަރު ކަމަށެވެ.

"މިހާރު ރައްޔިތުންގެ މަޖިލީހުގައި މި ކުރިއަށްދާ ކަންކަމުން ވެސް އަޅުގަނޑުމެންނަށް ވަޒަންކޮށްލަން އެނގޭ އެމީހުން މިތަނުގައި ވަޒަންވެރިވެ މިތަނުގެ ޕްރޮޕަޓީތައް ވިއްކައި 99 އަހަރަށް އާބާދުވުމަށްފަހު، ދެން މި ރައްޔިތުންގެ މަޖިލީހަށް، ދެން މި ދިވެހި ދައުލަތަށް މި ދިވެހި ގައުމަށް ފޯރުވާނެ ނުފޫޒު މި ގެނައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް މި ގެންނަ ބަދަލުން އެކަނި ވެސް އަޅުގަނޑުމެންނަށް ސާފުވޭ،" މީކާއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޭރުގެ އެއްވެސް ބަޔަކަށް އެންމެ ވެލިފުކެއް ވެސް ނުދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ބިމަކުން ބޭރުގެ ކުންފުންޏަކަށް ތާއަބަދަށް 500 ހެކްޓަރުގެ ބިން ދޭން ސަރުކާރުން މަސައްކަތް ކުރަނީ ކޮންމެ ވެސް ބަޔަކަށް ނާޖާއިޒު ފައިދާތަކެއް ލިބިފައިވާތީ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުން މުއިއްޒުއާ ބައްދަލުކޮށްފި

ރަސްމާލެއިން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުން އޮތް ނަމަވެސް، ޖަމިއްޔަތުއް ސަލަފުގެ އިސްވެރިން ރައީސް މުއިއްޒުއާ ބައްދަލުކުރައްވައި އެކަމުގައި އެއްވެސް ކަންބޮޑުވުމެއް ފާޅުކޮށްފައެއް ނުވެއެވެ. މި މަޝްރޫއު ދިރާސާކުރަމުންދާ ކަމަށް ކުރިން ބުނި ނަމަވެސް، ގައުމީ މިފަދަ ބޮޑު ކަމެއްގައި އެ ޖަމިއްޔާއިން ހަނު އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މާރީ ބިސްކޯދު އުފެއްދުން ހުއްޓާލަނީ

މެލޭޝިއާގެ މަޝްހޫރު "ލީ ބިސްކަޓްސް" ކުންފުނިން 92 އަހަރަށްފަހު ބިސްކޯދު އުފެއްދުން މިއަހަރުގެ އޮކްޓޫބަރު މަހު އެއްކޮށް ހުއްޓާލަން ނިންމައިފިއެވެ. މި ނިންމުމަކީ ކުންފުނީގެ ވިޔަފާރި އަލުން ތަރުތީބުކޮށް، ރަބަރާއި ޕާމް އޮއިލް ފަދަ އަސާސީ ވިޔަފާރިތަކަށް އިސްކަންދިނުމަށް ނިންމި ނިންމުމެކެވެ. ފެކްޓްރީ ބަންދުކުރުމާ ގުޅިގެން 300 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލޭއިރު، ދެން މި ބިސްކޯދު ލިބެން ހުންނާނީ ބާޒާރުގައި މިހާރު ހުރި ސްޓޮކް ހުސްވަންދެނެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅު ހަރަކާތަށް އެމްސީސީން އެއްބާރުލުންދެނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ކުރިއަށްގެންދާ "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތަށް މާލެ ސިޓީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މި ހަރަކާތަކީ ރަސްމާލެއިން ހިއްކާ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމާ ދެކޮޅަށް ސިޔާސީ އެކި ފަރާތްތައް ގުޅިގެން ފަށާފައިވާ ގައުމީ ހަރަކާތެކެވެ.

މުސާރަ ބޮޑުކުރާ ނިންމުން އަނބުރާ ގެންދަން ގޮވާލައިފި

މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ގޮވާލާފައެވެ. އެ ޕާޓީން ބުނާ ގޮތުގައި މި ނިންމުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން 40 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެތީ، އަމިއްލަ މަންފާއަށްވުރެ ރައްޔިތުންނަށް މުހިންމު ކަންކަމަށް އިސްކަންދޭންޖެހެއެވެ.

ުހުވަދޫ ރޭޕް މައްސަލައިގައި ހައްޔަރުކުރީ ތިނަދޫ ވެމްކޯ މެނޭޖަރު

ހުވަދޫގައި ހިނގި ރޭޕްގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ތެރޭގައި ތިނަދޫ ސިޓީގެ ވެމްކޯ މެނޭޖަރު އަލީ ހުޒާމް ސައީދު ހިމެނޭއިރު، އޭނާގެ ބަންދަށް ކޯޓުން ވަނީ 90 ދުވަސް ޖަހާފައެވެ.

ހުވަދޫ ރޭޕްގެ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުން ބަންދަށް

ހުވަދޫ އަތޮޅުގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ. މީގެ ތެރެއިން ދެ މީހަކު 90 ދުވަހަށް ބަންދުކޮށްފައިވާއިރު، ބާކީ ތިބި މީހުން 5 ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތުތަކަށް ވަނީ ބަންދުކޮށްފައެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

"އަކުރު ޓައިޕް" އަށް މޯލްޑިވްސް އެކްސްޕޯގައި ދެ އެވޯޑެއް

މޯލްޑިވްސް އެކްސްޕޯ 2026 ގައި "އަކުރު ޓައިޕް" އިން އައިސީޓީ ދާއިރާއިން ދެ އެވޯޑެއް ހާސިލްކޮށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މީގެ ތެރޭގައި "އަދަރ އިނޮވޭޝަންސް އިން ޓެކް" އިން އެއްވަނަ އަދި މުޅި އައިސީޓީ ކެޓަގަރީން ތިންވަނަ ހިމެނެއެވެ. ދިވެހި ފޮންޓުތައް އެއްތަނަކުން ލިބޭ މި ޕްލެޓްފޯމުގެ އުފެއްދުންތައް ނޮވެމްބަރު 4 ގެ ނިޔަލަށް އެކްސްޕޯގެ ޑިޖިޓަލް ޕެވިލިއަންއިން ފެންނާނެއެވެ.

Newsletter

Get the latest news delivered straight to your inbox