ކައުންސިލަރުންގެ މުސާރަ ބޮޑުކުރީ މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން، އަލުން ކުޑަކުރަން ހުށަހަޅާނެ: ޣަފޫރު

Gapo.jpg

Gapo.jpg

ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަށް ސަރުކާރުން ނިންމި ނިންމުމަކީ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދައި، ރައްޔިތުން ރުޅިއެރުވުމަށް ކުރި ކަމެއް ކަމަށާއި، މާގިނަ ދުވަސްތަކެއް ނުވެ އަލުން ކައުންސިލަރުންގެ މުސާރަ ކުޑަކުރަން ސަރުކާރުން ހުށަހަޅާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

މިއަދު މަޖިލީހުގެ ބަހުސްގައި ވާހަކަދައްކަވަމުން ގަޕޯ ވިދާޅުވީ، ކައުންސިލްތަކަށް ސަރުކާރުން ދޭ ގްރާންޓް ނުވަތަ ހިލޭ އެހީގެ މިންވަރު އިތުރުނުކޮށް، ހަމައެކަނި މުސާރަ ބޮޑުކުރުމުން ރަށްރަށުގެ ތަރައްގީއަށް ކުރަންޖެހޭ ކަންކަމަށް ހުރަސް އެޅޭނެ ކަމަށެވެ. ކައުންސިލްތަކަށް ލިބޭ ބަޖެޓުގެ ބޮޑު ބައެއް މުސާރައަށް ހޭދަވާން ފެށުމުން، ރަށުގެ އުމްރާނީ ތަރައްގީއަށާއި ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެއްވެސް ފައިސާއެއް ނުހުންނާނެކަން ސަރުކާރަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މެންބަރު ޣަފޫރު ތުހުމަތު ކުރެއްވި ގޮތުގައި، ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމުގެ އަސްލު ބޭނުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ބޮޑުކުރުމަށް މަގުފަހިކުރުމެވެ. ސަރުކާރުގެ މަތީ ފަންތީގެ މަގާމުތަކުގެ މުސާރަ ބޮޑުކުރުމަށް އާންމުންގެ ފާޑުކިޔުން އަމާޒުވެދާނެތީ، އެކަން ފޮރުވުމުގެ ގޮތުން ކައުންސިލަރުންގެ މުސާރަ ބޮޑުކުރުން އައްޑަނައަކަށް ބޭނުންކުރީ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

މީގެ އިތުރުން، މި ސަރުކާރުން މިހާތަނަށް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކޮށްފައިވީ ނަމަވެސް، ރަށްރަށުގެ ތަރައްގީއަށް ފެންނަން އޮތް އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާކަމަށް ޣަފޫރު ވިދާޅުވި އެވެ. ބަޖެޓު ހުސްވަމުންދާއިރު، ރައްޔިތުންނަށް ފައިދާހުރި އެއްވެސް މަޝްރޫއެއް ނުހިންގޭ ކަމަށާއި، މިއީ ސަރުކާރުގެ އިހުލާސްތެރިކަމެއް ނެތްކަމުގެ ހެއްކެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ.

އިގްތިސާދީ ގޮތުން ގައުމު މިހާރު އޮތް ހާލަތަށް ބަލާއިރު، ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ބަދަލުގައި ސިޔާސީ ބޭނުމަށް މުސާރަތައް ބޮޑުކުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ވެސް ހަނިމާދޫ ދާއިރާގެ މެންބަރު ވިދާޅުވި އެވެ. އަދި މި ނިންމުމުގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށް ބޮޑު ބުރައެއް އުފުލަން ޖެހޭނެތީ، ވަރަށް އަވަހަށް މުސާރަ ކުޑަކުރަން ސަރުކާރުން އަލުން ހުށަހަޅާނެ ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުން މުއިއްޒުއާ ބައްދަލުކޮށްފި

ރަސްމާލެއިން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުން އޮތް ނަމަވެސް، ޖަމިއްޔަތުއް ސަލަފުގެ އިސްވެރިން ރައީސް މުއިއްޒުއާ ބައްދަލުކުރައްވައި އެކަމުގައި އެއްވެސް ކަންބޮޑުވުމެއް ފާޅުކޮށްފައެއް ނުވެއެވެ. މި މަޝްރޫއު ދިރާސާކުރަމުންދާ ކަމަށް ކުރިން ބުނި ނަމަވެސް، ގައުމީ މިފަދަ ބޮޑު ކަމެއްގައި އެ ޖަމިއްޔާއިން ހަނު އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މާރީ ބިސްކޯދު އުފެއްދުން ހުއްޓާލަނީ

މެލޭޝިއާގެ މަޝްހޫރު "ލީ ބިސްކަޓްސް" ކުންފުނިން 92 އަހަރަށްފަހު ބިސްކޯދު އުފެއްދުން މިއަހަރުގެ އޮކްޓޫބަރު މަހު އެއްކޮށް ހުއްޓާލަން ނިންމައިފިއެވެ. މި ނިންމުމަކީ ކުންފުނީގެ ވިޔަފާރި އަލުން ތަރުތީބުކޮށް، ރަބަރާއި ޕާމް އޮއިލް ފަދަ އަސާސީ ވިޔަފާރިތަކަށް އިސްކަންދިނުމަށް ނިންމި ނިންމުމެކެވެ. ފެކްޓްރީ ބަންދުކުރުމާ ގުޅިގެން 300 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލޭއިރު، ދެން މި ބިސްކޯދު ލިބެން ހުންނާނީ ބާޒާރުގައި މިހާރު ހުރި ސްޓޮކް ހުސްވަންދެނެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅު ހަރަކާތަށް އެމްސީސީން އެއްބާރުލުންދެނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ކުރިއަށްގެންދާ "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތަށް މާލެ ސިޓީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މި ހަރަކާތަކީ ރަސްމާލެއިން ހިއްކާ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމާ ދެކޮޅަށް ސިޔާސީ އެކި ފަރާތްތައް ގުޅިގެން ފަށާފައިވާ ގައުމީ ހަރަކާތެކެވެ.

މުސާރަ ބޮޑުކުރާ ނިންމުން އަނބުރާ ގެންދަން ގޮވާލައިފި

މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ގޮވާލާފައެވެ. އެ ޕާޓީން ބުނާ ގޮތުގައި މި ނިންމުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން 40 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެތީ، އަމިއްލަ މަންފާއަށްވުރެ ރައްޔިތުންނަށް މުހިންމު ކަންކަމަށް އިސްކަންދޭންޖެހެއެވެ.

ުހުވަދޫ ރޭޕް މައްސަލައިގައި ހައްޔަރުކުރީ ތިނަދޫ ވެމްކޯ މެނޭޖަރު

ހުވަދޫގައި ހިނގި ރޭޕްގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ތެރޭގައި ތިނަދޫ ސިޓީގެ ވެމްކޯ މެނޭޖަރު އަލީ ހުޒާމް ސައީދު ހިމެނޭއިރު، އޭނާގެ ބަންދަށް ކޯޓުން ވަނީ 90 ދުވަސް ޖަހާފައެވެ.

ހުވަދޫ ރޭޕްގެ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުން ބަންދަށް

ހުވަދޫ އަތޮޅުގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ. މީގެ ތެރެއިން ދެ މީހަކު 90 ދުވަހަށް ބަންދުކޮށްފައިވާއިރު، ބާކީ ތިބި މީހުން 5 ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތުތަކަށް ވަނީ ބަންދުކޮށްފައެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

"އަކުރު ޓައިޕް" އަށް މޯލްޑިވްސް އެކްސްޕޯގައި ދެ އެވޯޑެއް

މޯލްޑިވްސް އެކްސްޕޯ 2026 ގައި "އަކުރު ޓައިޕް" އިން އައިސީޓީ ދާއިރާއިން ދެ އެވޯޑެއް ހާސިލްކޮށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މީގެ ތެރޭގައި "އަދަރ އިނޮވޭޝަންސް އިން ޓެކް" އިން އެއްވަނަ އަދި މުޅި އައިސީޓީ ކެޓަގަރީން ތިންވަނަ ހިމެނެއެވެ. ދިވެހި ފޮންޓުތައް އެއްތަނަކުން ލިބޭ މި ޕްލެޓްފޯމުގެ އުފެއްދުންތައް ނޮވެމްބަރު 4 ގެ ނިޔަލަށް އެކްސްޕޯގެ ޑިޖިޓަލް ޕެވިލިއަންއިން ފެންނާނެއެވެ.

Newsletter

Get the latest news delivered straight to your inbox